09 މާޗް 2023 - 10:12
ދުނިޔޭގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ، އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓީބީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ޒިޔާރަތްކުރައްވައިފި އެވެ.
ޖަރުމަންވިލާތުގައި ކުރިއަށްދާ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ރައީސް ޒިޔާރަތްކުރެއްވީ އެމަނިކުފާނު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ބާއްވާ މި ފެއާއަށް ރައީސް ވަޑައިގަތުމުން އެމްއެމްޕީއާރްސީގެ އިސްވެރިން ވަނީ އެމަނިކުފާނަށް، އެ ސްޓޭންޑްގެ ރަމްޒީ މޮޑޮލްއެއް އަރުވައިފަ އެވެ. އެމަނިކުފާނު އަރިހުގައި އަނބިކަނަބަލުން ފަޒުނާ އަހުމަދު ވެސް ވަޑައިގަތެވެ.
މި ފެއާގައި ރާއްޖޭގެ 91 ކުންފުންޏަކުން 233 މީހުން ބައިވެރިވާ ކަމަށް ސަރުކާރުން ބުންޏެވެ.
އައިޓީބީ ފެއާގައި ރާއްޖެއިން މި ބައިވެރިވީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން ރާއްޖެއިން ފެއާގައި ބައިވެރިވީ 2019 ގަ އެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ވިދިވިދިގެން ތިން އަހަރު ހޯދައިފަ އެވެ.
ރައީސް، ޖަރުމަންވިލާތަށް ކުރައްވާ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާ އާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެމަނިކުފާނު ޖަރުމަނަށް ވަޑައިގަތީ ގަތަރުގައި ބޭއްވި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ކޮންފަރެންސަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައްލޭ
09 March 2023
އެމް އޭ ނުވަތަ އެންމެ ޖަލީލް......
ވަހުތާން
09 March 2023
ޓެކުސް ފައިސާއަށް ޚިޔާނާތްތެރި ނުވުން އެެދދެން
ބޮޑުމީހާ
09 March 2023
މިވަރުގެ ވެރިއެއް މިގައުމަކަށް އަދި ނުލިބޭ! ދުނިޔެ ވަށާ 10 ބުރު މިވެރިކަމުގައި ޖަހައިފި. ދައުލަތުގެ ދަރަނި އިތުރުން ފިޔަވައި ލިބުނު އެކައްޗެއްވެސް ނެތްް
2023
09 March 2023
ޢަތުން ލާރިއެއް ނޮގޮސް ބުރުޖެހޭނީ މިދުވަސްކޮޅު....ބޮއިހަލަކި
ޖުކި
09 March 2023
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ބާއްވާ މި ފެއާއަށް ރައީސް ވަޑައިގަތުމުން އެމްއެމްޕީއާރްސީގެ އިސްވެރިން ވަނީ އެމަނިކުފާނަށް، އެ ސްޓޭންޑްގެ ރަމްޒީ މޮޑޮލްއެއް އަރުވައިފަ އެވެ. އެމަނިކުފާނު އަރިހުގައި އަނބިކަނަބަލުން ފަޒުނާ އަހުމަދު ވެސް ވަޑައިގަތެވެ. ރައީސް އޮފީހުން ކުޅޭ ޑްރާމާ
ފޫހި
09 March 2023
އަބަދުވެސް ދަތުރުފުޅުގަ. ނޫނީ ކޮންމެވެސް ކުޅިވަރުކުޅުއްވުމުގަ. ދެން ހަމަ ޚަރަދު ބޮޑުވާނެވަރުވިސްނާލާ
ތާން
09 March 2023
ހަމަޖެހިބަލަ. ވަރަށް އަވަހަށް މިނިސްޓަރު އަމީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އިއުލާންކުރާނެ ރައީސް އައިޓީބީ ފެއާއަށް ޒިތާރަތްކުރުމުން ދައުލަތަށް ބިލިއަން ޑޮލަރު ލިބިއްޖެޔޭ.
ރަދީފު ބިން ރަފައިދާ
09 March 2023
ރައީސަކީ ވަރަށް ހެޕަނިންގް މީހެއް. ރައީސް ނެތި ފެއާއެއް، ކުޅިވަރެއް، ހިނގާލުމެއް، ޖަލްސާއެއް، ޝޯއެއް ލާހިކެއްނޫން ބާއްވާކަށް. އެއީ ރާއްޖޭގާކަމަށްވިޔަސް ރާއްޖޭން ބޭރުގާކަމަށްވިޔަސް.
ކަލޯބެއޭ
09 March 2023
ބަށިކުޅުން ކޮބާ؟
ގުރާ
09 March 2023
ދެން އަހަރެމެނަނަށް ކޮންކަމެއް؟ ޖީއެސްޓީ ކުޑަވޭތަ؟ އިސްޓިކާޖެހުން ހުއްޓޭތަ؟ ކާބޯތަކެތީގެ އަގު ތިރިވޭތަ؟ މީހުންގެ މުސާރަބޮޑެއްނުވޭ!!! މިއޮތީރޯދަމަސް ކުރިމަތީގަ. ބޮޑު ޚަރަދުކޮށްފަ ބުރުޖެހުން ނޫން ކަމެއް ކުރަން އެނގޭ ރައީސެއްނޫން. ވަރަށް ސަލާމް.