ލޯންގް ސްޓޭ ޓޫރިޒަމަކީ ރާއްޖޭގައި މަގުބޫލުވަމުން އަންނަ އެއް ޕްރޮޑަކްޓް. ޓްރެވަލް އެޖެންސީތަކުން ވެސް ބުނޭ 90 ދުވަހަށް ވުރެ އިތުރަށް ވެސް ރާއްޖޭގައި ހުންނަން ޓޫރިސްޓުން ބޭނުންވާ ކަމަށް.
މިނިސްޓަރު މައުސޫމް: ރާއްޖެ ކަމުނުދާ ކަމަށް ލަންކާގެ ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކައިން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މައުސޫމް ވިދާޅުވި. -- ފޮޓޯ | މިހާރު
13 މާޗް 2023 - 11:55
ޗުއްޓީ ހޭދަކުރަން ރާއްޖެ ކަމުނުދާ ކަަމަށް ބުންޏަސް އެ ވާހަކަ ނުހިނގާނެ ކަމަށާއި ގިނަ މީހުންނަކީ ތަކުރާރުކޮށް ރާއްޖެ އަންނަ ޓޫރިސްޓުންކަން ރެކޯޑުތަކުން ފެންނަން އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖަރުމަން ވިލާތުގައި މިދިޔަ ހަފުތާ ބޭއްވި އައިޓީބީ ފެއާގައި ބައިވެރިވި ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން ވިދާޅުވީ ރާއްޖޭގައި ޓޫރިސްޓުން ހިތްހަމަޖައްސާލަން އޮތީ ރީތި ގޮނޑުދޮށްތައް އެކަނި ކަމަށެވެ. އެހެންވެ ފަސް ވަރަކަށް ދުވަހު ރާއްޖޭގައި ހޭދަކުރުމުން ފޫހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނާންޑޯގެ ވާހަކަތަކާ ގުޅިގެން، މައުސޫމް "މިހާރު"އަށް ވިދާޅުވީ ލަންކާގެ މިނިސްޓަރު އެހެން ވިދާޅުވީ ރާއްޖެއަށް ނެގެޓިވް ކެމްޕޭނެއް ކުރުމުގެ ގަސްތެއް އޮވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އައިޓީބީން [ފެނާންޑޯ ހަރިންއާ] އަޅުގަނޑާ ބައްދަލުވި. ވަރަށް ޔަންގް އެނެޖެޓިކް މިނިސްޓަރެއްގެ ގޮތުގައި އަޅުގަނޑަށް ފެނުނީ. އަޅުގަނޑު ގަބޫލެއްނުކުރަން އެއީ ގަސްތުގަ ވިދާޅުވި ވާހަކައެއް ކަމަށް. ދެން އަތް ދަށުން ދިޔަ ވާހަކައެއް ކެމެރާތަކަށް އަރާފައި އެ ހުރީ،" މައުސޫމް ވިދާޅުވި އެވެ.
ރާއްޖެއަކީ "ފޫހި މަންޒިލެއް" ކަމަށް ލަންކާގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވުމުން ފާޑުކިޔުން ބޮޑުވެއްޖެ https://t.co/OCaFWK9n78
— Mihaaru (@Mihaarunews) March 12, 2023
މިނިސްޓަރު ވިދާޅުވި ގޮތުގައި ފެނާންޑޯގެ އެ ވާހަކައިން ރާއްޖޭގެ ޓޫރިޒަމަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ.
ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް މިދިޔަ ތިން އަހަރު ވިދިވިދިގެން ރާއްޖެއިން ހޯދިކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ބްރޭންޑް މުޅި ދުނިޔޭގައި ވެސް މަގްބޫލް ކަަމަށެވެ. ލަންކާގެ ޓޫރިޒަމް އިންޑަސްޓްރީ އިންވެސްޓްމެންޓުން ވެސް ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާކަމަށް މައުސޫމް ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްއާ މެދު ޓޫރިސްޓުން ފޫހި ނުވާކަމުގެ ހެކި ދައްކަވަމުން މައުސޫމް ވިދާޅުވީ މިހާރު ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ތަކުރާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިން ކަމަށާއި އޭގެ ތެރޭގައި 40-50 ފަހަރު ރާއްޖެ އައި މީހުން ވެސް ހިމެނޭ ކަމަށެވެ.
