މީހުން

އިދުރީސްގެ ބްރޭންޑް، ފެންނަނީ ނިމުން އައިސް ކަފުންވާ ތަން!

08 އެޕްރީލް 2023 - 10:28

13 comments

ސުވާލެއް ނެތެވެ؛ އިދުރީސް އަބޫބަކުރު ކައިރިއަށް ދިވެހި ބޭސް ހަދަން ދާން ޖެހޭނީ އިތުބާރާ އެކު އެވެ. އޭނާ އަކީ، އޭނާގެ މުޅި ހަޔާތުގައި ވެސް، "ކާމިޔާބު ނޫން އެއްޗަކަށް އުންމީދު ކުރި މީހެއް ނޫނެ"ވެ.

"އަޅުގަނޑަކަށް ހަމަ އެއްވެސް ކަމެއް ނޫން މީހަކު މިހެން ވެގެން އެހެންވެގެން އައީމަ ތަނެއް ފަޅާލައިފައި ވެސް އެކަން ރަނގަޅުކޮށްދޭކަށް،" ރާއްޖޭގެ އެކި ހިސާބުތަކަށް ގޮސް، އެތައް ހާސް ބަޔަކަށް ދިވެހި ބޭސްވެރިކަމުގެ ޖާދޫ ދައްކައިފައިވާ އިދުރީސް، 80، ބުންޏެވެ.

ދިވެހި ބޭސްވެރިކަމުގެ އެކި ފަންނުތަކުގައި އިދުރީސްއަކީ މި ރަށް، ފ. ފީއަލީގައި ވެސް، އަދި މި އަތޮޅުގައި ވެސް ވަރަށް މަޝްހޫރު ނަމެކެވެ. އޭގެ އިތުރުން އޭނާގެ މުޅި ހަޔާތް ހޭދަކުރީ މީހުން ވިއްސުމާއި ކުދިން ހިތާނު ކުރުމުގަ އެވެ. އޭނާގެ ހިދުމަތުގެ ލިސްޓް ވަރަށް ދިގެވެ.

އިދުރީސް އޭނާ ބޭސް ހަދަން ބޭނުން ކުރާ ބައެއް ތަކެތި ދައްކާލަނީ -- ފޮޓޯ: މިހާރު

ދިވެހި ބޭސްވެރިކަމަކީ އިދުރީސް އަށް އާ ކަމެއް ނޫނެވެ. ދުނިޔެ އަށް އުފަންވީ ވެސް އޭގެ ތެރެއަށެވެ. އޭނާގެ ބައްޕަ އަކީ، މި ސަރަހައްދުގައި ވަރަށް މަޝްހޫރު ބޭސްވެރިއެކެވެ.

"އަޅުގަނޑުގެ ބައްޕަ އަކީ ދިވެހި ބޭސްވެރިކަމުގެ ވަރަށް މަޝްހޫރު ބޭފުޅެއް. އަޅުގަނޑު ބައްޕަ ގާތުގައި އެދުނީ ހިތާނު ކުރުމާއި ދިވެހި ބޭސްވެރިކަމާއި މީހުން ވިއްސުން ދަސްކޮށްދޭން. އަޅުގަނޑު ބޭނުންވީ ބައްޕަ ދުނިޔޭގައި ނެތަސް އެކަން ކުރިއަރުވާން،" މިހާރު ފަސް ކުދިންގެ ބައްޕަ ބުންޏެވެ.

"[އެހެންވެ] ބައްޕަ ބޭސްވެރިކަމުގައި ދާ އިރު އަޅުގަނޑު ވެސް ގޮވައިގެން ދާން ފެށީ. އަޅުގަނޑު އެހެން ގޮސްގޮސް ބައްޕަގެ ހުރިހާ މަސައްކަތެއްހެން ދަސްވެއްޖެ. އެކަމަކު ބައްޕަ ނިޔާވިއިރު އަޅުގަނޑު ބޭސްވެރިކަމުގެ ސަނަދެއް ނުނަގަން."

