ޚަބަރު / އީޕީއޭ

ރޯދައާ ދިމާކޮށް މާލޭ މަގުތަކުގައި ކުނި ބެހެއްޓުން ގިނަވާތީ އީޕީއޭގެ ކަންބޮޑުވުން

މާލޭގެ މަގެއް މަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް :ރޯދައާ ދިމާކޮށް މާލޭ މަގުތަކުގައި ކުނި ބެހެއްޓުން ގިނަވާތީ އީޕީއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި އުފެދޭ ކުނި މާލޭގެ މަގުތައް މަތީގައި ބަހައްޓާ މައްސަލަ ބޮޑުވެ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އީޕީއޭގެ ނޫސްބަޔާނެއްގައި ބުނީ މާލޭގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދޭ ކަމަށާއި އެގޮތަށް އުފެދޭ ކުނި މަގުމައްޗަށާއި ދުވާރު މައްޗަށް ނެރެ ބަހައްޓާކަން އެ އެޖެންސީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން މާލޭގެ މަގުތައް ނުސާފުވެ، މަގުތައް ބޭނުންކުރާ މީހުންނަށް އުނދަގޫވާ ކަމަށް އީޕީއޭ އިން ބުނެ އެވެ. އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ވެސް ބޮޑުވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

މާލޭގެ މަގެއް މަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް :ރޯދައާ ދިމާކޮށް މާލޭ މަގުތަކުގައި ކުނި ބެހެއްޓުން ގިނަވާތީ އީޕީއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ތަންތަނަށް ކުނިބުނި ނޭޅުމަށް އީޕީއޭއިން އިލްތިމާސްކުރި އެވެ.

"... ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބާގައި ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ގުޅުއްވައިގެން ހަމަޖެއްސެވުމަށް ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

އީޕީއޭގެ ހުއްދަ ނެތި އެއްވެސް ތަނަކަށް ކުނި އެޅުމާއި އުކުމަކީ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މަނާކަމެކެވެ.

15 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޝާ 224

20 March 2023

އަސްލުވެސް ވަރަށް ދެރަ. ގޭތެރެއަށް އާ ފަރުނީޗަރު ލެވެނިކޮށް ނިމުނީ... ބޭރަށް ނިކުމެފަ ހިނގަން އޮންނަތަން ކުނި ގޮނޑަކަށްވިޔަސް.... ވަރަށް ޒިންމާ ނުނަގަން އުޅޭ ބައެއް އަހަރެމެންގެ ތެރޭގަ އުޅެނީ... ތިމާ އުޅޭ ގޭތެރެ ރީތިވީމަ ނިމުނީ

The name is already taken The name is available. Register?

ބަބޫ

20 March 2023

މަގޭ ހިތައްއަރާ ގޭގޭގެ ތިރިން ކުނި ނަގަން ފެށިމަ ހިޔާ ފްލެޓް ތަކުގައި އުޅޭމީހުން ޖެހޭނީ ތިރީގެ ސީދާ ވެމްކޯ ކަލެކްޝަން ސެންޓަރަށް ކުނިގެންދަންދޯ. އެކަމަކު އެމީހުންގެ ކަރަންޓު ބިލު ތެރެޔަށް ލާފައި އެލާރިކޮޅު އެބަ ފެލާލާ. ދުވަސްކޮޅަކުން ގެތަކުން ކުނި ތިރިޔަށް ނެރެންފެށިމަ ވާނެގިތަކާމެދު ވިސްނާލާ. އަހަރެން ބަހައްޓާނީ މަގުމެދުގަ. ގެއިން ބޭރަކީ މަގަށް ވަންޔާ މީހުން ހިގަން އޮންނަ ދުވާރު އޮންނާނީ ކުނިން ފުރިފަތާދޯ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

19 March 2023

މަގުމަތީގައި ކުނި ބަހައްޓައިގެން ޖޫރިމަނާ ކުރާނަމަ ކުރަންވާނީ ވެމްކޯ! މިދިޔަ ހަފްތާގައި ނިކަން ފާޅުކަން ބޮޑުގޮތެއްގައި ވެމްކޯ އިންބުނީ ގޭގެއިން ބާލާ ކުނި ޖެހޭނީ ތިރިއަށް ބާލަން ކަމަށް! މިހެން ބުނާއިރު ގިނަ ގޭގެ ސިޑި ކައިރީގައި ދެފޫޓްވެސް ހަމަނުވޭ! ދެން ކުނި ބޭރަށްނެރި އެބަހައްޓަނީ!ސީސީޓީ ކެމެރާ ހަރުކޮއްފައި ކާޑުން ހުޅުވޭ ޑަސްބިން ވެމްކޯއިން ބަހައްޓަންވީނު!