ދުބާއީގެ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށް ދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"މިހާރު ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ރިޕީޓެޑް ޓުރިސްޓް. ތިބޭފުޅުންނަށް ވެސް އަޑު އިވޭނެ ބައެއް ފަހަރު އަޅުގަނޑު ވެސް އެއާޕޯޓަށް ދާ ވާހަކަ 40 ނުވަތަ 50 ވަނަ ފަހަރު ރާއްޖެ އައި ޓޫރިސްޓަކަށް މަރުހަބާ ކިޔަންދާ ވާހަކަ. ހާއްސަކޮށް ކޮވިޑްގެ ފަހުން ރާއްޖެ އަންނަ ގިނަ މީހުންނަކީ ރިޕީޓެޑްކޮށް އަންނަ ޓޫރިސްޓުން،" މިނިސްޓަރު ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވި ގޮތުގައި ތަކުރާރުވާ ޓޫރިސްޓުން ގިނަ ވުމަކީ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު މީހުން ފޫހި ނުވާ ސަބަބެކެވެ. ރަޝިއާ އާއި ބައެއް އެހެން ގައުމުތަކުން އަންނަ ޓޫރިސްޓުންނަކީ ދިގު މުއްދަތަކަށް ރާއްޖޭގައި ތިބެ ބޭނުންވާ ޓޫރިސްޓުން ކަމަށް ކުރިން ޓޫރިޒަމް ދާއިރާގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި މައުސޫމް ވިދާޅުވި އެވެ.
"ލޯންގް ސްޓޭ ޓޫރިޒަމްއަކީ ރާއްޖޭގައި މަގުބޫލުވަމުން އަންނަ ޓޫރިޒަމްގެ އެއް ޕްރޮޑަކްޓް. ޓްރެވަލް އެޖެންސީތަކުން ވެސް ބުނޭ 90 ދުވަހަށް ވުރެ އިތުރަށް ވެސް ރާއްޖޭގައި ހުންނަން ޓޫރިސްޓުން ބޭނުންވާ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ ސަރަހައްދީ ޓޫރިޒަމް އަކީ ވެސް ރާއްޖޭގައި ފުޅާ ވަމުން އަންނަ އެއް ދާއިރާ ކަމަށެވެ. ލަންކާއަށް އަންނަ ޓޫރިސްޓުން އެ ދަތުރުގައި ރާއްޖެ އަށް ވެސް އަންނަ ކަމަށާއި ރާއްޖެ އަންނަ ޓޫރިސްޓުން ލަންކާ އަށް ވެސް ދާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖެ އަންނަ ގިނަ އެއާލައިންތަކަކީ ރާއްޖެ އާއި ލަންކާ އަށް ވެސް އަންނަ އެއާލައިންތައް. މިސާލަކަށް ކޮރެއަން އެއާލައިން،" މައުސޫމް ވިދާޅުވި އެވެ.
"ރީޖަނަލް ޓޫރިޒަމަކީ ވަރަށް މަގުބޫލުވަމުން އަންނަ ކޮންސެޕްޓެއް. ލަންކާގެ ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީވުމަކީ ރާއްޖެ އަށް ވެސް ފައިދާ ވާނެ ކަމެއް. ހަމަ އެގޮތަށް ރާއްޖޭގެ ޓޫރިޒަމްގެ އިންޑަސްޓްރީ ތަރައްގީވެފައި އޮތުމަކީ ލަންކާ އަށް ވެސް އޭގެ ފައިދާވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބޭބެ
14 March 2023
މަހުޖަނެއްގެ ފިހާރައިން 1 ހާސް ރުފިޔާ ވަގަށް ނެގުމަކުން އެމަހުޖަނަށް އަސަރެއް ނުކުރާނެ. އެކަމަކު އެކަން ކުރިމީހާއަށް އަދަބު އެބަދެވޭ. މީގައި މުހިއްމީ އަސަރު ކުރުމެއްނޫން. އެންޓި ކެމްޕޭން ނުކުރުން.
