ވިޔަފާރި / ވިޔަފާރި ޕްރޮމޯޝަން

ގްލޯނެޓް އެޑިއުކޭޝަން ފެއާ ބުރާސްފަތި ދުވަހު ފަށަނީ

ގްލޯނެޓްގެ ފެއާއެއްގައި މައުލޫމާތު ދެނީ

21 ފެބުރުއަރީ 2023 - 12:51

ގްލޯނެޓުގެ 29 ވަނަ އެޑިއުކޭޝަން ފެއާ މާލެ އާއި އައްޑޫގައި އަންނަ ބުރާސްފަތި ދުވަހު ފަށާނެ އެވެ.

މާލޭގައި އެ ފެއާ އޮންނާނީ މީރުމާ އިވެންޓު ހޯލުގަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ހަވީރު 5 އިން ރޭގަނޑު 9އަށެވެ. އައްޑޫގައި އޮންނާނީ އައްޑޫ ހައި ސްކޫލްގަ ހޮނިހިރު ދުވަހު ހަވީރު 4އިން 7 އަށެވެ.

ގްލޯނެޓުން ބުނި ގޮތުގައި އެ ފެއާ އަކީ ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނާއި ބެލެނިވެރިންނަށް ޔުނިވާސިޓީތަކުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ފެއާ އެކެވެ.

އެ ފެއާއިން ބެލެނިވެރިންނާއި ދަރިވަރުންނަށް ބޭރުގެ ޔުނިވާސިޓީ، ކޮލެޖުތަކުގައި ކިޔެވުމަށް ދާނެ ހަރަދުގެ ފުރިހަމަ މއުލޫމާތާއި މައުލޫމާތާއި، އެކި ކޯސްތަކުގެ މުގައްރަރުގެ މައުލޫމާތުތައް ވެސް ލިބޭނެ އެވެ. އަދި އެ ފެއާ އަކީ ރާއްޖޭގެ އިންސްޓިޓިއުޓުތަކަށް ބޭރުގެ ޔުނިވާސިޓީތަކާ އެކު ގުޅުން ބަދަހި ކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް ގްލޯނެޓުން ފާހަގަ ކުރެއެވެ.

މި އަހަރުގެ ފެއާގައި ވެސް ވިސާ ހޯދުމާއި އެކަމަޑޭޝަންގެ މަޢުލޫމާތު ދިނުމާއި، އެޕްލިކޭޝަން ބަލައިގަތުމާއި ޕްލޭސްމަންޓު ލެޓާގެ ކަންތައްތައް ހަމަޖައްސާދޭނެ އެވެ. އަދި ސްކޮލާރޝިޕް ޑިސްކައުންޓް ލިބޭ ކޯސްތަކުގެ މައުލޫމާތު ދިނުމާއި އެ ކޯސްތަކަށް ރަޖިސްޓްރީ ކޮށްދިނުމާއި ކެރިއާ ގައިޑެންސް ބޭނުންވާ ދަރިވަރުންނަށް އެ ހިދުމަތްވެސް އެ ތަނުން ލިބޭނެ އެވެ.

ގްލޯނެޓުގެ އެޑިއުކޭޝަން ފެއާގައި ބައިވެރިވާ ބައެއް ޔުނިވަސިޓީތަކުން 10 ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގެ ކޯސްފީ ލިބޭ ސްކޮލާޝިޕް ދޭނެ ކަމަށް ގްލޯނެޓުން ބުންޏެވެ. ސްކޮލަޝިޕަށް އެދި ހުށަހަޅަން ބޭނުންވާ ދަރިވަރުންނަށް ގްލޯނެޓުގެ ވެބްސައިޓު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

ފެއާގައި ފާހަގަކޮށްލެވޭ ކޯސްތައް ހިމެނޭ ބައެއް ދާއިރާތައް

- އޭރޯސްޕޭސް އަދި އެއާކްރާފް އިންޖިނިއަރިން

- ބަޔޯ މެޑިކަލް އިލެކްޓްރޯނިކްސް

- ސްޕޯޓްސް އެންޑް އެކްސަސައިޒާއި ނިއުޓްރިޝަން އެންޑް އެކްސަސައިޒް ސައިންސް

- ފާމަސޫޓިކަލް ސައިންސް އާއި މޮލިކިއުލާ ބަޔޮލޮޖީ ވިތް ބަޔޯ ފާމަސޫޓިކަލް ސައިންސް

- ފޫޑް ސައިން އެންޑް އިނޮވޭޝަން އާއި އެގްރިކަލްޗަރަލް ސައިންސް

- ކްރިމިނަލް ޖަސްޓިސް ސްޓަޑީޒް އާއި ސައިބާ ކްރައިމް

- ޕްރޮފެޝަނަލް ސޯޝަލް ކެއާ އާއި އެކްސަސައިޒް ސައިކޮލޮޖީ

ފެއާގައި ބައިވެރިވާ ޔުނިވާސިޓީތައް

1. މޮނާޝް ޔުނިވާސިޓީ، މެލޭޝިޔާ

2. ޔުނިވާސިޓ އޮފް ނޮޓިންގްހަމް، މެލޭޝިޔާ

3. އޭޝިއާ ޕެސިފިކް ޔުނިވާސިޓީ އޮފް ޓެކެނޮލޮޖީ އެންޑް އިނޮވޭޝަން، މެލޭޝިޔާ

4. އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ، މެލޭޝިޔާ

5. ޓޭލާސް ޔުނިވާސިޓީ، މެލޭޝިޔާ

6. ސަންވޭ ޔުނިވާސިޓީ، މެލޭޝިޔާ

7. ހެރިއޮޓް-ވަޓް ޔުނިވާސިޓ، މަލޭޝިޔާ، ދުބާއީ އަދި ޔޫކޭ

8. އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ، މެލޭޝިޔާ

9. މަނިޕާލް ޔުނިވާސިޓީ ކޮލެޖް، މެލޭޝިޔާ

10. ގްރިފިތް ކޮލެޖް، ރިޕަބްލިކް އޮފް އަޔަލެންޑް

11. ސައުތު އީސްޓް ޓެކްނޮލޮޖިކަލް ޔުނިވާސިޓީ ، ރިޕަބްލިކް އޮފް އަޔަލެންޑް

ގްލޯނެޓުން ބުނީ މި ފަހަރުގެ ފެއާ އަކީ ފާއިތުވި އަހަރުގެ ފެއާތަކަށް ވުރެ ފުރިހަމަ ފެއާއަކަށް ވާނެ ކަމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454