ގުދުސް: އޮގަސްޓް 11، 2019: ގުދުސްގެ އަލް އަގްސާ މިސްކިތަށް އީދު ނަމާދަށް މީހުން ހާޒިރުވަނީ. --ފޮޓޯ:އޭއެފްޕީ
21 ފެބުރުއަރީ 2023 - 06:56
މި ހިނގާ ރަޖަބު މަހުގެ 27 ވިލޭރޭ އަޅުގަނޑުމެންނާ ބައްދަލުކުރީ މީގެ ތިން ދުވަސް ކުރިންނެވެ. އެއީ ކޮން ރެއެއް ކަން، ކޮން ފަދަ މަތިވެރި حادثة އެއް ހިނގި ރެޔެއްކަން ހަމަ އެކަކު ވެސް ހަނދާން ނެތް ފަދަ އެވެ. އެހެން ނަމަވެސް، އެއީ ވަރަށް މުހިންމު تاريـخى ރެޔެކެވެ. إسراء އާއި معراج ގެ ރެޔެވެ.
حقيقة ގައި إسراء އާއި معراج ގެ معجزة އަކީ، އިސްލާމީ تاريخ ގެ އެންމެ މުހިންމު އެއް حادثة އެވެ. އާދަޔާ خلاف އަދި ދުވަހަކު ވެސް އެފަދަ حادثة އެއް ތަކުރާރު ނުވާނެ حادثة އެކެވެ. އެއީ، مشركން ގެ އަނިޔާވެރި ލާއިންސާނީ عمل ތަކުގެ ސަބަބުން رسول الله صلّى الله عليه وسلّم ގެ ހިތްޕުޅަށް ނުތަނަވަސްކަން ލިބިވަޑައިގަތް ދަނޑިވަޅެއްގައި، އެކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށާއި އިސްލާމީ އުންމަތަށް ނަސްރާއި ކާމިޔާބީ ދެއްވާނެ ކަމުގެ އުފާވެރި خبر ދެއްވުމުގެ ގޮތުން މާތް الله އެކަލޭގެފާނަށް ދެއްވި މަތިވެރި معجزة އެކެވެ.
މި މަތިވެރި معجزة ގެ ހަނދާނަކީ، ކީރިތި ރަސޫލާގެ އަރިހުގައި އުޅުއްވި اصحاب ބޭކަލުންނާއި تابعى ބޭކަލުންގެ އިރުއްސުރެ ފެށިގެން މިހާތަނާ ޖެހެންދެން ވެސް މުސްލިމުން ފާހަގަކުރަމުން އައިސްފައިވާ ހަނދާނެކެވެ. އެކި ގައުމުތަކުގައި އެކި ޒަމާންތަކުގައި އެކި ގޮތްގޮތަށެވެ. އެންމެ އާންމު ގޮތަކީ، އެރޭ މިސްކިތް މިސްކިތުގަ އާއި ގޭގޭގައި ކީރިތި قرآن ކިޔެވުމެވެ. މީސްމީހުން ވަކިވަކިންނެވެ. ނުވަތަ ޖަމާއަތް ހަދައިގެންނެވެ. ކީރިތި قرآن ކިޔެވުމުގެ އިތުރުން، މާތް ނަބިއްޔާ އަށް މަދަހަ ދަންނަވާފައިވާ ޅެންތައް ވެސް ކިޔައި ހަދަ އެވެ.
ބައެއް ގައުމުތަކުގައި، އެ މުނާސަބަތުގައި ޖަލްސާތައް ބާއްވައި ދީނީ ތަގުރީރުތައްކޮށް ހަދަ އެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް މިހާރު އެއްވެސް މުއައްސަސާއަކުން މި މުނާސަބަތު ފާހަގަ ނުކުރި ނަމަވެސް ބައެއް ދުވަސްވަރު މި މުހިންމު މުނާސަބަތުގައި ރާއްޖޭގައި ޖަލްސާތައް ބާއްވާފައި ވެ އެވެ. ހުދު އަޅުގަނޑު ވެސް މިފަދަ ބައެއް ޖަލްސާތަކުގައި ވާހަކަ ދައްކާފައި ވާނެ އެވެ.