އޮރިޔާލޫ
13 March 2023
ލަންކާ މިނިސްޓަރު އެވާހަކަ އެގޮތަށް ދައްކާފައިވަނީ އެއްވެސް ޙަޤީޤަތެއްނުބަލައި، މަމޮޅުކަންދައްކަން ކޮނެމެވެސް އެއްޗެކޭބުނެ، ރައްޔިތުންގެލޮލުގައި އަނދުނެއްއަޅުވައި ވައިގުޅިޖަހާ ސަޕޯޓު ހޯދަންވެގެން. ރަނގަޅަށްވިއްޔާ މިހާރުއޮންނާނީ ރައީސް ފިސާރިއަށް ވަށިވަށިންދެއްވެވީމައި ރަޖާލައިގެން.
ކޮރަލް
13 March 2023
ރާއްޖޭގަ ބޯޗް އަކާ އެކު ހަމަ ހިމޭން ކަން އެބަ އޮތެވެ. 1.5 މިލިއަން ޓޫރިސްޓުން އަންނަ އިރު އާބާދީގަ 5 ލައްކަ ހަމަ ނުވެ އެވެ. އެކަމު ކުލި އަދި ކަރަންޓް ފެން ބިލް ނުދެއް ކޭ އެތައް ހާސް ބަޔަކު އެބަ އުޅެ އެވެ. ރާއްޖޭގެ ޓޫރިޒަމް އިން އާދައިގެ މީހާ އަށް ލިބޭ އެއްޗެއް ބުނެބަލާށެވެ. ބަޖެޓް ހަމަ ޖައްސަނީ އެތައް ބިލިއަން ލޯން ނަގައިގެންނެވެ.
ޙަސަން ކުރުސީ
13 March 2023
ލަންކާ މިނިސްޓްރުގެ ފެންވަރަށް މަނިކުފާނު ވެއްޓެންޖެހޭބާ ހަމަ؟ ތިޔަހާ މޮޅިއްޔާ ނިކަން ވިދާޅުވެދެއްވާ، މިހިނގާ ސަރުކާރު ވެރިކަމާ ޙަވާލުވެ ކުއްޔަށް ދޫކޮށް، ހަދާ ނިންމާފައި އަދި ހުޅުވާފައި ހުރި އެންމެ ރިސޯޓެއްގެ ނަން ވިދާޅުވެ ދެއްވާ! ނޯންނާނެ! ސުމެއް! ކުރިހާވެސް ކަމަކީ އިޢުލާނުކޮށްފައި ބިޑްތައް ބާތިލް ކުރުން! އެހެނެއްނޫން، ރައީސްގެ ކެމްޕެއިން މެނޭޖަރަށް 6 ލައްކަ ޑޮލަރަށް ރަށެއްވާނެ ދޫކޮށްފަ!
ތައްޓޭ
13 March 2023
މިވެރިކަމުގައިވެސް އެތައް ރިޒޯޓެއް ހުޅުވައިފި ޔާމީންގެ ވެރިކަމުގައިވެސް ހުޅުވި އަދި ދެންއަންނަ ވެރިކަމެއްގައިވެސް ހުޅުވާނެ، ސިނާއަތަކީ ދިރިދިރި އޮތް ސިނާއަތެއް އެއީ ވަކިވެރިއަކަށް ކަޑައެޅިފައިވާ ކަމެއްނޫން، އަދި ރިސޯޓް ހަދަނީ އޭރެއްގައި ހުންނަ ވެރިއެއްގެ މޮޅުކަމަކުންނޫން އެއީ އިންވެސްޓަރުންގެ ތަނަވަސްކަމާއި ގުޅިފަވާކަމެއް ...
