ﷲ ގެ މަގުގައި ޖިހާދު ކުރާ ކަމަށް ދައުވާ ކުރީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނަގުރާވެރި ބައެއް: ޖިހާދުގެ މާނަ މިފަދަ ޖަމާއަތްތަކުން ވަނީ އޮޅުވާލާފައި.
31 މާޗް 2023 - 08:26
ﷲ ގެ މަގުގައި ޖިހާދު ކުރުމަކީ އިސްލާމް ދީނުގެ މުހިންމު ވާޖިބެކެވެ. ކީރިތި ޤުރްއާނުންނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުން މިކަން ކަށަވަރުވެ އެވެ. ނަމަވެސް ޖިހާދުގެ މަގުސަދަކީ ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ކާފިރުންގެ އުދުވާނުން ސަލާމަތްކަން ހޯދުމެވެ. އިމާމް އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި ޤުރްއާނާއި ސުންނަތުގެ ދަލީލުތަކަށް ފުންކޮށް ވިސްނާލުމުން އެ މައްސަލައިގައި ޖުމްހޫރު އިލްމުވެރިންގެ ރައުޔުގެ ސައްހަކަން ކަށަވަރު ވެ އެވެ. ޖިހާދުކުރަން ޖެހެނީ ކާފިރުންގެ ކާފިރުކަމުގެ ސަބަބުން ކަމަށް ބުނާ ރައުޔު ބަލައެއް ނުގަނެވޭނެ އެވެ.
އަލްބަގަރާ ސޫރަތުގެ 190 ވަނަ އާޔަތުން ފެށިގެން 194 ވަނަ އާޔަތަށް ބަލައިލާއިރު ފެށިފައި ވަނީ "ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައިމީހުން ﷲ ގެ މަގުގައި ހަނގުރާމަ ކުރާށެވެ!" އޭ އަންގަވަމުންނެވެ. މިއިން އެނގޭ ގޮތުގައި ހަނގުރާމައިގެ އަމުރު އައުމުގެ ސަބަބަކީ އެ ބައިމީހުން ހަނގުރާމަ ކުރުމެވެ. އެ ބައިމީހުންގެ ކާފިރުކަމެއް ނޫނެވެ. ދެން ޖެހިގެން އަންގަވާފައިވަނީ "އަދި (އެކަމުގައި) ތިޔަ ބައިމީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނައަޅައި ނުދާށެވެ!" އެވެ. މިއިން އެނގެނީ ހަނގުރާމަ ނުކުރާ މީހުންނާ އިސްވެ ހަނގުރާމަ ކުރުމަކީ ހައްދުފަހަނައެޅުމެއް ކަމެވެ. އެކަމަކު އެ ބައިމީހުން ދެކޮޅުވެރިވެ ހަމަލާ ދީފި ނަމަ "...އެ އުރެން ދެކޮޅުވެރިވެ ހަމަލާދިން ފަދަޔަކުން ތިޔަ ބައިމީހުން ދެކޮޅުވެރިވެ ހަމަލާ ދޭށެވެ!" އަންގަވާފައި ވެ އެވެ. މިގޮތަށް އޮތަސް އިސްވެ އުދުވާނީ ހަމަލާއެއް ދީގެން ނުވާނެ ކަމާއި "އެ އުރެން ހަމަލާދިން ފަދަޔަކުން" ނޭ އޮތުމުން އެ މީހުންގެ އުދުވާނަށް ވުރެ އިތުރަށް ހަމަލާދީގެން ނުވާނެކަން ވެސް އެނގެ އެވެ.