إسراء ގެ މަތިވެރި حادثة ގެ އެންމެ މުހިންމު ބަޔަކީ، رسول الله صلّى الله عليه وسلّم الـمسجد الأقصى ގައި ކުރެއްވި ނަމާދުފުޅެވެ. އެ މާތް މިސްކިތް ހުންނަނީ، فلسطين ގެ މާތް ރަށް ކަމުގައިވާ القدس الشريف ގަ އެވެ. މުސްލިމުންގެ މި مقدّس ތަންތަން މި ވަގުތު ވަނީ ބޭރު ބައެއްގެ އަތްދަށުގަ އެވެ.
މާތް الله وحى ކުރެއްވި އެވެ. ﴿ سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْـحَرَامِ إِلَـى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَــٰـرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَــٰـتِـنَـآ ۚ ؛ إِنَّـهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ ﴾ (الإسراء : 1) މާނައީ: [الـمسجد الـحرام ން، الـمسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސް طاهر ވަންތަކަމާ އެވެ! އެއީ އެ ތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކަ އެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވައި ވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ އެވެ.]
إسراء ގެ މަތިވެރި حادثة ގެ އެންމެ މުހިންމު ބަޔަކީ، رسول الله صلّى الله عليه وسلّم الـمسجد الأقصى ގައި ކުރެއްވި ނަމާދުފުޅެވެ. އެ މާތް މިސްކިތް ހުންނަނީ، فلسطين ގެ މާތް ރަށް ކަމުގައިވާ القدس الشريف ގަ އެވެ. މުސްލިމުންގެ މި مقدّس ތަންތަން މި ވަގުތު ވަނީ ބޭރު ބައެއްގެ އަތްދަށުގަ އެވެ.
އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި الـمسجد الأقصى ގައި ހިނގާފައިވާ މި މަތިވެރި معجزة ގެ ޒިކުރާ އާކުރަމުންދާއިރު، މި އުންމަތުގެ ވާޖިބަކަށް ވާން ވާނީ މާތް الله ގެ ކުޅަދުންވަންތަކަން قبول ކޮށް، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގައި އިތުރު ސާބިތު ކަމަކާއެކު ހިފެހެއްޓުމެވެ. އަދި އަބަދުވެސް މާތް الله، حقّ އަށް ނަސްރު ދެއްވާނެކަން قبول ކޮށް، القدس الشريف އާއި އަދި އެ ނޫން ވެސް މުސްލިމުންގެ އަދާވަތްތެރިންގެ އަތްދަށުގައިވާ މުސްލިމުންގެ ބިންތައް މިނިވަން ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމެވެ. މީގެ ކުރިން ވެސް އަޅުގަނޑުމެން މުސްލިމް ދިވެހި ރައްޔިތުން ވަނީ މި މުހިންމު މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން قدس ފަންޑަށް ގިނަ عدد އެއްގެ ފައިސާ ހަދިޔާ ކޮށްފަ އެވެ.
