ކައިޒީންގެ އުފަން ދުވަސް ފާހަގަކުރަން މިދިޔަ ބުދަ ދުވަހު އުސްފަސްގަނޑުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ، ކޭކު ކައިރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ކައިޒީން އިންސްޓާގްރާމް
02 އެޕްރީލް 2023 - 12:26
ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން (ކައިޒީން) ގެ އުފަން ދުވަސް ފާހަގަކުރިއިރު އޭނާއަށް ސެކިއުރިޓީ ނުދިނަސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ފުލުހުން މިއަދު ބުނެފި އެވެ.
ގިނަ އަދަދެއްގެ ސެކިއުރިޓީންނާއެކު ކައިޒީން އުސްފަސްގަނޑުގައި ހަރަކާތްތެރިވާ މަންޒަރު ފެނުމުން ފުލުހުންނަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ހަވާއެރުވިއިރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވީ ހަވާ އެރުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވާތީ، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށެވެ.
"އެ އިވެންޓާ ގުޅިގެން ޕާސަނަލް ސެކިއުރިޓީ އެއްވެސް ފަރާތަކަށް ފޯރުކޮށްދީފައި ނުވާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Kaizeen ah kon thanakun mi varu ge security eh libunee. pic.twitter.com/OlPoF7Hhcl
— Phax!e (@phaxIe80) March 29, 2023
އެނގިފައިވާ ގޮތުގައި ކައިޒީންގެ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި އޭނާ އަށް ސެކިއުރިޓީ ދިނީ އަމިއްލަ ކުންފުންޏަކުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ، ކައިޒީންގެ 29 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ފަހު، ކާރަށް އަރަން ދާއިރު، އޭނާގެ ވަށައިގެން ސެކިއުރިޓީން ތިބި ތަނެވެ. އެ ކަހަލަ އަމިއްލަ ހަރަކާތްތަކަށް ސިފައިންނާއި ފުލުހުން ޕްރައިވެޓް ސެކިއުރިޓީ ދޭ ކަމަކަށް ބުނެ އާއްމުންގެ ފާޑުކިޔުން އަމާޒުވި އެވެ.
އެކަމަކު، އެ ވާހަކަަތައް ސިފައިންނާއި ފުލުހުން ވެސް ދޮގުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
03 April 2023
ގޭގައި ކާލާނޭ އެއްޗެއް ނެތްތަ؟ ބޭބެ ވެސް ދޭތެރެއަކުން ކައިލައިގެން އެބަދަން. ކައިގެ ދުވަސްވެސް ދިޔައީ.
ކައިޒީނ
03 April 2023
ހުރިހާ ދާއިރާއެއްގައި ވެސް ކައިގެ ރައްޓެހިން އުޅޭ. އެމީހުންގެ ބައެއް ފަހަރު ކައިއަށް ކާރުގެ ދޮރު ހުޅުވާލަދޭ. އެއީ މާކަބޮޑު ކަމަކަށް ހަދަން ނޫޅެބަލަ.
ޙައިރާ
03 April 2023
ވީގޮތަކީ މިދިޔަ އަހަރު ކޭކު ފެޅީ ތާޖު މަހަލްގަ ކަމަށް ދައްކާ ދޮގު ހެދި ގޮތަށް މި އަހަރުވެސް ކަންވީ ގޮތަށްވުރެ ސަޅި ކޮށްލަން ކައިޒީން ސޯސަލް މީޑިއާގައި ވާހަކަ ދެއްކީ ދަައުލަތުގެ މުއައްސަސާތަކުން ބައިވެރިވެގެން އުފަން ދުވަސް ރޭވީ ކަމަށް ބުނެ. ދެން ހަމަ އެވާހަކައަށް އެންމެން ހެއްލުނީ ކައި ބޭނުންވިގޮތަށް
މީ ދިވެހިން
03 April 2023
ވައި ސޯ ޖެލަސް؟ އެއީ ކިހިނެއް ކީއްވެ ކުރިކަމެއްކަން އެއްމެންނަށް އިގޭކަށް ނުޖެހޭ.. އަމިއްލަ ހިތްހަމަޖުމަށް އޭނާކޮށްލި ކަމެއް. އެކަމުގަ ވ ގިނަ މީހުން ބައިވެރިވެސްވެއްޖެ. ކޮންމެ މީހެއްވެސް އަމިއްލަ ހިތްހަމަޖެހުމަށް ކުރާ ކަންތައްތައް ތަފާތުވާނެ. އެކި މީހުންގެ ދިރިއުޅުންވެސް ތަފާތުވާނެ. އެކަންކަމަކީ އެހެން މީހުން އޭގެ ތެރެއަށްވަދެ ފާޑުކިޔަންޖެހޭ ކަންތައްތަކެއް ނޫން. އަމިއްލައަށް އަމިއްލަ ދިރިއުޅުމައިގެން ކޮންމެ މީހަކުވެސް ކުރިއަށް ދިޔައިމަ ނިމުނީ..
