ޕީޖީ ޝަމީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ގޭންގް ކުށްތަކުގެ ގާނޫނު އޮތީ ތަންފީޒު ކުރެވޭ ގޮތަކަށް ނޫން ކަމަށް ވިދާޅުވި --- މިހާރު ފޮޓޯ/ނިޝާން އަލީ
26 ފެބުރުއަރީ 2023 - 19:15
ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮތީ ގޭންގްތަކާ ދެކޮޅަށް ނަތީޖާއެއް ނެރެވޭ ގޮތަށް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ގޭންގް ހަމަނުޖެހުންތައް ބޮޑުވެ، މީހުންނަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމާއިި މުދަލަށް ގެއްލުން ދިނުމުގެ ހާދިސާތައް މިފަހަކަށް އައިސް މާލެ ތެރޭގައި ވަނީ ގިނަވެފަ އެވެ. އެކަމާ ގުޅިގެން ބައެއް މީހުން ހައްޔަރު ކުރިޔަސް، އެއް ބަޔަކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ 2010 ވަނަ އަހަރު ވުޖޫދަށް ގެނައި ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު ލިޔެފައި އޮތީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ. އެ ގާނޫނުގެ ދަށުން ދައުވާ ކުރެވުނީ އެންމެ މައްސަލައެއްގައި ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހިއެއް ނުވާ އަމަލީ ގޮތުން ބޭނުން ކުރާއިރު ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނަކީ މިވަގުތު އަޅުގަނޑުމެންނަށް ބޭނުން ކުރެވިދާނެ ގޮތަކަށް އޮތް ގާނޫނެއްހެނެއް. އޭރު ވެސް ބޭނުމެއް ނުކުރެވޭ. މިހާރު ވެސް އެގޮތަށް އެކަން އޮތީ." ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ގޭންގް ކުށްތަކާ ހުއްޓުވަން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯހެއްގެ މަސައްކަތް ކުރިއަށް ދެ އެވެ. އަދި އެ މަސައްކަތުގެ ދަށުން ފުލުހުންނާއި ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށާއި އޭރު ކޮންމެވެސް ވަރެއްގެ ނަތީޖާތަކެއް ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އަވަހަށް ޝަރީއަތްތައް ނިމުން ވެސް މުހިންމު ކަމަށެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި މައްސަލަތައް ނުނިމި ލަސްވުމުން މައްސަލަތައް ސާބިތުވާ މިންވަރު މަދު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި ކޯޓުތަކަށް ދަތިތަކެއް ހުރިކަން ވެސް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
28 February 2023
ޕީޖީއައް ބޭނުންކުރެވެނީ ކޮންގާނޫނެއްތޯ؟ ކޮންމެސް އުންސުރަކާ ފަންސުރެއް ހަމަނުވެގެން ދައުވާނުކުރެވިފަ.
ކުރުސީ
27 February 2023
ގޭންގް މީހުން ގޭންގް ގާނޫނު ހެދީމަ އެއޮންނާނީ ބޭނުން ކުރެވޭ ގޮތަކަށް ނޫންކަން އެންމެނަށް ވެސް ސާފުވާނެ.
ހުސްހޮޅިވާހަކަ...
27 February 2023
ހުސް ހޮޅިވާހަކަ ދައްކާ ޕީޖީއެއް، ގޭންގުތަކުން ކުރާ ކުށްތައް ޓެރެރިޒަމްގެ ކުށުގެ ތެރެޔަށް ނުވަންނާނެ އެއްވެސް ގޮތެއްނެތް، އެ ގާނޫނުގެ ދަށުން ދައުވާކޮށް ހުއްޓުވޭނެ އެތައްކަމެއް އެބަ ހިނގާ. ބައެއް ކަންކަމާއި ގުޅިގެން ފުރަތަމަވެސް 2 މަސްދުވަހަށް ބަންދުކޮށްފައިވެސް ބެހެއްޓޭ! ކޯޓުން ދޫކޮށްލީމަ އަނެއްކާވެސް އެހެން ހޮޅިއެކޭ ކިޔާފަވެސް ބަންދު ކުރެވޭ! ގާނޫނުތައް ބަދަލު ކުރަން ހިތަކަށް ރަބަރު ސްޓޭމްޕްޖެހި މަޖިލީހެއްއެބައޮތް، އިސްލާހުކުރަން ނުވެސް ހުށައަޅާ!