އިދުރީސް "މިހާރު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: މިހާރު

ދިވެހި ބޭސްވެރިކަމަކީ، ސެޓްފިކެޓެއް އޮވެގެން ނޫނީ ކުރުން މަނާ ކަމަކަށް ވާތީ، އިދުރީސް އަށް އެ ސެޓްފިކެޓް ހޯދަން ޖެހުނެވެ. އަދި، އެކަމަށް ބޭނުންވާ ހާއްސަ އިތުރު ކަންތައްތަކެއް މާލެ އިން ވެސް އޭނާ ކުރަން ޖެހުނެވެ.

"ސަނަދު ނަގަންވީމަ, މާލެ އަށް، ޑޮކްޓަރު މުހަންމަދު މަނިކު އަރިހަށް ގޮސް ހަތަރު މަސް ދުވަހު އަޅުގަނޑު ތަޖުރިބާ ވެސް ހޯދިން ދިވެހި ބޭސްވެރިކަމުގެ. ދެން އޭގެ ފަހުން ސަރުކާރުގެ ދިވެހި ބޭސްކުރާ ޓީމަށް އަޅުގަނޑު ގޮސް ސަނަދު ނެގީ."

އެއީ މީގެ ސާޅީހަކަށް އަހަރު ކުރި އެވެ. އޭރު ސަނަދު ނެގި މަޝްހޫރު ދިވެހި ބޭސްވެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ. އަދި އެކި ރަށްރަށަށް ދަތުރުކުރަން ފެށި އެވެ. އޭރު އެ ޒަމާނަކީ ޑޮކްޓަރީ ފަރުވާ އެހާ ދަށް، އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑޮކްޓަރީ ފަރުވާ ލިބެން ވެސް ނެތް ދުވަސްވަރަކަށް ވާތީ އިދުރީސްމެންގެ ޑިމާންޑް އޮންނަނީ ވަރަށް ބޮޑުވެފަ އެވެ. ދިވެހި ބޭސްވެރިކަމުގެ ތެރެއިން އިދުރީސްގެ ނަން ބޮޑަށް ހިނގައިގަތީ ވާގި ނެތޭ ބައްޔަށެވެ.

އިދުރީސް އޭނާގެ ސެޓްފިކެޓްތައް ދައްކާލަނީ -- ފޮޓޯ: މިހާރު

"އަޅުގަނޑަކީ ވަރަށް ގިނަ ބާވަތްތަކުގެ ބަލިތަކަށް ދިވެހި ބޭސްކުރާ މީހެއް. އަޅުގަނޑަކީ ވާގިނެތޭ ބަލިތަކަށް ބޭސްކުރާ މީހެއް. އަޅުގަނޑަކީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ބޭސްކުރާ މީހެއް. އަދި, ވައިގެ ކަންތައްތަކަށާއި އެތެރެ ހަށީގެ ފާރުތަކަށާއި ބޮލުގެ މައްސަލަތަކަށާއި ހުޅުހުޅުގެ މައްސަލަތަކާއި އުނަގަނޑުގެ މައްސަލަތަކަށް ވެސް ބޭސްކުރާ މީހެއް،" އޭނާ ބުންޏެވެ.

"ވާގި ނެތޭ ބަލި އަޅުގަނޑަށް އެއްވެސް ކަމެއް ނޫން ރަނގަޅު ކުރާކަށް. އެ ޝޮކް ޖެހޭ ގަޑީގައި ބަލިމީހާއާ ދިމާވެއްޖެ ނަމަ އެއް މަހާ 15 ދުވަސް ތެރޭގައި އަޅުގަނޑު ހަމަ ކުރިން ހުރި ގޮތަށް އެ މީހަކު ރަނގަޅުކޮށްދޭނަން. އޭގެ އަށް މީހަކު ރަނގަޅުކޮށްދިނިން އެކި ރަށްރަށުން. ވާގި ނެތޭ ފަރާތުގެ ކޮނޑުހުޅާއި އުކުޅު ހުޅު ކޮށައިގެން ނުގޮސް ހުއްޓާ ވިއްޔާ އެ މީހަކު އަނގަދަމައިގެންފައި ހުއްޓަސް ވާގިނެތިފައި ހުއްޓަސް ހިނގުމަށް ދަތިވިޔަސް އެ މީހަކު ﷲގެ ރަހުމަތްފުޅާ އެކު އެ މީހަކު ރަނގަޅު ކޮށްދޭނަން."

