އާޒިމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް މަޝްވަރާ ކުރައްވަނީ.
25 ފެބުރުއަރީ 2023 - 16:11
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ވޯޓު ހަމަކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވެސް ފަށާނެ ކަމުގެ އިންޒާރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ދެއްވައިފި އެވެ.
"މަޖިލިސްގެ ރައީސް ވަކިކުރުމަށްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ފަށައިފި ނަމަ ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ނަޝީދުގެ ފެކްޝަންގެ އިސް މެމްބަރު އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި ސަބަބެއް ސާފުނުވި ނަމަވެސް އެ ފެކްޝަންގައި އެންމެ ހަރަކާތްތެރި އެއް މެމްބަރު އުނގޫފާރު ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދު ތަގުރީރު ދެއްވީމާ ވާ ގޮތާއި މަޖިލިހުގެ ތަޅުމުގައި ކޮންމެ ޖަލްސާއަކު އެ ތަގުރީތުތައް ދެއްވަން ފައްޓަވައިފި ނަމަ ވާނެ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މާ ބޮޑަށް ސާފުވާނެ ކަމަށެވެ.
"ނުކެރޭނެ ވަކިކުރާކަށް،" ނަޝީދު މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ވައްޑެ ކުރެއްވި ޓުވީޓުގައި ވެ އެވެ.
ނަމަވެސް އޭގެ ޖަވާބުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، "އަޅުގަނޑަށް ހީވަނީ މި ފަހަރު ވަކިކުރާނެހެން" ކަމަށެވެ.
"ރައީސް ސޯލިހު ވަރަށް ބޮޑަށް ކޯފާވެއްޖެ ވައްތަރު ޖަހަނީ މަޖިލިސް ބައެއް މެމްބަރުން މިހާރު އުޅުއްވާ ގޮތުން،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަންގެ ޓުވީޓްގައި ވިދާޅުވި އެވެ.
ނަމަވެސް ވައްޑެ ވިދާޅުވީ، "ސާދާ މަގުމަތި ބަހުރުވައިން" މަޖިލިސް ތެރޭގައި ބަހުސްތައް ކުރަން ފަށާ ހިސާބަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ ކޯޅުމާއެކު މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ސޮއި ހޯދުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބައެއް މެމްބަރުން ކުރިން ފެއްޓެވި އެވެ. ވަކި ހިސާބަކުން އެ ކަން ހުއްޓާލިއިރު ސޮއި ވެސް ހަމަކޮށްފައިވާ ކަމަށް ރައީސްގެ ފެކްޝަނުން ބުނެފައި ވެ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސިމްޕަލް މެޖޯރިޓީން ފާސްވާނެ އެވެ. އެއީ މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
28 February 2023
ހިނދުކޮޅުއައުމަކީ ނުރައްކާތެރިކަމެކެވެއެވަގުތުމީހާހުންނާނީ ގަހުކުރީގައެވެ,ކޮންމެފަދަކޮހެއްވެސް ގޮވާފާނެއެވެ.އެއަކީއެއައްޢަމަލީސިފައެއް ގެނެވޭނެވާހަކައެއްނޫނެވެ.!!
ރަދީފްއޮފިޝަލް
26 February 2023
ސާބަހޭ ބްރަދާ.ގުޑް ލަކް.
އަލިފުޅު3
26 February 2023
ސ.އ. މަނިކު ހަދާ ރިސޯޓަކުން މިސޮރަށް ހިއްސާ ލިބުނުގޮތެއް އިނގޭ މީހަކު އެބަހުރިތަ؟ އަހަރުމެންގެ ބެންކް އެކައުންޓަށް ޖަމާކުރާ 20ސަކަށް ހާސް ރުފިޔާ ހޯދި ގޮތެއް / ލިބުނު ގޮތެއް ނޭނގިގެން އުޅޭ އިރު ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭހެންނޭ. އެކަމަކު މިޒާތުގެ ކަންކަން ބަލާނެ ހަމަ އެއްވެސް މުއައްސަސާއެއް ނެތީއޭ!