ސަލްމާން
27 February 2023
ޕީޖީ ޝަަމީމުގެ ވާހަކައިގެ ޚުލާސާ : އެމް.ޑީ.ޕީ ގެ މި ސަރުކާރު ފެއިލް ވެއްޖެ އޭ. . މަޖްލިހުގެ މެޖޯރިޓީ ލިބިފައި އޮތް އިރު ވެސް ޤާނޫނުތައް އިސްލާހު ކުރެވިފައެއް ނުވެއޭ . ގޭންގްތައް ހުއްޓުވަން ފުލުހުންނާއި ސިފައިން ގުޅިގެން ޓާސްކް ފޯހެއް ހަދައިގެން ވެސް އެ މީހުންަނަށް ވެސް އެކަމެއް ނުވިއޭ. ކޯޓުތަކުގެ ޙާލަތު އޮތީ ވަރަށް ދަށްކޮށް ކަން ޤަބޫލުކުރަމޭ.
ޒަހުލް
27 February 2023
ކްލަބެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ގޭންގުތައް : ކުޑަ ހެންޥޭރު ، މަސްއޮޑި ، ބުރު ، ވައިކަންމަތި ، ބޮސްނިޔާ
ލޮލްލޮލްސް
27 February 2023
ކޮންމެ ގޭންގު ޕޮއިންޓެއް ކައިިރީ ފޮތް ހަރުގަނޑެއް ބަހައްޓާފަ ބުނަންވީނު ފޮތް ކިޔާށޭ. އޭރުން ރަނގަޅުވާނެ. ގާނޫނެއްް ބޭނުމެއް ނުވާނެ.
ސެރޮސޮސް
27 February 2023
ގޭންގުތަކާ ދެކޮޅަށް އަދި ދުވަހަކުވެސް ޕީޕީއެމުން އެއްޗެކޭ ނުބުނާތީ ވަރަށް ހިތާމަ ކުރަން. ޕީޕީއެމްގެ މެމްބަރެއްގެ ހައިސިއްޔަތުން މަ ވަރަށް ދެރަވާ ކަމެއް އެއީ ގޭންގުތަކާ އެންމެ ގުޅުން އޮންނަނީ ޔާމީނޭ ކިޔާ ޔާގުންޑާ ކަހަލަ ނަން ދޭތީ. މިކަހަލަ ތުހުމަތުތައް އައިމަ އޭގެ ރައްދު ދޭން ބޭނުން.
ވަކީލު
27 February 2023
ގޭންގް ކުށް ހުއްޓުވުމާއި ބެހޭ ޤާނޫމުގެ 9 ވަނަ މާއްދާގައި ބުނަނީ ޤާނުނުގެ ދަަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާ ޖަމާއަތް ކްލަބެއް ނިވާ ފަަތްގަނޑަކަށް ހަދައިގެން ގޭންގް ޙަރަކާތް ހިންގާ ނަމަ އެ ޖަމިއްޔާ ޖަމާއަތެއް ކްލަބެއް ގެ ރަޖިސްޓްރީ ބާޠިލުކުރަން ޖެހޭނެ ކަމަށް. ޤާނޫނުގައި މިހާ ސާފުކޮށް ބުނެފައި ވާއިރު މިކަން ނުވެ މިއޮތީ ޤާނޫނުގެ މައްސަލަ އެއް އޮވެގެން ތޯ ނޫނީ އެ ކަން ތަންފީޒު ކުރަން ތިބި ބައެއްގެ ވިޔާނުދަ ކަމުން ތޯ ؟
ބޮލި މުލައް
27 February 2023
ރަނގަޅޭ! މި ޤައުމަށް ޕީޖީގެ ބޭނުމެއް ހިފޭތަ؟
ގޔު7
27 February 2023
ދެން ބުނާނެ ތިމަންނާމެން މިތަން ސިންގަޕޫރު ލެވެލްއަށް ތަރައްޤީކުރާނަމޭ ފަޅޮލޭ
ވ ގރހތޔ
27 February 2023
ގާނޫނު ހެދީ ކަލޭމެން// ހެދި އިރު ހަދާފަ އެޔޮތީ ހަމަ ސީދާ ގޭންގުތަކުގެ ފައިދާއަށް///