ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ އާ ސްކޫލް: މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި ސްކޫލްގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ޖެނުއަރީގައި ކިޔަވައިދޭން ފަށާނެ.
04 ޖޫން 2025 - 18:10
ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ އާ ސްކޫލުން ޖާގަ ހޯދަން ބޭނުންވާ ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ. އެ ފުރުސަތު އެ މިނިސްޓްރީން ހުޅުވައިލީ މާލެ ސަރަހައްދުގެ އެކި ސްކޫލްތަކުގައި ކިޔަވަމުން އަންނަ ކުދިންނަށް އެކަންޏެވެ.
މުޅި ރާއްޖޭގައި ވެސް އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ހުޅުމާލެ 2 ގައި މިހާރު އިމާރާތް ކުރަމުން އަންނަ އާ ސްކޫލުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ކުރިން ވަނީ ވިދާޅުވެފަ އެވެ. ޒަމާނީ ވަސީލަތްތަކާ އެކު އިމާރާތް ކުރަމުން އަންނަ އަދި އޭސީ ވެސް ކުރަން ކަނޑައަޅާފައިވާ އެ ސްކޫލް މި އަހަރުގެ ނޮވެމްބަރު މަހު ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭނެ އެ ސްކޫލުން ޖާގަ ބޭނުންވާ ކުދިންނަށް މި މަހުގެ 1 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ސްކޫލުގައި އެއްދަންފަޅި އަށް 1،500 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ނިންމާފައި ވަނީ އާ ސްކޫލުން ޖާގަ ބޭނުންވާ ކުދިން ގިނަ ނަމަ ދެ ދަންފަޅި އަށް ބަދަލުކޮށް، ވީހާ ވެސް ގިނަ ކުދިންނަށް ފަސޭހަކޮށް، އެ ކުއްޖެއްގެ ގެއާ ކައިރި ސްކޫލަކަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގައި ވާހަކަ ދައްކަވަނީ: ހުޅުމާލެ 2 ގެ އާ ސްކޫލް ނިންމުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް ވިދާޅުވި.--- ފޮޓޯ: މަޖިލިސް
"މިހާރު އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސްކޫލް އެންރޯލްމެންޓް ޕްރޮޖެކްޝަން ހެދުމަށް ފަހު، ދަންފަޅިތައް ތަރުތީބު ކުރަން މިނިސްޓްރީން ވަނީ ނިންމާފައި،" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
"މައުލޫމާތު އެއްކުރަން ހަމަޖެހިފައިވަނީ 15 ޖޫންގެ ނިޔަލަށް. އެހެންކަމުން، ސުންގަޑި ހަމަވުމުގެ ކުރިން ފޯމު ފުރުއްވުމަށް އިލްތިމާސް ކުރަން."
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މާލޭގެ ސްކޫލްތަކުގެ ޖާގަތައް ފުރުމުގެ ސަބަބުން، ހުޅުމާލޭގެ ސްކޫލްތަކުގައި އެކަނިވެސް 900 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލެ 2 ގެ ސްކޫލުތަކުން ޖާގަ ނުލިބިގެން ހުޅުމާލެ 1 ގެ ސްކޫލުތަކުގައި މިހާރު 300 ކުދިން ކިޔަވާ ކަމަށް ވެސް ބުންޏެވެ.
ހުޅުމާލޭގައި އިތުރު ދެ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ. ހުޅުމާލެ އަށް މި ވަގުތު ވެސް އިތުރު ހަތް ސްކޫލް ބޭނުންވާ ކަމަށް މިނިސްޓްރީން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެޅެނިވެރިން
05 June 2025
އަނެއްކާ ވެސް އިއްލެ އާއި ޓައިޓެންސް އައް ފުރުސަތެއް ވަދެގަނޭ އާ ސްކޫލެއް ހުޅުވަނީ
ދައިތަބެ.
05 June 2025
ކ.މާލޭ މީހުންގެ ދަރިންނަށް ޖާގަދީފައި ބާކީ ޖާގަ ހުރެއްޖެނަމަ އެއްނޫންތަ އެހެން ރަށްރަށު މީހުންގެ ދަރިންނަށް ޖާގަދެނީ. މާތް މުޤައްދަސް ރަށުގެ ކުދިންނަށް ފުރަތަމަ އިސްކަންދޭންވާނީ.
