ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: މ. އަތޮޅުގެ ތިން ރަށަކަށް އެމަނިކުފާނު މާދަމާ ވަޑައިގަންނަވާނެ. --ފޮޓޯ: ރައީސް އޮފީސް
22 ޖެނުއަރީ 2017 - 09:59
މ. އަތޮޅުގެ ބައެއް ރަށްތަކުގައި ސަރުކާރުން ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތަށް ރައީސް އަބްދުﷲ ޔާމީން މާދަމާ އެ އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.
މ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މާދަމާ މެންދުރު ރައީސް ފުރަތަމަ ވަޑައިގަންނަވާނީ އެ އަަތޮޅު މުލަކަށެވެ.
މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ތަމްސީލް ކުރެއްވި ދާއިރާ އަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މި ދަތުރުފުޅުގައި އެ ރަށުގައި ގާއިމްކޮށްފައިވާ ސާފު ބޯފެނުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާނެ އެވެ.
އޭގެ ފަހުން ދިއްގަރަށް ވަޑައިގެން އެ ރަށުގެ ވެސް ބޯފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވައި ނާލާފުއްޓަށް ވަޑައިގެން އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތައް ފެއްޓެވުމަށް ނުވަތަ ނިމުން ފާހަގަކުރައްވަން ރައީސް ޔާމީން ވަނީ މިދިޔަ އަހަރު ފަހުކޮޅު ވެސް ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު
22 January 2017
ރައްޔިތުންނަށް ކޮށްދިން އެންމެ ބޮޑުކަމަކީ ކާދުގެ ބާވަތްތައް ނުއަގުގައި ވިއްކަނިކޮށް ހަމައަގުގައި ވިއްކުން..ބިލްތައް ބޮޑު ކުރުން.
ޗައްޕަޑު
22 January 2017
ބޮޑު ތިލަދުންމަތި ސަލާންބުނި
ހަސަން
22 January 2017
ތިޔަކުރއްވާ މަސައްކަތްޕުލަށް ހަމަސާބަސް ތިޔައީ ރައީސޭ މިގައުމު ފަޚުރުވެރިވާ
ޔަމާން
22 January 2017
ރައީސް ޔާމީން ވަރެއް ހަމަނެތް. ޝުކުރިއްޔާ ރައީސް ޔާމީން ޤައުމު ކުރިއަށް ގެންދެވޭނީ މަނިކުފާނަށް.
ފްލޯލެސް
22 January 2017
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މީމު އަތޮޅަށް ދަތުރުފުޅުއް ކުރެއްވުން އެއީ ވޯޓް އާއި ގުޅިގެން ކުރައްވާ ދަތުރު ފުޅު ތަކެއް ނޫނެވެ. އެއީ ރައްޔިތުންނަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލާ މީމު އަތޮޅު ވެސް ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށްލުމަށް ޓަކައި ބޭނުންވަނީ ކޮން ކޮން ކަންކަމެއްތޯ ބެލުމަށް ކުރައްވާ ދަތުރު ފުޅެކެވެ. ދެން ކޮބާތޯ މައްސަލަ އަކީ. އޭގައި ނެތެއް ނޫން ތޯ މައްސަލަ އެއް. ރައީސް ހަމަ ލާރޖް ކޮށް މީމު އަތޮޅަށް ދަތުރު ފުޅު ތައް ކުރައްވާ ލާރޖް ކޮށް އެއަތޮޅުގައި އެއާރޕޯރޓް އަޅަން އެމްޓީސީސީ އާއި ހަވާލު ކުރުމުން މީމު އަތޮޅު ހުންނާނީ ލާރޖް ކޮށް ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެފައި ދޯ. އެމޭޒިން ދޯ. ލައްބަ ވަރަށް ފްލޯލެސް އިނގޭތޯ.
ކޮލަމާފުށި
22 January 2017
މުސުމް ލައިގަންނަނީ..ވަޒީރުން ވަފުދުތަކަށް ބަދަލުވެ ހާދަ ހަރަކާތްތެރިވާން ފަށައިފިޔޭ މިދުވަސްކޮޅު... ކީކޭބާ މިފަހަރުގޮސް ކިޔާނީ
ޏ.އަލްގެދަރ އާންތު ޝަރީފު
22 January 2017
މ.އަތޮޅު އެއްކޮށް ބިޑަކާނު ވިއްކާ ފަ ހުޅުމާލެއަށް ރައްޔަތުން ބަދަލު ކުރުމު ގެ ހުވަފެން ދައްކާން
666
22 January 2017
ވޯޓު ކައިރި އެބަވޭތ؟ ވަފުދުތަކާއި ވަޒީރުންނާއި އެފެންވަރުގެ މީހުންނާއި މެޑަމްއާއި ރައީސްއާއި އެންމެން ތިޔާގިވަނީ. ރައްޔިތުން ގުނބޯހެދިފަ އައްޖަހަން
ބޮނޑިދޫނި
22 January 2017
ރައީސް ނަޝީދު ވިދާޅުވަނީ އެއްކެންޑިޑޭޓު ނެރޭވާހަކަ ޢެއަޑާ އެކު ބިރުން ފިއްކަނޑައިގެން ގޮސް މިޖެހުނީ އަވަސް އަވަހަށް ހާލިން ނިކުމެ އުޅެން
އަލީ
22 January 2017
ހެހެހެ... އެންމެ ބޯކާލެވޭހެން ހީވާ ދިމާލައް މަޅިފަތި ޖަހަނީ ދެއްތޯ؟ ވައުދު ވާތި އެއަތޮޅުން ރަންވަޅު ހޯދާދޭނެ ކަމައް. ޢެވެރިން ގަބޫލް ކުރާނެ!