މި އާޔަތްތަކުގައިވާ އަނެއް ޕޮއިންޓަކީ "އަދި (ދީނާ ދެކޮޅަށް އުފައްދާ) ފިތުނަވެރިކަން ނެތިއްޖައުމަށް ދާންދެން އަދި ދީން ﷲ އަށް ހާލިސް ވެއްޖައުމަށް ދާންދެން ތިޔަ ބައިމީހުން އެ އުރެންނާ ހަނގުރާމަ ކުރާށެވެ!" އޮތް އަމުރެވެ. މި ތަނުގައި އެ ބުނާ ފިތުނައިގެ މާނަ އަކީ ނިކަމެތި މުސްލިމުން ގަދަކަމުން ދީނުން ބޭރުކުރުވަން މުޝްރިކުން ކުރަމުން ދިޔަ މަސައްކަތެވެ. ހަނގުރާމަ ކުރަން އަމުރު އައީ އެ އުރެންގެ ޝައުކަތު މުގުރާލައި އެ އުރެން ނުކުޅެދުންތެރި ކޮށްލައިގެން އެ ފިތުނަ ނައްތާލުމަށެވެ. އޭރުން އިސްލާމްގެ ކަލިމަ އުފުލި ﷲ އާއި ރަސޫލާގެ ހުކުމް އެއީ ބާރުގަދަ އެއްޗެއް ކަމުގައި ވެސް ވާނެ އެވެ. ވީމާ ހަނގުރާމަ ކުރަން ﷲ އެ އެންގެވީ އާޔަތުގައި ވެސް ބަޔާންކޮށްފައިވާ މި ދެ ސަބަބަށްޓަކަ އެވެ. "އެ ބައިމީހުން އިސްލާމްވެއްޖައުމަށް ދާންދެން..." ހަނގުރާމަ ކުރާށޭ އެކޭ ﷲ ނާންގަވަ އެވެ. މާތް ނަބިއްޔާގެ ސުންނަތުން ވެސް މި ކަމަށް އިތުރަށް ދަލީލު ލިބެ އެވެ. މިގޮތުން ހަނގުރާމައެއްގައި ކާފިރު އަންހެނަކު ގަތުލު ކުރެވިފައިވާތީ އެކަން އިންކާރު ކުރެއްވެވި އެވެ. އަދި ހަނގުރާމަ އަށް ނުކުމެ ވަޑައިގަންނަވާ ކޮންމެ ފަހަރަކު، މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިންނާ ހަނގުރާމަ ނުކުރުމަށް ވަސިއްޔަތް ކުރައްވަ އެވެ.
އެ ހުރިހާ ކަމެއް މިހާ ސާފުކޮށް އޮތް އިރު މިފަދަ އާޔަތްތަކަކީ މަންސޫހު ވެފައިވާ އާޔަތްތަކެއް ކަމަށް ބައެއް މީހުން ދައުވާ ކުރެ އެވެ. އެންމެ އަޖައިބު ކަމަކީ ބަގަރާ ސޫރަތުގެ 190 ވަނަ އާޔަތަކީ ޖެހިގެން އޮތް އާޔަތުގައިވާ "އަދި ތިޔަބައިމީހުންނަށް އެ އުރެން (...) ފެނުނު ކޮންމެ ތަނަކުން އެ އުރެން ގަތުލުކުރާށެވެ!" މި ޖުމްލައިން މަންސޫހު ކުރާ އާޔަތެކޭ ބުނުމެވެ. މި ޖުމްލައާ ޖެހިގެން އޮތް ޖުމްލަ "އަދި އެ އުރެން ތިޔަ ބައިމީހުން ނެރުނު ތަނުން ތިޔަ ބައިމީހުން އެ އުރެން ނެރޭށެވެ!" ހަމައެކަނި ކިޔާލިޔަސް ކުރީ ޖުމްލައިގައި އެ ބުނާ "އެ އުރެން" އަކީ ކޮންބައެއްކަން ވަރަށް ސާފުކޮށް އެނގުނީހެވެ. އާދެ، އެއީ ކުރީ އާޔަތުގައި ވެސް ބަޔާންކުރި "ތިޔަ ބައިމީހުންނާ ހަނގުރާމަކުރާ މީހުން" ގެ ވާހަކަ އެވެ.