މުޑަހަންޖާ
13 March 2023
ވަޒީރުގެ ބަސްމަގު އެހެންހުރިކަމުގައިވިއަސް އަހަރެމެން މިތިބީ ރާއްޖެދެކެ ފޫހިވެފައި. ސަބަބަކީ ނަސްލީ ތަފާތުކުރުމުގެތެރެއިން ވަކިގަބީލާއަކަށް ދައުލަތުގެ ބައިތުލްމާލު ހުސްކުރާ ނިޒާމު އަދިވެސް އޮތީ އޮތްގޮތަށް. ކ.އަތޮޅުގަ އެހިއްކި ފަޅު ތަރައްގީކޮށްފަ މިބުނާ ގަބީލާއަށް އެކަނި ގޯތިދޭ މައްސަލައިގަވެސް އަހަރެމެންގެ ފޫހި މިވަނީ އިތިރުވެފަ. އެހެންވީމާ މިކަހަލަ ވާހަކައަށް އަހަރެމެންގެ ތާއީދެއްނެތް.
ޑެބީ
13 March 2023
ލަންކާ މިނިސްޓަރު ބުނީ ހެޔޮކޮށް. މޫދާ ބީޗު ނޫން އެއްޗެެއްނެތް. ދިވެހިން ވެއްޖެނު ހަޖަމުކުރަން ދަސްކުރަން.
ކެބީ
13 March 2023
ރާއްޖޭގަ ވޯޓަރ ސްޕޯޓްސްގެ ކަމެއްގަ ބައިވެރިވެލަން ނުކެރޭ، ޑައިވެއް/ސްނޯކްލްއެއް ކޮށްލަން ނުކެރޭ މީހުންނަށް ތިބެވޭނީ ހަމަ ފޫހިވެގެން ގޮނޑުދޮށަށް ލައްގާފަ. ކުރާނެ އެހެން ކަމެއް ނޯންނާނެ.
ނާޒިމް މުހަންމަ
13 March 2023
ވ. ރަންގަޅު ވާހަކަ ފުޅެއް.
ބޮޑުމީހާ
13 March 2023
ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަން ހޯދާއިރު މިގައުމަށް މި އަންނަނީ އެންމެ 1.5 މިލިއަން މީހުން..ތައިލެންޑް ޕެރިސް ތަންތަނަށް އަހަރަކު 20 މިލިއަން އެބަދޭ. ރާއްޖެ މިހާ މަގުބޫލުއިރު 5 މިލިއަން ޓޫރިސްޓުން ނުގެނަވުމަކީ ހިންގަން ތިބި މީހުންގެ ނުކުޅެދުންތެރިކަން
ގަމާރުޒް
13 March 2023
ތިޔަ އަޅާކިޔަނީ ދުނިޔޭގެ ބިންބޮޑެތި އާބާދީ ބޮޑެެތި ގައުމުތަކާ. ރާއްޖޭގެ ރިސޯޓް އޮކިޔުޕެންސީ މިހާރުވެސް އުޅެނީ އެވްރެޖްކޮށް %80 އަށް ވުރެ މަތީގައި. އަހަރަކު 5 މިލިއަން ޓުއަރިސްޓުން ގެންނަން މަދުވެގެން އިތުރު 800 އެއްހާ ރިސޯރޓް ގެސްޓްހައުސް ހަދަންޖެހޭ. ނޮޓް ޕޮސިބަލް. ރާއްޖެ ހަލާކުވެފައި އޮންނާނީ އޭރުން.
