ވިޔަފާރި / ސޮނީ

ސޮނީ ފިޝިންގެ "ކަނޑު ފޯރި" މި މަހުގެ 18 ގައި

ބޮޑުތަކުރުފާނު މަގުގައި ހުންނަ ސޮނީ ފިޝިން ފިހާރަ. -- ފޮޓޯ: ސޮނީ ފިޝިން

09 ފެބުރުއަރީ 2023 - 15:31

ސޮނީ ފިޝިންއިން ތައާރަފް ކުރި "ކަނޑު ފޯރީ"ގެ ފުރަތަމަ މަސް ރޭސް މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މަސް ރޭސް ބާއްވަން ސޮނީ ފިޝިން އިން "ކަނޑުފޯރީ"ގެ ނަމުގައި ޕްލެޓްފޯމެއް ތައާރަފްކޮށް، އެ ނަމުގައި މުބާރާތް ބާއްވާނެކަން މިދިޔަ ޑިސެމްބަރު މަހު ވަނީ އިއުލާނުކޮށްފަ އެވެ. މި މަސް ރޭހަކީ އެ ޕްލެޓްފޯމުގެ އެޕު ތައާރަފްކުރުމަށް ބާއްވާ ހާއްސަ މަސް ރޭހެކެވެ.

އެ މަސްރޭހުގައި ބައިވެރިންނަށް އެޕް ދައްކާ، އެޕަށް ޕްރޮފައިލް އަޕްލޯޑުކޮށް އެއިން ޕޮއިންޓު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

"ކަނޑުފޯރީ"ގެ ދަށުން ވާޗުއަލް އަދި ފިޒިކަލް މުބާރާތްތަކެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މުބާރާތަކީ ކަނޑަށް ނުކުމެ މަސް ބާނަން ޖެހޭ ފިޒިކަލް މުބާރާތެކެވެ. ފުރަތަމަ މުބާރާތުގައި ހިމެނޭ ދެ ކެޓަގަރީ އަކީ "ސްޕޯޓްސް ފިޝިން" އާއި އަތު ނަނުގެ މަސްވެރިކަމެވެ.

މި މަސްރޭހުގެ "ސްޕޯޓްސް ފިޝިން" ކެޓަގަރީން އެއް ވަނަ އަށް ދާ ޓީމަކަށް 15،000ރ. ގެ ފައިސާގެ އިނާމަކާއި، 10،000ރ. ގެ ގިފްޓު ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ.

އަތު ނަނުގެ ކެޓަގަރީން އެއް ވަނަ އަށް ދާ ޓީމަކަށް ހުށަހަޅާފައި ވަނީ 10،000ރ. ގެ ފައިސާގެ އިނާމަކާއި 5،000ރ. ގެ ގިފްޓު ވައުޗަރެކެވެ.

"ކަނޑުފޯރީ"ގެ މި މުބާރާތުގައި މި މަހުގެ 15ގެ ނިޔަލަށް ރަޖިސްޓްރީވެވޭނެ އެވެ. ރަޖިސްޓާވެވޭނީ 7388536 ނަމްބަރަށް ގުޅައިގެންނެވެ. އަދި ކަނޑުފޯރި ވެބްސައިޓު ރަޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެ އެވެ.

މި މުބާރާތުގައި މަސް ހިފައިގެން ކިރަން ނުގޮސް، "ކަނޑުފޯރި" އެޕަށް ފޮޓޯ އަޕްލޯޑުކޮށްގެން ޕޮއިންޓު ހޯދޭނެ އެވެ.

ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އެޕް ބޭނުންކޮށް މަސްރޭހުގައި ބައިވެރިވެގެން ޕޮއިންޓު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ކަނޑައެޅިފައިވާ އިނާމުތައް ވެސް ހޯދޭނެ އެވެ.

ސޮނީ ފިޝިންގެ "ކަނޑު ފޯރި" އެޕާއި މުބާރާތްތަކަކީ ޔުނިކްސް ސްޕޯޓްސް ގުޅިގެން ތައާރަފް ކޮށް ކުރިއަށް ގެންދާ މުބާރާތްތަކެކެވެ.

ޔުނިކްސް ސްޕޯޓްސްއިން ބުނި ގޮތުގައި ސޮނީ ފިޝިންއާ ގުޅިގެން އެ އެޕުގެ މަސައްކަތުގައި ބައިވެރިވީ މަސްވެރިކަމާއި ގުޅޭ ގޮތުން އަހުލުވެރިކަން އިތުރުކޮށް، އެ ކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަދި މަސްވެރިކަން ކުރުމަށް ހިތްވަރު ދީ، މަސްވެރިންގެ މަސައްކަތަކީ މަޖާ، ވާދަވެރި މަސައްކަތަކަށް ހެދުމަށެވެ.

ސޮނީ ފިޝިން އިން ބުނި ގޮތުގައި މަސްވެރިން ބާރުވެރިކޮށް، އެ މަސައްކަތްތަކަށް މީހުން ނެރުމަށް އިތުރަށް ހިތްވަރު ދިނުމަކީ މި ފަދަ ޓޯނަމެންޓުތައް ބާއްވާ، މި ފަދަ އެޕެއް ހެދުމުގެ އެންމެ މުހިންމު އަމާޒެވެ.

"މަސްވެރިކަމަކީ ދިވެހިންނާ ގުޅިފައިވާ މަސައްކަތަކަށް ވާއިރު، އެ މަސައްކަތް ދިރުވާ، އެކަމަށް ބަޔަކު ނެރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް. މި ފަދަ މުބާރާތަކުން މަޖާ ވާދަވެރި މާހައުލެއްގައި، މިކަމަށް ލޯބި ޖެހޭނެ ޒުވާނުންތަކެއް ބިނާ ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ. އަޅުގަނޑުމެން މި ދެނީ ސްޕޯޓްސް ފިޝިން އާއި އަތު ނަނުގެ މަސްވެރިންނަށް ރަނުގެ ފުރުސަތެއް" ސޮނީ ފިޝިންގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ކަނޑުފޯރި"ގެ މުބާރާތްތަކަކީ ކޮންމެ މަހަކު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތަކެކެވެ. ކުރިއަށް އޮތް މުބާރާތްތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454