ދެން އޮތީ މި އާޔަތްތައް މަންސޫހު ވެފައި ވަނީ ތައުބާ ސޫރަތުގެ 5 ވަނަ އާޔަތުންނޭ ބުނާ ބުނުމެވެ. އާދެ، "ހުރުމަތްތެރި މައްސަރުތައް ވޭތުވުމުން ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަ ބައިމީހުން އެ އުރެން ގަތުލު ކުރާށެވެ!..." އޮންނަ އާޔަތެވެ. މިއީ ސައިފުގެ (ކަނޑީގެ) އާޔަތުގެ ނަމުން ނަން ދީފައިވާ އާޔަތެކެވެ. ނަމަވެސް މި އާޔަތުގައި އެ ބަޔާންކުރާ "މުޝްރިކުން" ނަކީ ހަމަ ކޮންމެ މުޝްރިކެއް ނޫންކަން ހުދު މި އާޔަތުގެ ފަހު ބަޔާއި ސޫރަތް ފެށިގެން މި އާޔަތާ ޖެހެންދެން ހުރި އާޔަތްތަކާއި މި އާޔަތުގެ ފަހުން ގޮސް 15 ވަނަ އާޔަތާ ޖެހެންދެން ހުރި އާޔަތްތައް ވިސްނުންތެރި ކަމާ އެކު ކިޔާލައިފި ނަމަ އޮޅުމެއް ނެތް ގޮތުގައި އެނގޭނެ އެވެ.
އެ އާޔަތްތަކުން އެނގޭ ގޮތުގައި އެ މުޝްރިކުންނަކީ އަހުދެއްގެ މަތީ ތިބެފައި އެ އަހުދު އުވާލައި މުސްލިމުންނަށް ގަސްދުގައި އަނިޔާ ދޭން، ހުރުމަތްތެރިވެގެންވާ މައްސަރުތަކާ ދިމާކޮށް ﷲ އަށް ވެސް ގޮންޖަހައި، ހަމަލާދިން ނުބައި މުޝްރިކުންތަކެކެވެ. މިއާ ހިލާފަށް "މުޝްރިކުންގެ ތެރެއިން އެބަޔަކާ ތިޔަ ބައިމީހުން މުއާހަދާ ކޮށްފައިވާ އަދި އެ އުރެން (އެ މުއާހަދާއާ މެދު) ތިޔަ ބައިމީހުންނަށް އެއްވެސް ކަމެއް އުނިކޮށްފައި ނުވާ އަދި ތިޔަބައިމީހުންނާ ދެކޮޅަށް އެއްވެސް މީހަކަށް އެހީވެ، ވާގިދީފައި ނުވާ މީހުން މެނުވީ އެވެ." މިގޮތަށް 4 ވަނަ އާޔަތުގައި މި އިސްތިސްނާ އޮތުމުން ވެސް ޔަގީން ވަނީ އެއީ އަދި އެހެން ބައެއް ކަމެވެ. ހަމަ އެފަދައިން މި ނުލަފާ މުޝްރިކުންގެ ތެރެއިން ވެސް މީހަކު އަމާންކަމަށް އެދިގެން އަތުވެއްޖެ ނަމަ އެ މީހަކަށް އަމާންކަން ދޭން 6 ވަނަ އާޔަތުގައި އަންގަވާފައި އޮތުމުން ވެސް ކަށަވަރު ކުރެވެނީ 5 ވަނަ އާޔަތުގައި އެ ބަޔާން ކުރަނީ ކޮންމެ މުޝްރިކެއް ނޫން ކަމެވެ. އެ ބައިމީހުންގެ އިތުރު ސިފަތައް 8 ވަނަ އާޔަތުން ފެށިގެން 10 ވަނަ އާޔަތާ ޖެހެންދެން ބަޔާންކޮށްދީފައި އޮތުމުންވެސް މިއީ އެ ބަޔަކާ މެދު ދޫދެވޭނެ މުޝްރިކުންނެއް ނޫންކަން އިތުރަށް ހާމަވެ އެވެ. ވީމާ ބަގަރާ ސޫރަތުގައި "ތިޔަ ބައިމީހުންނާ ހަނގުރާމަކުރާ ބަޔަކާ ތިޔަ ބައިމީހުން ހަނގުރާމަކުރާށޭ" އޮތް އޮތުން ތައުބާ ސޫރަތުގެ މި އާޔަތްތަކާ ފުށުއެރުމެއް ނެތް ހިނދު، ބަގަރާ ސޫރަތުގެ އެ އާޔަތްތައް މަންސޫހު ވާން ޖެހެނީ ކީއްވެ ހެއްޔެވެ؟ ޤުރްއާނުން ވެސް ނުވަތަ ސުންނަތުން ވެސް މިކަމަށް ހަމަ އެއްވެސް ދަލީލެއް ފެންނާން ނެތްކަން އިލްމުވެރިން ކަށަވަރުކޮށްދެ އެވެ.
