ލިޓްލް ޖެމްސް ޕްރީ-ސްކޫލުގެ ދަރިވަރުންތަކެއް ކްލާސް ރޫމުގައި.-- ފޮޓޯ: ސައިރިކްސް ކޮލެޖު
02 މާޗް 2023 - 11:00
ލިޓްލް ޖިމްސް ޕްރީ-ސްކޫލު މިހާރު ހިންގާ އިމާރާތުގައި ޕްރީ-ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ،
އެ މިނިސްޓްރީން މިިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނުގައި ބުނީ ހުޅުމާލެ 1 ގެ ލޮޓް ނަންބަރު 11489 ގައި އިމާރާތް ކޮށްފައިވާ ޕްރީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން 15 އަހަރަށް ހިންގައި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ހުޅުމާލޭގެ ފުރަތަމަ ޕްރީ-ސްކޫލު ހުޅުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު އެ ތަން ކުއްޔަށް ދިނީ އެޗްޑީސީގެ ޗެއާމަންކަން ވެސް ކުރެއްވި ފުއާދު ގާސިމްގެ ކުންފުންޏަށެވެ. ނަމަވެސް، އެތަން ދިން މުއްދަތެއް ސާފެއް ނުވެ އެވެ.
އެ އިމާރާތުގައި ޕްރީ-ސްކޫލް ހިންގަން 15 އަހަރު ދުވަހަށް ކުއްޔަށް ދޭން ހުޅުވާލީ އެ މުއްދަތު ހަމަވާތީ އެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރުމަށް ފަހު 500ރ. ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުކިސް
03 March 2023
ކުރިން ނެގީ އޭރުގެ ޗެއާމަން ދެން މިފަހަރު ނަގާނީ މިހާރުގެ ޗެއާމަން ކަންނޭގެދޯ ދިވެހިރާއްޖެއަކީ މީހާދަ ކޮރަޕްޓް ގައުމެކޭއަސްލު
ދާލު
02 March 2023
މިހާރު ލިޓްލްޖެމްސް އިން ކޮންމެކުއްޖަކަށް 1500ރފ މަހަކު ނަގާ، މިއީ ބޮޑުއަދަދެއް. އެޑިއުކޭޝަން މިނިސްޓްރީއިން މިކަން ބައްލަވައި ދެއްވާ
މުޙައްމަދ
02 March 2023
ހުޅުމާލޭގަ އިންނަ ގާސިމް ޕްރީސްކޫލުން ހިލޭ ކިޔޭވޭނެ...މައުލޫމާތަށްޓަކައި ބުނެލީ
ދާލުބެ
04 March 2023
ސްކޫލްވެސް މިހާރު އިންނަނީ ދޯ
ހަސަނާސަނާ
02 March 2023
ހިލޭ ތައުލީމު ލިބޭގޮތް މިއީތޯ؟
ކޮއި21
02 March 2023
ހިލޭ ކިޔެވޭނެ ސްކޫލުތަކަށް ހިލޭ ކިޔަވަން ދާންވީ. \
ޙިނި
02 March 2023
ދިވެހި ދަރިނަނައް ސަރުކާރުން ހިލޭ ކިޔަވާދެވެންޖެހޭ. އެމްޑީޕީ ވެރިކަމައް އައިސް ތައުލީމު ޕުރައިވެޓައިޒްކޮއް ބޮޑު ވިޔަފާރިޔަކައް ހަދައިފީ، މިހާރުހީވާކަހަލަ ފައިސާ ހުރިއްޔާކިޔެވޭނީ، ފައިސާނެތްމީހާގެ ދަރިނަ ނުކިޔެވިޔަސްއޯކޭ. މީތޯހެޔޮވެރިކަމަކީ، އެވެސް މީހަކު ބާކީނުކުރާ ސިޔާސަތަކީ. ރައީސްގެ ދަރިނަނާ މަޖުލިސް މެން ބަރުންގެ ދަރިނަ މިކިޔަވަނީ ޔޫކޭ، މެލޭށިޔާގަ، ދެން ރާއްޖޭގެ ތައުލީމެ ކޮންމެ މިސްރާބަކައް ދިޔަޔައް މިމީހުނައް އޯކޭ. މިހަމާ އިހުތިޖާޖުކުރަންވީ
ހެލޯދދ
02 March 2023
ނޭނގުނަސް ކޮމެންޓު ކުރާތި އެއްޗިއްސަށް. މިހާރު ވެސް އެލްކޭޖީން ފެށީގެން ހިލޭ ސަރުކާރު ސްކޫލްތަކުގައި ކިޔެވެޔޭ. އަމިއްލަ ކަމެއް ދޯ ލިޓްލް ޖެމް ކަހަލަ އަމިއްލަ ތަންތަނުގެ އެލްކޭޖީގައި ފައިސާ ދީގެން ބެހެއްޓުމަކީ. ނޫނީ އަމިއްލަ އެހެން ސްކޫލްތަކުގައި ދަރިންނަށް ކިޔަވައިދިނުމަކީ. ދެގޮތް އެބައޮތް. ހިލޭ ކިޔެވޭނެ އެލްކޭޖީން 12 އއަށް ސަރުކާރު ސްކޫލްތަކަށް ވެއްދީމަ
އަހުން ދިވެހިން
02 March 2023
އަހުން ބޭނުމެއް ނުވޭ ހިލޭ... ޗީޕް.. މިއީ މުއްސަންދި ޤައުމެއް އައި ވާންޓު ޕޭ
ކޮ123
02 March 2023
ހިލޭ ކިތަށް ސްކޫލުންތޯ ޕްރީސްކޫލް ތައުލީމް ލިބެނީ. އަމިއްލަ ތަންތަންވެސް ހުންނަށްވާނެ.