The name is already taken The name is available. Register?

ނެތޭ

19 March 2023

މާލޭ މަގުތަކުގަ އެއްވެސް ޑަސްބިނެއް ނެތީމަ ކުނި ބަހައްޓާނީ އެމީހަކު ޖެހުނު ދިމާއެއްގަ ނޫންބާ. ޑަސްބިން ބެހެއްޓިއަސް އެއަށް ކުނި އަޅަން ދަސްކުރަން ނަގާނެ އަހަރެއްވަރު.

The name is already taken The name is available. Register?

އެމްސް

19 March 2023

މަގުމަތީގަ އެންމެ ގިނައީ ބިދޭސީންނާއި ބުޅާތައް! ކަންބޮޑެއް ނުވޭބާ؟

The name is already taken The name is available. Register?

ހުސައިން 803

19 March 2023

ވެރިކަންކުރާ ރަށަކީ އެންމެ ރީތިކޮށް އެންމެ ސާފްކޮށް އޮންނަންޖެހޭ އެއްތަނެވެ. މިއަދު މިފެންނަނީ މާލޭގެ މަގުތަކީ ކުނިއުކާލާތަނެއްގެ ގޮތުގައެވެ. ހުރިހާކަމެއް ބޮއްސުންލައިގެން ދިޔަދީގެން ނުވާނެއެވެ. ދެމީހަކު އެއްވެލާއިރަށް ސީލްޑާއެކު ރައިޓް ޕޮލިސް ނުކުމެ އެބަހުއްޓުވައެވެ. ކުނިވެފަ ހުންނަ ބަތާއި ރިހަކޮތަޅުތައް މަގުމައްޗަށް އުކާލާފަ ދާއިރު އެކަން ހުއްޓުވޭނެ އެއްވެސްބަޔަކު ނެތެވެ. މިހާރުން މިހާރަށް ގެއިން ބޭރަށް ކުނި ނެރުން މަނާކުރަންޖެހެއެވެ.

The name is already taken The name is available. Register?

އެމްސް

19 March 2023

ކޮންމެ ގެއަކުން ކުނިބަލާ އަންނަންދެން އިސްތިޤްބާލުގަ ހުންނާނެ މީހަކަށް ވެމްކޯއިން މުސާރައެއް ކަނޑައެޅެންވީ!

The name is already taken The name is available. Register?

ދޮންކަބިލި

19 March 2023

މިޤައުމުގައި ހުންނަނީ ތަންފީޒު ނުކުރެވޭ ޤާނޫނުތަށް. އެމީހަކާއެމީހެއް.

The name is already taken The name is available. Register?

އެމްސް

19 March 2023

ހެދެންވީ ތަންފީޒުކުރެވޭވަރުގެ ޤާނޫނު! ޢިމާރާތްކުރުމުގަ އަދިވެސް ކޮންކްރީޓްކުރަނީ އިމުންފެށިގެން! ކުނިބެހެއްޓޭނެ ގޮތެއް ނެތް، އެހެންޤައުމުތަކުގަ ހުންނަހެން ޑަސްބިން ބެހެއްޓެނީ އާރޓިފިޝަލްގަ އާއި ޖުމްހޫރީމައިދާނުގަ! މައްޗަށް ނަގާވަރަކަށް މަގުމައްޗަށް އިމުން ބޭރަށްވެސް ޢިމާރާތް ކުރަނީ/ނެރެނީ، އޭގެ އިތުރުން މީހުންގެބޮލަށް ފެން ފައިބާގޮތަށް އެއަށްވުރެ ބޭރަށް އެއާކޮންޑިޝަންގެ ބޭރު ޔުނިޓްވެސް ހަރުކުރަނީ! ބެލްކަނީތައް މަގުމައްޗަށް ނެރުމުގެ ނުރައްކާ ބޮޑު!

The name is already taken The name is available. Register?

އަލީ!

19 March 2023

ރޯދައާދިމާނުވިޔަސް ތިއީ މިހާރު މާލޭގައި އާންމުކަމެއް. ބަލާނެ މުއައްސާސާއެއް ނޯނަންޏާވާނީއެހެހެން.

The name is already taken The name is available. Register?

ޕޯލް

19 March 2023

އީޕީއޭ ކޮބާހޭ އިނޑިޔާ ކުންފުނިން ވިލިނގިލި ފަރަށް ދިން ގެއްލުމުގެ ބަދަލު...

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

19 March 2023

ރޯދައަށް އެހެރަ ވޯމްއަޕްކުރަނީ. ރޯދައަޔަކަސް ނުޖެހޭ ގޮތްކުޑަވާކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454