ޖިހާދަކީ އުދުވާނާ ގުޅުން އޮތް ކަމެއް ނޫން ކަމަށް ދައުވާކުރާ މީހުން ދައްކާނެ އަނެއް ހުއްޖަތަކީ "ފަހެ (ހަނގުރާމައިގެ މައިދާނުގައި) ތިޔަ ބައިމީހުން ކާފިރުންނާ ބައްދަލުވާ ހިނދު އެ އުރެންގެ ކަނދުރާތަކުގައި ޖަހައި ގަތުލުކުރާށެވެ! (ތިޔަ ބައިމީހުންގެ ބާރުގަދަކޮށް) އެ އުރެން ގަތުލުކުރުން ގިނަކޮށްފުމަށް ދާނދެނެވެ. ފަހެ (އެ ހިނދު އެ އުރެން) ވަރުގަދަޔަށް ބަނދެ ހައްޔަރުކު ރާށެވެ!" މިފަދައިން މުހައްމަދު ސޫރަތުގެ 4 ވަނަ އާޔަތުގައި އަންގަވާފައިވުމެވެ. މީގެ ޖަވާބުގައި ބުނަން ޖެހެނީ މި އާޔަތުގައި އެ ވަނީ ހަނގުރާމަ ކުރަންވީ ގޮތުގެ ވާހަކަ އެވެ. މަގުސަދުގެ ވާހަކައެއް ނޫނެވެ. އެކަމަކު ވެސް ޖަދަލުކުރުމުގެ ބޭނުމަށްޓަކައި އެގޮތަށް ބަލަމާ ހިނގާށެވެ. އޭރުން ވެސް މި އާޔަތުގައި އެ ބުނާ "ކާފިރުން" އަކީ ކޮބައިތޯ ސުވާލު އުފެދެ އެވެ. މީގެ ޖަވާބު ލިބެނީ ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެން މި އާޔަތާ ހަމައަށް ކިޔާލުމުންނެވެ. ފުރަތަމަ އާޔަތުގައި ބަޔާންކުރަނީ ﷲ ގެ މަގުން އެހެން މީހުން އެއްކިބާކުރި ކާފިރުންގެ ވާހަކަ އެވެ. އެބަހީ، އިސްލާމީ ދައުވަތަށް ހުރަސް އެޅުމާއި މުއުމިނުންނަށް ލިބިފައިވި މަތިވެރި ނިއުމަތުން މަހުރޫމު ކުރަން މަސައްކަތް ކުރުމެވެ. މިއީ ހަމަކަށަވަރުން ވެސް އުދުވާނެކެވެ.
ދުނިޔޭގެ ދިރިއުޅުން އާހިރަތަށްޓަކައި ދޫކޮށްލަން ބޭނުންވާ މީހުން ހަނގުރާމައިގައި ކާމިޔާބުވިޔަސް އަދި ނާކާމިޔާބުވިޔަސް ﷲ ގެ ހަޒުރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވާނެތީ އެކަލާނގެ މަގުގައި ޖިހާދުކުރަން އައްނިސާއު ސޫރަތުގެ 74 ވަނަ އާޔަތުގައި އަންގަވާފައި ވުމަކީ ވެސް ދައްކަފާނެ ހުއްޖަތެކެވެ. ނަމަވެސް މި ތަނުގައި ވެސް މި ހަނގުރާމަ ކުރަން އަންގަވާފައި ވަނީ ކީއްވެގެންކަން ޖެހިގެން އޮތް 75 ވަނަ އާޔަތުން އެނގޭނެ އެވެ. އެއީ ރަށެއްގެ ނިކަމެތިވި ބަޔަކަށް އެ ރަށުގެ އަހުލުވެރިންގެ ފަރާތުން އަނިޔާވެރިވި ހިނދު އެ އަނިޔާވެރި ރަށުން ނެރެދެއްވަން އަދި އެކަމުގައި ވާގިވެރިޔަކު ލެއްވުމަށް އެ ނިކަމެތިން އެދުނު އެދުމަށް ﷲ ދެއްވި އިޖާބައެކެވެ. ވީމާ މިއީ ވެސް އުދުވާނަކުން ބަޔަކު ސަލާމަތްކޮށްދިނުމެކެވެ.
