ތޮއްޑޫ ދަނޑަކަށް މީހަކު ބޭސް ޖަހަނީ: ގަސްތަކަށް ޖެހޭ "ކަޅުކޫޑި ބަލި" އެންމެ ގިނައީ އުތުރުގައި ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު
06 އެޕްރީލް 2023 - 15:35
ރާއްޖޭގެ ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހި، ކާށި ލިބުން ދަތިވާތީ އެކަމަށް ހައްލެއް ހޯދަން 5،000 ރުއް ރާއްޖެ ގެނެސްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.
ގަސްތަކަށް ޖެހޭ "ކަޅުކޫޑި ބަލި" އެންމެ ގިނައިން ފެތުރިފައި ވަނީ އުތުރުގަ އެވެ.
ރުއްތަކަށް ޖެހިފައިވާ ބަލިތަކަށް ހައްލެއް ހޯދަން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ ރުއް އާލާ ކުރުމުގެ ޕްރޮގްރާމެއް މި ސަރުކާރުން ރާވާފައިވާ ކަމަށެވެ.
މައްސަލަ ހައްލުކުރުމަށް އެ ޕްރޮގްރާމުގެ ދަށުން 5،000 ރުއް ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ރުއްތަށް މިވަގުތު ހުރީ އަޅުގަނޑުމެންގެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީނުކޮށްފައި، އަޅުގަނޑުމެން މިހާރު މި ބަލަނީ އެތެރެކުރި ރުއްތަކުގައި އެއްވެސް ބައްޔެއް ހުރިތޯ، ބަލާފައި ރަށްރަށު ކައުންސިލަށް ދޫކުރާނީ،" އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ ރުއްތައް ގެނެސްފައި ވަނީ އިންޑިއާގެ ކެރެލާއިންނެވެ.
މިނިސްޓްރީން މީގެ ކުރިން ވަނީ ބަލީގެ އެއްވެސް އަލާމާތެއް އެއްވެސް ގަހަކުން ފެނިއްޖެ ނަމަ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެންގުމަށް އެދިފަ އެވެ. ބައެއް މީހުން ބަލި ޖެހިފައިވާ ގަސްތައް ރަނގަޅު ކުރުމަށް ތަފާތު ބޭސް ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެކެ
08 April 2023
ކެރެލާއިން 100 ބިންބި ގަސް ހަދިޔާކޮށްފި ކެކެ
ބައިކިލޯ
08 April 2023
ކެރެލާއިން ގެނާ ރުއްތަކަށް ދިވެހި ރައްޔިތެއްކަމުގެ ސެޓްފިކެތް ދޭންވާނެ. އޭރުން ނޫންތޯ ދިވެހި ރުކަށްވާނީ. ޖުމްހޫރީޕާކުގައި ހުރި ދިވެހި ރުއްތަކެއް ނަގާގެން ބަޔަކު ކަންބޮޑުވެގެން އުޅުނު. ދިވެހިވަންތަކަމާ ސަގާފަތު ގެއްލެތީ. މިގެނާ ރުއްތައް މީ ދިވެހިރުއްތޯ؟
ކާށި
08 April 2023
މީ ތެދެއްނަމަ މީ ދެރަކަމެއް! ފަޅު ރަށް ރަށް އާއްމު ރައްޔިތަކަށް 50 އެއްމެ 5 އަހަރައް ވެސް ނުދޭބއވީ ކީއްވެބާ. މި ޤއުމުގެ ރީސޯޓް ހިންގާ ރަށްތައް ބޭރުމީހުންނަށް ހިތުހުރި އަހަރަކަށް އެބަދޫކުރޭ! ހާދަދެރައޭ!