ކުރިނބީ
26 February 2023
ސޯލިހު ފެކްސަނުން އަނނިގެ އިތުބާރު ނެތް ކަމުގެ ވޯޓުނަގައި،. އަނނި ފެކްސަނުން ސޯލިހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ސޯލިހުގެ ފިނިހަކަ ސުޕީޑުން އާއި އަނނިގެ އަނގައިން މި ރާއްޖެ މިންޖުވާން ވެސްޖެ.
ޙެހެހޭ
26 February 2023
ޢެންމެ ރަނގަޅަށް އަންނި އެގޭނީ އިބޫއަށް. ޢެއުޅެނީ ޖަޒުބާރުގަ ޖެހިގެން އިބޫ އަންނި ސްޕީކަރުކަމުން ވަކިކުރޭތޯ. ޢެގޮތުންވެސް ސިންޕަތީ ވޯޓެއް ލިބޭތޯ.
ޢާޒިމޫ
26 February 2023
އެއީ ކަލޭ ދިން މިޤާމެއްވިޔާ. اللهގެ އިރާދަފުޅާއެކު 2023 އަހަރުމެންގެ ރައީސް ނަގާނެ އެއްބުރުން امين
ވޯލުޑްކަޕް ކޮރަޕުސަން
26 February 2023
އަވަހަށް ބޭރު ކުރޭ އެގޮލާ. ރައީސު ކަމުގައި ނެތް ނަމަ ތި ސޯލިހު ކައިރި މެއްސެއްވެސް ނޫޅޭނެ. އެހާ ކަމެއް ނެތް މީހެއް.
ބޮޑުމީހާ
25 February 2023
އަދި އެންމެން 114 ބިލިއަނުން ގައުމު ދަރާ އޮތީ. އިބޫ ސޯލިހަށް އަދި ޖާބިރުގެ ގްރީން ޕާޓީއާއިއެކު ކޯލިޝަން ހަދާ އަދި ދެތިން ބިލިއަނުން ދަރަނި އިތުރުވިޔަސް އޯކޭވާނެ.
ތުނޑުހަސަނު
25 February 2023
މަޖުލިޖުގެ ރައީސްކަމުގައި ކީއްކުރަންތޯ ނަޝީދު ބައިންދަންވީ. ނަޝީދަކީ މިލޮބުވެތި އިސްލާމީ ގައުމުގެ މަޖުލިހުގެެ މެންބަރަކަށް ބައިންދަންވެސް ހެޔޮވާވަރުގެ މީހެއްނޫން. އޭނާގެ ފިކުރަކީ މުޖުތަމަޢު ފަސާދަކޮށް ރިވެތި އަޚްލާގް ނައްތާލާ ފިކުރެއް. އޭނައަށް ރީތީ "ދޮންމީހުން" އުޅޭގޮތް. ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެއޮތް ރީތި އާދަކާދަތަކާއި އުޚުއްވަތްތެރިކަން ނައްތާލައި އަމިއްލަ އެދުމަށް ގައުމުގެ ހަމަޖެހުން ނަގާލި މީހަކީ ނަޝީދު. ޢާޒިމަށް މިކަންކަން އެނގޭނެ.
ައަހުމަދު.
26 February 2023
ވަރަށް ބޮޑު ތެދެއް ތިބުނީ. ސިޔާސީގޮތުން ގައުމު ހަލަބޮލިކުރުން.. އެހާމެ ގޮތްދޫނުކުރާ މީހެއް.
ބަރަވެލި
25 February 2023
މިރޭ ޖުމުހޫރީ ޕާޓީން އިބޫ ފަހަތަށް އަރައިފިނަމަ ނަަޝީދު ސިޔާސީ ހަޔާތް ނިމިގެންދާނެ. މަޖިލިސްގެ ރައީސްކަންވެސް ގެއްލޭނެ. އެމްޑީޕީގެ ރައީސްކަން ގެއްލޭނެ. މަޖިލީހުގެ ރައީސް ކަމަށް އަނެއްކާވެސް ގާސިމް އަންނާނެ. ދެން މަޖިލީހުގަ ކުޅިސަމާސާ ދެއްކިޔަކަ ގާސިމެއް ނުދެނޭނެ.