އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ފުލުހުން ފަހަތަށް ޖައްސަނީ: މި މުޒާހަރާ މަޖީދީމަގުގައި ކުރިއަށް ދަނިކޮށް ގިނަ ބަޔަކު ހައްޔަރުކުރި. -- ފޮޓޯ: ޕީޕީއެމް
12 މާޗް 2023 - 10:41
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބާއްވަމުން ދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ފުލުހުން ހައްޔަރުކުރި 17 މީހުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އިދިކޮޅުގެ މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ގޮފިތަކާއި ކައުންސިލްތަކުގައި އިސްކޮށް އުޅޭ ބައެއް މީހުން ވެސް ހިމެނެ އެވެ.
Raees Yameen ah kuri haraan hukumaa dhekolhah kuraa ihthijaaju #FreePresidentYameen #RY2023 #HaraanHukum pic.twitter.com/KGXLEJAX5p
— Progressive Party of Maldives (@ProgressPartyMV) March 11, 2023
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، އިދިކޮޅުން ކޮންމެ ރެއަކުހެން މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގެ ތެރެއިން ކޮންމެ ރެއަކު ވެސް ގިނަ ބަޔަކު ހައްޔަރުކުރެ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު ފޯމު އިސްލާހު ކުރަން ހައި ކޯޓުން އޮތީ މިދިޔަ ހަފުތާގައި އަންގައިފަ އެވެ. ހައި ކޯޓުން އެގޮތަށް އެންގީ، އެ މައްސަލަ ބަލައިގަތުން ލަސްވާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވަނިކޮށެވެ.
ޔާމީންގެ މައްޗަށް ކުރި ހުކުމާ އެކު، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް މި ވަގުތު ވަނީ ބަންދުވެފަ އެވެ. އެކަމަކު ޔާމީންގެ ވަކީލުން ވަނީ މި މަސް ތެރޭގައި ހައި ކޯޓުން އެމަނިކުފާނު މިނިވަންކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުމްބާ
13 March 2023
މިހާރު ވައްކަން ކޮށްގެން ޖަލަށް ލީ ރައީސް ދޫކޮށްލީތަ؟
އައިންތޫތު
13 March 2023
ކޮންމެ ރެއަކު ތިރީހަކަށް މީހުން އެއްވަނީ. ޢަދަދު މަދުކަމުން މިހާރު އެެއްވަނީ ބަނގުލަދޭޝް މީހުން ރޭގަނޑު ކައިގެން މަޖާލޮށްލަން ޖައްސާލާ ޕާކް ކުރިމައްޗަށް. ޓީވީ އަށް ބެކްގްރައުންޑުން ސައިޒް ދައްކަން. މުޒާހަރާ އަކީ ފިނޑިންނަށް ކުރެވޭނެ ކަމެއް ނޫން.
އަންދަލޫސިޔާ
12 March 2023
އެއްވަންޏާ ޙައްޖަށް ދޭބަލަ!
އަހުމަދުބޭ
12 March 2023
ހައްޔަރު ކޮއްފަދޫކޮއްލުން ތިއީ ތިކަމުގެ ހައްލުކަމުގައި ދެކިގެން ނުވާނެ ހައްޔަރު ކުރަންޖެހޭނީ ހައްޔަރު ކުރަންޖެހުމުން ދެން ހައްޔަރުކޮއްފައި ދޫކުރާނަމަ ތިޔައީ ފޫނެތް ފަޔަށް ފެންފުރުން، ހައްޔަރު ކުރާހިސާބުން އަދި ދޫކޮއްލައި ހިސާބުން ބިރުކެޑި ލަދުކެޑި ދެން ނުކުންނާނީ އަދި މާފޯރީގައި ތިޔައިން ނިމުމެއްނާންނާނެ. ދެންގޮސް އަތުން ފައިންގޯސް ހެދޭނީ
ޖަނިބެ
13 March 2023
ޕީޕީ މީހުން ބިރުގަންނާނެ. ރޭގަ ވެސް ސްޓާފޯސް 2 މީހުން ފައި ބިމުގަ ޖަހާލިއިރަށް ބިރުން ދުވަމުން ދުވަމުން ހެންވޭރުން ދިޔަ މީހުން ހުއްޓުނީ ސީގަލް ކަންމައްޗަށް. ???
މިއީ މަށޭ
12 March 2023
އެހެންތަ؟ މަށޭ އެބަ ކިޔާތަ؟