ލުހެއިމް (ވ)
04 އެޕްރީލް 2023 - 11:57
ފިލިޕީންސްގައި މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި ދިވެހި ޒުވާނާ، ލުހެއިމް މުހައްމަދު އިސްމާއިލް އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.
ދަރިފުޅުގެ އެކްސިޑެންޓާ ގުޅިގެން، ޕިލިޕީންސަށް ގޮސް ހުރި އޭނާގެ ބައްޕަ، ފުވައްމުލަކު މެދު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ދީދީ "މިހާރު" އަށް ވިދާޅުވީ، ލުހެއިމްގެ އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުން ލިބިފައިވާތީ ބަނޑުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު، ބިންދައިގެން ގޮސްފައިވާ ދެ ފަޔަށް އަދި އެއްވެސް ފަރުވާއެއް ނުދެވޭ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
އާއިލާ އިން މަސައްކަތް ކުރަނީ ލުހެއިމަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ ނުވަތަ ބެންކޮކަށް ގެންދާށެވެ. އެކަމަކު، ހާލަތު ސީރިއަސް ވުމުން ދަތުރު ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ހޮސްޕިޓަލުން ނުދެ އެވެ.
"ކޮންމެ ވެސް ވަރަކަށް ހޭ އެބަހުރި. އެކަމަކު، ގިނަ ވަގުތު ނިންދަވާފައި އޮންނަނީ،" މުހައްމަދު ވިދާޅުވި އެވެ.
ލުހެއިމަށް ސާޖިކަލް އައިސީޔޫގައި ފަރުވާ ދޭއިރު، ރިކަވާ ވާން ވަގުތު ނަގާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.
ފިލިޕީންސްގައި ޕައިލެޓް ޓްރެއިން ހަދާ ލުހެއިމް މިދިޔަ ހުކުރު ދުވަހު އެކްސިޑެންޓުވީ އޭނާ ދުއްވަމުން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ވެއްޓިގެންނެވެ. އޭރުން ފެށިގެން އަންނަނީ ސެބޫގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފާތު
04 April 2023
ފުވައްމުލައް ކުދިންނަށް މަޑުން ދުއްވަން ދަސްކޮށްދޭން ވެއްޖެ.
ޕިނޯއި
04 April 2023
ސައިކަލު ކޮންޓުރޯލުން ނައްޓާލައިގެން ދިޔައިރު ފިލިޕީނޯ އަކަށް އޭގެ ސަބަބުން އަނިޔާއެއްވިބާ؟
ފޭދޫ ކަލޯ
04 April 2023
ގައުމުގަ ވިޔަސް އެކުސިޑެންޓް ގައުމުން ބޭރައް ދިޔަޔަސް ދިވެހިން ހަމަ ބިމުގަ އުޅެން ބޭނުން ނުވާކަން މީގެން ދޭހަ ކޮއްދެނީ.
ކަނޔޭ
04 April 2023
ތީގެ ހައްލަކީ އިންސާނާ ހަމަބިމަ ފޭބުން. ދިވެހިން ޒުވާނުނައް ހީވާކަހަލަ ދުއްވާއެއްޗަކައް އެރިއްޖެޔާ ދުނިޔެ ރަންވީއޭ.