ބްރިޖުގައި މިއަދު އެކްސިޑެންޓުވި ކާރު
09 ފެބުރުއަރީ 2023 - 16:32
ސިނަމާލެ ބްރިޖުގެ ހައިވޭގައި މީގެ އިރުކޮޅެއް ކުރިން ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ފިރިހެނަކު މީގެ ކުޑައިރުކޮޅެއް ކުރިން އެ ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ މީހާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ވިދާޅުވިއަސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އެހެންވެ، އެ މީހާގެ އުމުރެއް ވެސް ސާފެއް ނުވެ އެވެ.
މި އެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ. އެކަމަކު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން އެނގޭ ގޮތުގައި އެކްސިޑެންޓުވެފައި ވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްކުޅިޔާ
10 February 2023
ރާއްޖޭގައި ހިގާ ހުރިހައިގޯސްކަމެއްގެ ހިގަނީ ދިވެހި ފުލުހުންގެ ފަރުވާކުޑަކަމުން. ތިސަރަހައްދުން އެއާރ ޓެކްސީޓާމިނަލަށް ށޯޓް ކަޓް ނަގާތާ އެތަށް ދުވަހެއްވެއްޖެ. ހާދިސާއެއް ހިގީމާ ނިކަން ހިންގާލާފަ އުޅޭނެ. ކޮންމެ ހުކުރު ދުވަހަކު ފިނިޖެހެލީމަ ބްރިޖްމަތިން ދުއްވާ އަންހެންކުދިން ހުއްޓުވއިގެން ފޯންނަންބަރު އަތުލެވެނީމާ ބްރިޖްބެލެހެއްޓުނީ. ބިޒީގަޑީގައި ޓްރެފިކް ލައިޓްކާރީގައި ދެތިންފުލުހުން ބައިތިއްބައިގެން އާޓްދެއްކިޔަސް ތިކުޅޭކުރިވަރު އަހަރެމެންނަށްއެގޭ
ވަފާދ
10 February 2023
ވަރަށްގިނަ މީހުން ގަވައިދާ އެއްގޮތަކަށް ނުދުއްވަ ޚާއްޞަކޮށް މިކަހަލަ ކާރުތައްވެސް ދުއްވާއިރު
ޙަސަން އަޙްމަދު
09 February 2023
ބާރު ސްޕީޑެއް ނޫން މައްސަލައަކީ. ނުގަވައިދުން އޯވަޓޭކް ކުރުމާ ސިގްނަލް ނާޅާ ކުއްލިއަކަށް ލޭނު ބަދަލުކުރުމާ ކަނާތްފަޅިން ދުއްވުން ކަހަލަ ދޭތި ފުށުއަރާ ގޮތަށް ދުއްވުން. ފަންސާހުގައި ދުވާފައި ދަނިކޮށް ވިޔަސް ކުއްލިއަކަށް ކުރިމަތީގައި އޮންނަކާރު ސައިކަލް ލައިނަށް އެބަ އަރާ. ކުރިމަތީގައި އޮންނަ ސައިކަލު އެބަދޭ ތިރީހުގައި ކަނާތްފަޅިން. ނޫނީ ދެމީހުން މަޑު ދުވެލީގައި މަގު ބްލޮކްކޮށްގެން އަނެއް ބަޔަކު ހެލްމެޓުއަޅަނީ ބުރިޖުކައިރިން މަގު ބްލޮކްކޮށްގެން.
މަރުމޯލުރާޖާ
09 February 2023
ފުދޭވަރަކަށްބާރުސްޕީޑްގަ ދެވެންއޮއްވާވެސް ކާރުތަށް ޢޯވަރޓޭކްކުރަން ސައިކަލްލޭނުންލާފަ ބައިވަރުސައިކަލްތަށްދުއްވަނިކޮށްވެސް ދިއުންމީވަރަށް އާންމުކަމެއް. ކީއްކުރާނީ ޤަވައިދާޙިލާފަށް ދުއްވިޔަސް އެކަންބަލާ ފިޔަވަޅުއަޅާނެ މުއައްސަސާއެއް މިޤައުމުގަނެތް
އެކްސިޑެންޓް ހިނގާލެއް މަދު
09 February 2023
ތިޔަ މަގަށް އަރާލީމަ ހީވަނީ މޮޓޯ ޖީޕީ ރޭސް ޓްރެކެއްހެން. އަވަހަށް ރޭސް ނިންމަން އެމީހަކަށް ދުއްވުނު ގޮތަކަށް ދުއްވައިގެން އަވަހަށް ދާންވީ. ލޭން ވެސް ހަމަ ހިތަށް އެރީ އެ ބަދަލު ކޮށްލީ. އޯވާޓެކް ވެސް ހިތަށް އެރިވައްތަރަކަށް ކުރަންވީ. މޮޔައެއްގެ އަތަށް ކަނޑި އެއް ދިނީމަ ވާގޮތް
އެމްސް
09 February 2023
ދުއްވަނީ ޤަވާޢިދުންތޯ ބަލާނެ ފުލުހެއް ނެތް! ބްރިޖްގަ އެންމެ ނުރައްކަލީ އޯވަޓޭކް ކުރެވޭގޮތް!
