16 ފެބުރުއަރީ 2023 - 19:06
ދިރުވާލައިގެން ގެނައި ޑްރަގާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި ލަޓްވިއާގެ މީހާގެ ބަނޑުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އުމުރުން 46 އަހަރުގެ އެ ފިރިހެންމީހާ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ހުއްދަ ދީފައިވާ ކަމަށެވެ.
އެ މީހާ ދިރުވާލައިގެން އެތެރެ ކޮށްފައިވާ މަސްތުވާތަކެތި ކަމަށް ބެލެވޭ 127 ބުލެޓް ހަށިގަނޑުން ފެށިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 1.3 ކިލޯ ހުރި ކަމަށް ފުލުހުން ބުންޏެވެ.
ދިރުވާލައިގެން ޑްރަގް އެތެރެކުރާ މީހުންގެ ހަށިގަނޑުން ޑްރަގް ބޭރުކުރަން އާންމުކޮށް އެ މީހުން ހޮސްޕިޓަލަކަށް ގެންދެ އެވެ. ބައެއް ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ގެސްޓް ހައުސް ފަދަ ތަންތަނުގައި އެފަދަ މީހުން ބައިތިއްބައިގެން ވެސް ޑްރަގް ބޭރުކުރުވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
18 February 2023
ރޯދައަށް ގެނައި ކަދުރު ތޯ؟؟ ލަދު ކޮބާ؟؟
ސަރުދާރުު
17 February 2023
ތި ނެގުންހާ އަވަހަކަށް ޑީޕޯޓް ކޮއްލަދެއްވާ
ރާއްޖެރޭމީހާ
17 February 2023
އެއްވެސްސަރުކާރަކުން ކުރަންބޭނުންވާކަމެއްނޫންތީ
ވަހީދުބޭބެ
17 February 2023
ސާމާނު އަތުލާފައި ފުރުވާލާ. ދެން އަންދާ މަންޒަރުފެންނަ ފޮޓޯއެއް ނޫސްވެރިންނަށްދީ ހެޑިންގައި ޖަހާލާ އަތުލި ސާމާނު އަންދާލައިފި
ޣުޜާ
17 February 2023
ތިކަން ހުއްޓުވަން ބޭނުންނަމަ ސަރުކާރަށް އެކަން ހުއްޓުވުމަކީ ކުރެވޭނެކަމެއް. އެކަންކުރަން ނުކެރިގެން މިއުޅެނީ ފިނޑިކަމުން.
މަހޭސް
17 February 2023
ޑީޕޯޓް ކޮށްލީމާ ނިމުނީ
ކޮރަލް
17 February 2023
މިމީހުން ލައްވާ ޖަލުގަ ބުރަ މަސައްކަތް ކުރުވަން ވީ އެވެ. މަހަކު ސަރުކާރުން 15 ހަށް ރުފިޔާ ހަރަދު ކޮށްގެން އަރާމު ބަހައްޓާނެ ކަމެއް ނެތެވެ.
އެމްސް
16 February 2023
ތިޔަ އައީވެސް ސްޕްލަޔަރެއް ކަމުގައި ވެދާނެ! އެހެންކަމުން ފައިސާ ފޮނުވި ފަރާތާއި، ތަކެތި ޑެލިވަރީ އޮތް ދިމާ ދަނެގަނެވިދާނެ!
ސަބަބުވެރި
16 February 2023
އަވަހަށް ގެނައި އެއްޗެހި މާކެޓަށް ނެރެފަ އެ ގެނައިމީހާ ދެވަނަ ޝިޕްމަންޓް ބަލާ ފޮނުވާލާ
ކަނބުރުގެ
16 February 2023
އިންޑިއާ މީހެއް ނޫނެންނު. އެހެންވިއްޔާ ހައްޔަރުކުރޭ. އިންޑިއާމީހެއް ވިއްޔާ އަނބުރާ ފޮނުވާލާ.