11 ފެބުރުއަރީ 2023 - 14:37
ނިއު ދިއްލީ (ފެބްރުއަރީ 11) - އިންޑިއާގައި ބީބީސީ އެއްކޮށް މަނާކުރުމަށް ހުށަހެޅުމުން އެކަން ނުކުރެވޭނެ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމައިފި އެވެ.
ބީބީސީން ހެދި ޑޮކިއުމެންޓްރީގައި، އިންޑިއާގެ ގުޖްރާތުގައި ހިންގި ލޭ އޮހޮރުވުމުގެ ތުހުމަތު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުރުމުން އެ ޑޮކިއުމެންޓްރީ އިންޑިއާގައި ވަނީ މަނާކޮށްފަ އެވެ. އެހެން ނިންމާފައި ވަނިކޮށް ހިންދޫ ކަނާތު ފިޔައިގެ ގުރޫޕެއް ކަމަށް "ސެނާ"ގެ ރައީސް ވިޝްނޫ ގުޕްތާ ސުޕްރީމް ކޯޓަށް ހުށަހެޅީ މުޅި ބީބީސީ އިންޑިއާގައި މަނާ ކުރުމަށެވެ.
އޭނާގެ ހުށަހެޅުމުގައި ވަނީ ބީބީސީގެ ހުރިހާ ވަސީލަތެއް އިންޑިއާގައި ބޭނުން ކުރުން މަނާ ކުރުމަށާއި އެ ކުންފުނީގެ މުވައްޒަފުން ވެސް އިންޑިއާގައި ހަރަކާތްތެރިވުން މަނާ ކުރުމަށެވެ.
ވިޝްނޫގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވި އިސް ވަކީލު ޕިންކީ އާނަންދު ވިދާޅުވީ ބީބީސީގެ ޑޮކިއުމެންޓްރީ "އިންޑިއާ: ދަ މޯދީ ކްއެޝަން" ސަރުކާރުގެ އަމުރުތަކަށް ބްލޮކްކޮށްފައިވިއަސް އެއީ އިންޑިއާ އާ ދެކޮޅު ޕްރޮޕަގެންޑާ މަނާ ކުރުމަށް ވަގުތީ ގޮތުން އެޅީ ފިޔަވަޅެއް ކަމަށެވެ. އެހެންވެ އިންޑިއާ އާ ދެކޮޅު ޕްރޮޕަގެންޑާ ދާއިމީކޮށް ހުއްޓުވުމުގެ ގޮތުން މުޅި ބީބީސީ މަނާ ކުރަން ޖެހޭ ކަމަށް އާނަންދު ވިދާޅުވި އެވެ.
ނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ސަންޖީވް ކަންނާ އާއި އެމް.އެމް. ސުންދްރޭޝް ވިދާޅުވީ އެ ހުށަހެޅުމަކީ ބަލައިގަނެވޭ ހުށަހެޅުމެއް ނޫން ކަމަށެވެ. އެހެންވެ މުޅި ބީބީސީ އިންޑިއާއިން މަނާ ނުކުރެވޭނެ ކަމަށް ދެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަދުއިބްރާހީމް
12 February 2023
ނުބައި ޤައުމެއްގެ ކޯޓަށް ތި ހުށަހެޅީ
ޢެމެރިކާ
11 February 2023
އިންޑިޔާގެ ނުފޫޒުން ރާއްޖެ ސަލާމައް ކުރެވިގެން ރާއްޖެ ތަރައްގީވާން އޮތީ.
ޗައިނާ
11 February 2023
ޗެނަލްތަކުން ދައްކާ ކާޓޫނުތަކުގައިވެސް މިހާރު ހުންނަނީ ހިންދީން އަޑުއަޅާފަ. ކުޑައިރުއްސުރެ ދަރީން އިންޑިއާ ކުރަނީ. ކަނޑުތަކުގއި އިންޑިއާ ސިފައިން. ރަށްތަކުގައި އިންޑިއާގެ ހޖާސޫސީ ވަސީލަތްތައް. ކުރިމަގުގައި ރާއްޖެ އިންޑިއާ އަވަށަކަށް ހަދާނެ.
ރައްޔިތު އަހަންމާދީ
11 February 2023
އެކަންކުރެވެން އޮތީ އެމްޑީޕީ ނޫން އެހެން ވެރިކަމެއް އައިސްގެން!
ށަވިޔަނި
11 February 2023
މިވަރުގެ ބަދުނަސީބުބައެއް ދުނިޔޭގެ އެހެންތަނެއްގައި ތިބިހެން ހީނުވޭ. އެހެންމީހުން ދުނިޔޭގެ އުފަލާއަރާމު އެބަހޯދާ. އެކަމުންވެސް މި މީހުން މަހުރޫމު.
ށަވިޔަނި
11 February 2023
ނުކިއްސަރު މީހަކަށް ގައުމުގެ ހުންގާނު ލިބުމަކީ މުޅިގައުމުގައި ހަމަނުޖެހުން އުފެދޭމެކަމެއް. ކިތައްދުވަސްވަންދެން ވެރިކަމުގަތިބޭނީ؟ ކިތައްދުވަސްވަންދެން ދުނިޔޭގަ ތިބޭނީ. ރޮއުމަކުން މާފަށް އެދުމަކުން ދެރަވުމަކުން އާދޭސްކުރުމަކުން ފާއިދާ ނުކުރާނެ ދުވަހާ އެންމެން ކުރިމަތިލާނެ.