މީހުން

"މިއީ މައިންބަފައިންނަށް އަޅާލުމުން ﷲ ދެއްވާ ނިއުމަތް"

އެތައް އަހަރެއް ވަންދެން ވަޒީފާ އަދާކުރި ދާއިރާ ދޫކޮށްލައި، މާލެ އިން މި ރަށަށް ބަދަލުވުމުން އެންމެންހެން ވެސް ބުނީ އެ ކުރީ "މޮޔަ" ކަމެއް ކަމަށެވެ. އެކަމަކު، އެ އެންމެންނަށް އޭނާ ދިނީ ސާފު ޖަވާބެކެވެ.

ފ. ނިލަންދޫން،  އާސިމާ ނިޒާރު، މިހާރު

02 އެޕްރީލް 2023 - 06:46

23 comments

ކޮވިޑާއެކު މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔަވައިދިނުން އޮންލައިން އަށް ބަދަލުކުރުމުން، ގެއިން ބޭރަށް ނުނިކުމެވި، އެތެރޭގައި ބަންދުވެފައި ނީންނަން އުމްނިއްޔާ އަހުމަދު ވެސް މައިންބަފައިން ކައިރިއަށް މި ރަށަށް ބަދަލުވީ ކުޑަ ދުވަސްކޮޅަކަށެވެ.

އެކަމަކު، އެއީ ފަހަރުގައި ވެސް އުމްނިއްޔާ، 53، ގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވަފާނެ ދަތުރެއް ކަމެއް ކަމަށް ވިސްނިފައެއް ނެތެވެ.

އޭނާ މި ރަށަށް އައިއިރު 87 އަހަރުގެ މަންމަ އާއި 97 އަހަރުގެ ބައްޕަ މުސްކުޅިވެ، އޮތީ ބަލި އެނދުގަ އެވެ. ހާއްސަކޮށް، މަންމަގެ ހަނދާން ނެތުމާއި ދެ ލޮލަށް ނުފެންނާތީ އަބަދު ވެސް ކޮންމެ ވެސް މީހެއްގެ އެހީތެރިކަން ބޭނުންވެ އެވެ. ބައްޕަގެ ހަނދާން ރަނގަޅަސް ވަރުގަދަ ރޯގާއެއް ޖެހުނު ފަހުން ރަނގަޅަށް ހިނގައި ނޫޅެވެ އެވެ.

އުމްނިއްޔާގެ އެއްބަނޑުއެއްބަފާ ގިނަ މީހުން އުޅެނީ ރަށުން ބޭރުގަ އެވެ. ރަށުގައި އުޅޭ މީހުން ވެސް ވަޒީފާތަކުގައި އުޅޭތީ، ދުވަހުގެ ހުރިހާ ވަގުތެއް މައިންބަފައިން ކައިރީގައި ހޭދަކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތަން ފޫބައްދަން ބޭރުން މީހަކު ގެނެސްގެން މަންމަ އާއި ބައްޕަ ބެލުމުގެ މާލީ ތަނަވަސްކަން ވެސް އަތިރީގެ އާއިލާގައި އެބަހުއްޓެވެ.

ނަމަވެސް، އެ ހިސާބަށް ނުދަނީސް އުމްނިއްޔާގެ ވިސްނުން ބަދަލުވެއްޖެ އެވެ. ވަޒީފާ ވެސް ދޫކޮށްލައިފައި، އޭނާ ނިންމީ މަންމަ އާއި ބައްޕަ ބަލަން ރަށަށް އެއްކޮށް ބަދަލުވާށެވެ. ތިން ކުދިންނާއި ފިރިމީހާއާ އެކު ހުޅުމާލޭގައި ބިނާކުރަމުން ދިޔަ ދިރިއުޅުން އުފަން ރަށް، ފ. ނިލަންދު އަށް ބަދަލުކުރީ ހަމަ ކުއްލިއަކަށެވެ. އެކަމާ އެހެން އެއްވެސް މީހަކާ މަޝްވަރާ ވެސް އޭނާ ނުކުރެ އެވެ.

"އެއްފަހަރު ކޮވިޑުގައި، އޮކްޓޯބަރު ހިސާބުގައި [ފިރިމީހާ ގާތު] ބުނެފިން ދެން އަނބުރާ އެކޮޅަކަށް ނުދާނަމޭ. މިކޮޅުގައި މަޑުކުރާނީއޭ. އެކަމަކު، ތިން ކުދިންނާއި ފިރިމީހާ އުޅެނީ ހުޅުމާލޭގައި،" އުމްނިއްޔާ ބުންޏެވެ.

