ކަސްޓަމްސުން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް. --- ފޮޓޯ:ކަސްޓަމްސް
07 ފެބުރުއަރީ 2023 - 23:20
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ އެ ގެނަައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލައިފި އެވެ.
ކަސްޓަމްސް އިން ބުނީ އިއްޔެ ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަތުލައިގަތް ތަކެތި ފުރަތަމަ މަރުހަލާގައި ތަހްލީލް ކުރިއިރު ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާ އަށް އަރާކަމަށް އެ އިދާރާއިން ބުންޏެވެ.
އެ މީހާ މިހާރު ވަނީ ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލައިފަ އެވެ. އެގޮތަށް އަމަލުކުރުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް އޮވެ އެވެ.
އަތުލައިގަތް މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮސްގެ ބޮސް
09 February 2023
ސައިކަލު މަޑިދަށުން 240ގ ފެނިގެން ބޮޑު ހުކުމެއް...ކިހާ މޮޅު ސޯލިހު ކިޔާތީ ވާ ގޮތް ތޯއްޗެ؟!
ކުޑަ ފެކްޝަން
08 February 2023
ޑްރަގު ވިޔަފާރިއަށް ހުރި މަދަދު ގާރަކަށް ދިވެހިޤައުމު ހަދައިފި. ދިވެހިރައްޖޭގައި ޑްރަގުވިޔަފާރިއަކީ ޢަަންމު ކަމަކަށް ހަދައިފި. ޑްރަގު ގެ 78 އަހަރުގެ ހުކުމެއްކުރި ނައިފަރު މީހާވެސް މިނިވަން ކޮށްްފި. ޖަލުގައިތިބި މީހުންތައް ރަށްޜަށަށް ދޫކޮށްލްނީ. ޥައްކަން ގިނަވަނީ. ވޯޓު ހޯދުމަށްޓަކައި ޑްރަގު ކުށްވެރިން ދޫކޮށްލަނީ އެމީހަކާ ހަވާލުވާނެ ބެލެނިވެރިންވެސް މާލެ ގެނެސް ބައްދަލުކޮށް ޑީލެއްގެ ދަށުން.
ހިތަދު
08 February 2023
ތިޔަށް ކިޔަނީ ޑޯ ސްޓެޕް ޑެލިވަރީ ސާވިސް.
އާއުސްމިން
08 February 2023
މިހާރު ރާއްޖެއަށް ޑްރަގް ޑެލިވަރީވެސް ކޮށްލެވޭ އެބަ އެއްވެސް ނުރައްކަލެއް ނެތި. ޑްރަގް ގެންނަ މީހުންވެސް މިހާރު ގަދަރުވެރި މީހަކަށްވެގެން އެދިއައީ.
ފޫހި
08 February 2023
މިއީ ނުރަނގަޅު ފެށުމެއް. ދެން ޑްރަގާއެކު އެތެރެވެވިއްޖެނަމަ މުއްސަދިވީ. އެތެރެނުވެވިއްޖެނަމަ އަމިއްލަގައުމަށް ކުއްވެރިނުވެ ދެވޭ. މާތް ﷲ އާއި ވަކީލް. މިއީ ކާކުގެ މޮޅު ވިސްނުމެއްބާ. ދުނިޔޭގެ ކޮންގައުމެއްގަތޯ އެގައުމަކަށް މަސްތުވާއެއްޗެއް އެތެރެކުރިމީހަކު ގާނޫނު ނުހިނގާ މީހަކަށްވަނީ. ގޯސް ގޯސް
ވަހީދުބޭބެ
08 February 2023
2 ކިލޯ 600 ގްރާމުގެ ޑްރަގު ރާއްޖެ އެތެރެކުރި މީހާ އެފުނުވާލީ ލިބިފައި އޮތް ބާރެއްގެ ސަބަބުން. ކުރީ ދުވަހު ޑްރަގު އަޅައިގެން އެތެރެ ކުރި ދަބަސް ކަމާބެހޭ އިދާރާގެ ބެލުމުގެދަށުން އެގެއްލުނީ. ހުރިހާ ކެމެރާއެއް ހުރީ ހަލާކުވެފައި. ގައުމެއްގެ ހާލަތު ވެއްޓޭނެ އެއްމެ ދަށުދަރަޖައޭ ވަހީދުބޭބެއަށް ބުނެވޭނީ.
އޮނަރަބްލް އަފީފު ދީދީ
08 February 2023
ޑްރަޤް އެތެރެކުރިމީހާ "ރާއްޖެއެތެރެވިޔަނުދީ ބޭރުކޮށްފިކަމަށް" ބުނަނީ ކިހިނެއް.؟! އެމީހާއާއި އޭނާގެނައި ލަގޭޖް ކަސްޓަމްސް އަށް ޗެކްކުރެވޭނީ އޭނާ އިމިޤްރޭޝަން ތްރޫވުމަށްފަހުގައި. # އެހެންކަމަށްވާނަމަ އޭނާވަނީ ރާއްޖޭގެ ސަރަހައްދުގައި. ރާއްޖޭގެސަރަހައްދުގައިހުރި ބިދޭސީއެއްގެމައްޗަށް މިފަދަތުހުމަތެއް ކުރެވިފައިވަނިކޮށް އަދި އަމުދުން ކަސްޓަމްފަދަ އިދާރާއަކުން މިފަދަތުހުމަތެއް އުފުލާފައިވަނިކޮށް އިމިޤްރޭޝަނަކަށް އޭނާ ޑިޕޯޓްނުކުރެވޭނެ. މިއީވެސް ކުށެއް.
ކީސް
08 February 2023
ޥޯޓްލާދުވަސް ވަރަށްކައިރިވޭ ސަދަޤާތް ވަރަށް މުހިންމު ނިޔުއެރައިވަލް އަިއްސަ ތިއޮތީ ކެރިިޔަރ ރައްކާތެރިކަމާއެކު ފުރުވާލެވިއްޖެ
ރަދީފްއޮފިޝަލް
08 February 2023
ކޮންމެވެސް ބޮޑެއްގެ އެތިކޮޅަކަށްވީމަ ތިޔާހެން އަމަލުކުރީ.ފަހުން ތިޔާ ތަކެތި ހުންނާނީ މާކެޓްގަ.މިއީ އެންމެންނަށް އެނގޭ ހިމަ ފަލަ ސިއްރެއް.ވ.ވެދުން
ގުރާ
08 February 2023
ގޯހެއްނޫން. ދެވަނަ ފުރުސަތު ފަހިކޮށްދޭން ދޫކޮއްލީ ދޯ