ރައްވެއްސެއް
05 June 2025
ހުޅުމާލެ ހިސާރުކޮށްގެން އުޅޭ ދައިތަބެމެން ނަށް މާލޭ ރައްވެހިންނާ ބެހިނުލާ އެކައްޗެއްވެސް ނުބުނެވޭ ދޮތަ
ސާރވޭކޮށްލާ
05 June 2025
ހުސް މާލެމީހުންގެ ދަރިންތަ މާލެ ސްކޫލްތަކުގައާއި ހުޅު މާލެ ސްކޫލްތަކުގައި ކިޔަވަނީ؟މިހާރުވެސް ރަށްރަށުގެ ވަޒަންވެރިންގެ ދަރިން ހުޅުމާލޭ ސްކޫލްގައިވެސް ގިނައީ
ބެލެނިވެރިން
05 June 2025
އިއްލެ ކޮބާ ތިޔަ އޮތީ އާ ސްކުލޭއް އަވަހައް ވަދެގަނޭ
ޖައްސާށޭ
05 June 2025
ހުޅުމާލެ 2 ގައި އެބަޖެހޭ އިންޑަސްޓްރިއަލް ޕާރކެއް ހަދަން ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކާ އެތަނުގައި 1 ކިލޯ މީޓަރު ދިގު 1 ކިލޯ މީޓަރު ފުޅާ މިން ހުންނަ 10 ބިލްޑިންގްސް އަޅާ ކޮންމެ ފްލޯރ އަކުން 1 ހެކްޓަރުގެ ސްޕޭސް 10 މިލިއަން ޑޮލަރަށް ވިއްކާލަން އެއް ފަހަރާ ފައިސާ ނުދެއްކޭ މީހުން 100 އަހަރަށް ބަހާލައިގެން ފައިސާ ދައްކާނީ ފައިސާ ދައްކަން ޖެހޭނީ ސްޓެލްކޯ އަށް ކަރަންޓް ބިލާއި އެކު ނުދައްކައިފިނަމަ ކަރަންޓް ކަނޑާލާނެ ކަމަށް އެއްބަސްކުރުވާނީ މިގޮތަށް
ވޯލް
05 June 2025
ރާއްޖެ ނޫނީ ދުވަހުން ދުވަހުން ފަހަތައްދާ ބައެއް ނޫޅޭނެ.ކުރިން ގިނަވިއްޔާ ކިޔަފަ 2 ދަންފަޅިއަށް ކިޔަވާ ދިނުމަކީ ގޯހެއް. ފުރަތަމަވެސް ފެށުން ރަގަޅު ކުރޭ. މި ރާއްޖެ ނޫނީ ޖީޑީޕީ މަތި ގައުމެއް 2 ދަންފަޅިއަށް ސްކޫލްތައް ހިނގާ ގައުމެއް ހިޔެއް ނުވޭ އޮންނާނެ ހެނެއް.
ޞަލާހުއްދީން، 1 ވަނަ،
04 June 2025
ސްކޫލުން ކުދިންނަށް ފުރުޞަތުދިނަސް ނަމަނަމަ ހުރަވީސްކޫލުން އަންނަން އުޅޭ ޓީޗަރަކަށް، ޚާއްޞަކޮށް ލޓ އަކަށް، ފުރުޞަތު ނުދެއްވާތި! މަދުއާބާދީގެ ރަށްރަށުގަ ލޓކަން ކުރިޔަސް ކިހިނެއް ބައިބޮޑު ތާކު އެކަންވާނީ، މާލޭގެ ފެންވަރު ރަނގަޅު ސްކޫލްތަކުން ބާކީކުރީމަ ރައްޓެހިންނާ ރައްޓެހިންގެ ރައްޓެހިނަށްވެސް ޖޮބުދީފަ) ބުރިޖް ހުރަސްކޮށްފަ އެ އެންމެން އަންނަނީ ގޮތްހުސްވެގެން، މަ އެއްބުރު ޓީޕީ އަށްގޮއްސަ ދާހިތްނުވި ވަރުގަދަ ބޮސް ޓީޗަރެއްގެ އަންޕްރޮފެޝަނަލްކަންފެނި
ނަތީޖާ ނުނެރެވެނީ....