"ފިރިމީހާ ވެސް ބުނެފި އޯކޭއޭ، ތިމަންނަ ކުދިން ގޮވައިގެން މިކޮޅުގައި މަޑުކުރާނީ އޭ. ސްކޫލުގައި އުޅޭނީ ދެ ކުދިން އަދި ވަޒީފާގައި އެއް ކުއްޖަކު އުޅޭ."

އުމްނިޔާ، އޭނާގެ ގޭގައި ޓިއުޝަން ދެނީ

އެކަމަކު، ފަހުން އޭނާގެ ފިރިމީހާ ވެސް ބަދަލުވީ މި ރަށަށެވެ.

އުމްނިއްޔާ ބުނީ ރަށުގައި މަޑުކުރިޔަސް، އޭނާ އަދާކުރަމުން އައި ވަޒީފާ ކުއްލިއަކަށް ދޫކޮށް ނުލާން އާއިލާ އިން އެދުނު ކަމަށެވެ. އެހެންވެ، ފުރަތަމަ އެއް އަހަރުގެ ނޯ-ޕޭ ނެގީ އެވެ. އެކަމަކު، އެ ގޮތަށް އިތުރަށް މަޑުނުކޮށް ގާޒީ ސްކޫލުގައި އަށް އަހަރު އަދާކުރި ވަޒީފާއިން އޮގަސްޓް، 2021 ގައި ވަކިވީ އެވެ.

އެތައް އަހަރެއް ވަންދެން ވަޒީފާ އަދާކުރި ދާއިރާ ދޫކޮށްލުމުން މި ރަށު މީހުން ވެސް ބުނީ އުމްނިއްޔާ އެ ކުރީ "މޮޔަ" ކަމެއް ކަމަށެވެ. އެކަމަކު، އެ އެންމެންނަށް އޭނާ ދިނީ ސާފު ޖަވާބެކެވެ.

އުމްނިއްޔާ އޭނާގެ މަންމަ އާއި ބައްޕަ އަދި އާއިލާއާ އެކު

"ވަޒީފާ ދޫކޮށްލާފައި މި ރަށަށް އައިމަ ބުނި ވަރަށް މޮޔަ ކަމެކޭ ތި ކުރީ. ތި ކަހަލަ ވަޒީފާއެއް ދޫކޮށްލާފައި ކާކުހޭ އައިސް މިހާރު ގޭގައި ހުންނާނީ. އަޅުގަނޑު ބުނިން މައިންބަފައިންނަށް ޓަކައި އިހުލާސްތެރިކަމާއެކު ހެޔޮކަމެއް ކުރުމުގެ ނިޔަތުގައި ކަމެއް ގުރުބާން ކުރިޔަސް އެ ކަމުން ގެއްލުމެއް އެއްވެސް މީހަކަށް ނުލިބެއޭ. މިހާރު ވަރަށް އުފާވޭ، އޭގެ ހަގީގަތް އެންމެންނަށް، މި ރަށު ރައްޔިތުންނަށް ވެސް އެނގޭނެ." އޭނާ ބުންޏެވެ.

އުމުރުން ދޮއްޓަސް، އުމްނިއްޔާ ބުނީ އޭނަގެ މަންމަ އާއި ބައްޕަ ނުބުނާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އެ ދެ މީހުންގެ ކުރިމަތީގައި އޭނާ ދުވަހަކު ވެސް ދެރަ ބަހެއް ނުބުނެ އެވެ.

"އެ މީހުން ވެސް ވަރަށް ބުރަ އުފުލައިގެން، ބުރައިގައި ގެންގުޅެގެން އަޅުގަނޑުމެންނަށް ކިޔަވައިދީގެން މި ހިސާބަށް ގެނެސްދެނީ. އަބަދު ވެސް ވަރަށް ލޯބިވޭ މަންމަ އާއި ބައްޕަ ދެކެ. އަމުދުން މަންމަ ދެކޭ ލޯބިވޭ. އެހެންވެ، މަންމަ އެ ހާލަތަށް ދިޔައީމަ ހިތަށް އެރީ މަންމަ އަށް އެހީދިނުމަށްޓަކައި އެހެން ތާކަށް ނުދާނަމޭ، ހަމަ ގޭގައޭ ހުންނާނީ. އެ ދުވަހުން ފެށިގެން ހަމަ ގޭގައި މި ހުންނަނީ،" އުމްނިއްޔާ ބުންޏެވެ.

