އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސަށް އަރުވަނީ: އެމަނިކުފާނު ޕްރައިމަރީ ކާމިޔާބު ކުރެއްވީ ބޮޑު އަޣުލަބިއްޔަތަކުން --- މިހާރު ފޮޓޯ/ނިޝާން އަލީ
17 ފެބުރުއަރީ 2023 - 22:13
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިރޭ އަރުވައިފި އެވެ.
އަންނަ ރިޔާސީ އިންތިޚާބުގެ ރިޔާސީ ޓިކެޓް ރައީސަށް މިރޭ އެރުވީ އެކަމަށްޓަކައި މާލޭގައި ބޭއްވި ޖަލްސާއެއްގަ އެވެ. ޓިކެޓް އެމަނިކުފާނާ ހަވާލުކޮށް ދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.
ރިޔާސީ ޓިކެޓް ރައީސް ކާމިޔާބު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި 62 ޕަސެންޓް ވޯޓުންނެވެ. އަދި އިންތިޚާބުގައި ކޯލިޝަން ހެދުމަށް މަސައްކަތް ކުރެއްވުމުގެ ހުއްދަ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސަށް މިހާރު ވަނީ ދެއްވައިފަ އެވެ.
ރިޔާސީ ޓިކެޓް ހަވާލުކުރަން މިރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ނަޝީދުގެ ފަރާތްޕުޅުން ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި ފިކުރެއްގެ ދިރުންގެ ނަމުގައި އާ ހަރަކާތެއް އިއުލާންކޮށް މެމްބަރުން ހޯދަން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ރިޔާސީ ޓިކެޓް ރައީސަށް އަރުވަން ގާތްވެފައި ވަނިކޮށް، ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވަނީ ޕްރައިމަރީ ބާތިލްކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެ×ެއރ
20 February 2023
ތިޔަ ޖަލްސާގަ ގިނައީ ރަށްރަށުން ގެންދިޔަ ރޑސ މީހުންނާއި، އަންނަ އިންތިހާބުގަ މަޖިލީހަށް ދޮން ކުރާމީހުނާއި، ސްމާރޓް ޗޯރުންނާއި ކޮންމެވެސް އަމިއްލަ އެދުން ގަނޑެއްގާ ދިޔަ މީހުންނެވެ.
އަންދަލޫސިޔާ
18 February 2023
އެމްޑީޕީ 1 ވަނަ އެމްއެންޕީ 2 ވަނަ ޕީޕީއެމް 3 ވަނަ ޖޭޕީ 4 ވަނަ ޢުމަރު - ފަހަތުން 1 ވަނަ. މިފަހަރު ވެސް މަރު
ކަތްދައްތަ
18 February 2023
ތިޔައީ އުދުން ފުށްބުޑު އަޅިގަނޑު ތެރެއިން ނެރުނު ބަބުކެޔޮ ފަޅިއެއްތަ ފަހެ. އަދައަދާ ނާދާ އޮތް ބަޔަކާއި އަދައި ބުލިކައިފަ އޮތް ބަޔަކާ ދެބައި އެއްކޮށްގެންވެސް ކޮން ޕާޓީއެއްގެ ޓިކެޓެއް ކަމެއް ނޭގުނިއްޔަ.
ބޮޑުމީހާ
18 February 2023
ރައްޔިތުން ޚާއްސަކޮށް އެމްޑީޕީ މީހުން ބޭނުންވަނީ ކޮރަޕްޝަން ނުބަލާ، 1200 ސިޔާސީ މަގާމު އުފައްދާ، މަގެ ނެހެދޭ، ފްލެޓެއް ނޭޅޭ، ބްރިޖެއް ނޭޅޭ، ސްކޫލެއް ހޮސްޕިޓަލެއް ނޭޅޭ ވެރިއެއް. އަދި ޖީއެސްޓީ ބޮޑުކޮށް ގާތް އެކުވެރިންނަށް ބަދަލުދޭނެ ވެރިއެއް. ކީއްކުރާނީ ދިވެހިން މިތިބީ ދިވެހިންގެ ގޮތުގަ
މަނީމަނީ
18 February 2023
ހާދަބަޔަކު ރަށްރަށުން ގެނަސްގެންނޭ ތިތަން ފުރޭވަރުކޮއްލެވުނީ.
އެހެންތަ
18 February 2023
ކޮބާ މައްސަލައަކީ؟ މާލެ މީހުން އެކަނިތަ ޕާޓީތަކުގެ ޖަލްސާއަށް ދާން ޖެހެނީ. ތިޔަ ބުނާ ގޮތުން ހީވަނީ ރާއްޖެތެރޭ މީހުން ވަރަށް ދަށްކޮށްލާފަ ބުނާހެން.
ށަވިޔަނި
18 February 2023
އަދި އިވޭނެ އެހެންފަރާތަކަށްވެސް ޓިކެޓު ލިބުނުވާހަކަ.
ކަނބުރުގެ
18 February 2023
މަވޯޓާ ބުނި ޓިކެޓު ހަވާލުކުރާ ޖަލްސާގެ ސައިޒު ފެނި އިދިކޮޅު ފަރާތްތައް މޭގަނޑު އަނގަޔަށް އަންނަވަރު ވާނެޔޭ. އެކަމަކު ޖަލްސާ ފެނިފަ ގިނަބަޔަކު ފާޑަކަށް ހިނި އައީ.
އަހައްމަދޫ
18 February 2023
ތީހާދަ ފީވެ ބާވެ ހަލާކުވެފަ އޮތް ކޮންތާކުން ދަމާ ނެރުނު އެއްޗެއްތަ
މަގޭވޯޓް
18 February 2023
އިންޝާﷲ މަށާ މަގޭ ފެމެލީގެ ގިނަ ވޯޓްތައް ރައީސް ސޯލިހައް ދޭން ނިންމާފިން، އިންޝާﷲ ރައީސް ސޯލިޙަށް އަންނަ އިންތިޚާބުގައި ގިނަ ބަޔަކު ވޯޓްލައި ހޮވާނެ...
ގެދާނޯމޮސް
18 February 2023
އިންޝާ ﷲ ހަމަހިލާ ސޯލިހުގެ ވެރިކަމެއް ދެންމިގައުމަކުން ނުފެންނާނެއެވެ.
ޒިކްން
18 February 2023
ރާއްޖޭގެ ގިނަ ރައްޔިތުން ނުދޭނެ. އެމްޑީޕީގަ ވަޒީފާގަތިބި މީހުންގެ ވޯޓް ލިބޭނެ
ވަހީދުބޭބެ
18 February 2023
އެމްޑީޕީގެ ޕްރައިމަރީގައި ގިނަ މެމްބަރުންނަށް ވޯޓު ނުލެވޭގޮތް ހަދައި އެތައްބަޔަަކަށް މަގާމާއި މަންފާދީގެން ޓިކެޓުހޯދިކަން ރައްޔިތުން ހަނދާން ނުނެތޭނެ.
ދެއ×ދރެގތ6
20 February 2023
ކޮސްނުވޭ...ވެންޓިލޭޓަރޭމެންނަށް ވޯޓު ދިނުން ހަމަ އޯކޭތެ؟
ޖާބެ .
17 February 2023
ޕީ.ޕީ.އެމް 1 ވަނަ ޖޭޕީ 2 ވަނަ އިބޫ 3 ވަނަ އުމަރު 4 ވަނަ ނާޒިމް އިބޫގެ ބޮޓް 5 ވަނަ