ޖޭޕީގެ ނައިބް ލީޑަރު ކަމަށް ވާދަކުރައްވާ ނަހުލާ އާއި ހަނަފީގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ނަހުލާ ވާހަކަދައްކަވަނީ.-- ފޮޓޯ: ޖޭޕީ
23 ފެބުރުއަރީ 2023 - 15:05
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވީ އެ ޕާޓީގެ ލީޑަޝިޕްގައި އަންހެނުންގެ ބާރުވެރިކަން އޮންނަން ޖެހޭތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.
މި ހަފުތާ ބަންދުގައި އޮންނަ ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލެއްވި ނަހުލާ އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ)ގެ ކެމްޕެއިން އިފުތިތާހު ކުރުމަށް މާލޭގައި ބޭއްވި ޖަލްސާގައި ނަހުލާ ވިދާޅުވީ، ޕާޓީގެ ކޮންމެ ކަމެއްގައި ވެސް ގޮތް ނިންމާއިރު، އެކަމުގައި އަންހެނުން ބަސް ބުނުން އޮންނަން ޖެހޭނެ ކަމަށެވެ. ޖޭޕީގެ ކުރިމަގަށް އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވި ގޮތުގައި، ސިޔާސީ ދާއިރާ އަށް ނުކުންނަވަން އޭނާ އެއްވެސް އިރަކު ބޭނުމެއް ނުވި އެވެ. އެކަމަކު ކުރީގެ ސަރުކާރުގައި، ފިރިކަލުން ގާސިމް އިބްރާހިމް ޖަލަށް ލުމުން، އޭނާގެ ހައްގުގައި ސިޔާސީ ދާއިރާއަށް ނުކުންނަން މަޖުބޫރުވީ ކަމަށް ވިދާޅުވި އެވެ.
ޖޭޕީގެ ނައިބް ލީޑަރު ކަމަށް ވާދަކުރައްވާ ނަހުލާ އާއި ހަނަފީގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާ. -- ފޮޓޯ: ޖޭޕީ
"ސިޔާސީ ދާއިރާ އަކީ އަޅުގަނޑު އެއް އިރެއްގައި ވެސް ނުކުންނަން ވިސްނި ދާއިރާއެއް ނޫން. އެހެން ނަމަވެސް އަންހެނަކަށް އުފުލަން ޖެހުނު ތަކުލީފާ ހެދި އަޅުގަނޑުގެ ވިސްނުން މުޅިން ބަދަލުވީ. އަޅުގަނޑުގެ ލޮބުވެތި ފިރިކަލުން، ހައްގެއް ނެތި އަދި އަޅުގަނޑުގެ ކުދިންގެ ބޮޑުބޭބެ އަަށް ހައްގެއް ނެތި، ދިމާވި ކުރިމަތިވި އަނިޔާތަކަށް އަޅުގަނޑަށް ކެތްނުވީ،" ނަހުލާ ވިދާޅުވި އެވެ.
"އަޅުގަނޑު އެކަންޏެއް ނޫން އިނގޭތޯ، އަޅުގަނޑު ކަހަލަ އެތައް އަންހެނުންނެއް، އެތައް މައިންނެއް، އެތައް ދަރިންނެއް އެއްފަހަރާ ނުކުމެގެން އަޅުގަނޑުމެން އެކުގައި ކުރި މަސައްކަތް މިއީ."
ނަހުލާ ވިދާޅުވީ ޖޭޕީގެ ނައިބަކަށް ހޮވައިފި ނަމަ، ޕާޓީގެ ލީޑަޝިޕްގައި ފިރިހެނުންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރާނެ އަންހެނެއް ކަން އޭނާ ދައްކައިދެއްވާނެ ކަމަށެވެ. އަދި އެ ޕާޓީގައި ތިބި "ހުރިހާ އަންހެން ކަނބަލުންނަށް އެހީތެރިވާނެ މަންމައެއްގެ ގޮތުގައި ހުންނާނެ ކަމުގެ ޔަގީންކަން އަރުވާ،" ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭޕީގެ ނައިބު ލީޑަރު ކަމަށް 12 މީހުން ކުރިމަތިލައި ވާދަވެރިކަން ބޮޑުވެއްޖެ https://t.co/1WdWO5D4yd
— Mihaaru (@Mihaarunews) February 19, 2023
ނަހުލާ އާއި ހަނަފީގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް އިތުރު 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މާދަމާ އާއި ހޮނިހިރު ދުވަހު ބާއްވާ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރާއި ނައިބު ލީޑަރުންނާއި އެހެނިހެން މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ.