ރޭގަނޑު 9:00 ހާއިރު ނިދައި ފަތިހު 4:00 ގައި އެނދުން ހިއްލާލާ ގޮތަށް މަންމަ އާއި ބައްޕަ ރީތިކޮށްދިނުމާއި އެ ދެ މީހުން ތިބޭ ދެ ކޮޓަރި ސާފުކޮށްދިނުމާއި އެއްޗެހި ދޮވެދިނުމާއި ކާން ދީ، ހުރިހާ ކަމެއް ކޮށްދެ އެވެ. ހާއްސަކޮށް، މަންމަ ބަލަންޖެހެނީ ކުޑަކުއްޖެއް ގޮތަށެވެ.

"އެކަނި އޮށޯވެގެން އޮންނަ ވަގުތު ވެސް އަޅުގަނޑު ވާހަކަ ކިޔައިދީ، ލަވަ ކިޔައިދީ [ހަދަން]. ކާން ދެން ވެސް ވަރަށް އުނދަގޫ. ވަރަށް ނުކާން އުޅޭނީ. އެކަމަކު ވާހަކަ ކިޔައިދޭން ފެށީމަ ކާނެ ހަމަ ކުޑަކުދިންހެން. ވާހަކަ ނިމެންވާއިރަށް ހުސްކޮށްލާނެ."

އުމްނިއްޔާގެ ދަރިވަރުން ޓިއުޝަން ނަގަނީ

ޓީޗިންގެ ޑިގްރީ ހަދައިގެން، މި ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި 25 އަހަރު އަދި ގާޒީ ސްކޫލުގެ ސެން ޓީޗަރަކަށް އެތައް އަހަރެއް ވަންދެން އުޅުމަށް ފަހު، ވަޒީފާއިން ވަކިވެ ހުންނަން ޖެހުމުން އުމްނިއްޔާ އަށް ފުރަތަމަ އުނދަގޫވެ، ނަފްސާނީ ގޮތުން ވެސް އެކި އަސަރުކުރި އެވެ.

މައިންބަފައިންގެ ކަންކަން ނިންމުމަށް ފަހު، ލިބޭ ހުސްވަގުތުގައި ކިޔަވައިދޭން ނިންމީ އެ ހިސާބުންނެވެ. އޭނާ ގޭގައި ޓިއުޝަން ދޭން ފެށީ އެހެންވެ އެވެ.

އަމިއްލަ ގޭގައި ޓިއުޝަން ކިޔަވައިދޭ ކަމުގެ އިސްތިހާރުތައް ކޮށްގެން ފުރަތަމަ ލިބުނީ 15 ކުދިންނެވެ. އެކަމަކު، ޖެހިގެން އައި އަހަރު އެ އަދަދު ވިއްސަށް އިތުރުވެއްޖެ އެވެ.

އުމްނިއްޔާ ބުނީ އޭނާ ކައިރިން ޓިއުޝަން ނަގާ ކުދިންގެ އަދަދު، ރާސްލާފައި މަހަކަށް ވުރެ މަހެއް އިތުރުވަމުން ދިޔަ ކަމަށެވެ. މިހާރު އޭނާގެ ޓިއުޝަން ކުލާސް ގޭގައި ނުހިންގޭ ވަރަށް، އެންމެ ދެ އަހަރުގެ ތެރޭގައި ބޮޑުވެ، ފުޅާވެއްޖެ އެވެ.

"މިހާރު 80 އަށްވުރެ ގިނަ ކުދިން އަޅުގަނޑު ކައިރިން ގަވައިދުން އެބަ ޓިއުޝަން ނަގާ،" އޭނާ ބުންޏެވެ.

"އަޅުގަނޑަށް ވެސް ގަބޫލެއް ނުކުރެވޭ. ކުރިން ހިތަށް އެރީ ރަށުގައި ކުރާނީ ކީއްބާއޭ. ހަމަ ހަގީގަތުގައި ވެސް މިވަރަށް މިކަން ފުޅާވެދާނެ ކަމަކަށް ނޫން މިކަން ފެށީ ވެސް. ގަބޫލު ކުރަން ވެސް ދަތި މިކަން."

ގޭގައި ޓިއުޝަން ދިނުމުގައި ވެސް ގިނަ ވަގުތުތަކެއް ހޭދަކުރާތީ އުމްނިއްޔާ އަށް އެހީތެރިވާން އިތުރު މީހަކު ގެނެސްދޭން އާއިލާގައި ދެން ތިބޭ މީހުން އެދުނެވެ. އެކަމަކު، އެއިން އެއްވެސް ކަމަކަށް ވެސް އުމްނިއްޔާ ގަބޫލެއް ނުވި އެވެ.

