ނޮކިއާ އިން ހަނދަށް 4ޖީ އިންޓަނެޓު ދެނީ
01 އެޕްރީލް 2023 - 07:43
ޓެލެކޮމިއުނިކޭޝަން ކުންފުނި ނޮކިއާ އިން ހަނދަށް، 4ޖީ އިންޓަނެޓުގެ ހިދުމަތް ދިނުމަށް ތައްޔާރުވާން ފަށައިފި އެވެ.
ސީއެންބީސީ ނޫހުން ރިޕޯޓުކުރި ގޮތުގައި، ނޮކިއާގެ އަމާޒަކީ މި އަހަރު ތެރޭ ހަނދަށް 4ޖީގެ އިންޓަނެޓު ފޯރުކޮށްދީ ހަނދުގެ ކަންކަން ދިރާސާކުރާ މީހުންނަށް އާ ކަންތައްތައް ހޯދުމުގައި އެހީތެރިވެ ދިނުމެވެ.
ނޮކިއާ އިން ނާސާއާ އެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނީ ކުރިމަގުގެ ސްޕޭސް މިޝަންތަކުގައި އެޗްޑީ ވީޑިއޯތަކާއި، ރޮބޮޓިކްސް އަދި ތަފާތު އެޕްލިކޭޝަންތަކުގެ އިތުރުން ބަޔޯމެޓްރިކްސް ފަދަ މައުލޫމާތުގެ ޓްރާންސް މިޝަންތަކުގައި ރަނގަޅު ސެލިއުލާ ނެޓްވޯކެއް ބޭނުންވާނެ ކަމަށެވެ.
ނޮކިއާއިން ހަނދަށް މި ހިދުމަތް ދޭން ރާވާފައި ވަނީ ހަނދުގައި ހުރި އެމެރިކާގެ "ނޯވާ-ސީ" ލޫނާ ލޭންޑާގައި ރައްކާކޮށްފައިވާ އެންޓަނާ ހުރި ބޭސް ސްޓޭޝަނަކަށް ބާރުދީ، އަވީގެ ހަކަތައިން ހިންގާ ރޯވާއަކާ އެކު އެވެ.
ނާސާގެ "އާޓެމިސް 1" މިޝަންގައި މި ނެޓްވޯކްގެ ހިދުމަތް ބޭނުން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ 1972 ވަނަ އަހަރަށް ފަހު ނާސާއިން އެސްޓްރަނޮޓުން ހަނދަށް ފޮނުވާ ފުރަތަމަ މިޝަނެވެ.
ނޮކިއާ އިން ބުނި ގޮތުގައި، އެ ނެޓްވޯކްގެ ސަބަބުން، އެސްޓްރޮނޮޓުން އެކަކު އަނެކަކާ ވާހަކަ ދެއްކުމާއި ރިމޯޓުކޮށް ރޯވާ ކޮންޓްރޮލް ކުރުމާއި ހަނދުގެ ރިއަލް-ޓައިމް ވީޑިއޯ ސްޓްރީމާއި ޓެލެމްޓްރީ ޑޭޓާ ދުނިޔެއަށް ފޮނުވުމުގައި އެހީތެރިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
03 April 2023
ނޮކިއާ އިން މިހާރު ދުނިޔެދޫކޮށް ދިޔައީއޭ ދޯ؟ ހާދަ ދެރަޔޭ. މި ދުނިޔޭގައި އެސޮރަށް ނޫޅެވިގެން ދިޔަކަން. އަގަރެންނަމަ އޭކިޔަނުން ވެސް އަދި ނޮކިއާ އަށް ވެސް މި ދުނިޔޭގައި އުޅެވޭނެ. އެމެރިކާގެ ވަބާފައި ގެހި މަގުގެއްލުނީ ތިޔަ އެއްޗަކަށް.
އަވަހަށްދީ
03 April 2023
ހަނދުގަ ތިބި އޭލިއަނުންތަކެއްވެސް އެބައުޅޭ 4ޖީ ނުލިބިގެން ދުނިޔޭގަ ތިބި އެމީހުންގެ ބަޔަކާ ނުގުޅިގެން.
ރަދީފު ބިން ރަފައިދާ
01 April 2023
މިމީހުން ދައްކާވާހަކައިން ހަމަ ތެދެއްމިބުނީ ހަނދުބޮޑުވެދާނެ.