ދެން ދައްކަފާނެ އަނެއް ހުއްޖަތަކީ "ލުއިކަމާ އެކުގައްޔާއި ބުރަކަމާ އެކުގައި، ތިޔަ ބައިމީހުން (ހަނގުރާމަ އަށް) ނުކުންނާށެވެ! އަދި ތިޔަ ބައިމީހުންގެ މުދާތަކާއި ނަފްސުތަކުން ﷲ ގެ މަގުގައި ޖިހާދު ކުރާށެވެ!" މިފަދައިން އައްތައުބާ ސޫރަތުގެ 41 ވަނަ އާޔަތުގައި އަންގަވާފައިވުމެވެ. މީގެ ޖަވާބުގައި ބުނަން ޖެހެނީ މިއީ މުސްލިމުން ތަބޫކު ހަނގުރާމަ އަށް ނުކުތުމަށް ހިތްވަރު ދެއްވުމަށް އައިސްފައިވާ ގިނަ އާޔަތްތަކުގެ ތެރެއިން އާޔަތެއް ކަމެވެ. މި ހަނގުރާމައަށް ނުނިކުންނަން އިޒުނަ ހޯދަން އުޅުނު މުނާފިގުންނާއި އަދި އެ މީހުންގެ ބަހަށް ހެއްލިގެން އުޅުނު ހަގީގީ މުސްލިމުންގެ ވާހަކަތައް ވެސް އައިސްފައި ވެ އެވެ. އިސްލާމީ ދައުވަތަށް ރޯމަނުން އަޅަމުން ގެންދިޔަ ހުރަސްތައް ނައްތާލައި މުސްލިމުން ސަލާމަތް ވާން އޮތީ ﷲ ގެ މަގުގައި ހަނގުރާމަ ކުރުމަށާއި ﷲ ގެ މަގުގައި ހޭދަކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންވާ މުސްލިމުންތަކެއް ތިބެގެން ކަމަށް ވުމުން މިފަދަ އާޔަތްތަކުގެ ބޭނުމަކީ ރޯމަނުންނާ ހަނގުރާމަކުރަން ތަބޫކަށް ދާން ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޅިވާހަކަ
02 April 2023
ފޮތްތަކުގަ ލިޔެފަ އޮންނަ ގޮތަކަށް ނޫން ކަންތައްވަމުން ދަނީ އަދި ދިޔައީ، ސޫރިޔާ، މިސުރު ފަތަހްކޮށް އެރައްތަކުގެ އަސްލު ރައްވެހިން ނިކަމެތިކޮށް ،ސްޕެއިން އަށްއަރާ އެރައްތަށް ސުންނާފަތި ކޮށް އަންހެނުން އިއްފަޔްފޭރުނީ ކޮން ހަމައަކުން، ދިވެހިރާއްޖޭގެ މާލެ އަރާ، މާލޭގެ ތަންތަން ސުންނާފަތި ކޮށް ލ.އަތތޮޅުން 100 އަށް ވުރު ގިނަމީހުން މާލެ ގެނެސް ގަތުލު ކުރީ ކޮން ގާނޫނެއްގެ ދަށުން. އެ ޖަރީމާ ވެސް އެޅުވީޖިންނި ފުރޭތަބޮލުގަ. ތީ ހުސް ޕްރޮޕެގެންޑާ ހޮޅިވާހަކަ.