އިސްލާމްދީނަކީ، އޭގެ ކުރިން އެއްވެސް ނިޒާމެއްގައި އައިސްފައި ނުވާ ފަދަ މަތިވެރި އުސޫލުތަކަކާއި ގޮތްތަކެއް އިންސާނިއްޔަތަށް ހަދިޔާ ކޮށްފައިވާ ދީނެކެވެ. رحم އާއި އޯގާތެރިކަމާއި ހަމްދަރުދީ އާއި އިންސާނީ أخوّة ތެރިކަމަކީ، އެ ދީނުގެ އަސާސެވެ. އިންސާނީ ހަމަހަމަކަމާއި إحسان ތެރިކަމާއި عدل إنصاف އާއި ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމާއި އެންމެހައި އަފްރާދުންނާއި جـماعةތަކުގެ حقّ ތައް ރައްކާތެރި ކުރުމަކީ، އެ ދީނުގެ ވަރުގަދަ ތަނބުތަކެވެ. ފާފަކުރުމާއި منكرات ތަކާއި އަނިޔާވެރިވެ އުޅުމަކީ، އިސްލާމްދީނުގައި حرام ކުރައްވާފައިވާ ކަންކަމެވެ. އެހެންކަމުން، އަޅުގަނޑުމެން މުސްލިމުންގެ ވާޖިބަކަށް ވާން ވާނީ އިސްލާމްދީނުގެ މަތިވެރި نعمة ދެއްވި ކަމަށްޓަކައި މާތް الله އަށް حـمد އާއި شكر ދެންނެވުމެވެ.
އަދި މި މާތް ދީނުގެ މަތިވެރި އުސޫލުތަކުގައި ނުގުޑާ ފަދަ عزم އަކާއެކު ހިފެހެއްޓުމެވެ. ފަހެ، މާތް الله وحى ކުރެއްވިއެވެ. ﴿ إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَـٰـنِ وَإِيتَآئِ ذِى ٱلْقُرْبَـىٰ ؛ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ ۚ ؛ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ ﴾ (النّحل : 90) މާނައީ: [ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް الله އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކަ އެވެ.]
ފާފަކުރުމާއި منكرات ތަކާއި އަނިޔާވެރިވެ އުޅުމަކީ، އިސްލާމްދީނުގައި حرام ކުރައްވާފައިވާ ކަންކަމެވެ. އެހެންކަމުން، އަޅުގަނޑުމެން މުސްލިމުންގެ ވާޖިބަކަށް ވާން ވާނީ އިސްލާމްދީނުގެ މަތިވެރި نعمة ދެއްވި ކަމަށްޓަކައި މާތް الله އަށް حـمد އާއި شكر ދެންނެވުމެވެ.
އިންސާފުވެރި ނަޒަރަކުން ބަލައިލި ކޮންމެ މީހަކަށް ވެސް މާތް الله މި آيـة ގައި އަންގަވާފައި އެ ވަނީ ވަރަށް މާތް އުސޫލުތަކެއްކަން ހާމަވެގެންދާނެ އެވެ.
މާތް الله ގެ ކުޅަދުންވަންތަކަމަށް އީމާންވެ، އިސްލާމީ މަތިވެރި އުސޫލުތައް قبول ކޮށް، އެންމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ހަރުދަނާކުރުމަކީ މުޅި އިސްލާމީ އުންމަތަށާއި އެންމެހައި މުސްލިމުންނަށް މާތް الله ގެ نصر މިންވަރު ކުރައްވާނެ ކަމެއް ކަން ކަށަވަރެވެ. މިފަދަ ކޮންމެ މުނާސަބަތެއްގައި ވެސް އަދި ވަކިން ހާއްސަކޮށް ތަފާތު ސަބަބުތަކާ ހުރެ މުސްލިމުން ބައިބައިވެފައިވާ މިފަދަ ދަނޑިވަޅުތަކުގައި އަޅުގަނޑުމެން ދެނެގަންނަންވީ އަދި قبول ކުރަންވީ حقيقة ތަކަކީ އެއީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޯރޑް އޮފް ދަ ރިންގްސް
30 March 2023
ހެޔޮނުވާނެ މިހާރުގެ ކުޑަކުދިންކައިރީގަ އުދުހޭ އަހެއްގަ ސްޕޭސް އައް ގޮއްސަ އާދެވޭ ވާހަކަ ބުނާކައް! ހެރީ ޕޮޓަރ ވާހަކަ ވެސް ކުދިން މާބޮޑައް ގަބޫލު ކުރާނެހެން ހީވަނީ. އަހާލަމާ ބަހީ؟
ހަސަންދީ
22 February 2023
ރ.މައުމޫން ފަދަ ޢިލްމުވެރިން ޤައުމަށް ނުހަނު ބޭނުން، އިސްލާމް ދީނުގެ މާތް ރިވެތި ސިފަތައް ގެއްލެމުންދަނީ ހިތާމަ ކުރަންޖެހޭ މިންވަރަށް، ހައްދުންނެއްޓި ތިމާއަށް ފެންނަ ކޮންމެ ގޮތަކީ ދީން ކަމަށް ހަދައިފި، މި މާތް ދުވަސް ވަގުތު ފާއިތު ވުމުގެ ކުރިން މަނިކުފާނު ހަދާންކޮށްދެއްވި ނަމަ ހާދަ ރަގަޅޭ ހިތައްއަރާ ...
