ގދ.ފަރެސްމާތޮޑާ އެއާޕޯޓު ހުޅުމަށްފަހު ހަވާ އަރުވަނީ. އެ އެއާޕޯޓަށް 300 މިލިއަން ރުފިޔާ ހޭދަވި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މާޗް 2023 - 22:54
ގދ. ފަރެސްމާތޮޑާ އެއާޕޯޓާ އެކު، ގއ. އާއި ގދ. ގެ އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށަކުން އެއާޕޯޓަށް ދާން ނަގާ ވަގުތު ސަރުކާރުން ކަނޑައެޅި މިންގަނޑަށް ފެއްތިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކޮންމެ ރަށަކުން ވެސް ވިއްސަކަށް މިނިޓްގެ ތެރޭގައި އެއާޕޯޓަކަށް ދެވޭނެ ގޮތް ހުވަދު އަތޮޅުގައި ފަހިވި އިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި ހަދާ އިތުރު ހަތަރު އެއާޕޯޓުގެ ސަބަބުން އެހެން އަތޮޅުތަކުގެ ރަށްތަކުގެ މީހުންނަށް ވެސް ސަރުކާރުން ވައުދުވި މިންގަނޑުގައި އެއާޕޯޓަށް ދަތުރު ކުރެވޭނެ ކަމަށެވެ.
"އެތެރޭގެ ދަތުރުފަތުރުގައި ރައްޔިތުންނަށް ކައިރި ކޮށްދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ މިންގަނޑެއް އެބައޮތް. އެއީ ކޮންމެ ރަށަކުން ފުރައިގެން ގިނަވެގެން 20، 30 މިނިޓުން ދެވޭ ހިސާބުގައި ވައިގެ ބަނދަރެއް އޮތުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާ އެއާޕޯޓާ އެކު، ފަރެސްމާތޮޑާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ލިބޭނެ ގޮތްތައް ފަހިވި ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެއާއެކު އާ ގެސްޓް ހައުސްތަކާއި ރެސްޓޯރެންޓް ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު މިހާރު ވަނީ ފަރެސްމާތޮޑާ އަށް ލިބިފަ އެވެ. ދެން އެންމެ އަވަހަށް ފުޅާ ވާނީ ޓެކްސީގެ ހިދުމަތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ގެސްޓް ހައުސް ވިޔަފާރި އަށް ވަނުމުގެ އުންމީދުގައި މި ސަރަހައްދުގައި ތިބި ބޭފުޅުންނަށް މިހާރު މި އޮތީ ރަނގަޅު ފުރުސަތެއް ފަހިވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަރެސްމާތޮޑާ އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުއްވައި ދެއްވާއިރު، އަރިހުގައި އެ ރަށަށް އުފަން ޕްލޭނިން މިނިސްޓަރު އަސްލަމް.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް ވިދާޅުވީ، އެ ރަށުގެ އެއާޕޯޓުގެ އިތުރުން ކޯޒްވޭ ހެދުމުން، އެއާޕޯޓަށް ދިއުމަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ.
ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ހޭދަކޮށްގެން ސަރުކާރުން ހެދި އެ އެއާޕޯޓުގެ ސަބަބުން، ފަރެސްމާތޮޑާގެ އިތުރުން ވާދު އާއި ފިޔޯރި އާއި ރަތަފަންދޫގެ މީހުންނަށް ކުޑަ ވަގުތުކޮޅެއްގައި އެއާޕޯޓަށް ދެވޭނެ އެވެ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވީ، ގަޑިއަކު 150 މީހުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެ އެއާޕޯޓުގައި ވަނީ ރޭގަނޑު ވެސް މަތިންދާބޯޓުތަކަށް ޖެއްސޭ ގޮތަށް ލައިޓް ހަރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވައިދީބު ކުއްޖާ
16 March 2023
މީގެ 200 އަހަރުގެ ކުރިއަށް ޖެހިލާއިރު ހުވަދު އަތޮޅަކީ ރާއްޖޭގެ އެއްވަނަ. ރަސްގެފާނު ހައްޖުން ވަޑައިގަތީމަ މާލޭމީހުން އެމަނިކުފާނު ގެންގޮސް ކަނޑުފެއްތީ. ރަސްގެފާނުގެ ދަރިފުޅާއި ދެން ވެސް ތިބި އާއިލާ މީހުން ވަޑައިގެން ދިރިއުޅުއްވީ ހުވަދޫ، ފޯއްމުލަށް އަދި އައްޑޫގައި. މިހާރުވެސް މިރާއްޖޭގައި ނަގާކިޔަނީ އެބޭފުޅާގެ ކާފަދަރިން. ދެނެއް ހުވަދޫ ބާކީކޮށްފައި ނުބޭއްވޭނެ. މޭބޮޑު ނުވާތި. ވ. ސަލާމް
ކަމަނަގެ
16 March 2023
ޝުކުރިއްޔާ ރާއީސް ޔާމީން. ޝުކުރިއްޔާ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް. ރޭގެ ޖަލްސާއަށް މަނިކުފާނު ވަޑައިގެންނެވިނަމަ ވަރަށް އުފާވީސް.