ބަނާނާ ރިޕަބްލިކް
01 April 2023
ޑޯން ކެފޭއަށް ސައިބޯންދާމީހުން ޤުރުއާނުގަ އޮތް އެއްޗެއް މާނަކުރަން އުޅުނީމަ ވާނެގޮތް މިފެންނަނީ ކޮމެންޓްތަކުން. ކޮމެންޓްތައް ކިޔާލިޔަސް އެނގޭނެ ރާއްޖޭގަ ހައްދުފަހަނައެޅިމީހުން އޮތްވަރު. އަދި ލިޔުންތެރިޔާ އެންމެ ފުރަތަމަވެސް ކޯޓްކޮށްފަ އޮތީ އިބްނު ތައިމިއްޔާ، އިބްނު ތައިމިއްޔާއަކީ ކާކުތޯ ހުރިހާ ކުދިން ގޫގުލްކޮށްލަން ފެނޭ އަދި އިބްނު ތައިމިއްޔާގެ ލިޔުންތައް އެންމެބޮޑަށް ގެންގުޅެނީ އިސްލާމްދީނުގެ ކޮން ފިކުރެއްގެ މީހުންތޯ ދިރާސާކޮށްލަންވެސްފެނޭ
ޖާބިރ
03 April 2023
ލަދު ހަޔާތް ނެތި ، އިލްމެއް ހިލްމެއް ނެއް ، މުނާފިޤް މީހުން ކޮމެންޓް ކުރާތަން މި ފެންނަނީ
ޖިހާދު
01 April 2023
ޖިހާދުގެ ނަމުގަ ބަޔަކު ބޮޑެތި ފާފަތަކެއްކުރަމުންއެދަނީ. ދީން ފެތުރުމައް މިއައްވުރެ ފަސޭހަ ޒަމާނެއްނެތް. އެހެންދީންތަކުގެ މީހުންގެ މެދުގަވެސް އިސްލާމުން ވަކާލާތުކުރަމުން ދިޔަކަންތައްތައް މަގުބޫލުވަމުންދަނީ. ހާއްސަކޮއް ޒުވާނުންގެމެދުގަ ރާބުއިން ޒިނޭކުރުން ޖުވާކުޅުން ފަދަ ކަންކަމާ ދުރުވެ ރޯދަހިފުން ފަދަކަންކަން ކުރޭ. އެމީހުންނައް މިދީން ފެންނަންޖެހޭނީ އަލިގަދަ ދަންމަރެއްގެގޮތުގަ އެކަމަކު މިޖިހާދަކަހެދި އެމީހުންނައް މިދީން އެގޮތަކައް ދައްކައެއްނުދެވޭ
ކަކުނިބޯ
01 April 2023
ޝުކުރިއްޔާ ސައުދުﷲ އަލީއަށް ވަރަށްބޮޑަށް
ޖޯޖް އިބްތިބްރާ
31 March 2023
ކޮން ޖިހާދެއް ކަވާބެއް! މިހާރު ދުނިޔޭގައި އެތިބި އެންމެ ކުރިއަރާފައިވާ ދިހަ ގައުމުތަކައް ބަލާލަބަލަ! ނިއުކްލިއަރ ބާރުތައް! ނަސޯރާއިން، ޔަހޫދީން، އެއްވެސް ދީނެއްގަބޫލު ނުކުރާމީހުން!! އެމެރިކާ، ރަޝިޔާ، ޗައިނާ، އިންޑިޔާ، ޔޫރޮފް އިއްތިހާދު! ކަވާބޭ ކިޔައިގެން އަގަތަޅުވާ މީހުން ކަނޑިއެއް ހޫރަނީ، 1950 ބަޑިބޭސް ބޭނުން ކުރަނީ! ރަގަޅައް ކަވާބު ކެވޭނެޔޭ! 200 އަހަރު ފަހަތުގަ! ކަވާބެއް ކެޔަސް ކުރީގަ ތިބި ގައުމު މާ މޮޅައް ކަވާބު ކާނެ!