"މިގޮތަށް، ޓަސްލާފައި ހުރިހާ ކަމެއް ދޫކޮށްލާފައި އަޔަސް ހިތުގައި އޮވޭ އެއްބަނޑުއެއްބަފާ ކުދިން އަޅުގަނޑަށް ހުރިހާ ކަމެއް ވެސް ކޮށްދޭނެއޭ. އެ މީހުން ވަރަށް ރަނގަޅު. ކޮންމެ ކަމެއްގައި ވެސް އެ މީހުން ބައިވެރިވާނެ ކަމުގެ ޔަގީންކަން އޮތް. އެކަމަކު، އަބަދު ވެސް ބޭނުންވަނީ އަމިއްލަ މަސައްކަތަކުން ލިބޭ އެއްޗަކުން ހަރަދުކުރަން." އޭނާ ބުންޏެވެ.

"މިއަދު އެ މީހުން ދިނަސް އަޅުގަނޑު ބުނަނީ ބޭނުމެއް ނޫނޭ. އެއަށްވުރެ ރަނގަޅަށް އަޅުގަނޑަށް ލިބެއޭ."

އުމްނިއްޔާގެ ޓިއުޝަން ދަރިވަރުން ކިޔަވަނީ

ވަޒީފާ ދޫކޮށްލައި، ގޭގައި ޓިއުޝަން ދިނުމުގެ ހުރިހާ ކަމެއް އުމްނިއްޔާ ބަލަނީ އަޖައިބެއްގެ ގޮތުގަ އެވެ. އަދި އެކަން އެއްވެސް ޝައްކެއް ނެތި ގަބޫލުކުރަނީ މައިންބަފައިންނަށް ހިދުމަތް ކުރާތީ ﷲ އޭނާ އަށް ދެއްވާ ނިއުމަތެއްގެ ގޮތުގަ އެވެ. މައިންބަފައިން ބަލަން ކެނޑުނު ވަޒީފާ އަށް ފަހު އޭނާގެ އަތްމަތި ވީ ތަނަވަހެވެ. މިއަދު، އޭނާގެ އަތަށް ލިބޭ ވަރު ގިނަވެ، ހިތަށް ލިބޭ ހަމަޖެހުން މާ ބޮޑެވެ.

"ޓީޗިން އިން ޑިގްރީ ހަދައިގެން ވެސް އެންމެ ގިނައިން ލިބުނު އިރު ލިބުނީ 12،000ރ. މަހަކު. މިހާރު އެހެނެއް ނޫން،" އޭނާ ބުންޏެވެ.

"ގޭގައި މަންމަ އާއި ބައްޕަ ވެސް ބަލަމުން އަޅުގަނޑަށް މިހާރު އެބަ ލިބޭ ސްކޫލަށް ގޮސްގެން ލިބޭ އާމްދަނީ އަށް ވުރެ ތިން ގުނަ އަށް ވުރެ ވެސް މަތިން. އޭގެ މާނައަކީ އެ މީހަކު ވަޒީފާ ދޫކޮށްލިއަސް އިހުލާސްތެރިކަމާ އެކު ރަނގަޅު ހެޔޮ އަމަލުކުރާ މީހަކަށް އެކަމުގެ އުޖޫރަ ދެއްވާނެއޭ." އޭނާ ޖަވާބުދިނެވެ.

"މަންމަ އާއި ބައްޕަ އަށް ޓަކައި [ހިޖުރަކުރީ]. އެނޫން އެއްވެސް ކަމެއް އޮވެގެން ނޫން. އެ ދެ މީހުން ބަލަން. އެ ދެ މީހުން އެކަނިވާތީ."

ކުދިންނަށް ޓިއުޝަން ނަގައިދީގެން މިހާރު އޭނާއަށް މަހަކު 40،000ރ. ލިބެ އެވެ. ކޮންމެ ކުއްޖެއްގެ އަތުން 500ރ. ނަގާއިރު، އުމްނިއްޔާ ކައިރިން ކިޔަވާކަށް އިތުރު އެއްޗެއް ގެންދާކަށް ނުޖެހެ އެވެ. ބޭނުންވާ ހުރިހާ ވަސީލަތެއް އޭނާ ފޯރުކޮށްދެ އެވެ.

