04 އެޕްރީލް 2023 - 16:08
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ގެ މެންބަރުން ރަައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުން ވަކި ކުރުމާ ގުޅޭ ގޮތުން މިއަދު ވަކި ގޮތެއް ނުނިންމުނެވެ.
ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން ކޮމިޓީތަކުން ވަކި ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީގެ ޗީފް ވިޕް އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ. އެ މައްސަލާގައި މިއަދު ޕީޖީގެ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މުޣުނީ "މިހާރު" އަށް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލާގައި މެންބަރުން މަޝްވަރާ ކުރެއްވި ކަމަށެވެ. ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ އަމަލުތައް ހުންނަ ގޮތާ މެދު އެހެން މެންބަރުން ކަންބޮޑުވާ ކަމަށާއި ނަމަވެސް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން މިއަދު ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ބައްދަލުވުން ނޫނީ ދެ ބައްދަލުވުމަކުން ނިންމޭނެ ކަމެއް ނޫން މިއީ. ކުރިއަށް އޮތް ތަނުގައި އިތުރަށް މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހުންނެވި މުޣުނީ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެންބަރުން ކޮމިޓީން ވަކި ކުރާ ނަމަ ނުވަތަ ބަދަލު ކުރާ ނަމަ އެކަން ޖެހޭނީ މަޖިލީހުގެ ރައީސަށް އަންގާށެވެ.
ނަޝީދު އިސްކޮށް ހުންނަވައި، އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވައިގެން މަސައްކަތްޕުޅު ކުރައްވާތީ ބައެއް މެންބަރުން މީގެ ކުރިން ވަނީ އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު ފަހުން ވަނީ އެ މަސައްކަތް މަޑުޖައްސާލައިފަ އެވެ.
އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޕާޓީގައި ދެ ފެކްޝަނެއް އޮތްއިރު، ނަޝީދާ އެކު ތިއްބެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޖުމްލަ 68 މެމްބަރުންގެ ތެރެއިން 12 މެމްބަރުންނެވެ. ގިނަ މެމްބަރުން ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލޮކޮސް
06 April 2023
ފަކުރެއްގެ ދިރުން ކީއްޔާ މާރަގަނޅު. އެލޮކޮސްއަކީ ކޮސްމީހެއް. މުޅި އިންޑިޔާއަށް ދިވެހި ދައުލަތް ވިއްކާލައި މިހާރު ގާސިމް ފަހަތައް ވެރިކަމާހެދީ ދަންޖެހެނީ
ފިކުރެއްގެދިރުން
05 April 2023
ތިޔަ ބޭފުޅުންނަށް މިފިކުރެއް ނުހުއްޓުވޭނެ، ކަށި ބިޑިއާއި ކަރަންޓު މުގުރާ ކަރުނަގޭހަށް، ބިރުން ފަހަތަކަށް ޖެއްސޭނެ، ބައެއްވެސް ނޫންމީކީ، އަޅާނެ ފިޔަވަޅެއް އަޅުއްވާ އަޅުގަޑުމެންދާނީ ބާރަށް ބާރަށް ކުރިޔަށް
ެއޭނާ މީ
05 April 2023
ހުރިހާ މެންބަރުން ހޮވިފަތިބީ ނަޝީދުގެ ތައްޕާހުން. މިއަދު ބުރޯ ބިރުދައްކައިގެން ކަންކަންކުރަން އުޅެނީ ސޯލިހުގެ ނުލަފާކަމުން. އެމްޑީޕީން ވަޢުދުވި އުސޫލުތައް ވެއްޔައްވެއްޖެ.
