ނަޝީދު: ގަސް ކެނޑުން ހުއްޓުވަން އެމަނިކުފާނު ހުށަހެޅުއްވި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައި --- ފޮޓޯ/މިހާރު
27 މާޗް 2023 - 13:49
އަމީނީމަގު ހެދުމަށްޓަކައި، އެ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓުވަން ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވައިފި އެވެ.
އަމީނީމަގު ތަރައްގީ ކުރުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ނަގަން ނިންމުމުން އެކަމާ ދެކޮޅަށް ކޯޓަށް ނަޝީދު ހުށަހެޅުއްވި ގަސްތައް ނުނަގާ އެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބަޔާންކޮށް، ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުމަށް ދައުލަތުން ދެކޮޅު ހަދާފައިނުވާތީ ދައުވާ އަނބުރާ ގެންދިޔަ ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ ހިނގިއިރު، އަމީނީމަގުން ގަސް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދޭން ނަޝީދުގެ ފަރާތްޕުޅުން ކޯޓުގައި އެދިވަޑައިގަތެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ފެށި އަމީނީމަގުގެ މަޝްރޫއުގެ ފުރަތަމަ ބައި ނިންމައި، މިހާރު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީޒަން ޖެކުހަން
27 March 2023
މިހާރު ބޮޑުވަޒީރުކަމުގެ މެނިފެސްޓޯ އުޅެނީ ކިހާހިސާބެއްގާތޯ ބުނެދެވިދާނެތޯ؟ އެމައްސަލަ ކުރިއަށް އެބަދޭތޯ ނޫނީ އެމައްސަލަވެސް މިހާރު ނަގައިގެންތޯއުޅެނީ؟ މީ ހުސް ޖަވާބު ލިބޭންޖެހޭ ސުވާލު،
ބޮއެހަލާކު
27 March 2023
އެއްކަމެއްވެސް ނެތް ފެށިގެން ނިމުމާ ހަމައަށް ގެންދެވިފައި. އަބަދުވެސް މެދުތެރޭން ދޫކޮށްލަނީ ޑިމޮކްރަސީގެ އައްޕަ
އ
27 March 2023
ވެރިކަމާ އުޅެބަލަ ބޯޅަނުޖަހާ.......
ކޮތަޅު އިބްރާހީމް
27 March 2023
ގަހަކީ ނަގަންވީމަ ނަގާ އުކާލާފަ އަލުން ގަސް އިންދާ ހެއްދޭން ގަސް ހައްދަން ޖެހޭ
ލަބީދު
27 March 2023
ގޮޑި ގެއްލޭކައް މާގިނަ ދުވަހެއް ނެތް
ޑްރާމާކިންގް
27 March 2023
ރ.ނަޝީދަކީ ޑްރާމާ ކުޅެން މޮޅު ބޭފުޅެއް. ހުރިހާ ކަމެއްގައިވެސް އަސްލު އޮޅުވާލައިގެން ތިމަންމަނިކުފާނު ބޭނުންފުޅުވާ ގޮތަކީ އެއީ މުޖްތަމައު ބޭނުންވާ ގޮތް ކަމަށް ބޮޑުކޮށް ދައްކަވައި ގިނަ ދިވެހިން ބޮލަށް ސަވާރުވެ ދިވެހި މުޖްތަމައު އެބޭފުޅާ ބޭނުންވާކަމަކަށް އެއްބަސްކުރުވާ. މިއީ ހިތި ހަޤީޤަތެއްކަން އެއްމެންވެސް ޤަބޫލުކުރާނެ
އެއީ؟
27 March 2023
އިންޓެލިޖެންޓް ބޭފުޅެއް. ދިވެހިން ކޮފީތަކު އުޅެ ލަހުން ނިދާހާ އިރު ރައީސް ނަޝީދު ފަތިހު ތެދުވެ ދުވަހުގެ މަސައްކަތް އެބަ ފަށާ. ކާމިޔާބު މީހުންގެ ކިބައިން ދަސްކުރަންވީ މިކަންކަން. ހިތްވަރާއި އަޒުމް މިފަދަ ސިފަތައް