ޚަބަރު / މަޖިލިސް 241 ކޮމެޓީ

"ރައީސް ހަވަރަށް ދީފި" 15 މިނެޓަށް ފަހު މޮޓޯކޭޑް އަނބުރާލާފައި ދާން ޖެހުމަކީ މައްސަލައެއް!

ރައީސްގެ މޮޓޯކޭޑް ރޭ ހުއްޓުވާފައި: މި މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އަންނަނީ ބަލަމުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ރޭ ހުއްޓުވައި 15 މިނެޓް މަގު މެދުގައި އޮންނަން ޖެހި، އޭގެ ފަހުން އަނބުރާލާފައި އައިކޮޅަށް ދާން ޖެހުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެއީ ސެކިއުރިޓީ ފޭލްވުން ކަމަށް ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސްގެ ކާރުކޮޅު ރޭ ހުއްޓުވީ ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު ވަޑައިގަންނަވަނިކޮށް ބޮޑުތަކުރުފާނުމަގު، އިދިކޮޅު ޕީޕީއެމް އޮފީސް ކައިރިންނެވެ. އެ މަނިކުފާނު އެ މަގުން ކާރުކޮޅުގައި ވަޑައިގަތްއިރު، އިދިކޮޅު މުޒާހަރާގެ ބައެއް ބައިވެރިން މަޑުކޮށްގެން ތިއްބެވެ.

މޮޓޯކޭޑް އަރާ ހަމަވުމާ އެކު ދިދަ ހިފައިގެން ތިބި މީހުން ވެސް ކައިރިވެ، ހަޅޭއްލަވައި ހެދި ތަން އާއްމުވެފައިވާ ވީޑިއޯ އިން ފެނެ އެވެ.

އެ މައްސަލާގައި ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ސެކިއުރިޓީ އަރުވަން ޖެހޭ ރައީސްގެ މޮޓޯކޭޑް ހުއްޓުވައި މުޒާހަރާކުރި ސަރަހައްދުގައި 15 މިނެޓް މަޑުކޮށްގެން އޮންނަން ޖެހުމަކީ ނުރައްކާތެރި ކަމަށެވެ. އެއީ، ސެކިއުރިޓީ ބަލިކަށިވެފައި އޮތް ވަރު އަންގައިދޭ ވަރަށް ވަރުގަދަ ހެއްކެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ގިނަ މެމްބަރުން ވިދާޅުވީ ރައީސްގެ ސެކިއުރިޓީ ބްރީޗްވީ ސަލާމަތީ ހިދުމަތްތަކުގެ އިހުމާލުން ކަމަށެވެ. އެ ކަމުގައި ޒިންމާވާން ޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޮޑީގާޑަކަށް ވެސް އުޅުއްވި އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ބަލަން ޖެހޭ ދެ މައްސަލައެއް އެބައޮތް ކަަަމަށާއި އެއް ކަމަކީ މޮޓޯކޭޑް ދަތުރުކުރަން މަގުތައް ކްލިއާތޯ ސަލާމަތީ ހިދުމަތްތަކުން ޗެކްކުރިތޯ ބެލުން ކަމަށެވެ. އަނެއް ކަމަކީ ގަސްދުގައި ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅީތޯ ބެލުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވަނިކޮށް ކުރިމައްޗަށް އަރައި މޮޓޯކޭޑެއް ނުހުއްޓުވޭނެ. މަގު ފުރެންދެން މީހުން އޮވެއްޖިއްޔާ އެއީ އަދި އެހެން ސިނާރިއޯއެއް. އެހެންވީމާ ގަސްދުގައި ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވަފައި ނަމަ އެ ބައެއްގެ މައްސަލަ ވެސް ބެލެން ޖެހޭނެ. އަދި އެމްއެންޑީއެފުން ކީއްވެތޯ އައިސް އެ ސަރަހައްދަށް ވަނީ،" މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވި އެވެ.

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މެމްބަރުން ވާހަކަ ދައްކަވަނީ: އިންސިޑެންޓް ރިޕޯޓް ހޯދައި ރައީސްގެ މޮޓޯކޭޑަށް ހުއްޓުވި މައްސަލަ ބަލަން ކޮމިޓީން ވަނީ ނިންމާފައި.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުން ރޭ އޮތީ "ކުރާނެ ކަމެއް ކުރަން ރައީސުލްޖުމްހޫރިއްޔާ ހަވަރަށް ދީފައި" ކަމަށެވެ. ސަލާމަތީ ކަންކަން މިހާ ދަށުދަރަޖަ އަށް ވެއްޓުމަކީ ހިނގި ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ކޮންމެވެސް ފަރާތެއްގެ އިހުމާލުވޭ. ފިޔަވަޅު އަޅަންވީމާ ނާޅައި ފަހަތު ފަޔަށް ބުރަވުމަކީ މުސްތަގުބަލަށް އޮތް ނުރައްކަލެއް،" އާޒިމް ވިދާޅުވި އެވެ.