އޮންބަޑުސް އޮފީހުގެ ޕިއޯނު
09 February 2023
ފުލުހުން ބާރު ސްޕީޑުގަދާ ކުދިން ނުހުއްޓުވާ އަބަދުވެސް ފާރަލަނީ މަގުން އެއަރޕޯޓްވީ ފަޅިއަށް މީހަކު ހުރަސް ކުރޭތޯ ވަގުތުން އެމީހަކު ހިފަހައޓާ ޖޫރިމަނާ ކޮއްލަނީ , ފަތިސް ގަޑީގަވެސް އެމީހުންގެ ހާލަކީ މީ.
އެމްސް
09 February 2023
ޤަވާޢިދުގަ އޮތީ ހަމައެކަނި ސްޕީޑްގެ ވާހަކައެއް ނޫން! %99 މީހުން ގޯޅި އެޅުމުގަ/އޯވަޓޭކް ކުރުމުގަ ޤަވާޢިދަކުން ނުދޭ! ފުލުސްމީހާވެސް ދުއްވަނީ ނުޤަވާޢިދުން! ދެކޮޅަށް ދުއްވޭ މަގެއްގަ، 2 ފަޅިއަކީވެސް އޭގެޒާތުގަ ވަންވޭ!
ހުސްނުހީނާ
09 February 2023
ބާރު ސްޕީޑުގަ ގަވައިދާއި ޚިލާފަށް ދުއްވާ ވެހިކަލްތަކަށް ފިޔަވަޅު ނައަޅާ ކަމަށްވައްޏާ މިކަހަލަ ހިތާމަވެރި ހާދިސާތަށް ހުއްޓޭތަނެއް ނުފެންނާނެ!
އެމްސް
10 February 2023
މަތިންދާ ބޯޓާއި ބައެއް ރޭލުތައް އެދަނީ ރާއްޖޭގަ އެއްގަމު އުޅަނދު ދުއްވާ ސްޕީޑްގެ 10 ގުނަ ބާރަށްކަމުން، އެކްސިޑެންޓްސް ވަނީ ދުއްވޭ ސްޕީޑުން ނޫންކަން ޔަޤީންވޭ! ޑްރައިވިން މިރާއަކީ ރާއްޖޭގަ ބޫނުން ނުކުރާ، އެކަމަކު ބައެއް ޙާލަތްތަކުގަ ހުންނަން މަޖްބޫރުވެސް އެއްޗެއް! ޑްރައިވިން މިރާގެ ބޭނުން ނުހިފާ އޯވަޓޭކް ކުރުމީ އެންމެ ނުރައްކާތެރި 1 ކަންތައް! ގިނަ އެކްސިޑެންޓްސް ހިނގާފަ ހުންނާނީވެސް ގޯޅިއެޅުމުގަ އާއި އޯވަޓޭކް ކުރުމުގެ ތެރެއިން ގޮސް!
އަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ
09 February 2023
ޖަންބޯ އިއްސެ އެކްސިޑެންޓެއްގާ މަރުވި ހަނދާން އަދި ނެތިގެންދާހާ ދުވަހެއްނުވޭ. ޕޮލިހުންވެސް އަދިވެސް އެދަނީ އެމައްސަލަ ބަލަމުން. އަނެއްކާ މިއަދު................ ނަސީބެއް އަދި ފުރާނަ ހުރިކަން. އަވަސް ޝިފާއެއް ﷲ އޭނާއަށް މިންވަރުކުރައްވާށި. އާމީން.
ބުންވަރު
09 February 2023
ތިކާރުތައް ކުރިމަތިން 4 ފުރޮޅުލީ އުޅަނދެއް ފެންނައިރަށް އޭތި އޯވަރޓޭކްކުރަން ސައިކަލް ލައިނަށް އަރަން އުޅުމުގެ ސަބަބުން އެތައް އެކްސިޑެންޓެއް އެބަހިގާ. ތިކާރުގެ ވާތްފަރާތު އަރިމަތިން ތިއޮތީ އެގޮތަށް ސައިކަލެއްގައި ޖައްސާފައި. މިކަންކަން ބެލޭނެގޮތެއްވެސް ނޯވޭ. ކެމެރާ ހުންނަ އިރު ބާރަށް ދުއްވާ މީހުން ފާހަގަކޮށް ފިޔަވަޅުއަޅާނަމަ މިކަހަލަ ހާދިސާ މަދުވީސް