ބޮޑުމީހާ
13 March 2023
ޓުރިސްޓުން އަންނަނީ ހަމައެކަނި ރިސޯޓްތަކަށް ނޫން. ރާއްޖޭގެ 90 އިންސައްތަ ރަށުގައި ގެސްޓް ހައުސްނެތް، މަސްވެރި ޓޫރިޒަމް، މެޑިކަލް ޓޫރިޒަމް، ސްޕޯރޓްސް ޓޫރިޒަމް، އެންޓަރޓައިންމަންޓް ޓޫރިޒަމް މީހުސް ރާއްޖޭގައި ފުޅާކޮށް ކުރެވިދާނެކަންކަން. އުތުރާއި ދެކުނު އަދި މެދުރާއްޖެތެރެއަށް ޑައިރެކްޓް ފްލައިންގ ހުޅުވާލައި މިތަންތާގައި ޓުރިޒަމް ފުޅާކުރެވޭޭނެ، އޭރުން 5 މިލިއަންވެސް ހަމަވާނެ
މީހާާ
13 March 2023
އަހަރަކު 20 މިލިއަން ރާއްޖެ އައިމަ ތިމާވެށި ހަލާކުވާލެއް އަވަސްވާނެ. ތައިލެންޑްގެ މަޝްހޫރު ބައެއް ބީޗް ފަތުރުވެރިން އެރިލެއް ގިނަވެގެން ކަނޑުގެ ދިރުންތައް ހަލާކުވެގެން ބަންދުކޮށްފަ އޮތް ދިގު މުއްދަތަކަށް.
ސޭކުބެ
13 March 2023
8 މިލިޔަންވެސް ގެނެވިދާނެ. އެކަމަކު އޭރުން މިހާރު ހުރި ބެޑް ކެޕޭސިޓީ 6 ގުނަ އިތުރުކުރަން ޖެހޭނެ. ތިމާއަށް ވާނުވާ ނޭގުނަސް ފާޑުކިޔާތި!
ދުނގެތި
13 March 2023
ރާއްޖޭގެ ޓޫރިޒަމަކީ ސަރުކާރަށް ދޭންވާ ޓެކްސް އޮޅުވާލަން ރެޒޯޓްތަކަށް ވަންނަ އާމްދަނީއާ އޮޑިޓިން ސަރުކާރަށާ ދިވެހިންނަށް ސިއްރުކުރަން ވެގެން އެކައުންޓިން އަށާ ސީނިޔާ މެނޭޖްމަންޓަށް ސިލޯނާ އިންޑިޔާ މީހުން ލައިގެން ހިންގާ ބިދޭސީ ނޭއްގާނީ ޓޫރިޒަމެއް. އެހެންނޫންނަމަ ދައުލަތުގެ އާމްދަނީ އިތުރުވާނީ އެކަންޏެއްނޫން. އައިލެންޑް ޓޫރިޒަމްގެ އެކްސްޕާޓުންނާ އިންވެސްޓަރުން ވެސް މިގައުމުގައި ތިބީސް. މީ މިރާއްޖޭގައި ދިވެހިއަސްލުން އުފަންވެ ފުޅާވީ އިންޑަސްޓްރީއެއ
ނިޒާރު ދިއްދޫ
13 March 2023
މީވިސްނަށްޖެހޭ ހައްލުހޯއްދަންޖެހޭ ބޮޑު މައްސަލައެއް ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ލަންކާމީހުން ގެސްޓުންކައިރީގައި ލަންކާގެ މޮޅުވާހަކައާއި ރާއްޖޭގެ ކަޑަވާހަކަދައްކާކަމީ ރިސޯރޓުދާއިރާގައި އުޅޭ ގިނަ ދިވެހިން ދަންނަކަމެއް މިކަންކަން މެނޭޖުމަންޓާހަމައަށް ގެންދިޔައަސް ވާކަމެއް ހަރާމް. މިހާރު މިފެނިގެންދަނީ ހަސަދަ އޮތްވަރު ވީމާ ޕޮލިސީ ލެވަލުގަ މިކަމާ އެބަޖެހޭ ވިސްނަށް ނޫންނަމަ ރަންބިސްއަޅާ ކުކުޅު ބަޔަކު ކަތިލާފާނެ.