އިދުރީސްގެ އަނެއް ހާއްސަ ކަމަކީ ވައިގެ މައްސަލަތަކަށް އޭނާ ދޭ ފަރުވާ އެވެ. ވައިގެ އެކި ބަލިތަކަށް އޭނާ ވަނީ އަމިއްލަ އަށް ބައެއް ބޭސްތައް އުފައްދައި، އެ ބޭސްތައް ކާމިޔާބު ވެސް ކޮށްފަ އެވެ. އޭނާ ބުނާ ގޮތުން، އިންސާނަކަށް އެންމެ ގިނަ ބަލިތައް ޖެހޭ އެންމެ ބޮޑު އެއް ސަބަބު ގުޅިފައި ވަނީ ވެސް ވައިގެ ކަންތައްތަކާ އެވެ.

އިދުރީސް އޭނާ ބޭސް ހަދަން ބޭނުން ކުރާ ބައެއް ތަކެތި ދައްކާލަނީ -- ފޮޓޯ: މިހާރު

"ވަޔަކީ ޑޮކްޓަރީ ގޮތުން އެ މީހުންގެ ޓީވީ އާއި ސްކްރީނަށް ވެސް ނާރާ ކަންތައްތައް. އެކަމަކު ދިވެހި ބޭސްވެރިކަމުގައި އަޅުގަނޑުމެންނަށް އެކަންކަން 13 ދުވަހުގެ ތެރޭގައި ރަނގަޅުވޭ،" އިދުރީސް ބުންޏެވެ.

ޑޮކްޓަރީ ފަރުވާ އާއި ދިވެހި ބޭސްވެރިކަމުގެ ފަރުވާ އަކީ މުޅިން ދެ ފަރުވާއެކެވެ. އިދުރީސް ބުނި ގޮތުގައި ދިވެހި ބޭސްވެރިކަމުން ވެސް ރަނގަޅު ނުވާ ކަންތައްތަކެއް ހުރެ އެވެ. އަދި ޑޮކްޓަރީ ފަރުވާ އިން ރަނގަޅު ނުވާ އެތައް ކަމެއް ދިވެހި ބޭހުން ރަނގަޅު ވެސް ކޮށްދީފައި އެބަހުއްޓެވެ.

އޭގެ ތެރެއިން ބައެއް މިސާލުތަކަށް އޭނާ ދިޔަ އެވެ. އޭނާ ޕެރެލައިޒްވި މީހަކަށް ދިވެހި ބޭސް ކުރަން ކ. ކާށިދު އަށް ދިޔަ ދަތުރެއްގައި އޭނާ އަށް ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް ކުރެވުނު ކަމަށެވެ. އަދި އެއީ "އަޖައިބެއް ކަހަލަ ކަމެއް"ގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.

"އޭރު އެ ގޭގައި [ޕެރެލައިޒްވި މީހާގެ ގޭގައި] ރޫފަ ރަނގަޅު މީހެއް ގޮނޑީގައި އުޅޭ. ދަނޑިބުރި ވެސް ޖައްސައިގެން އޭނާ އަށް ހިނގައިނުލެވޭ. ވާގި ނެތޭ މީހާ އަށް ފަރުވާ ކުރަމުން ދަނިކޮށް އޭނާ ބުނެފި ތިމަންނާ އަށް ފަރުވާއެއް ކޮށްލަދީބަލާށޭ. ކިހިނެއް ހެއްޔޭ ވަނީ އެހީމަ ބުނަނީ އޭނާގެ އުނަގަނޑުގައި ރިއްސާތީ އެ ހާލުގައި އުޅޭތާ ހަތް އަހަރުވެއްޖެއޭ. ތިމަންނާ އިންޑިއާ އަށް ވެސް ހިނގައްޖީމޭ. މާލޭގައި ވެސް އެތައް ތަނަކަށް ދެއްކިއްޖިއޭ. އަޅުގަނޑު ބުނެފިން އަޅުގަނޑު ބޭނުންވާ ސާމާނު ހޯދައިދޭށޭ. އަޅުގަނޑު ބޭސްގަނޑު ހަދައިދޭނަމޭ،" އިދުރީސް ކިޔައިދިނެވެ.

