26 ފެބުރުއަރީ 2023 - 16:19
ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމަ ހުއްޓުވުމުގައި އެހީތެރިކަމެއް ލިބޭތޯ ބެއްލެވުމަށް، މިއަންނަ އެޕްރީލް މަހުގެ ތެރޭގައި ޗައިނާ އަށް ޒިޔާރަތް ކުރެއްވުމަށް ގަސްދުކުރައްވާ ކަމަށް، ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޯން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް މެކްރޯން ވިދާޅުވި ގޮތުގައި ޗައިނާއަކީ ރަޝިޔާއާ ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވާއިރު، މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމަ ހުއްޓުވުމުގައި ޗައިނާގެ އެހީތެރިކަން ލިބުމަކީ، ސުލްހަވެރިކަމާ އެކު މައްސަލަ ހައްލުކުރުމަށް ލިބޭ ބާރަކަށް ވާނެ އެވެ. އެހެންކަމުން އެ ކަމުގައި ޗައިނާގެ އެހީތެރިކަން ހޯދުމަށް، ޗައިނާގެ އިސް ވެރިންނާ އެކުގައި ވާހަކަ ދައްކަވަން ބޭނުންވާ ކަމަށް ވެސް ރައީސް މެކްރޯން ވިދާޅުވި އެވެ.
ރައީސް މެކްރޯން މި މޭރުމުން ވާހަކަ ދެއްކެވި އިރު ޗައިނާ އިއްޔެ ވަނީ، ހަނގުރާމަ ހުއްޓާލައި ސިޔާސީ ހައްލެއް ހޯދުމާ ބެހޭ ގޮތުން 12 ނުކުތާގެ މައްޗަށް އެކުލެވޭ، ސުލްހަޔާ ބެހޭ ލިޔުމެއް އާންމު ކޮށްފަ އެވެ. މެކްރޯން ވިދާޅުވީ ޔޫކްރޭން މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދަން ޗައިނާ އިން މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
އެހެންކަމުން، އެޕްރީލް މަހުގެ ކުރީ ކޮޅު ޗައިނާ އަށް ވަޑައިގެން ޗައިނާގެ ވެރިންނާ އެކުގައި މަޝްވަރާ ކުރައްވާނެ ކަމަށް މެކްރޯން ވިދާޅުވި އެވެ. އެހެން ނަމަވެސް، މައްސަލަ އަށް ހައްލެއް ހޯދޭނީ، ރަޝިޔާގެ އުދުވާންތައް ހުއްޓާލައި، ރަޝިޔާ ސިފައިން ޔޫކްރޭނުން ބާލައި، ޔޫކްރޭނާއި އެ ގައުމުގެ ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތަށް ވެސް ރަޝިޔާ އިން ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރަޝިޔާ އަށް ފިއްތުންތައް ކުރިމަތިކުރުމުގައި ޗައިނާ އިން އަހަރެމެންނަށް އެއްބާރުލުމާއި އެހީތެރިކަން ދޭންވާނެ. ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ އިން ނިއުކްލިއާ ނުވަތަ ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނީ އޭރުން. އަދި ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ޝަރުތެއްގެ ގޮތުން، ޔޫކްރޭނަށް ހަމަލާ ދިނުން ވެސް ރަޝިޔާ އިން ހުއްޓައިލަން ޖެހޭނެ،" މެކްރޯން ވިދާޅުވި އެވެ.
މީގެ އެއް އަހަރު ކުރިން، ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައިގައި ޗައިނާ އިން މިހާތަނަށް ދަމަހައްޓަމުން އައީ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެކެވެ. އެހެންކަމުން ޗައިނާ އިން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅެއް ވެސް ނާޅައި އަދި ކުށްވެރިއެއް ވެސް ނުކުރެ އެވެ.
ޗައިނާ އިން އިއްޔެ އާންމުކުރި ސުލްހަޔާ ބެހޭ ބަޔާނުގައި ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައިވަނީ ޗައިނާ އާއި ރަޝިޔާ ވެސް އެއް މިސްރާބަކަށް ދަތުރުކޮށް، ދެ ގައުމުގެ މެދުގައި ސުލްހައިގެ ވާހަކަތައް ފެށުމަށް، އެ ދެ ގައުމަށް އެހީތެރިވުމަށެވެ. އަދި އެކަމަށް މަގު ފަހިކުރުމުގެ ގޮތުން، ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ވެސް ޗައިނާ އިން ގޮވާލާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
28 February 2023
ބަލަ މެކްރޯނޫ. އަނެއްކާވެސް ރަޝިޔާއަށް ބޮނޑިއެއްދޭންތަ ހަނގުރާމަ ހުއްޓާލާފައި ވާހަކަ ދައްކަން ތިބުނަނީ. ތިބޮނޑި 2014 އިން 2021 ގެ ނިޔަލަށް ރަޝިޔާއަށް ކަލޭމެންދީފި. އަދި ސުލްހައިގެ ބޭނުމުގައި ހަނގުރާމައިގާ ރަޝިޔާއިން ހިފި ތަންތަނުން ފޭބުމުން މި ދެކަމުންވެސް ކަލޭމެން ނާޖާއިޒު ފައިދާ ނަގައި ހަތިޔާރާއި މީހުން ޖަމާކޮށް ރަޝިޔާ ސައިޒް ކޮށްފަޔޭ ހަނގުރާމަ ނިންމާނީ ކިޔާ ތާޅަފިލިތަކުން ގޮވާނެގި. ދެން ތިކިޔަނީ ކީކޭތަ؟!
ހުސައިންބެ
27 February 2023
ކީއްވެ އެމެރިކާ އަށް ނުދިޔައީ؟
މެކްރޯނު
27 February 2023
އެއީ ކަމެއްވާ ބައެއްނޫން.. ޔޫރަޕްގައި ހުރިއްޔާ ހުރި ހަތިޔާރެއް ހުސްކޮއްފި ތި ޔުކްރެއިންނަކަށް ދީގެން..
އެމްޑީޕީ ބޮޑުމީހާ.
27 February 2023
ތިއަހަނގުރާމަ ހުއްޓުވޭނީ މިތާއުޅޭ ކަނޑުކޮސް ލެއްގި ކޮމިސަނަރާއި ސަލީމު އިދުރީސަށް. އެ ދެމީހުން އެތިބީ ރަސިއާގެ ބާ ދަނގަޑާއި ދަބަރަށް ވިރިފައިހުރި ޓޭންކުތައް ފަނާވާނޭ ކިއައިގެން ހަނގުރާމައިން އެމެރިކާ މޮޅުވާނެކަމުގެ އުންމީދުގައި.
ރެފްރީ
26 February 2023
ތިކަމާނުއުޅޭތި. ކަލޭމެންގެ ބަފާ ބައިޑަންކޯފާވެދާނެ!!
މެކްރޯނު
27 February 2023
ބައިޑެންއާ ނުބެހެއްޗޭ އެއީ މަގޭ މާމަ އޭ
ވަނދު ބަނބުކެޔޮ
27 February 2023
މެކްރޯނު@ މާމަ؟؟؟
ސީޖިން
26 February 2023
އަލިފާނަށް ދަރުއަޅާފައެއް އަންނާނެކަމެއްނެތް..
ޕޫޓިން
27 February 2023
އަންނައިރަށް ސައްޕެއް ޖަހާފަ މިކޮޅަށް ފޮނުވާލާތި..