ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ޝާހިދު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލުކުރައްވާފައި--
03 މާޗް 2023 - 22:27
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނާ އެންމެ ވާދަވެރި ޕީޕީއެމުގައި ވަރުގަދަ ސިޔާސަތެއް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އެހެން ވިދާޅުވީ "ސްޓްރާޓް ނިއުސް ގްލޯބަލް" އަށް ދެއްވި އިންޓަވިއެއްގަ އެވެ.
މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ދެއްވި އެ އިންޓަވިއުގައި، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތުތަކާއި ދިވެހިންނަށް ކޮށްދެއްވި ކަންކަމުގެ ސަބަބުން ތާއީދު އެބައޮތް ކަމަށެވެ.
ޝާހިދު ވިދާޅުވިގޮތުގައި، މިދިޔަ ހަތަރު އަހަރުގައި ޝަރުއީ ކޯޓުތަކަށް ދިވެހި ދައުލަތުގެ އިސްވެރިން ބާރެއް ނުފޯރުވަ އެވެ. މި ސަރުކާރުން ވަނީ ޑިމޮކްރެޓިކް ގަވަނަންސަކަށް ބޭނުންވާ ފުރިހަމަ ބިންގާ މިދިޔަ ދުވަސްތަކުގައި އަޅާފައި ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން އިންތިހާބަށް އަސަރު ކޮށްފާނެތޯ ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ، އެ ސްލޯގަން ހަދައިގެން އުޅެނީ އެ މީހުންގެ އަތުގައި ރައްޔިތުންނަށް ދައްކާނެ ވަރުގަދަ ސިޔާސަތެއް ނެތުމުން ކަމަށެވެ. އެހެންވެ، އިދިކޮޅަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ނަފްރަތު އުފެއްދުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އިންޑިއާ އައުޓޭ ކިޔަނީ އެ މީހުންގެ އަތުގައި ރައްޔިތުންނަށް ދޭނެ ވަރުގަދަ އެއްޗެއް ނެތީމަ. އެހެން ނޫން ނަމަ ރައްޔިތުންނަށްޓަކައި ވަރުގަދަ ޕޮލިސީއެއް އޮންނާނެ،" އިދިކޮޅުގެ "އިންޑިއާ އައުޓް" ހަރަކާތަށް އިޝާރާތް ކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.
މި ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެފައިވާ ކަމަށާއި އެ ގުޅުން ވަރުގަދަ ކުރުމަށް ދެ ސަރުކާރުގެ އެންމެ އިސްވެރިންގެ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރެވޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި މި ވަގުތު ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކަށް އިންޑިއާ އިން އެހީ ފޯރުކޮށްދެމުން އަންނައިރު އެއީ ވަރަށް ދެފުށް ފެންނަ ގޮތަށް ދޭ އެހީތަކެއް ކަމަށެވެ. އޭގެ ތަފާސްހިސާބުތައް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ވެސް ބަލަަހައްޓަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޝާހިދު ވިދާޅުވިގޮތުގައި، އެކި ގައުމުތަކުން ލޯނުގެ ގޮތުގައި ދިވެހި ސަރުކާރަށް ނަގާ ފައިސާ ވެސް އެ ގައުމުތަކަށް އަނބުރާ ބަރާބަރަށް ދައްކަ އެވެ. ކޮވިޑްގެ ދުވަސްވަރު އެ ފައިސާ އަނބުރާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި އެކަމަކު އެއީ ހަމައެކަނި ރާއްޖެ އަށް ކުރިމަތިވި ދަތިކަމެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ ކޮވިޑްގެ ދުވަސްވަރު ޓޫރިޒަމް ހުއްޓިފައި އޮތް ނަމަވެސް އިންޑިއާގެ އެހީގައި ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ދާއިރާ އަލުން ފެށުނުކަން ވެސް ފާހަގަކުރައްވައިފަ އެވެ.
އެ އިންޓަވިއުގައި ޝާހިދު ވަނީ ރާއްޖޭގެ ބޯޑަރު ރައްކާތެރިކުރުމުގައި އިންޑިއާ އިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިންޑިއާއަށް ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ މިއަދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނަޔަމް ޖަޔަޝަންކަރާ ވެސް ބައްދަލުކުރައްވައި، މަޝްވަރާތަކެއް ކުރައްވައިފަ އެވެ.
Always a pleasure to meet my dear friend Minister @DrSJaishankar.
— Abdulla Shahid (@abdulla_shahid) March 3, 2023
Applauded him for India’s inclusive approach to G20 Presidency.