އިދުރީސް "މިހާރު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: މިހާރު

"މި ބުނާ މީހާގެ ގައިގައި އެއް ދުވަހާ ދެ ރޭ ބޭސްގަނޑު ބަހައްޓައިފައި މޫދަށް ގެންގޮސްފައި ގެނެސް ތެލުގެ ފަރުވާ ދީފައި އަޅުގަނޑު ބުނެފިން [އެނދުން] ފައިބާށޭ. ތެދުވަން ވެސް އޭނާ ހުރީ ބިރުގެންފައި ވެއްޓިދާނެ ކަމަށް ހީކޮށް. ހަމަ ރީތިކޮށް އޭނާ ހިނގާލައިފައި ދިޔައީނު. މީހުން ތިބި މަގުތަކުގައި ނުކުމެ ބަލަން ވެސް."

ހަމަ އެކަހަލަ އެހެން ކަމެއް ވެސް އިދުރީސް ކިޔައިދިނެވެ. އެއީ މާލޭގައި ދިމާވި ކަމެކެވެ. އޭނާ ދަތުރުވަރެއްގައި މާލެ އައިސް ހުއްޓާ އޭނާގެ ރަހުމަތްތެރިއަކު ގުޅާފައި ވަރަށް އަވަހަށް އައިޖީއެމްއެޗަށް ދިއުމަށް އެދުނެވެ.

"ދިޔައިރު އެ އަންހެންމީހާ އޮތީ މަރުވެގެން ކަމަށް ބަލައި ނޭފަތުގައި ކަފަ ޖަހަން ތައްޔާރުކޮށްފައި. ވާގި ނެތިފައި މުޅި މީހާ އޮތީ. އަޅުގަނޑު ގޮސް ވިންދު ބަލާފައި ބުނެފިން ޑޮކްޓަރުންނަށް ގުޅާފައި އަވަހަށް ރަށަށް ގެންގޮސްދޭށޭ. އޭނާ ވެސް އަޅުގަނޑު ރަނގަޅުކޮށްދިނިން."

ދިވެހި ބޭސްވެރިކަމަކީ ބައެއް ފަހަރު ޖާދޫއެއް ކަމަށް އިދުރީސް ވެސް ގަބޫލު ކުރެ އެވެ. އެކަމަކު، އޭނާގެ ޝަކުވާ އަކީ އަދި މައްސަލައަކީ ވެސް މި ބޭސްވެރިކަން މަރުވަމުން ދިއުމެވެ.

އިދުރީސް "މިހާރު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: މިހާރު

"މިކަން ދިރުވައި އާލާކުރަން ޖެހެނީ މިއީ އިންސާނިއްޔަތަށް ކޮށްދޭ ކަމަކަށް ވާތީ،" ދިވެހި ބޭހުގެ މުހިންމު ކަމާ މެދު އޭނާ ބުންޏެވެ.

"އެންމެ ކުރިން ފެށިގެން ވެސް އަޅުގަނޑު ބުނަމުން މި ދިޔައީ މިކަން ކުރިއަރުވަންޏާ މިކަން ކުރާ މީހުންނަށް ބިމެއް ދޭށޭ ފަތްޕިލާވެލި އެއްޗެހި ހައްދަން. މި ރަށު ކައުންސިލުން ވެސް އަޅުގަނޑު އެދެފިން ބިމެއް ދޭން. އެތާނގައި އަޅުގަނޑު އިމާރާތެއް އަޅައި ބޭނުންވާ ސާމާނު ހައްދަން."