ޕަރކެޕިޓާ
16 March 2023
ޕަރކެޕިޓާ އެންމެ އެއަރޕޯޓު ގިނަ ގައުމުތަކުގެ ތެރޭ ރާއްޖެ ހިމެނޭނެ.
ރާއްޖެ
16 March 2023
ޓިކެޓް އަގު ވީ ބޮޑު. ޑޮމެސްޓިކް އެއަރޕޯޓްތައް މިހިންގަނީ ގެއްލުމުގަ. ދެން ކާކަށް ފައިދާ ވާ ވާހަކަތޯ ތި ކިޔަނީ؟
އައްޑޫ123
16 March 2023
ޕީޕީއެމްމަ މަގޭ ވޯޓް.
ޢެމެރިކާ
16 March 2023
ރައިސް ޔާމިންގެ ދައުރުގަ ހަދަމުން ދިޔަ ތަނެއްތީ.
ޤަމަރު
16 March 2023
މިރާއްޖޭގެ ދަތުރުތަކުގެ އަގުބޮޑުކަމުން ތީގެން މާބޮޑު މަންފާއެއް ލިބޭނެކަމަކަށް ލަފައެއް ނުކުރެވެއެވެ.
އޮނަރަބްލް އަފީފު ދީދީ
16 March 2023
އިތުރު ޑޮމެސްޓިކް އެއަރޕޯޓް އެޅުމުގެބަދަލުގައި ކ.އަތޮޅު މާލެފިޔަވާ ބޭރުގެ ޤައުމީ އެއަރލައިނަކުން ޝެޑިއުލްދަތުރު (ޓްވައިސް އަ ވީކް) އޮންނަ ހަމައެކަނިއެއަރޕޯޓް ގޭންއިންޓަރނޭޝަނަލް އެއަރޕޯޓަށް ތިމަރަފުށި، ކައްދޫ، ކޫއްޑޫ، ކާޑެއްދޫ، މާވަރުލު އަދި ފުވައްމުލަކުން ކަނެކްޓިވިޓީ (ހަފުތާއަކު 2 ދުވަހު ނަމަވެސް) ދީގެންނޫނީ ދައުލަތަށް ބުރައަކަށްނުވާގޮތަށް، ވައިބަލްކޮށް ތިތަންތަން ހިންގުމަކީ ދަތިކަމަކަށްވެ އަދި މޯލްޑިވިއަން އަށް ތިކަމުގެބުރަ އުފުލާންޖެހިދާނެ.
އެހެންދޯ ތިކިޔަނީ
16 March 2023
އުހޫނ. ރާއްޖޭގަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގަ އެއާޕޯޓް އެޅުމުގެ ތަސައްވުރަށް ކިހިނެތް ވާނީ އޭރުން؟ ކަނޑުކޮސް ވާހަކަ ނުދައްކަބަލަ. އައްޑޫ ހިތަދޫއާ މަރަދޫ ހުޅުމީދޫ އަދި ފޭދޫގަވެސް އެއާޕޯޓް އެޅުމުގެ ވިސްނުމެއް އެބައޮތޭ. އޭރަށް އަފީފުދީދީ ދުބާއީން ދާގޮތަށް ގޮސް ފްލައިޓް މަޑުކޮށްލާނީ ގޭ ދޮރުމައްޗަށް. މިކަމާ އުފާކޮށްބަލަ.
އަންނަނީ
16 March 2023
ޢަންނަނީ އަންނަނީ އަންނަނީ މާލެ ސަރަހައްދުން ގޯތި ދޭން ގިރާވަރު ކަނޑުން ދެޔޯ އެއް އަރައިގެން އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ
ނަން ނުކިޔާ
16 March 2023
ޓިކެޓްގެ އަގު ބޮޑު ވާހަކަވެސް ޖަހާލިނަމަ. ގައްދޫ ކައިރީ އޮންނަ އެއާޕޯޓުން ދެވޭ ފަނަރަސްތޭކާގެ އަގުގަ. ޢެކަމް ފަރެސްމާތޮޑާ ކައިރި އޮންނަ އެއާޕޯޓަށް ސޯޅަސްތޭކާގެ އަގުގަ. މީކޮންކަހަލަ އިންސާފެެއް.
1828
16 March 2023
ބޭ-އިންސާފް