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބްރީޗްވުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ އިހުމާލަކީ ކޮބައިތޯ ބަލައި ހުރަސްއެޅި ސަބަބު ވެސް ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީއަކުން ވިޔަސް އެހެން ފަރާތަކުން ވިޔަސް މިކަހަލަ ކަންކަން ކުރިމަތިކުރުމަކީ ކަންބޮޑުވާ ކަމެކެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ދޭތެރެދޭތެރެ އިން އާއްމުންނަށް އުނދަގޫވާ ގޮތަށް ގެތަކުގެ ކައިރީގައި ވެސް އަަޑުގަދަކުރާ ކަމަށާއި އެކަން އެހެން ވަނީ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަށް އެކަން ނުކުރެވޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ރައީސަކީ އެންމެ މަތީ ސެކިއުރިޓީ އަރުވަންޖެހޭ ބޭފުޅާ އެވެ. އެމަނިކުފާނު ނުރައްކަލަކަށް ވެއްޓޭނެ ހާލަތެއް ކުރިމަތިވިޔަ ނުދިނުމަށް ހުރިހާ މޫވްމަންޓެއް ބެލެހެއްޓުމަކީ އެމްއެންޑީއެފްގެ ޒިންމާއެއް ކަމަށްވާ އިރު އެކަން ރޭ އޮތީ ނުކުރެވި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ބޮމުގެ ހަަމަލާގައި ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލަ 241 ކޮމިޓީން ބަލާ ނިމުނުއިރު ފެނުނީ އެމްއެންޑީއެފްގެ ޒިންމާ އަދާނުކުރެވި އޮތް ތަން ކަމަށް އިލްޔާސް ލަބީބް ވިދާޅުވި އެވެ.

އެ ހަމަލާއާ ގުޅިގެން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އިސްލާހުކުރަން ލަފާދިން ކަންކަމަށް ވެސް އެކަށީގެންވާ ގޮތުގައި އަމަލުނުކުރެވޭ ކަމުގެ ކަންބޮޑުވުން އިލްޔާސް ލަބީބް ފާޅޫކުރެއްވި އެވެ. ރޭ ހިނގައިދިޔަ ފަދަ ހާދިސާތައް ތަކުރާރުވާން މެދުވެރިވާ ސަބަބަކީ އެއީ ކަމަށާއި ލަފާތައް ތަންފީޒުކުރެވެމުން ދިޔަ ނަމަ ރޫޓް ވެސް އޮންނާނީ ބެލިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ކަހަލަ އެއްވެސް ހާލަތެއް ކްރިއޭޓްވާން ދޫކޮށްލައިގެން ނުވާނެ. މި މައްސަލަ ބެލެން ޖެހޭ،" އިލްޔާސް ލަބީބް ވިދާޅުވި އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވި ގޮތުގައި ސެކިއުރިޓީ ފޭލްވުމަކީ ދެރަ ކަމެއް ކަމަށާއި ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ. ރައީސް ދަތުރުކުރައްވަނިކޮށް މަގު ކްލިއާ ނުކުރެވިގެން 15 މިނެޓް މަޑުކުރުމަށް ފަހު އަނބުރާލާފައި ވަޑައިގަންނަވަން ޖެހުމަކީ ވެސް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"އެވަރުގެ ކްރައުޑެއް، ނެތް. ރާއްޖޭގެ ރައްޔިތުން އެއްވެފައި އޮތް ތަނެއް ނޫން އެއީ. އެއްކޮށް ރޫޓް ބަންދުކޮށްފައި އޮންނަ ތަނެއް ނޫން. ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް، މަގު ކްލިއާ ނުކުރެވިގެން 15 މިނެޓް މަޑުކޮށްފައި އަނބުރާލާފައި ވަޑައިގަންނަން ޖެހުމަކީ ސީރިއަސްކޮށް ބަލަން ޖެހޭ ކަމެއް،" ނިޔާޒް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް އެ ހުރިހާ ސެކިއުރިޓީއާ އެކު އެ މަގުން ނުދެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރޭގެ ހާދިސާގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އާދައިގެ ގޮތަކަށް އޮތް ކަމެއް ނުވަތަ މާބޮޑެތި ކަންކަން ނުހިނގާ އޮތް މަގަކުން މޮޓޯކޭޑް އަނބުރާލާފައި ގެންދިއުމަކީ ވެސް ނުބައި އިންޑިކޭޝަނެއް ކަަމަށް ވިދާޅުވި އެވެ.

އެކަމުން ސުވާލު އުފެދެނީ އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ސެކިއުރިޓީއަށް ތައްޔާރުވެފައި އޮތީ ކިހާވަރަށް ކަމާ މެދުގަ އެވެ.

