ފެނަކަ: އެ ކުންފުނީގެ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ދެ މީހަކަށް ވަނީ ދައުވާ ކޮށްފައި --- ފޮޓޯ/މިހާރު
01 ޑިސެމްބަރ 2025 - 20:44
ފެނަކަ ކޯޕަރޭޝަންގެ ބްރާންޗްތަކުގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރަން ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޖޫން، 2018 ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، ފައިސާ ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށެވެ.
އެހެންވެ، އެ މައްސަލާގައި ދައުވާކުރީ އޭރު ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުރި ޏ. ފުވައްމުލަކު ހޯދަޑު މައިޒާން، މަރިޔަމް ދީނާ ސޯލިހާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ ހެޑަކަށް ހުރި މ. ފެހިވިދުވަރުގޭ އިސްމާއިލް ޝަމްއޫނަށް ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީން ނެރުނު ބަޔާނުގައިވަނީ ކެއިރެޓްސޫ ކުންފުނިން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި އެ ދެ މީހުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ.
އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ފެނަކައިގެ ކޮރަޕްޝަންގެ މައްސަލާގައި ދެ މީހަކަށް ދައުވާ ކުރިއިރު، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އޮތީ އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާޑުވާ
03 December 2025
ކޮބާތޯ ފެނަކަ ނިމާލްގެ ގެ މައްސަލަ? ނިމުނީތޯ ކަޅުބާޒާރުން ޑޮލަރު ގަތުމުގެ ނަމުގަ ވަގަށްނެގި ފައިސާތައް ލިބުނީތޯ?
ރަމަ
02 December 2025
ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް މުޙައްމަދު ރަޝިދުއަށް ދައުވާ ނުކޮށް ތިކުރަނީ ބޭކާރުކަމެއް! ބޮޑަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށްބެލެން ޖެހޭނެ!
ފެނަކަ
02 December 2025
ފެނަކަ މެނޭޖަރުން އޮފީހަށް އާންމުކޮށް ގަންނަ އެއްޗެތި، ކޮފީ، ސައި، މިނަރަލް ވޯޓާ ފަދަތަކެތި އޮފީހުގެ ބަޖެޓްގަ ޖަހާފަ އަމިއްލަގޭގެ ބޭނުމަށްވެސް ނަގާކަމަށް ވަނީ.
ސަމްއޫން
02 December 2025
އައި.ޓީ ގެ އެޗް.އޯ.ޑީ ކެޑިގެން ގޮސްފި މި ހަފްތާގަ. ހީވަނީ ތިކަމުގަ ހިމެނެނީހެން.
ލައްމާން
02 December 2025
ލިންކްސާރވް އިން 3 މިލިއަން އަގު ހުށަހަޅާފަ އޮއްވަ ކެއިރެޓްސޫއަސް 8.9 މިލިއަނަށް ކޮންޓްރެކްޓް ހަވާލުކުރީ މި ސަރުކާރުގެވެސް ވަރުގަދަ ޑީއެމްޑީ އެއް އޭރު ފެނަކަ އެމްޑީ އަކަށް ހުރެގެން ނުފޫޒުން. އިންސާފެއް ނެތް ޤައުމެއް.
ޒރ ފެނަކަ
02 December 2025
ތަރުބިއްޔަތުގެ މައްސަލައެއްނޫން މީކީ ވެރިއަކަށް. ހުރިމީހާގެ ނުފޫޒް ކުންފުނިތަކުގެ ވެރިންގެ ނަޒާހައްތެރިކަމެއް ނެތީމަވާގޮތް މީހަމަ. މިސާލަކަށް އަދިވެސް އެއުޅެނީ މަތިހަށިފޮޅާލާފަ ރޯޱްކޯޕަރޭޝަންގެ ކުރީގެވެރިންވެސް ނުބެލިއުޅެނިކޮށް ދައުރުބަދަލުވެ އަނެއްކާ އަނެއް ކުންފުންޏާ ހަވަލުވާނެ. މިހުރިހާކަމެއްގެ ފަހަތުގަވަނީ ޕާޓީ ވަރުގަދަކުރަން ފޢިސާހޯދުން.
އަސްލުހަގީގަތް
01 December 2025
"ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޖޫން، 2018 ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، ފައިސާ ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށެވެ." - 2018 ޖޫން އެއީ ރައީސް ޔާމީން ނުވަތަ ޕީޕީއެމްގެ ވެރިކަން ދެއްތޯ؟ އޭރުގެ އެމްޑީ އަކީ ކާކުބާ؟ ޝަރީފްތޯ ނޫނީ ސައީދުތޯ؟
ޢާޣް
02 December 2025
ވެރިން ނަށް ގާނޫނެއް ނުހިނގާނެ، ނިކަމެތި ރައްޔިތުންނަށް ހިނގާއެއްޗެއް ރާއްޖޭގައި