ސިނަމާލެ ބްރިޖުގައި މިއަދު ހަވީރު އެކްސިޑެންޓު ވުމުން ވެހިކަލްތައް ތޮއްޖެހިފައި.-- ފޮޓޯ: ޝަފްރާޒް
15 މާޗް 2023 - 20:52
ފުލުހުންގެ ކާރެއްގައި ޖެހުނު ސައިކަލެއް މަޑުނުކޮށް ދުއްވާފައި ދަނިކޮށް އެމްޓީސީސީގެ ބަހުގައި ޖެހި ސިނަމާލެ ބްރިޖުގައި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ސައިކަލު ދުއްވާފައި ދިޔައީ ފުލުހުންގެ ކާރުގެ ފަހަތުން ކަމަށެވެ. އެގޮތަށް ދަނިކޮށް، އެ ކާރުގައި ޖެހުމުން މަޑުކުރަން އެންގުމުން ވެސް ސައިކަލު މަޑުނުކޮށް ދަނިކޮށް އެމްޓީސީސީގެ ބަހެއްގައި ޖެހި 6:30 ހާއިރު އެކްސިޑެންޓު ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވާފައިވަނީ 18 އަހަރުން ދަށުގެ ކުއްޖެކެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އެކަމަކު ބަހާއި ސައިކަލު އަދި ކާރަށް އެކި ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއްޖާ
16 March 2023
އެކުއްޖާ އަށް ސައިކަލް ދިން މީހާ އަށްވެސް އިނާޔަތެއް ދޭންވާނެ.
ތުއްތު
16 March 2023
ކުޑަކުއްޖެއް ފަހާ ދުއްވާކައް ނުވާނެ އެނޫން ކޮންމެވެސް އެހެން ގޮތެއް ހޯދަނަ ޖެހޭ..
ޔޫރީޕްވަޓްޔޫސޯ
16 March 2023
މިކަހަލަ ކަންކަމުން ފެށިގެން ބޮޑެތި ކުއްތަކަށް އަރައިގަތުމުގައިވެސް ކުޑަކުދިން ޝާމިލުވާ މިންވަރު އިތުރުވާކަމީ، ކުޑަކުދިންނަށް ދޭންވާ ރައްކާތެރކަން ނުދެވުން، ރަނގަޅު ތަރުބިއްޔަތެއް ނުދެވުން، ގޭތެރެއާއި ސްކޫލް މާޙައުލުންނާ ބޭރުތެރެއިންވެސް، ނޭދެވޭ ކަންކަމަށް ކުދިން ހުށަހެޅޭ ބައިވަރު ސަބަބު ހުރިކަން، ރަނގަޅު ރޯލްމޮޑެލުންނަށް މަޖްލީހު މެންބަރުންނާ މައިންބަފައިންނާ މުދައްރިސުން ނުވާކަން. މުޅި މުޖްތަމަޢުގެ އިހުމާލު މިކަމުގައި އެބައޮތް
ސެކިއުލަރ ތަރުބިއްޔަތު
16 March 2023
ތައުލީމު މިއަދު ދެވެނީ މުއަސަދިންނަށް ޚިދުމަތް ކުރަން އަޅުންގެ ގޮތުގައި ދީނެއް އުޑެއް ބުޑެއް ނޭނގޭ ދެން ވާނީ މިފަދަ ގޮތްތައް
އައިސިސް ތަރުބިއްޔަތު
16 March 2023
ކަލޭ އަމިއްލަ ދަރިން ތަރުބިއްޔަތު ނުކޮށް ޓީޗަރުންގެ ބޮލަށް ކަނޑާލައިގެން އުޅުނަސް ކަލޭގެ ޒިންމާއިން ނުރެކެވޭނެ ދުވަހެއް ވާކަން ހަނދާންކޮށްބަލަ!
ޢާދު
16 March 2023
18 އަހަރުން ދައް ވީމަ ގޭންގެއް ޑުރަގު ވައްކަން މީހުންމެރުން ހުރިހާކަމަކުން ސަލާމަތްވާނެ
ޢިހުމާލ
16 March 2023
ތިކަން ރަނގަޅަށްބަލާ ޢަދުލްއިންޞާފުން ޙުކުމްކުރޭ
ޖުއްބާ
16 March 2023
އޭ ކީކޭ ކީކޭ؟؟؟! 18 އަހަރޭ؟؟؟! ނާހަމަ ތެދެއް؟؟؟ ރާއްޖޭގަ 18 އަހަރާއި 18 އަހަރުން ދަށުގެ ކުދިންނައް ހާއްސަ އިމްތިޔާޒުތަކެއް އޮވޭޔޭ ކިޔާއަޑު ތުންތުން މަތިން އިވޭ.
މަ 18 ނުވަނީސް
16 March 2023
އަހަރެންގެ ބައްޕަގެ ސައިކަލު ތަޅުދަނޑި ބައްޕަ ނިދާފަ އޮއްވާ ނަގައިގެން އަހަރެންގެ އުމުރުން 16 އަހަރުގައި އަހަރެން ދުއްވާފަގޮސް އެންމެ ފުރަތަމަ ގޮސް އުރުނީ ޕޮލިސް ވެހިކަލަކައް . އޭރު ޖޫރިމަނާ ކުރާނީ ކޯޓުން އަހަރެންގެ މައިން ބަގގައިންނައް ހުކުމް ކުރީ އެއްމަސް ދުވަސްތެރޭ 1000 ރުފިޔާ ދެއްކުމައް .
އެމްސް
16 March 2023
ތިއޮތް އަންނަ ތަޙުޤީގެއް!
ޔެމްސް
16 March 2023
އަތުންފައިން މަސައްކަތެއް ނުކޮށް އަބަދު ނޫސްތަކުގަ ކޮމެންޓުކުރަން ވަގުތު ހޭދަކުރާތީ އެއްވެސް ތަހުގީގަކާ ނުލާ ކަލޭ ޖަލަށް ހުކުން ކުރަންވީ!
މޮހޮނު
15 March 2023
"އެކްސިޑެންޓުވި ސައިކަލު ދުއްވާފައިވަނީ 18 އަހަރުން ދަށުގެ ކުއްޖެކެވެ." މިއޮތީ ބަލަންޖެހޭ ކަންކަން ބެލުން ނިމިފަ، ދެން އިތުރަށް ބަލާނެ ކަމެއް ކުރާނެ ތަހުގީގެއް ނޯއްނާނެ. ބަލާ ބައެއް ނޫނީ އިސްލާހް ކުރަން އުޅޭ ބައެއްގެ ދުވަސް ދާނީ...