އެކަމަކު އިދުރީސް އަށް ފެންނަނީ ސަރުކާރުން ވެސް އަދި އެއްވެސް ކައުންސިލަކުން ވެސް އެކަމާ އަޅާ ނުލާ މަންޒަރެވެ. އަދި އަމުދުން، އެއްވެސް ޒުވާނަކު ދިވެހި ބޭސްވެރިކަމަށް ނުވަދެ، ބޭސްވެރިކަމުގެ މާޒީއާ އެކު އޭނާ އުފެއްދި ބްރޭންޑް ވެސް ކަފުންވާ ތަނެވެ.

"ދިވެހި ބޭސްވެރިކަން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހަމަ ވަރަށް ބޮޑު. އެހެން މި ދެންނެވީ އަޅުގަނޑު މިވަރަށް ކިޔާއިރު ވެސް މީހަކު ދަސްކޮށްލަން ވެސް ނާދޭ. ޒުވާން ޖީލެއް މިކަމަށް ޝައުގުވެރިކަން ނެތިއްޔާ މިކަމެއް ނޯންނާނެ. ގަދަކަމުން މިކަމެއް ދަހެއް ނުކޮށްދެވޭނެ،" އޭނާ ބުންޏެވެ.

13 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 15%
icon angry icon angry 31%
icon wow icon wow 8%
icon inlove icon inlove 46%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނރުޓޭ

09 April 2023

ވަރަށް ހިތް ގައިމު އިސްތަށިގަޑެއް!

The name is already taken The name is available. Register?

މުހައްމަދު ރަޝީދު، ބްލޫޕާލް ރަޝީދު

09 April 2023

މާލެއިން ފުރައިގެން ފީއައްޔަށް ގޮސް 2 މަހާ ގާތްވަންދެން އިދުރީސް ކައިރިން ބޭސްކޮށް އެއްކަމެއްވެސް ނުވި. 10،000ނަގުދުފައިސާ ދިނިން. އެއީ އިދުރީސް ބުނިވަރު.ހޯ ދަންޖެހޭހާ ބޭހެއް ކަރުދާސްގަނޑުގަ ލިޔެދިން ހުރިހާ ބޭހާއިފަތްވެސް ޅިޔަނަކު ލައްވާ ގެނެސްދިނިން. އެންމެފަހުން އިދުރީސް ބުނިދުވަސްތައް ހަމަވެ އެއްވެސް ގޮތެއް ނުވީމަ އިތުރު ހަފްތާއަކަށް ތެޔޮދަމަންވެސް މަޑުކުރިން. އޭގެ 6 މަސްފަހުން ރަތްމަންދޫއަށް ގޮސް އެރަށުން ބޭސްކޮށްގެން ރަނގަޅުވީ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

08 April 2023

ވެރިންގެ ފީކަޅަކަން އަބަދުވެސް ފެންނަނީ. ދިވެހިބޭހަކީ ދޫކޮށްލެވޭވަރަށްވުރެ އަގުބޮޑުއެއްޗެއް. އެކަން މޮޅަށްކުރާމީހުންނަށް ސަރުކާރުން ބޮޑެތި އިނާޔަތްތަކެއް ދޭންޖެހޭނެ.

The name is already taken The name is available. Register?

ސަޕައްޑޭ

08 April 2023

ކުދިންނޭ. މިހާރު ފިކުރެއްގެ ދިރުން ނެތް ބަލި މީހަކު ގޮސްގެން އިދުރީހަކަށް ކަމަކު ނުދާނެ. އިދުރީސްބެ މިހާރު ހުރީ ފިކުރެއްގެ ދިރުމަށް ބޮލަށް ބޭސް ކުރަންޖެހިފަ ކަމަށްވަނީ

The name is already taken The name is available. Register?

އައްބެއްޔާގެ ތަކުރުފާނު

08 April 2023

"ތެދުވަން ވެސް އޭނާ ހުރީ ބިރުގެންފައި ވެއްޓިދާނެ ކަމަށް ހީކޮށް. ހަމަ ރީތިކޮށް އޭނާ ހިނގާލައިފައި ދިޔައީނު. މީހުން ތިބި މަގުތަކުގައި ނުކުމެ ބަލަން ވެސް." ވާ ސަރީ ވާ އިދްރީހޫ. ސީދާ މަގޭ ލޯ މައްޗަށް މަންޒަރު ސިފަވި ކަހަލަ.

