މަސްތުވާއެއްޗެހިތަކެއް ނައްތާލަން ތައްޔާރުވަނީ: ވަންވޭއާ ދެކޮޅަށް ދުއްވާފައި ދިޔަ ބަޔަކު ހުއްޓުވިއިރު މަސްތުވާތަކެތި ވަނީ ފެނިފައި --- ފޮޓޯ/މިހާރު
18 މާޗް 2023 - 19:37
ވަންވޭއާ ދެކޮޅަށް ސައިކަލު ދުއްވި ބަޔަކު ހުއްޓުވިއިރު ޑްރަގް ފެނިއްޖެ އެވެ.
މިދިޔަ ހަފުތާގައި މާލެއިން މީހަކު ހައްޔަރުކުރީ އޭނާ އާއި އިތުރު މީހަކު ސައިކަލުގައި ވަންވޭއާ ދެކޮޅަށް ދުއްވަނިކޮށެވެ. ފުލުހުން އެ މީހުން ހުއްޓުވުމުން އޭގެ ތެރެއިން އެކަކު ވަނީ ފިލައިފަ އެވެ. އަދި އެކަކު އެއްލާލި ކޮތަޅެއްގެ ތެރެއިން ޑްރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި ގިނަ އަދަދެއްގެ ކުދި ޕެކެޓްތަކެއް ފެނުނެވެ.
ސައިކަލުގެ މަޑިދަށުން ކަށްޓާއަކާއި މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ޒާތުގެ ކުދި ޕެކެޓްތަކެއް ވެސް ފެނުނެވެ.
އަތުލައިގަނެވުނު މީހާއަކީ ޑްރަގް މައްސަލަތަކުގައި ގިނަ ރެކޯޑްތަކެއް އޮތް މީހެކެވެ.
އޭނާގެ ބަންދަށް 15 ދުވަސް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރި
20 March 2023
ޑްރަގުވެސް އެެއްކޮޅަށް ދުއްވޭ މަގުގެ އިދިކޮޅަށް ދުއްވަނީ ތާއެވެ؟
ޑުރަގެޭެ
26 April 2024
ޑުރަގު ދިޔަައީ ވަރައް ބާރައް ދުވެފަ
ލުތުފީ
20 March 2023
ދެން އަވަހަށް ދޫކޮށްލާ
މުހައްމަދު..
20 March 2023
މިހާރު ދަނބުރުއް މަގާއި އަނޯނާ ގޯޅިއާއި ރައްދެބައިމަގުގައި މިއެބުރެނީ ކޮންތާކުން އައިސްގެން އުޅޭ ކޮންކަމެއް ކުރަން އުޅޭބައެއް. ހިސާބުގެ ރައްޔިތުން ކަންބޮޑުވެގެން އުޅޭއިރު ފުލުހުން އަޅާނުލާ. ކޮންމެސް ބޮޑު ގެއްލުމެއް ވީމާ ބަލަން ތިބީ ކަމަށް ވެދާނެ.
މަރުމޯލުރާޖާ
19 March 2023
"އަތުލައިގަނެވުނު މީހާއަކީ ޑްރަގް މައްސަލަތަކުގައި ގިނަ ރެކޯޑްތަކެއް އޮތް މީހެކެވެ." ޔަޢުނީ މޫޅިސިސްޓަމްމިއޮތީ ފެއިލްވެފައެވެ.
ބޭކާރު ކޮތަޅުފުޅު
19 March 2023
ކޮތަޅު އެއްލާލިތަން ވީޑިއޯ ކުރިއަސް ދެން ބުނާނެ ފުލުހުން އެ ނެގީ އެ ކޮތަޅުކަން ސާބިތެއްނުވޭ. އަދިއެ އެއްލާލިއިރު އޭގައި ޑްރަގް ހުރިކަން ކިިހިނެއް އިނގޭނީ
އުނބުށޭމު
19 March 2023
ހުޅުމާލޭގައިވެސް ކުރިން އެކިތަންތާނގައި ރައްކާކޮށްފައި ގުޅާލީމާ އަންނަ މީހަކު އައިސް ނަގައިގެން ދަންދެން ތިބޭތަން ފެނެއެވެ. ނަމަވެސް އެވެރިން އެއްވާ ހިސާބަށް ތަކުރާރުކޮށް ފުލުހުން އަންނަން ފެށީމާ މިހާރު މީހުން ހިނގާއުޅޭ ޕޭމަންޓްމަތިން ފްލެޓްތަކުގެ އެތެރެފަރާތުންވެސް ދުއްވަނީ ހައިވޭތަކުގައި ދުއްވާހާ ބާރަށެވެ. އެއަންނަގޮތަށް އައިސް އެ ބައްދަލުކުރާ މީހަކާ ބައްދަލުވީމާ ހަމަ އެހާބާރަށް ދެއެވެ. ފުލުހުންނަށް އާދެވެނީ ހަދާނެއެއްޗެއް ހަދާނިމޭފަހުންނެވެ.