އުމްނިއްޔާ ބުނީ ކުދިންނަށް ކިޔަވައިދޭން ފަށަނީ މަންމަ އާއި ބައްޕަގެ ހުރިހާ ކަމެއް ނިންމުމަށް ފަހު، މެންދުރު ފަހު 2:00 އިން 6:00 އަށް ކަމަށެވެ. އޭނާ ކިޔަވައިދެނީ ކްލާހަކަށް 20 ކުދިން ބަހާލައިގެންނެވެ.

"މި ރަށަށް އައި އިރު ޕްރީ ސްކޫލެއް ވެސް ހުރި. އަޅުގަނޑު ނުވެސް ބަލަން މީހަކު ޕްރީސްކޫލެއް ހިންގާތޯ، ތަންތަނަށް ދޭތޯ ވެސް. އަޅުގަނޑު ބޭނުންވީ ހުސްވަގުތު ނުބާއްވާ، އެ ހުސްވަގުތުގެ ބޭނުން ހިފުމުގެ ގޮތުން ކިޔަވައިދޭން. ބޮޑަށް އާމްދަނީއަކަށް ނޫން ވިސްނީކީ ވެސް. އަޅުގަނޑު ބެލީ ބެލެނިވެރިން ދައްކާ ފީ އެ މީހުން ހިތްހަމަޖެހޭ ވަރު ކޮށްދޭން. ކުދިންނަށް ކިޔަވައިދޭން."

"ފޯރުންތެރިކަން ނެތް މީހަކަށް ވިއްޔާ އަޅުގަނޑު އެ މީހެއްގެ އަތުން އަގެއް ވެސް ނުނަގަން."

މާލޭގައި އަދާކުރާ ވަޒީފާ ދޫކޮށްލައި، އަމިއްލަ ވަޒަނަށް ދާން ނުކެރި އެތައް ބަޔަކު މިހާރު ވެސް އެބަތިއްބެވެ. ވަޒީފާއާ ހެދި މައިންބަފައިންނަށް އަޅާނުލެވޭ އެތައް ބަޔަކު ވެސް އެބަ އުޅެ އެވެ. އެކަމަކު، އުމްނިއްޔާ، މި ވާހަކަތައް "މިހާރު" އަށް ކިޔައިދިނުމުގެ އެންމެ ބޮޑު ބޭނުމަކީ މައިންބަފައިންނާ ހެދި ދޫކޮށްލާ އެއްވެސް ކަމެއް އެއީ ގެއްލުމެއް ނެތް ކަން ބުނެދިނުމަށެވެ. އޭނާ އެ މިސާލު ނެގީ އޭނާގެ ހަޔާތުންނެވެ. އަމިއްލަ ތަޖުރިބާއިންނެވެ.

23 ކޮމެންޓް, 158 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 4%
icon angry icon angry 1%
icon wow icon wow 1%
icon inlove icon inlove 84%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗަސްބެ

04 April 2023

އުމޭ މިސް ތީ މަށަށް މަންމައެއް ކަހަލަ މީހެއް. އަބަދުވެސް ހެއު ނަސޭހަތް ދީ ކަން ކަން ކުރަންވާ ރަނގަޅު ގޮތްތަށް ބުނެދޭ މީހެއް. އަބަދުވެސް އަޅުގަނޑު ވ.ލޯބިވާ އިޚްތިރާމް ކުރާ މީހެއް އުމޭމިސް ތީ.❤️

The name is already taken The name is available. Register?

ރަމްޒީ1

04 April 2023

ރިޒްޤް ދެއްވާނީ ﷲ، މަސައްކަތް ކުރުން އަޅުންނަށް އޮތީ، މިސް ކުރާ ހިތްވަރަށް ސާބަސް، 500 ރުފިޔާ ބޮޑުވެގެން ޝަކުވާ ކުރާމީހުންނަށް ބުނެލަން އުނގަންނައި ދިނުމަކީ ފަސޭހަކަމެއް ނޫން މާލޭގައިވެސް އަގުހެވެއްނޫން މާއްދާތަކަށް ވަކިން މާބޮޑު އަގު ދައްކައިގެން ބަޔެއް ބެލެނިވެރީން ކުދީންނަށް ޓިއުޝަންދޭ މަގޭ ދަރިފުޅަށް ހިސާބު އެކަނި ކިޔަވައިދެނީ 2000 ރުފިޔާއަށް ހަފްތާޔަކު ތިންދުވަހު ދެގަޑިއިރަށް ވީމާ ޝަކުވާ ނުކުރޭ ހިތްވަރުދީ ﷲ ރަހުމަތް ލައްވާށި އާމީން

The name is already taken The name is available. Register?