މުހައްމަދު 22
03 April 2023
ޒާހިދާ މުހައްމަދަށް ސަލާމް ބުނި، އިބްރާހިމް އަށް ވެސް، ދޮންކޮ އަށް ވެސް، ކައި ހެދުން ޑިޒައިން ކުރި މީހުން
މުހައްމަދު..
03 April 2023
އޭނާތިހާ މުހިއްމުވާގޮތެއް ބުނެދޭންވެެއްޖެނުން! އޭނާ ތިހުރިހާ ސަކަރާތެއް ޖަހަން ފައިސާ ހޯދާގޮތެއްވެސް ބުނެދޭންވެެއްޖެނުން!
ކައިޒާން
03 April 2023
ދޫވެހި ހަދަން ފައިސާ ހޯދިގޮތްވެސް..
ފުލުސް
02 April 2023
އަހަރަމެން ވެސް ވަރަށް ލޯބިވޭ މީނަ ދެކެ
މަބުނީން
02 April 2023
އެފަދަ ހެދުމެއް ނުލާ ތިބެ އެކަމު މާ ރީތި ކުދިން މާލެ ތެރެއިން ފެނޭ. ބާތުޑޭ ހެދުމާ ލައިގެން ހުރި ހެދުމާ މާބޮޑު ތަފާތެއް ހުރިކަމަށް ނުދައްކާހެން ހީވަނީ.
ލާމް
02 April 2023
ދިވެހި މޮޔަ ފިރިހެން ވެރިންނާ ހުރެ މަޝްހޫރު ވެގެން އުޅޭ ބޭކާރު މީހެއް
ފާފް
03 April 2023
ކަޑަވޭދޯ! އޭނަ ހަމަ ރީތީ!
ކެރެޓް
03 April 2023
ޑޯންޓް ބީ ސޯ ޖެލަސް ލާމް!
އމވއޑ
03 April 2023
ފިރިހެނުންނޭ!! އޭނަގެ ގިނަ ފޮލޯވަރުންނަކީ އަންހެނުން. ގިނަ ލައިކު ދެނީ އަންހެނުން. ދުނިޔޭގެ އެއްވެސް މީހަކު "އިންފުލުއެންޒާ" ވޭތަ އަންހެން ފޯލޯވަރުންނާ ނުލާ..
މުލާ
03 April 2023
ނޫން. އޭނަގެ މަސައްކަތާއި ކުރާ ޚަރަދުން މަޝްހޫރުވަނީ. އެންމެ 6 މިނިޓަށް 75،000 ރުފިޔާ އެޚަރަދު ކުރީ.
އިޙްސާސް..
04 April 2023
ބަލަ ފިރިހެނުން އަންހެނުންނާއޭ ހިތާވާންވެސް ކައިވެނި ކުރަންވެސް ޖެހެނީ.. ދެން ކޮބާ ކައި ބޭނުންވެގެން ފިރިހެނަކު އުޅުމުން މައްސަލައަކީ. ހަލާލުގޮތުގަ ހަމަ ހަލާލުވާނެދޯ.
ލާމަސީލު
02 April 2023
ކީއްތަވާނީ ފާތުމަތު ޒަޔާން ކައިރިން އޭނަޔަށް ސެކިއުރިޓީ ދިނީ ކޮންބަޔެއްތޯ އަހާލިއްޔާ. އަދި އަޅާފައިން ކޭކު އެއީ ފޭކް އެއްކަމަށް ކޭކް އަޅާ މަޝްހޫރު މީހުން ސޯޝަލް މީޑިއާގައި ބުނަމުން ދާތީ އެވާހަކަވެސް ފާތުން ކައިރިން އަހާ އޮޅުންފިލުވި ނަމަ ކިޔުންތެރިން ލައްކައުފާވީސް.