އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އޮތީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރުން. -- ފޮޓޯ | މިހާރު
15 ފެބުރުއަރީ 2023 - 14:51
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމުގެ ބާރު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ރިޔާސީ ޕްރައިމަރީއަށް ފަހު ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި އެޖެންޑާކޮށްފައި އޮތީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާއިރު، އެހެން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ.
އެމްޑީޕީގެ ދެ ވަނަ ދައުރެއްގައި ވެސް ކޯލިޝަނަކާ އެކު ކުރިއަށް ދިއުމުގެ މަޝްވަރާތަކަށް މިރޭ ގޮތެއް ނިންމާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން އުފެއްދީ އެމްޑީޕީ އިސްވެ އޮވެ ހެދި ކޯލިޝަނަކުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް މި ވެރިކަން އުފެއްދީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް ހިމެނޭ އިއްތިހާދަކުންނެވެ.
އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން އެއް ޕާޓީއަކަށް އެކަނި 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯދިފައެއް ނުވެ އެވެ.
ފުރަތަމަ އިންތިހާބު 2008 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ވެސް ކޯލިޝަނަކުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން އިއްތިހާދުން ކާމިޔާބުކުރީ އެއް ބުރުންނެވެ.
މާލެ: ފެބްރުއަރީ 11، 2020: އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ޖަލްސާއެއް ކުރިއަށް ގެންދަނީ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ ކޯލިޝަނަކުން އަނެއްކާވެސް ވެރިކަން ކުރެއްވުމެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އިރު ވެސް އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެއް ޕާޓީއަކުން އެކަނި އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ. އެހެންކަމުން ޕާޓީތަކާ މަޝްވަރާކޮށްގެން ކޯލިޝަންގެ ތެރެއިން އެމަނިކުފާނަށް ދެ ވަނަ ދައުރަކަށް އެމްޑީޕީގެ ވެރިކަން ދެމެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.
އެކަން ކުރެއްވޭނެ ކަމުގެ ހެއްކެއްގެ ގޮތުގައި ދައްކަވަނީ އެ މަނިކުފާނަށް ދައުރު ނިމެންދެން ކޯލިޝަން ވެރިކަން ދެމެހެއްޓެވުމެވެ. މި ނޫން ހުރިހާ ކޯލިޝަންތަކެއް ވެސް ވަނީ ދައުރުގެ ވަރަށް ކުރީކޮޅު ރޫޅިފަ އެވެ.
އެމްޑީޕީން އެކި ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް މި ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވެސް ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާ މެދު އަދި ގޮތެއް ނުނިންމަ އެވެ. ޖުމްހޫރީ ޕާޓީން އިންތިހާބުގައި އެކަނި ވާދަކުރާނީތޯ ނުވަތަ ރައީސްއާ އެކު ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްދާނީތޯ ނިންމަން ހަމަޖައްސާފައި އޮތީ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.
އަދާލަތު ޕާޓީން ބުނެފައި ވަނީ ކޯލިޝަން ހެދުމާ މެދު ވަކި ގޮތެއް ނިންމަން އަދި އަވަސް ކަމަށެވެ. އެމްއާރުއެމް އިން ވެސް އަދި ގޮތެއް ނުނިންމަ އެވެ.
ޕީޕީއެމުން ބުނަމުން އަންނަނީ ކޯލިޝަން ނުހަދައި ވެސް ރިޔާސީ އިންތިިހާބު ކާމިޔާބުކުރެވޭ ވަރުގެ ތާއީދެއް އެ ޕާޓީއަށް އެބައޮތް ކަމަށެވެ. ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެ ނިންމުން ބަދަލުކުރުމުގެ ވިސްނުމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރު
15 February 2023
ކޮންމެ ހަޑިއެއް ހޭވިޔަސް ތިޔަ ހުރިހާ ސިޔާސީ ބައްރާތަކުގެ ވަކިތަކުން މިރާއްޖެ ސަލާމަތް ވާނެ ދުވަހެއް އަންނާނެ. އެދުވަހުން ވަގުންނާއި ފިތުނަ އުފައްދާ މީހުންނާއި ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ކޮރަޕްޓް ބޮޑުންނާއި މަސްތުވާތަކެތީ ޑީލަރުންނާއި ރައްޔިތުންގެ ލޭ ބޯ ވިޔަފާރިވެރިންނާއި އިންސާފު އަރާ ހަމަ ކުރާނެ! އިންޝާﷲ
މަތީނު
15 February 2023
އެމްޑީޕީގެ މަޤާމްތަކާއި ގުނަންތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައަޅާފައިވަނީ ހިންގާ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދުގައި. މި ޤަވާޢިދުތަކަށް ބަދަލު ނުގެނެސް، އެޑްހޮކް ޑީފެކްޓޯ ބާރެއް ދިނުން ތަނެއް ނުދޭ.
ތަހުތު
15 February 2023
މަށެއް ނަހަދާނަން ކޯލިޝަނެއް. އެއްބުރުން މިފަހަރު ކާމިޔާބު ކުރާނީ.