އަބުދުލް ޤާދިރު

03 April 2023

އުމޭ މިސްއާއެކު ފ.އަތޮޅުތަޢުލީމީ މަރުކަޒުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނު. ހަމަ ބުނެލާނީ އުމޭ މިސްވަރެއް ނެތޭ. މާތް ﷲ މިސްއަށް ހެޔޮރަޙުމަތް ލައްވާށި! އާމީން!

The name is already taken The name is available. Register?

ކޮތަރޭ

03 April 2023

އިތުރު ކާމިޔާބީއަށާއި ކުރިއެރުމަށް އެދެން. މައިންބަފައިން ބަލަމުން އާމްދަނީ ހޯދަން ތިޔަ ކުރައްވާ މަސައްކަތަކީ ބަޔަކު ނަމޫނާ އަކަށް ބަލަން ޖެހޭ ކަންކަން.

The name is already taken The name is available. Register?

ރައުލާ

03 April 2023

ތުއްތު ކުދިންނަށް ކިޔަވައިދޭން ކްލާހަކަށް 20 ކުދިން ލައިގެން ހާދަ ފައިސާ އެކޭ ތިނަގަނީ.

The name is already taken The name is available. Register?

އެކޮއި

03 April 2023

ކުދިންނަށް ލިޔަން ކިޔަން ދަސްކޮށް ދިނުމަކީ އެހާ ފަސޭހަ ކަމަކަށް ވާނަމަ ކޮންމެ ބެލެނިވެރިއަކަށް ވެސް ގޭގައި އެކަން ވާނެއްނޫންތޯ!

The name is already taken The name is available. Register?

ރަށުކޮއި

03 April 2023

މީހުންނެއް ނުގެންދޭ ކުދިން ގެންދަނީ ހެލްޕްވާން. މުސާރަ ދީގެން އެކުދިން ގެންދަނީވެސް. ގިނައިން ގެންދާ މަހު ގިނައިން ދީފަ މަދުން ގެންދާ މަހު މަދެއް ނުކުރޭ އެކަމް. ބެސްޓް ހަމަ. އެކުދިންނަށް އައުދެވެން ނެތިއްޔާވެސް އެއްވެސް ރުޅިވެރިކަމެއް ނެތި ދޫދޭނެ. އެކަމް އެކުދިންގެ ވާހަކަ އައިއްސައި ނެތީމަ ވަރަށް ހިތާމަ ކުރަން. އެކަމް އުމޭމިސް މީ ހަމަ އެއްމެ ބެސްޓް ޓީޗާރ ސިންސް ޑޭ ވަން ހަމަ?

The name is already taken The name is available. Register?

ކޮވިޑު

02 April 2023

މީގެ 24އަހަރު ކުރިން އަހަންނަކީ އުމޭ މިސްގެ ދަރިވަރެއް.އަބަދު ވެސް ހިނިތުންވުމާ އެކު ހުންނަ މިސް އަދި ވެސް ސިފަވޭ.ވަރަށް ލޯބިވޭ އުމޭ މިސް

The name is already taken The name is available. Register?

މުހައް

02 April 2023

ކޮވިޑް ނައި ނަމަ އަދިވެސް އުމްނިއްޔާ ހުންނާނީ މާލޭގަ ނުންތޯ،

The name is already taken The name is available. Register?

ޢަބްދުލްޢަޒީޒު

02 April 2023

މުހައް ތީ ހާދަހާ ނުބައި ވިސްނުން ގެންގުޅޭ މީހެކޭ. މީހަކަށް ހެޔޮ ވިސްނުން ދެއްވުމަށް މާތްރަސްކަލާނގެ އެކި ގޮތްތައް މެދުވެރި ކުރައްވާ. އުމްނިއްޔާ އެދަނީ މުޅި ޖީލަށް މިސާލު ދައްކަމުން.

The name is already taken The name is available. Register?

ހުސެއިްނ ފުޅު

02 April 2023

މާތް ﷲ ތިބާ އަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ.

The name is already taken The name is available. Register?

ާއަަރީފް

02 April 2023

އުމޭ މިސް އަކީ ގާޒީ ސްކޫލުން ދިމާވީ އެއްމެ ސަޅި މިސް، 3 އަހަރު ކިޔަވައިދިން އިރު ދުވަހަކުވެސް ކުއްޖަކައް ރުޅި މޫނު ދެއްކިތަނެއް ނުދެކެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454