އަފީފު ހ އ ދިއްދޫ
05 April 2023
ފިޔަވަޅު އަޅާފައި ދެން ދާނީ ފަރަށް ބޮލި ހިލަންދޯ ފެންނެތް ބޮޑެތި ކާށި ބިންނަން މިހާރު ތިފެށީ
ބޮޑުމީހާ
04 April 2023
ފިކުރެއްގެ ދިރުން ފުޅާ ކޯލިޝަން ކިޔާނެ ކަމެެއް ނެތް. ވެރިކަން ދިނީ އެމްޑީޕީއަށް. 65 ގޮނޑީގެ މެޖޯރިޓީ ދިނީ އެމްޑީޕީއަށް. ކުރެވުނު އެއްކަމެއްވެސް ނެތް. ކޮރަޕްޝަންވީ އިތުރު، ސިޔާސީ މަގާމުތައް ވީ ގިނަ، ބެލުނު މައްސަލައެއް ނެތް، އެޅުނު ފްލެޓެއް ނެތް، ހެދުނު މަގެއް ނެތް، ފާޑުފާޑުގެ ނަން ކިޔައިގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް، އެމްޑީޕީ ތި އޮތީ ފެއިލްވެފައި
ރުންކުރު
04 April 2023
ރައްޔިތުންނަށް ކަންކަން ކޮށްދީގެން ފެއިލެއް ނުވާނެ. އެމް.ޑީ.ޕީ އަށް އަސްލު އޮތް ތާއީދު ވަރަށް އަވަހަށް ފެންނާނެ، ރޯމާ ދުވާލު ރައްޔިތުންނަން ގެނެސްދީފައިވާ ތަރައްޤީ އެހެރީ ކޮންމެ ރަށަކުން ފެންނަން، ހަމަ ގައިމުވެސް އެއީ ކޮންމެވެސް ބައެއްގެ ގުރުބާނީގެ ފޮނި ނަތީޖާ.....ބައެއް މީހުންނަށް ކިތަންމެ ގަބޫލުކުރަން ދަތިވިޔަސް
ވެއްޓެނީ
04 April 2023
ވަކިކުރިޔަސް މޮޅެއްނެއް..ވަކިނުކޮއް ހަމަ ނިދި ނިދޭކައްވެސް ނެތް..ތެޅުން ވަރަކައްފާބާނި ހުނބުޅު
ރުންކުރު
04 April 2023
އަދިވެސް ވަގުތު އެބައޮތް ފިޔަވަލުއަޅަން. ޕާޓީ އިންތިހާބުގެ ކުރިން ހަރުދަނާކޮށް އެކަތިގަނޑަކަށް ހެދޭނީ ފިޔަވަޅުއެޅުން އަވަސްކޮށްގެން. ބައިބައިވެފައިވާ ޕާޓީއެއް އޮތުމަކީ ޕާޓީއަށް ހެޔޮއެދޭ މެންބަރުން ބޭނުންވާނެ ގޮތެއް ނޫން. ވަކި މީހަކު ނުވަތަ ބަޔަކު ވީމަ ފިޔަވަޅުއެޅުން ލަސްކުރުމަކީ ބުއްދިވެރިގޮތެއް ނޫން
ލޮލީ ކުޑަ ބޭ
04 April 2023
ފިކުރެއްގެ ދިރުން އުފެދުނީ އިބޫ އާއި އަންނިގެ ފީކަޅާ ކަމުން
އެމްސް
04 April 2023
މިޤައުމަށް ގިނަވެފަ ތިބި ބިދޭސީންނާއި ދޭތެރޭ ފިޔަވަޅެއް ނޭޅެނީ ކީއްވެބާ؟ ވިސާއެއް ނެތި (ޕާސްޕޯޓް ނައްތާލައިގެން) އުޅޭ މީހުނާއި އެކިއެކި ވަގުވިޔަފާރި ހިންގާ މީހުންނާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅާ ތިބެނީ މަޖިލިހަކީވެސް ދިވެހިންގެ ބަދަލުގަ ޤަވާޢިދާއި ޚިލާފަށް މިޤައުމުގަ ދިރިއުޅޭ ބިދޭސީންގެ ޙިމާޔަތަށް އޮތް ތަނަކީބާ؟
އެމައިދާން
04 April 2023
ފައްޔަ ބުރޯ ކައިރި އަހާލަބައެ. މައިދާން ރެޑީ ނުވަނީ ކަންނޭގެ
ކުލިކާލިގޮއި
04 April 2023
ފިޔަވަޅުއަޅާބަލަ ބާކީ އޮތީ ހަ މަސް