އަފްރާސިޔާބު
19 March 2023
ކޯޓު އަމުރެއްނެތުމާއި އަދި އޭނާގެ އަތުން ނުވަތަ އޭނާ ގެންގުޅޭ އެއްޗަކުން ފެނިފައިނުވާތީ ކުށް ސާބިތެއްނުވާނެ. ދެން އޭނާ އެއްލާލި އެއްޗެއް ފުލުހުން ނެގިކަމުގައިވިޔަސް އެއްލާލިމީހާ ނޫން އެހެން މީހަކަށް އެއަށް އެކްސެސް ލިބޭނެތީ އޭނާގެ އެއްޗެއް ކަމަށް ސާބިތެއްނުވާނެ.
ޢެހެންޏާފަހެ
19 March 2023
.ވަންވޭ އާއި އިދިކޮޅަށް ދުއްވިކަން ސާބިތު ވިޔަސް ރަގަޅޭ ބުނާނަން. ޢެއީ އެވަރުވެސް ނުވާނެ މިހާރަކު ތިޔަ ތާކުން
ރާއްޖެމީހާއޭ
19 March 2023
ޑްރަގުގެ މައްސަލަތަކުގެ ގިނަ ރެކޯޑް އޮތް މީހެކޭ ފަޚުރުވެރިވެލާފައި ބުނާއިރު، އޭނާ ދޫވެފައި ހުރީ ކީއްވެކަން ބުނެވެންވާނެ.
ހެރީކޯން
19 March 2023
އޭނާ ދޫވެފައި އޮތީ ކޮރަޕްޓް ސިޔާސީ މީހުން ހަދާ ގާނޫންތަކުގެ ސަބަބުން
ޢެޑްމުންޑޯ
19 March 2023
ޢެއީ ޑްރަގުގެ މައްސަލަތަކުގައި ބަންދުގައި ނުބެހެއްޓޭނެތީ ،
އަފްރާސިޔާބު
19 March 2023
އޭނާ ހައްޔަރުކޮށްފައި ބެހެއްޓީމާ އޭނާއަށް އާމްދަނީ ލިބޭނެ އެއްވެސް މަގެއްނެތިފައި އޭނާގެ އާއިލާ ހާލުގައި ޖެހޭނެތީ ދޫކޮށްލަން ޖެހެނީ.
ރަދީފްއޮފިޝަލް
19 March 2023
އެއީ ކަޓް ނެގުމުގެ ނަތީޖާ.ޔަޢުނީ އެކި ލެވެލްގަ ދަށުން ދަމާ ކުޅެވޭތީވެ.އިފް ޔޫ ނޯ ވަޓް އައި މީން.
ޓްރަންޕް އެމެރިކާ
19 March 2023
ދެން އަވަހަށް ގާނޫނެއް ހަދަން އުޅޭ ވަންވޭ އާއި ހިލާފު ވިޔަސް މަޑިދަށް ނުބެލޭ ގޮތަށް. މިގައުމުގެ މަޖިލީސް މެންބަރުން ގައުމު ހަލާކުރީ. އަދި ކޮންމެވެސް މޮޅު ކަނޑުކޮސް ވަކީލަކު ބުނަންވާނެ އޭނާ ވަންވޭ އާއި ހިލާފަށް ދަނިކޮށް ހުއްޓުވީމާ ޖެހިގެން ހުރިގޭ މަތިން އެއްލި ކުނިކޮޅެކޭ،
އަފްރާސިޔާބު
19 March 2023
އެތަންތަނަށް ގޮސް އެވައްތަރުގެ ގާނޫނު ހަދަން އަހަރެމެން ހަވާލުކުރީ އެތަކެތީގެ ވިޔަފާރިކޮށް ވައްކަންކޮށް ޙީލަތްހަދައި މަކަރު ހަދާމީހުންނަށް. ދެނޯ