ދެވަނަދައުރު
15 February 2023
ދެވަނަ ދައުރެއް ރައީސްއަކަށް ދީގެންނޫނީ މިރާއްޖެއަށް ހަމަޖެހުމާއި އަމާންކަމާއި ގަރައްގީ ދެމެހެއްޓެނިގޮތެއްގައި ނުގެނެވޭ. އަންނަ އައު ކޮންމެރައީސަކަށް އެބަބޭނުންވޭ އާއްމުކޮށް 2 އަހަރުކަންކަންރާވާ ތަރުތީބުކުރުމަށް، މިވަގުތަކީ ދެވަނަދައުރަކަށް ރައީސަކުއެންމެފައްކާވެފަވާވަގުތު، ދެވަނަދައުރަކަށް ރައީސްސޯލިހް ރަގަޅު
ކަފިހި
15 February 2023
ދެ ދައުރުން ވާނެތަ؟ ތިންވަނަ ދައުރެއް ބޭނުމެއް ނުވާނެ؟
ވަރިކުރިފުޅު
15 February 2023
ވެރިކަމަކީވެސް އިނދެ ވަރިކުރުން ކަހަލަ ކަމެއް 2 ވަނަ ދައުރެއް ދީފިއްޔާ ބުނާނެ 3 ވަނަ ދައުރެއްވެސް ބޭނުމޭ.
ވަކަފޫޅު
15 February 2023
މިކިޔާއެއްޗެއް ހަމަ ނޭގުނު. ކޯލިޝަން ބަރާބަރު. ބަރުލަމާނީ ކަމަކުނުދޭ . ކޯލިޝަނަކީ ބަރުލަމާނީގެ ސިފައެއް. ކިޔޭނުކިޔޭއެއްޗެއް އެގޭހެނެއް ހިޔެއްނުވޭ.
ޖާބިރު
15 February 2023
ބަރުލަމާނީގެ މައްސަލައަކީ އެ ނިޒާމަށް ބަރުލަމާނީ ނިޒާމް ކިޔާކަން ! ދިވެހިން އެހާ ގަޔާވާ ނަމެއްނޫން ބަރުލަމާނީ އަކީ ! ކޮންމެސް އެހެން ރީތި ނަމަކަށް ނިޒާމް ބަދަލު ކުރަންވީ އޭރަށް ބަރާބަރު ވާނެ!
ކަނބިލި
15 February 2023
އަދާލަތު ޕާޓީ ވަރަށް މުހިންމު. އެވެރިންނާ ނުލައި ވެރިކަމަށް އެއްވެސް މީހަކަށް ނާދެވޭނެ ކަމަށް އެވެރިން ދައުވާކުރޭ. ދޮގުހެދުމާއި އޮޅުވާލުމާއި ފިތުނަ އުފެއްދުމަށް އެވެރިން ވަރަށް ފަންނުވެރިވާނެ.
ބޮޑުމީހާ
15 February 2023
ވަަރަށް ރަގަޅު. ދިވެހި ހުރިހާ ރައްޔިތުންވެސް ވާނެ ކޯލިޝަން ދަމަހައްޓަން ވޯޓް ދޭން. ކިހާ ހެޔޮ ވެރިކަމެއް މިކުރަނީ. އެންމެ 1200 ސިޔާސީ މަގާމު. އެންމެ 60 ބިލިއަނުން ދަރަނި. އެންމެ މަގެއް މާލެ ސަރަހައްދުގަ ހާދަ ނިމޭނެހެން ހީވޭ. އެންމެ 1 ލައްކަ ރުފިޔާ ޝާހިދު، ރީކޯ، މަވޯޓާގެ ދަރިންނަށް، އެންމެ 15 މިލިއަން އިބުރާގެ ބަދަލަށް، އެންމެ 8 އިންސައްތައަށް ޖީއެސްޓީ ބޮޑުކުރީ، އެމްޑީޕީންވެސް ނިންމީ ރައީސް ސޯލިހުއާއިއެކީ ދާން، ރައްޔިތުންވެސް އެހެންތިބެންވާނީ
މުޖުތާޒު
15 February 2023
ޢަދާލަތްޕާޓީއިންނާ ޖާބިރުގެ ގްރީންޕާޓީއާ ކޯލިޝަން ހަދާނީ އޭރުން މުޅިރާއްޖެ ކަވަރކުރެވުނީ އެގެޕާޓީ އެއީވަރަށްބާރުގަދަ ދެޕާޓީ އިމްރާނާ ޖާބިރައްހުވަފެނުގަވެސް ފެންނާނެ އެދެޕާޓީގެ ބާރުގަދަކަން އެދެޕާޓީގެ ވަރިން ގޯގެއްހެދެންއޮއްވާ ތެދެއްނަހަދާނެ އެހާވެސް ކުރީގަ އެދެޕާޓީއުޅެނީ
4ބާރު އެއްވުން
15 February 2023
ތިރީސް އަހަރުގެ ވެރިކަމުގެ ސިފަތައް. ތިންބާރާ 4 ބާރު ވެސް އެއްކޮށްލުން . ގާނޫނު އަސާސީ އިސްލާހުކުރަން ނެގި 17 އަހަރާ ވައިކުޑައިގައި ރައީސުލް ޖުމްހުރިއްޔާ ގެ މެމްބަރުން ފުރާޅުން ޓިނުނަގައިގެން މަޖިލީހަށް ފޭބި ޒަމާނަށް ގައުމު ރުޖޫއަވުން .
ސަސ
15 February 2023
ކޯލިޝަން ޕާޓީތަކުން ބޭނުންވާވަރަކަށް ސިޔާސީ މަގާމުތަކާ ޑިމާންޑުކުރާ ވަރަކަށް ފަޅު ރައްތަށްދޭނަމަ އަދި ކިތަންމެ ދުވަހެއް ވަންދެންވެސް ކޯލިޝަން ދެމި އޮންނާނެ. ހަކުރު ދޭނަމަ އެއީ ހަމަ ބޮޑުބޭބެ