The name is already taken The name is available. Register?

ނާފިޛް

08 April 2023

ތިބުނާ އިދުރީސްގެ ފަރުވާ ކުޱަކަމާ އެއްޗެއް ނޭގޭކަމުން މައުސޫމް ކުއްޖެއްގެ އަތް ބުރިކޮއްލަން ޖެހުނު ވާހަކަ ލިޔެބަލަ!

The name is already taken The name is available. Register?

ހިތްހަލާކު

08 April 2023

ބުރަކަށިގަ ރިއްސާތީ އިދުރީސް ކައިރިއައް ދިޔާމަ ބުނީ ބޭސްގަނޑެއް ބުރަކަށީގަ އަޅާށޭ ޖެހޭނީ. އިދުރީސްބެ ގެ ލިސްޓަގައި ހުރި ހުރިހާ ދިވެހިބޭހެއް ގަނެ ބޭސްފުނޑާ ހުރިހާކަމެއްކޮއް ނިމުމުން ބޭސްގަނޑު އަޅަން އިޝާނާމާދު ފަހުގައި އައިސް ބޭސްއަޅާފަ ދިޔައީ ބޭސްކުރި ކަމުގެ އަގު ކަމައްވާ 4000 ރުފިޔާ ހިފައިގެން . ދެން ވިސްނާ ފިކުރު ކޮއްލާ

The name is already taken The name is available. Register?

ވިސްނާ މީހާ

08 April 2023

ރަނގަޅުވިތަ؟

The name is already taken The name is available. Register?

އެހެނަ

08 April 2023

ރަނގަޅު ވިތަ ލާރި ނެގި ވާހަކަ ލިޔުންއިރު ބަޔަށް ލިބުން ފަރުވާ ވެސް ބުނެލި ނަމަ އިދުރީސްގެ މޮޅުކަން ނުބުނަންވެގެން ދޯ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

08 April 2023

ހެލޯ އިދްރީސް.ސެޓްފިކެޓް ފަދަ ތަކެތި އަދިވެސް ރައްކާކުރަނީ ބްރިފްކޭހުގަ ތޯ؟؟!! ރަނގަޅު ފައިލެއް ހޯދާފަ ފައިލްގަ ބެހެއްޓީމަ ތަންކޮޅެއް ސޭފްވާނެކަމަށް ބެލެވޭ.އިދްރީސްގެ ގޭގަ ހުރި އުނދޯލި އަހަރެން ބޭނުން.އުނދޯލީގަ ނިދާލީމަ އެލިބޭ އަރާމާއި އުފާ އެއީ ކޮމެންޓަކުން ހާމަކުރެވޭނެ އެއްޗެއް ނޫން.ޗުއްޓީ ދަތުރުތަކުގަ ގޮސް މަންމަގެ ގޭގަ ހުންނަ އުނދޯލީގަ އޮށޯތީމަ ހިޔާލުތައް ގެންގޮސް ވަށާލަނީ 1980ގެ އަހަރުތަކަށް.އެހާވެސް އުފާވެރި.ވ.ވެދުން

The name is already taken The name is available. Register?

ކޮންރަދީފެއްތަ

08 April 2023

ކޮންމެހެން އިދުރީސް ގޭގަ ހުރި އުނދޯލަ ބޭނުންވަނީ. އަމިއްލައަށް އުނދޯއްޔެއް ގަނެބަލަ. ފެންވަރެއް ނެތަސް އަނގަލާތި

The name is already taken The name is available. Register?

ޢިދުރީހު

08 April 2023

ޢިދުރީސްބެ ގޭގަ ހުރި ހުރި އުދޯލި ބޭނުނއވި އިރު މި އުދޯލީގަ މި އޮންނަ އިދުރީސްބެ ބޭނުމެއް ނޫންތަ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

08 April 2023

ސާބަހޭ އިދްރީސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454