Reflected on the #MaldivesIndiaPartnership and discussed on further advancing our collaboration in areas of mutual interest. pic.twitter.com/wl10iZWQtK
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ރާއްޖެ-އިންޑިއާގެ ގުޅުމާ ގުޅޭ މަޝްވަރާތަކެއްގެ އިތުރުން އިންޑިއާ އިން މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅިގެން މަޝްވަރާ ކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޕެޓް
04 March 2023
2 ވަނަ ދައުރަކަށް ކާށި ހޮވޭނީ.
ޗޯރު އައުޓް
04 March 2023
އެއީ ޓެކުސް ބޮޑުކޮށް ކާބޯތަކެތީގެ އަގު %7 އަރުވާލީމަތެ؟
2023.
04 March 2023
79% މީހުން މިތާ އެކަނިވެސް ޓެކުސް ބެއްޔާއަށް ބުނަނީ ނޯ ނޯ. ވަރަށް ސަލާމޭ. ވެރިކަމާ ހެދި ހާދަ ވަރަކަށޭ ބޫތު ކައިހަ އެހެރީ
އަނީދު އަހަދު
04 March 2023
މާތްﷲ އިރާދަކުރެއްވިއްޔާ މިގަހަރަކީ ޤާސިމްގެ ފަހަރު
ވަހީދުބޭބެ.
04 March 2023
ޝާހިދުމެން ވެރިކަމުގައި ތިބި މީހުންނަށް ހީވަނީ ހޮވޭނެހެން. ގިނިކަންޏާ ހޮވޭނެ ނަމަ ޔާމީނު ހުންނާނީ 2 ވަނަ ދައުރަކަށް ހޮވިފަ.
ދޭންވާނެ
04 March 2023
ކާބޯތަކެތީގެ އަގު 7% މިހާރު ބޮޑުވެ އަދި ކުރިއަށް އޮތްތަނުގަ އެއަށްވުރެ ބޮޑުވާނެތީތަ ވޯޓްދޭންވީ..
ނާނާ
04 March 2023
ރައްޔިތުންނަށް ދޭނެ ވަރުގަދަ އެއްޗެއް އޮތީމަތާ ހުރި ހަމައެކަނި އިދިކޮޅު ލީޑަރުގެ މައްޗަށް ފުލުފުލުގަ ދައުވާކޮށްފަ އެއްކަމަކުން ސަލާމަތްވާއިރަށް އަނެއް ކަމަކަށް ދައުވާކޮށްފަ ޖަލަށްލައިގެން ގެންގުޅޭނީ. އަދި ރޭގަނޑު ހަޅޭއްލަވަން ނިކުންނަ ހައެއްކަ މީހުން ފަހަތުން ދުވަން ފަންސާހެއްހާ ފުލުހުން ފުލް ގިއަރުގަ ނެރެނީ. ކުރަނީ ސައްހަ ދައުވާނަމަ ދިގު ތިރީސް އަހަރާ އޭގެ ފަހު އަހަރުތަކުގެ ވެރިންނަށްވެސް ދައުވާކުރެވޭވަރުގެ ކަންކަން ކޮށްފަ ތިބީ.
އަސްތާ
04 March 2023
އިބޫ ހޮވަން ހުރިހާ ވޯޓެއްލަނީ އަބްދުﷲ ޝާހިދު އެކަނިނަމަ ޔަގީން ހޮވޭނެކަން.
ނަމަ
04 March 2023
ރައީސް 2 ވަނަ ދައުރަކަށް ވެރިކަމަކަށް ނުހޮވޭނެއެވެ. ޝަހީދު ތިބުނާ ހޮވުން ހޮވަންޖެހޭނީ ވޯޓުގެ %45 ލިބިގެން ނެވެ. ދެންޖެހޭނީ ކޮންމެ ވެސް އެހެންކަމަކަށް ހޮވާށެވެ. ޝާހިދުއަށް ވެސް ލެވޭނީ 1 ވޯޓެވެ. އަޅުގަނޑަށް ވެސް ލެވޭނީ 1 ވޯޓެވެ. އިތުރަށް ވޯޓު ދޭންޖެހޭ ސަބަބެއްނެތްކަން ޔަގީނެވެ. ކުރީން އެމް ޑީޕީއަށް ވޯޓު ދިނަސް މިފަހަރު މި ވޯޓެއް ނުލިބޭނެކަށް ޔަގީނެވެ. ވަރަށް ސަލާމް
ހޯހޯ
04 March 2023
ނަރީޝް ފިލާއިނދެ ލިޔާނެކަމެެއްނެތް! ސިޓީ ކައުންސިލުގަ މަސައްކަތެއްނެތީމަ ދޯ !