ޚަބަރު / ގެއްލިގެން ހޯދާ މީހުން

އާސިރު އެންމެ ފަހުން ފެނުނީ އެއާޕޯޓުން، ރާއްޖެއިން ބޭރަކަށް ނުދޭ

މުހައްމަދު އާސިރު އިސްމާއިލް.

މާލެއިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއިލް އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ކާރަކަށް އަރައިގެން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ވަދެގެން ދިޔަ މަންޒަރު ކަމަށާއި އެކަމަކު އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ ކަމުގެ މައުލޫމާތެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ސ. މަރަދޫ، ގަސްކަރަ، އާސިރު ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓްކުރީ ފޯނު ނުނަގާތީ އާއި ޖެހިގެން އައި ދުވަހު ވެސް ޚަބަރެއް ނުވުމުންނެވެ.

އުމުރުން 31 އަހަރުގެ އާސިރަކީ ހުޅުމާލޭގައި އެ އާއިލާގެ މީހަކު ހިންގާ ފިހާރައެއްގައި މަސައްކަތްކުރަމުން އައި މީހެކެވެ. އާއިލާ އިން ބުނާ ގޮތުގައި އާސިރު، ގެއިން ނުކުތީ މަސައްކަތަށް ދާން ކަމަށް ބުނެ އެ ރޭ 7:30 ހާއިރުގަ އެވެ.

ފުލުހުން ބުނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އާސިރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށާއި އެކަމަކު މިހާތަނަށް އޭނާ ފެނިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހޯދުމަށް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖްތައް ވަނީ ބަލައިފަ އެވެ.

އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެ އިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައެއް ނުވޭ،"--- ފުލުހުން

އެގޮތަށް ބެލިބެލުމުން، މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 7:20 ހާއިރު ބޮޑުތަކުރުފާނު މަގުން، ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ކާރަކަށް އޭނާ އަރާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލް ކައިރި އަށް މަޑުކުރުމުން، އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖަކުން ފެންނަ ކަމަށެވެ.

"އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެ އިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައެއް ނުވޭ،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

އެހެންވެ، މާލެ އާއި އެއާޕޯޓްގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށް ވެސް އޭނާ ހޯދުމުގެ މަސައްކަތްކުރާ ކަމަށް ފުލުހުންގެގެ މެސެޖުގައި ވެ އެވެ.

"ގެއިން ނުކުމެގެންދާ ތަން ފެނޭ އެ ގޭގެ ކުރިމަތީގަ ހުންނަ ފިހާރާއެއްގެ ކެމެރާ އިން. އެ އިން ވެސް ފެންނަނީ ވަކި ހިސާބަކަށް. އެއީ ރޯޝަނީ މަގުގެ ވަކި ހިސާބަކަށް. އޭގެން ވެސް ވަކި ކަމެއް ފާހަގައެއް ނުކުރެވޭ. ހަމަ ހިނގާލާފައި ދާތަން ފެންނަނީ. އެ ފަހުން ދެން ނުފެނޭ،"--- އާއިލާ

އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި ހުޅުމާލޭގައި މަސައްކަތްކުރާ ފިހާރަ އަށް ޑިއުޓީ އަށް ދާން އާސިރު މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ގެ އިން ނުކުތީ 7:30 ހާއިރެވެ. އޭނާ އަބަދުވެސް ޑިއުޓީ އަށް ދަނީ ސައިކަލުގައި ކަމަށް ވިޔަސް އެ ރޭ ގެއިން ނައްޓާލީ ސައިކަލްގެ ތަޅުދަނޑި ބާއްވާފައި ކަމަށާއި އެއީ ދުވަހަކު ވީ ކަމެއް ނޫން ކަަމަށް އާއިލާ އިން ބުންޏެވެ.

"ގެއިން ނުކުމެގެންދާ ތަން ފެނޭ އެ ގޭގެ ކުރިމަތީގަ ހުންނަ ފިހާރާއެއްގެ ކެމެރާ އިން. އެ އިން ވެސް ފެންނަނީ ވަކި ހިސާބަކަށް. އެއީ ރޯޝަނީ މަގުގެ ވަކި ހިސާބަކަށް. އޭގެން ވެސް ވަކި ކަމެއް ފާހަގައެއް ނުކުރެވޭ. ހަމަ ހިނގާލާފައި ދާތަން ފެންނަނީ. އެ ފަހުން ދެން ނުފެނޭ،" އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނެފައި ވެ އެވެ.