ޕާޓީގެ ލީޑަރު ކަމަށް މި ފަހަރު ވެސް ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
24 February 2023
ދެންނެތްތަ ބާރުވެރިކުރިވާން އެހެންކަބަލެއް ހުވަފެނުންވެސް ވެރިކަންލިބައްޖެއްޔާ މިނިސްޓަރުންނައްވެސް ތިބޭނީ ދަރީންގެ ދަރީންހެން މަށައްހީވަނީ އޭރުންތާ ބާރުވެރި ރަނގަޅައް ކުރެވޭނީ
ބަޑިތަކުރު
24 February 2023
ނާއިބަކަށްވެސް، ރަނިންގމޭޓަކަށްވެސް، ހޮވިއްޖެނަމަ ފަސްޓް ލޭޑީއަކަށްވެސް އަނބިމީހާ، ވަރަށް ފައްކާ.
ކަނބިލި
24 February 2023
ގިނަ ދުވަހު އޮފީހަކަށް ނުދާނެ. ބާރުވެރިވެގެން ގޭގައި ހުންނަނީ. ޖުމުހޫރީ ޕާޓީ ކަޑަވީތީ. ގާސިމުގެ ބަލިފައި
ދޮގުބުހުތާން
24 February 2023
އަންހެނުން ބާރުވެރިކުރުވަށް ގޮވާ އިރު މިނިސްޓުރީން އެކަނިވެސް ކިތައް އަންހެނުން ކަޑާ އެއްލާލީ؟ ކިތައް އަންހެނުންނަށް ޖެއްސުންކޮށް ވަޒީފާ ދޫކޮއްލަން މަޖުބޫރުކުރީ؟ ތިޔާ ކަހަލަ ބާރުވެރިން ބޭނުމެއްނުވޭ
އަންތާ
24 February 2023
އަނބިމީހާގެ ބާރުވެރިކަން ފިރިމީހާގެ މައްޗަށް އޮތް އޮތުން ކޮންމެވެސް އިރަކުން ގެއްލިދާނެތީ އިށީންނާނެ ގަލެއް ހޯދަން އުޅޭ އުޅުމަކާ މިހާރު ބޮޑަށް ވައްތަރީ.
ބާރުވެރި
24 February 2023
އަންހެނުން ބާރުވެރިކުރުވަންށެ ކިޔާހަ މިނިކުންނަނީ ބޮޑު ސޭޓު އަންހެނުންނާ ޑޯނާލުޑް އާދަންފުޅު ދަރިއާ ދެންވެސް އެކަހަލަ މުއްސަދި މަހުޖަނުންނާ ގުޅިފަތިބި އަންހެނުން. ހެޔޮ ނިޔަތެއް އޮތް ނަމަ ތަންކޮޅެއް އާދައިގެ އާއިލާއެއްގެ ތައުލީމީ އަންހެނަކަށް ތި ފުރުސަތު ދީބަލަ މަންޖޭ
ސަމާޔާ އާސިމް
24 February 2023
ވަޒީރުކަމުގައި ހުރެ ބާރުވެރިކުރެވުނީ ކިތައް އަންހެނުންތޯ؟ މަގާމު އެކަނި، ދެން ރާއްޖެއިން ބޭރަށް ދަތުރުކުރުން. ޓްރާންސްޕޯޓް ކޮރަޕްޝަން އިންތިހާ. ސޯ އަބަވް ދަ ލޯ ދެއްތޯ… މީނާ އަށް މީހަކު ބާރުވެރިއެއް ނުކުރެވޭނެ. ކޮއްފައިވެސް ނެތް.
ސިޔާސީ މަޖާ
24 February 2023
ސިޔާސީ ދާއިރާއަކީ ނުކުންނަން ބޭނުން ދާއިދާއަކަށްނުވިޔަސް، އޭގެ ލައްޒަތާ މަޖަލާ އަރާމާ އުފާ ލިބި ހީބިހި ނެގީމާ ދެން އެކަމުން ދުރުވާކަށް ބޭނުމެއްނިވި. އަންހެނުން ބާރުވެރިކުރުވަން ކުރެވުނު ކަމެއް ކޮށްދެވުނުކަމެއް ފެންނަން ނެތްއިރު ކުރާނެ ކަމެއް ވެސް ބުނެނުދީ އަންހެނުން ކަންކަމުގައި ބަސް ބުނަން ޖެހޭ ކަމަށް ބުނުމަކީ ބާރުވެރި ކުރެވުނީކީއެއްނޫން. އެއީ އަންހެނުން މަގުމަތި ކުރުވަން ދައްކާ ސިޔާސީ ވާހަކައެއް.
ކޮސް
23 February 2023
ދެރަނުވޭ. ލާގޮތަށޭ އޮތީ.
ބޮޑުމީހާ
23 February 2023
މި އަޖައިބެއްކަހަލަ ކެމްޕޭނެއް! ވާދަވެރި ދެ ކެޑިޑޭޓުންގެ ކެމްޕެއިން ފެށުން އެއް ޖަލްސާއެއްގަ!