"ރާއްޖޭގައި ގާނޫނުތަކާއި ގަވައިދުތައް ތަންފީޒުކުރަން ޖެހޭއިރު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތް މަގެއްގައި، އަޅުގަނޑުމެންނަށް މި ފާހަގަކުރެވުނީ މުޒާހަރާ ވެސް ނިމިފައި އޮއްވައި އެހާ އާދައިގެ ގޮތަކަށް އޮތް ކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މޫވްމަންޓް އަނެއް އަތަށް އަނބުރާލާފައި ދިއުމަކީ ނުބައި އިންޑިކޭޝަނެއް މިކަންކަމަށް ސަލާމަތީބާރުތަކުން ތައްޔާރުވެފައި އޮތީ ކިހާ މިންވަރަކަށްތޯ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"ކަންބޮޑުވާން ޖެހޭ ކަމެއް. އަޅުގަނޑުމެން އެހާ ދައްކާ ހިތްވާ ވާހަކައެއް ނޫން. އެކަމަކު ސަލާމަތީ ހިދުމަތްތަކުން މި ހިންގާ ކަންތައްތަކާ މެދު ސުވާލު އުފައްދާ ކަންތައްތަކެއް އެބަހުރި، އެކަމަކު މި ވަގުތު އެންމެ މުހިއްމީ މައްސަލައަށް ފޯކަސްކުރުން."

އާދަމް ޝަރީފް ހުށަހެޅުއްވީ އިންސިޑެންޓް ރިޕޯޓް ހޯދުމަށާއި އެމްއެންޑީއެފާއި ފުލުހުން ހާޒިރުކޮށް މިކަން ހިނގައިދިޔަ ގޮތް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

ކޮމިޓީން މިއަދު ނިންމާލީ އިންސިޑެންޓް ރިޕޯޓް ހޯދުމަށެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން ވެސް ސެކިއުރިޓީ ބްރީޗް ފާހަގަކުރެވުނެވެ. ރައީސަށް މަރުހަބާ ކިޔަން އެއްވި މީހުންނާ ސަލާމް ކުރައްވަނިކޮށް، ބަޔަކު މީހުން އެ މަނިކުފާނާ ދިމާއަށް ދުއްވައި ގަންނަން އުޅުނު މަންޒަރެއް ފެނުނެވެ. އެ ފަހަރު ސިފައިންގެ އިތުރު ފައުޖެއް އެ ރަށަށް ގޮސް ރައީސްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރި އެވެ.

41 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 15%
icon angry icon angry 23%
icon wow icon wow 23%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަޑި

22 March 2023

މިއީ ޖައްވަށް ފަޒާއަށް ވިޔަސް ބަޑިޖަހަންޖެހޭ ހާލަތެއްްކަމަށް ޤަބޫލްކުރަމެވެ. މިލްޓްރީ މިލްޓްރީވާންޖެހެއެވެ. ކޮމާންޑަރ އިން ޗީފް އޭނާގެ ޒިންމާ އަދާކަުރަން ޖެހެއެވެ. މޮޓޮކޭޑްގައި އެވަގުތު އިންނެވީޯ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއެވެ. ކޮމާންޑަރ އިން ޗީފާއި ރައީސުލް ޖުމްހޫރިއްޔާއަކީ އެކަކު ކަމުގައިވީނަމަވެސް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވާ ހާލަތެއްގައި، ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން، ޑިސިޝަން ނަގަންޖެހޭ.

The name is already taken The name is available. Register?

ޝަރީފުއްދީން

21 March 2023

މިނިސްޓަރ މާރިޔާ މިކަމުގައި ޒިންމާވެފަ އިސްތިއުފާ ދެއްވަން ފެންނަީ، އިބްތިހާލުގެ މައްސަލައިގައި ޝިދާތާވެސް އިސްތިއުފާ ދޭން މަޖުބޫރިވި.

The name is already taken The name is available. Register?

ޑދ3333

21 March 2023

ދެން މާ ކަންތައްގަނޑު ބޮޑުނުކޮށްބަލަ.

The name is already taken The name is available. Register?

ހަސަނު

21 March 2023

ވިސްނަވާ، ލައިވް ވަޒަނާއެކު ހަތިޔާރު ހިފައިގެން ތިބޭ ސިފައިން ސެކިއުރިޓީ ދޭ ތަނަކަށް އެގޮތަށް ހުރަސް އެޅުމުން 15 މިނެޓް މަޑު ކުރުމަށްވުރެ ގޯސް ކަންކަން ކުރިމަތިވީސް.

The name is already taken The name is available. Register?