ސިކުނޑީގެ އުނިކަމެއް ހުންނާތީ އާސިރު ބޭސް ބޭނުންކުރި ނަމަވެސް އުޅެނީ "ނޯމަލް" މީހެއްގެ ގޮތުގައި ކަމަށް އާއިލާ އިން ބުންޏެވެ.

އާސިރު ޑިއުޓީ އަށް ދާން އެރޭ ގެއިން ނުކުތްއިރު ލައިގެން ހުރީ ކަޅުކުލައިގެ ގަމީހަކާއި ނޫ ކުލައިގެ ޖިންސެކެވެ.

31 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 70%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޗް އެމް

13 February 2023

ދަތުރުފަތުރު އަވަސް ކުރުމަށް މިއަދުގެ ސަރުކާރުން އެއާޕޯޓު ތެރޭގަ ކުއަނޓަމް ޓަނެލެއް އުފެއްދީކަމަށް ލަފާކުރެވޭ.

The name is already taken The name is available. Register?

މުހަންމާދު

13 February 2023

މަށަށް ހީވަނީ މީނަ އުޅޭ ކަންނޭނގެ އެއަރޕޯޓުން މީހުން ބަލާދާ ޓެކްސީ ދުއްވަން! މަށަށް ހީވަނީ ރޭގަވެސް 8:30 ހާކަންހާ އިރު އެއަރޕޯޓު ޓެކްސް ސްޓޭންޑުން ވަކި މީހަކު ނަގަން ގޮސް އުޅުނީ މީނަހެން ހަމަ ހީވަނީ އިނގޭ! ރުންކުރު ފާޑަަކަށް ވާހަކަ ދެއްކީ މީހެއް!

The name is already taken The name is available. Register?

ދހސތވސ

13 February 2023

"ފުލުހުން ބުނީ އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލް ކައިރި އަށް މަޑުކުރުމުން، އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖަކުން ފެންނަ ކަމަށެވެ." މިމަންޒަރު ފެނުނު ކެމެރާ ނޫން އެހެން ކެމެރާއެއް އެހިސާބު ކައިރީގައި ވެސް ހަމަ ނެތީތަ؟ ކިޔާލީމާ ހިތަށް ސިފަވީ އެހިސާބުން ކުއްލިއަކަށް ގެއްލުނީއޭ.

The name is already taken The name is available. Register?

ސަލީމްބެ

14 February 2023

ރަހުނެއް ގޮތުގަ ފޮނުވާފަ ވާނީ

The name is already taken The name is available. Register?

އަލިފުޅު3

13 February 2023

ވަގު ޕާސްޕޯޓެއްގަ ސިރިއާ އަށް ދިޔައީ ބާ؟ އެރޭ ފުރި ހުރިހާ ބޯޓަކަށް އެރި މީހުން ގެ އެއާޕޮޓުގެ ކމެރާ ތަކުން ފެންނަންވާނެ. ރަނގަޅަށް ބަލާ. ފުރިއްޔަ އެނގޭނެ!

The name is already taken The name is available. Register?

އަލިފުޅުގެ ދޮންހިޔަލަ

14 February 2023

އެއީ ސީރިޔާއަށް ދާކަހަލަ ވައްތަރެއްނޫން އަލިފުޅާ. އެއީ މިކިޔާ *ސިކުނޑީގެ އުނިކަމެއް* ހުންނަ މީހެއް. މިޒަމާނުގައި "ސިކުނޑީގެ އުނިކަމޭ" މިކިޔާ ގޮތް ހަމަ ރަނގަޅަށްވެސް އަލިފުޅަށް އެނގޭނެކަމީ ޝައްކެތް އޮތް ކަމެއް ނޫން.

The name is already taken The name is available. Register?

ވަހީދުބޭބެ

13 February 2023

އެއާރޕޯޓު ފަދަ ސެކިއުރިޓީ މަތިތަނަކުން ފޮށިތަންމަތި އެންމެ ފަހުން މީހުން ގެއްލި ވާނުވާއެއް ނޭނގެންޏާ ވަރަށް ނުރައްކާ މިވަނީ. މީހަކު ފުރިއަސް އަޔަސް ގެންނަ ދާގީނާގެ އަދަދު އެނގެންވާނެ ލިކެއިމުން. އެކަމަކު އެވެސް ނޭނގޭކަން ހާމަވީ ޑްރަގް ފޮށި އަރަތުގައި. ވަގު ޕާސްޕޯޓެއްގައި ފުރިއަސް ކެމެރާތަކުން ބެލެވެންވާނެ.