05 June 2025
އިލެކްޝަންގަ އުޅެމުން، އަޅުގަޑާ އެކު އަރަބި ޑިޕްލޮމާ ހެދިހުވަދޫ އަންހެނެއް، އަޅުގަޑުމެން ޑިގުރީގަ ތިއްބާ އޭނަ ޓީޗަރަކަށް ވަދެ އަހަރު ނުވަނިސް މިހާރު އެއީ އިސްލާމް، ޤުރުއާން، އަރަބި ޑިޕާޓްްމަންޓް ލޓ، ދެން އޭނައަށް ކިޔަވައިދިނުމުގެ ދާއިރާއިން ޓީޗަރުންނަށް ދެވޭނީ ކޮން އިރުޝާދަކާ ލަފައެއް، ކިހާ އަން ޕްރޮފެޝަނަލް ވާނެ، ހަމަހަމަ ކަމާއިއެކު ކިހިނެއްޓީޗަރުންގެ ވެރިއަކަށްވާނީ، މާދަމާ ސަރުކާރުު ބަދަލުވާއިރު ޔަޤީނުން މިމިސްމީހުން ވާނީ ޑީޕީން ނޫނީ ސިޔާސީން
ލާމަސީލު
04 June 2025
ފޭސް 2އާބާދީގައި 50000 މީހުންނަށް ސިއްހީ ނިޒާމުގައި ޑޮކްޓަރުންނެއް ނެތް. އާބާދީގަ އެންމެ 2000 މީހުން ތިބި ރަށްރަށުގައިވެސް ޑޮކްޓަރުންނާއި ކުޅޭނެ ފުޓްސަލް އެތަކެއް ދަނޑުތަކާއި އޭތިމީތި އެބަހުރި. ފޭސް 2 ގައި 30000 މީހަކަށް އެންމެ ދަނޑެއް. ބިން ނެތީކީ ނޫނިއްޔާ ދޯ. ބަސްވެސް މަޑުކުރަނީ މަގުމެދަށް. އެބަޔަކަށް ހުންނާނެ ދޯ ޕްލޭން ކުރެވިފައި.
ގުއްބަ
05 June 2025
ރަށުގަ ތިބިނަމަ ތިހެންނުވީސް…
ދޮނޭ.
05 June 2025
ލާމަސީލު ހޭބަލިވީތަ ؟ ގަލޭގެ ގެއަކުނޫނޭ މިއުޅެނީ. ކަލެއަށް ރަށެއް އޮވޭތަ؟
ނާނާ
04 June 2025
ޒައިކް 23 ތީވަކަރުގޭ ސޮރެއްދޯ.؟ އާނ ފަހެ ވަކަރުގޭ ކުދިންނަކައްނޭނގޭނެ ކިޔަވައިގެންތިބިމޮޅުކުދިން ކަންތައްކުރާނެގޮތެއް. އެގޮތައް މޮޅައް ކަންތައްކުރެވޭނީ ކިޔަވައިގެންތިބި އެކަހަލަ މޮޅުކުދިންނައް. ބޭކާރު ވާހަކަނުދައްކާ.
ޜަށުން އައި ޅީޑިންގ ޓީޗަރުގެ.....
04 June 2025
ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފެންވަރުހުރި، ރަނގަޅު ލީޑިންގ ޓީޗަރުން ލާބަލަ، ޓީޗަރުން ތެރޭގަވެސް އޮންނަނީ ބްލީ ކުރުން، ހުނަރުވެރި ޓީޗަރުންނަށް ވަޒީފާ ދިނުމުގެ ބަދަލުގަ، ޢުމުރަށް ބަލާ ލޓމަޤާމު ދިފާޢުކުރުމަށް ޑިގްރީކޯހުގަ ކިޔަވަމުންދާ ކުދިން ނަގަނީ، އެކަމާހެދި ކެންސަލްވާގަޑިއެއްވެސް ލެކްޗަރަރުންނަށް ނުނެގެ. ކީއްވާނީ އެކުދިން ކޯސް ނިންމަން ފުރުޞަތު ދީފަ، ނިމިފަހުރި ޓީޗަރަކުލިއްޔާ. ޢަދި މަޖަލީ އެސްކޫލް ތަކުގަ އުޅެމުން ލޓކަޑަ ވާހަކަވެސް ކިޔާތީ
ނަތީޖާ
05 June 2025
ޢެކުދިންވެސް ހަޤީޤަތް ދޯ ކިޔާނީ، ޖެންޒީންނާ އަމިއްލައަށް ޖެންޒީންނަށް ވާހިތުން އުޅޭ ރީތި ދިވެހިބަހުން ވާހަކަ ދައްކަންނޭގޭ ކަމަށް ހެދި، އައި، ޔޫ ކިޔައިގެން ނޫނި ވާހަކަ ނުދައްކާ، ކުދިންނަށް ނަމޫނާ ދައްކަން ނޭގޭ މީހުން، ޤުރުއާން މިސް ތުންފަތް އޫކޮށްފަ ބޯކޮށްކުލަ ލައިގެން ގޮސް މިސްގެ ތުންފަތަށް ބަލަންބުނީމަ، ގ5 ކުއްޖާއަށް އަކުރު ކިޔަވާގޮތަށް ވުރެ ޝައުޤުވެރިވަނީ އެހެންކަމަކަށް، ދެންދައްކަނީ އެހެން ޓީޗަރުންގެ ވާހަކަ، ދީނީ ޓީޗަރުން ނަމާދުއަޅާފަ ސައިގަ
ހުސް ސުވާލު!
04 June 2025
ކުއްލިއަކަށް މާކަންކަން ވާން މިފެށީ، ނުބައި ނިޔަތެއް އޮތީ ބާ، ނޫނީ އިންތިޚާބެއް ބޯމަތި ވަނީބާ ؟؟؟