ޚަބަރު / ފެނަކަ ކޯޕަރޭޝަން

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލަށް ދައުވާކޮށްފި

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނިމާލް.-- ފައިލް ފޮޓޯ: މިހާރު

28 ފެބުރުއަރީ 2023 - 17:55

9 comments

ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމުގައި އަމަލުކުރި ގޮތުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތާ އެއްގޮތަށް ތަކެތި ފޯރުކޮށް ނުދެވުމުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 2.54 މިލިއަން ރުފިޔާ އުނިނުކޮށް، އެ ކުންފުނިތަކަށް ފައިސާ ދިނުމުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ ކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވި އިދިކޮޅު ޕީޕީއެމްގެ ސެނެޓަރު ނިމާލާއެކު، ފެނަކައިގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރު ދަފްތަރު ނަންބަރު 13520، މިންހާޖު ވަހީދުގެ މައްޗަށް ވެސް އެ މައްސަލައިގެ ދައުވާ އުފުލި އެވެ. އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދުނަސް ހެކި ނެތުމުން އެ ދެ މީހުންގެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

ޕީޖީ އޮފީހުން ބުނީ ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީގައި އަދި ނިއުމެޓިކް ޕްރައިވެޓް ކުންފުންޏާއި ޕްލާންކްޓަން އިންވެސްޓްމަންޓް ކުންފުންޏާ ދެމެދު މުދާ ގަތުމަށް ވެފައިވާ އެއްބަސްވުންތަކުގައި ވެސް މުއްދަތަށް މުދާ ފޯރުކޮށްނުދެވިއްޖެ ނަމަ ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކުރަން ވާނެ ކަމަށް ބުނާ ކަމަށެވެ.

ނަމަވެސް އެ ދެ ކުންފުންޏާ ދެމެދު ފެނަކައިން ކޮށްފައިވާ މުއާމަލާތްތަކެއްގައި އެއްބަސްވި މުއްދަތުގައި ދައުލަތަށް މުދާ ލިބިފައި ނުވާއިރު، އޭގެ ބަދަލުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖަސް ދައުލަތަށް ލިބިފައިނުވަނީ ނޮވެމްބަރު 2013 އިން ސެޕްޓެމްބަރު 2016 އާ ހަމައަށް ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވި ނިމާލް އަދި މިންހާޖުގެ ސަބަބުން ކަމަށް ބުންޏެވެ.

9 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 31%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުބިންސުލައިމާން

01 March 2023

ފެނަކަ އަކީ ކުންފުނި ތަކަށް ދައްކަން ހުންނަ ލާރި ބަރާބަރު މުއްދަތައް ދައްކާ ކުންފުންޔެއް ނޫން ކަން ސަރުކާރަށް ވެސް އެގޭނެ. ސަރުކާރުން އެއްބަސްވުމާއި އެއްގޮތައް ފައިސާނުދައްކައިގެން ތިކުންފުނި ތަކުން ބަދަލު ހޯދަންގޮސްފިނަމަ ބިލިޔަނުން ދައްކަން ޖެހޭނެ.

The name is already taken The name is available. Register?

ނިމާލް ކަޕޯން

01 March 2023

އަލްކަޕޯން ވެސް ބެދުނީ ކުރިކަންކަމައް ވުރެ ވަރައް ކުޑަކުޑަ މައްސަލައެއްގަ. މިއީ އެފަދަ ކަމެއް! ފެނަކަ އަކީ ރާއްޖޭގެ ކޮރަޕްޓް ނަމްބަރު 1 ކުންފުނި!

The name is already taken The name is available. Register?

ވަހުތާން

01 March 2023

ކުރީގެ އެމްޑީ އާއި މިހާރުގެ އެމްޑީއަށްވެސް ދަޢުވާ ނުކުރެވޭ ގޮތަށް އުޅޭނަމަ ދޯ؟

The name is already taken The name is available. Register?

ހުސައިން 803

01 March 2023

ސިޔާސީ ހަރަކާތްތަކާއި އިންތިހާބުތައް ކައިރިވާ ވަރަކަށް ކޯޓްތަކަށާއި ޖަލަށް މީހުން ދަމާލެއް ގިނަވާނެއެވެ. މިއީ މިރާއްޖޭގެ ސަގާފަތަކަށް ވަންޏާ މުސްތަގުބަލުގައިވެސް މިކަންއޮންނާނީ މިހެންނެވެ. މިސަރުކާރުގެ ވަރަށްް ގިނަބަޔަކުވެސް ދައުވާތަކާއި ކުރިމަތިލާންޖެހޭނެ ކަމީ ސައްކެތްއޮތް ކަމެއްނޫނެވެ. ކޯޓުންބޭރުން 800 މިލިޔަން ނޫމަނޑިއަށް ދިނީމަވެސް ހަމައޯކޭތާ....

The name is already taken The name is available. Register?

ކޮލިފިކޭސަން

01 March 2023

ކަރަޕްސަންގެ ނުޖެހި ޕީޕީ އެމް ގެ އިސް ފަރާތަކައް ވުމަކި ނާދިރު ކަމެއް. ރަގަލު ނިޔަތު ހުނަނަމީހާވެސް އެ ‘ކްލަބް’ އައް ކޮލިފައިވާން ކަރަ÷ްސަން ގެ ޖެހިލަންޖެހޭ.

The name is already taken The name is available. Register?

ރަންނަމާރިގެ ކޮއްކޮ

01 March 2023

މިހާރު ފެނަކަ ލޫޓުވަމުން ދާ ސޮރަށް އަދަބުދޭނީ ކޮނަދުވަހަކުން ބާ؟؟

The name is already taken The name is available. Register?

ޖެއިލްމޭޓް

01 March 2023

ޔާމީނު މީނާއަށް އެބަ ހަނާ އަޅާ

The name is already taken The name is available. Register?

އަހްމަދ

01 March 2023

އަދި ތީ ކުޑަކުޑަ ކަމެއް. އުންމީދަކީ ހައްގު އަދަބު ލިބުން..

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

28 February 2023

ފަޓާސްބަރިއެއްހެން މީނާއާ މުއިއްޒުގެ ޖަރީމާތައް ބަލާ ޔާމީނުގެ އަރިހަށް ފޮނުވާލަންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454