The name is already taken The name is available. Register?

1206

13 February 2023

އެއާޕޯޓުން ތަ ގެއްލުނީ؟ އެހެންޏާ ނުގެއްލޭ ކަމަށް ވާނީ؟ މި ފަހުން ގެއްލުނު ތަކެތި ވެސް ވީ ހައްދަވައިގެން ނުވާ ކަމަކަށް. ޖެހުނުތާ ލަކުނު ނުން މަކުނު ވެސް ނެތް. އަދި ގެއްލުނު ކަމަށްވީ ވެސް، ވައިގެ ބަދަރުގައި ކަނު-ތަނެއްގައި. ހުޅުލެ-ބޮޑުމީހާ ވެސް ގެއްލުނު ތަނަށް އެވާނީ. ނޫނީ އެ ތަނުގައި ނިވައުވެ ފައުޅުވެ ވާ (ފެނިގެއްލޭ) ޒާތުގެ ޖައްވީ ކަޅުވަޅެއް ހުންނަނީ ކަމަށް ވެސް ވުން އެކަށީގެންވޭ.

The name is already taken The name is available. Register?

ހޯދަބަލަ

13 February 2023

ޓާމިނަލް ތެރޭގެ ކެމެރާތަށް ދެންނުބަލަންތަ ؟ އެވެސްބެލީމަނު އިނގޭނީ ތާމިނަލް އެތެރޭގަވެސް ކެމެރާ ހުންނާނެ

The name is already taken The name is available. Register?

ލިލިއަން

13 February 2023

އިހަކަށް ދުވަހު އަޑުއިވުނީ ކޮންމެވެސް ފޮއްޓެއް ތިޔަ އެއާޕޯޓުން ގެއްލިގެން އުޅޭ ވާހަކަ. މިއަދު މިއިވެނީ މީހަކު ތިތަނުން ގެއްލިގެން އުޅޭވާހަކަ. ތިވަރުން ދަންޏާ އަދި ވައިޑް ބޮޑީ އެއާކްރާފްޓެއް ވެސް ތިޔަތަނުން ގެއްލިދާނެ. ކޮބާހޭ ކެމެރާތައް؟.

The name is already taken The name is available. Register?

ތެފައާސާ.

13 February 2023

ކިހާ ދެރަކަމެއްތަ؟ ކެމެރާ ހުރެގެން ކެމެރާއިން ފެންނަ މަންޒަރުތަކުގެ ވާހަކަ ބުނީމަ ހަމަ އެއާ ވިއްދައިގެން ކޮމެންޓުކޮށްފި ކޮބާހޭ ކެމެރާތައް ކިޔާފަ؟ ހަހަހަ

The name is already taken The name is available. Register?

އަހްމަދ

13 February 2023

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެމޮޅު ބޯޑާސިސްޓަމް ހުރީ ވެލާނާ އެއާޕޯޓްގައި ކަމަށް ނާސާއިން ބުނޭ.

The name is already taken The name is available. Register?

ޖޫލީ.

12 February 2023

ނެޝަނަލް ސަވައިލެންސް ކެމެރާ ޑިވިޝަން އުފައްދަން އިންޑިޔާއިން ލޯނެއް ނަގާބަލަ.

The name is already taken The name is available. Register?

އުދުހޭ

12 February 2023

ފޭކް ޕާސްޕޯޓެއްގައި ބޭރަށް ފުރީބާ؟ އެއަރޕޯޓްތެރޭގައި ކަމެއް ވަންޏާ ގިނަ ބަޔަކަށް ފެނުން ގާތް.

The name is already taken The name is available. Register?

ވަހީދު ސާ

13 February 2023

ޕާސްޕޯޓަކާ ނުލައި ފުރިޔަސް މީހާ އެއިން ކޮންމެ ވެސް ކެމެރާއަކަށް އަރަންވާނެދޯ؟ ބޯޑަރުގެ ކޮންޓްރޯލް އޮންނަނީ އެމެރިކާއިން ޑިއަގޯގާސިޔާގައި ގާއިމުކޮށްފައިވާ ބޭހުގައިއޭ މީހަކު ބުނި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454