ބޮޑުމީހާ

21 March 2023

ތިވަރުކަމެއް މިވެރިކަމުގައިވުމަކީ އަޖައިބެއްނޫން! އެންމެ މަތިން ރައީސްއިން ފެށިގެން ފެއިލްވެފައި އޮތް ސަރުކާރެއް މީ. ތިކަހަލަ ކިތަންމެ ކަމެއް ހިގިޔަސް ރައީސް މީހާ ހިރުވާތަންކަހާވެސް ނުލާނެ

The name is already taken The name is available. Register?

1828

21 March 2023

އަނެއްކާ މިބައިމީހުން ޤަބޫލެއްނުކުރޭ ސިފައިންނަކީ ތިބެން ޖެހޭ ބައެއްކަމަށްވެސް.

The name is already taken The name is available. Register?

ކުޑަދޫ2

21 March 2023

އެކިއެކި ނަންނަމުގައި ސިޔާސީ ޕާރޓީ ހަދައިގެން އެކަކަށްވުރެ އަނެކަކު ކެރޭކަން ދައްކަން މިކުރާ ކަންކަމުން މި ޤައުމުގެ މުސްތަގުބަލްގެ ދަރިންނަށް ވަރަށް ހުތުރު. ކޮންމެ ބަޔަކުވެސް އިދިކޮޅުގައި ތިބެގެން މަގުތަށް ބޭނުންކުރާ އެތަނަށް ބަޔަކަށް މުސީބާތަކަށް ހަދައި މުޅި ޤައުމު ފިތުނަކޮށްފި. ތިޔަ ޕާރޓީތަކެކޭ ނުކިޔައި ގޭންގޭ ކިއްޔާ މާތާހިރުވާނެ. އެންމެންވެސް ބޭނުންވަނީ ބާރާއި ފައިސާ. ފަނާވެދަނީ މުޅިޖީލެއް

The name is already taken The name is available. Register?

ކެނެޑީ

21 March 2023

މނޑފ ސެކިއިރިޓީ ކީއްކުރަން ހިފައިގެން ހުންނަ ބަޑިއެއްތައެއީ؟ އެންމެ ވަޒަނަށްވެސް ނިކަން ޖަހާލަބަލަ ވަޔަށް އުޑަށް ފަޒަޔަށް އޭރުން ހުރިހާ ތިޔަ ޕީޕީ ގަޓުކުދިން ފިލާނެ

The name is already taken The name is available. Register?

ފދސެ

21 March 2023

މަ އަބަދުވެސް ކިޔަމެއްނު ތިޔަ ސިފައިންނާ ފުލުހުންނަކީ ބޮޑު އިސްރާފެކޭ. ކާނދީފަ މަސްފަލަ ކުރިއަސް ވާ ކަމެއް ހަރާން.

The name is already taken The name is available. Register?

ބިގަރޭސް

21 March 2023

ސެނޑު ހާރސްޓު...ވެސްޓު ޕޮއިންޓް...ސުކޮޓްލަންޑް ޔާޑު ފަދަ ތަންތަނުން ކިޔަވައިގެން މުޅިގައިގަ މެޑަލް އަޅުވައިގެން ތިބެން ލަދެއް ނުގަނޭ ހެއްޔެވެ......ޒިންމާ އަދާނުކުރެވޭ ނަމަ ގޭގަ ތިބޭށެވެ.

The name is already taken The name is available. Register?

1828

21 March 2023

ފުރަތަމަ ޑިފެންސް މިނިސްޓަރެވެ.

The name is already taken The name is available. Register?

އިލޫ

21 March 2023

ރޭގަ ދިމާވީ ގަބޫލު ކުރެވޭނެ ކަމެއްނޫން. ފުރަތަމަ ކަމަކަށް ސިޔާސީ ކަންކަމުގަ އުޅޭމީހުނަށްވެސް އެބަ އެނގެންޖެހޭ އެހުއްޓުވީކީ އިބޫ އެއްނޫންކަން، އެއީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ. އެމަގާމުގަ އިބޫ، ނަޝީދު، ޔާމީނު އަދި މައުމޫނު ހުއްޓަސް އެއްވެސް ސިޔާސީ ޕާޓީއަކުން އެކަން ކޮށްގެންނުވާނެ. އެކަން ކުރުވަން، ހިތްވަރުދޭން އެތަނުގަ ޕީޕީއެމްގެ މަޖިލިސް މެމްބަރުންވެސް ތިބި. ދެވަނަކަމަކީ 6 އަންހެނުން ހުއްޓުވަން ފުލުހުން ތެޅިގަންނަ ގޮތާ ރޭގެއެމީހުންގެ ރިއެކްޝަން

The name is already taken The name is available. Register?

1828

21 March 2023

އަހަރެމެންނަށް އެކަންކަން ދަސްކޮށްދިނީ އެމްޑީޕީ. އެބައިމީހުންގެ މަޤުސަދު ހާސިލްކުރަން ޖީލެއް ހަލާކުކޮށްފި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454