1206
03 April 2023
ކަލޭމެން ކާމިޔާބު މާނަ ކުރަނީ ހޯދާފައި ބާރާއި ޖާހައި މަންސަބުން ކަމުގައިވާ ނަމަ، ދުނިޔޭގެ ބޮޑު ބަޔަކަށް ރަސްކަމުގެ ތާޖު ހިންގި ނުބައިކަން ބޮޑު 2 ރަސްކަލެއްގެ ވާހަކަ އައިސްފައި އެބައޮތް. އެ މީހުން ނިމިދިޔައީ ހިތިކޮށް. އޭރު ވެސް އަދި އޭގެ ކުރިން ވެސް ފެށުމެއް ނެތި އިސްވެގެން ވާ ގޮތުގައި މާތް ﷲ ވޮޑިގެންވި. އަދި ކިއެއް މިހާރުވެސް އަދި ނިމުމެއް ނެތި ފަސްވެގެންވާ ގޮތުގައި މާތް ﷲ ވޮޑިގެންވާނެ. ހިނދުކޮޅަކަށް ނަމަވެސް އެ އިލާހު ޣާފިލުވެވޮޑިގެން ނުވޭ.
ޢަބްދުﷲ ބިން މުނީރު
31 March 2023
ރަނގަޅު މައުޟޫއެއް އެކަމަކު ވަރަށް ބޮޑަށް ހަނިކޮށް ލިޔެފަ މިއޮތީ. ސީދާބަހުން ފާޅުކަން ބޮޑުކޮށް ލިޔެލިނަމަ. ޤުރުއާނުގަ އެބަހުރި ވަރަށް ވަރުގަދަ ސަރީޚަ ދަލީލުތައް މިޓޮޕިކަށް ޚާއްޞަ. ނިސާ ސޫރަތާ މާއިދާ ސޫރަތާ ކަހުފް ސޫރަތުގެ ބައެއް އާޔަތްތަކުން އަހަރެމެން ހައިރާންވާކަހަލަ އާޔަތްތައް އެބަހުރި އެއާ ދޭތެރޭ ފުންކޮށް ވިސްނުމަށް. އޭރަށް އެނގޭނެ މިގައުމުގަވެސް ވަރަށް ގިނަ ކާފަރުން އެބަތިބިކަން. ނަމުން މުސްލިމު.
ޢިލްމީ ޚަޒާނާ ޤުރުއާނުގެ ދަލީލުން
31 March 2023
މާތްﷲގެ ގާނޫނުތައް އޮޅާލާ އޭގެ މައްޗަށް އަމިއްލަ ގާނޫނެއް ހެދުމަކީ ޝިރުކެއް. މިސާލަކަށް ތަރިކަމުދާ ބެހުމުގަ ގުރުއާނުގަ އޮތް ގޮތާ ހިލާފަށް އެކަން ކުރުމާއި އަދި ހައްދުގެ ހުކުމްތައް ބަދަލުކުރުން ފަދަ ކަންތަކާއި، ފިރިހެނުންގެ މައްޗަށް އަންހެނުން ވެރިކުރުވުމާއި ﷲ ހަރާމްކުރެއްވި ކަމެއް ހުއްދަކުރުމާ އަދި ހުއްދަކުރެއްވި ކަމެއް ހަލާލުކުރުން ފަދަ ކަންތަކެވެ. މިފަދަ މީހުންނަކީ ގުރުއާނުގައި ސަރީހަބަހުން ފަސާދަކުރާ މީހުންނެވެ. އަދި އެއީ ކާފަރުންނެވެ.
އިހްސާސް
31 March 2023
އައިސިސް އަކީ މާތް ވެގެންވާ އިސްލާމް ދީނަށް ނަސްރުހޯދަން އުޅޭ ބައެއް ކަމުގައި ނުބެލެވެ. އެއީ ހަމަ އެމެރިކާފަދަ ފިތުނަ އުފައްދަން އުޅޭ ބައެއް.
ކަހުއްބެެެެ
31 March 2023
ކޮންމި އަރައްބަކީ އިސްލާމެއްނޫން އަދި ކޮންމެ އިސްލާމަކީ އަރައްބެއްވެސް ނޫން
މިސްޓަރ ޓިނޭ
31 March 2023
އިސްލާމީ ޖިހާދު ގެ ނަމުގައި މިހާރު މިއުޅޭ އައިއެސް އައިއެސް އަކީ ކަނޑައެޅިގެން ޚަވާރިޖުންގެ ތެރެއިންވާ ބަޔަކު ކަމުގައި އެއުރެން ބުނަމެވެ،