ހައްޕު
21 February 2023
ތިއީ ވަރަށް ބޮޑު ތެދެއް. ސަލަފީން އެމީހުންގެ ފިކުރަކަށް ހެދީ ދީނުގެ ނަމުގަ ބައިބައިވުން އުފައްދާ ކަހަލަ ކަންކަން ކުރުން. ބައެއް މީހުންނަށް ހީވަނީ އެވެރިން ހެދުން އަޅާގޮތާއި ލާ ޖުއްބާއި ހާކާ ކުނި އަތަރުތަކޭ އެންމެންވެސް ބޭނުންކުރަންވާނީ. ބޮލެއް ހުރި މީހަކު އެވެރިންނަކަށް އިޖާބައެއްނުދޭނެ.
ޖޭމުގެ އަހައްމައިދީ
21 February 2023
ތި ވިދާޅުވި ކަހަލަ އިލްމުވެރިން އެމީހުން އަޑުއަހަން ބޭނުންނުވާ ކަހަލަ ސުވާލެއް ކޮށްފިއްޔާ ޓެމްޕަރޭޗަރު ދުއިސައްތައަށް އަރާ ސުވާލުކުރި މީހާ ލަދުގަންނުވާނެ. އެކަމަކު މަރުހޫމް އަފްރާޝީމު ދުވަހަކުވެސް މީހަކަށް ޖަވާބެއް ނޫނީ މުއާމަލާތެއް ނުކުރައްވާނެ ހިނިތުންވުމާ މަޑުމައިތިރިކަމާއެކު ނޫނީ. މާތްﷲ މަރުހޫމުގެ ފާފަ ފުއްސަވާ ހެޔޮ ރަހުމަތް ލައްވާށި. އާމީން
55555
21 February 2023
މިއުރާޖު ވިލޭރޭ ހިޔަރަކާތްވިލޭރޭ ކީރިޔި ރަސޫލަގެ އީދު މީލާދު މީހަމަ ހުސް މުޤައްދަސް ދުވަސްތައް. މިދުވަސްތައް މިއަދު ރާއްޖެގަ ފާހަގަ ނުކުރަނީ ރާއްޖޭގަ ހުސް ސަލަފީ އިލްމުވެރިން އުޅޭތީ. ސުންނީ އިލްމުވެރިއަކަށް ހުންނެވީ މައުމޫނު ދެން ހުންނެވި ބޭފުޅާ (މަރުހޫމު) ޑރ އަފްރާޝީމް އަވަހާރަވެއްޖެ
އެޑްމުންޑޯ
21 February 2023
ޝުކުރިއްޔާ ރައީސް މައުމޫނު ، ވަރަށްވެސް މުހިއްމު ބޭނުންތެރި މައުލޫމާތު ކޮޅެއް
މައުސީ
21 February 2023
ސުރުޚީ އާ ލިޔެފައިވާ ލިޔުމަކާއި އެއްވެސް ވަރަކަން ނުގުޅޭ
ފާއިޒުބެ
21 February 2023
ދެން ކިހިނެއްތަ ގުޅެންވީ. ލިޔުމުގާ އޮތީ އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތްތަކުގެ ވާހަކަ. ޞުރުހީ އާ ނުގުޅޭގޮތެއް ނޭންގެ