ެބޮޑުބޭބެ
07 April 2023
ހިލޭ އެހީގަ ތޯ ؟ ގަނެގެންތޯ. ކިތައްމިލިއަން ތޯ. ބިޑު ކޮށްގެންތޯ ވަގަށްތޯ
ރަބަތު
07 April 2023
އަސްލު ބަލަންވީ ބަލި ޖެހިފަ ހުރި ރުއް ތަކަށް ރަނގަޅު ޓްރީޓްމަންޓެއް ދީގެން ރަނގަޅު ކުރެވޭތޯ. އަހަރެން ދެކުނިން ބ އަތޮޅު ރިސޯޓެއްގައި ރުއް ތަކަށް ރަނގަޅު ޓްރީޓްމަންޓެއް ދޭތީ. އެ ރުއްތައް ހުރި ރީތިވެލާފަ މަރިވަރު ރަނގަޅުވެފަ
ވިސްނާލަން ޖެހޭ
07 April 2023
ރާއްޖޭގެ ޒަމާންވީ ޑޮމެސްޓިކް ރުއްގަސް ތައް ދަރިމައިނުވާ ހައިބްރިޑަށް ވިޔަ ނުދޭންވީ. އަނެއްކާ ވަރަށް ކްރީމީ ސޮފްޓް ވަރިބޯ ކާށި (ޅ.މާކޯ ފަދަ ރަށްރަށުގަ) ރާއްޖޭގަ އަސްލު ހުރި. އަދި އެތަނެއްގެ ކްލައިމެޓްއާ ފެތުރޭ ބަލިތަކާ ގުޅޭގޮތަށް އިވޯލްވެ އެމިޔުނިޓީ ހުރި ނަސްލުތައް އެއީ އެސެޓެއް. 4 ސީޒަން ނާންނަ މި ވެށީގައި މުޅިއަހަރު ބަލިތައް ފިލާނުދާނެ. އެކަމުގެ ދިފާއުވެސް މި ބަޔޯ ސާކިޔުލޭޝަންގެ ސްޕީސީޒްގައި އުފެދިފައި ހުންނާނެ. މީ ރިސާޗުން ހައްލުހޯދާ ޒަމާން...
ތިންތަކުރު
07 April 2023
ދިވެހި ގައުމީ ގަހާ ، ގައުމީ މަލާ ، ގައުމީ ދިދަ އާއި ، ގައުމީ ނިޝާނާއި ސަގާފަތްވެސް އޮޅުން ބޮޅުންވާ ހިސާބަށް ގޮސް . ގައުމުގެ އާބާދީ ވެސް 2 ވަނަ ނުވަތަ 3 ވަނަގައި ދިވެހި ރައްޔިތުން ގުނަން ޖެހޭ ހިސާބަށް ގެންދިޔައީމައި ގައުމު ވީ ކޮންތާކުތޯ ހޯދަން ނުޖެހޭ ބާއޭ ހިތައް އަރާ!
ޖޯޖް
07 April 2023
ދިވެހިންގެ ގައުމީ މަލާ ގައުމީ ގަހަކީ ދިވެހިން އަމިއްލައަށް ދީގެން އުޅޭ ނަންތަކެއް އެހެން ނޫނަސް ކަލޢ ތިހާ ގަެމުދެކެ ލޯބިވާ މީހާ އިންޑިޔާއިން އެތެރެކުރާ ފިޔާ ތިކަނީ ކީއްވެ.
ހިޔަލަ
07 April 2023
އެކި ގޮތްގޮތުން ދައުލަތް ދޮވެލާފަ ރޯނުގަ އަޅުވަނީ. މީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ދިން ބޮޑު ގެއްލުމެއް. ޢަދި ކުރި ޖެއްސުމެއް. މިމީހުންގެ މައްޗަށް ޝަރީއަތް ހިންގާ ދިވެހި ރައްޔިތުންނަށް އިންސާފު ލިބެންޖެހޭ. ނޫނީ ރާޖޭގެ ކަންކަން ބޮއްސުންލާ ބާރުގަ ތިބިބަޔަކު ގައުމު ކޮރޮޕްޝަނުގެ ހާއްޔަކަށް ބަދަލުކޮށް ކައި ހުސްކޮށްލަފާނެ. ވެންޓިލޭޓަރުން ފެށިގެން ގޮސް ދިވެހި ރުކުން ގޮސް މޫދު ލޮނާ ހަމަޔަށް މިދަނީ
މޫސާފުޅު
07 April 2023
މިވަރުގެ ވިޔާނުދާ ކަންކަން ސަރުކާރުން މިކުރަނީ ކީއްވެބާ؟ ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ކިހާބޮޑު ގެއްލުމެއް މިދެނީ. ރުއް ފަޅުވަން ކޮލިޓީ ރަނގަޅު ބޮޑެތި ކާށީ ރާއްޖޭގައި މާ ރަނގަޅަށްވެސް ލިބެން އެބަހުރި ރަށްރަށުގައި. ކާށި ރަނގަޅު ޜުއް މަދުވަނީ ސަރުކާރުން ބިންތައް ހިފަހައްޓައިގެން ރައްޔިތުންނަށް ރުއް ވެސް ގަސް ވެސް ހެއްދުމުގެ ފުރުސަތު ބަންދުކޮށްފަ އޮތީމާ.
މުރާކިބޭ
06 April 2023
ކުރިން ވަރުވާއަށް ގިނަ މީހުން ރަށް ނަގައިގެން އުޅުނީ އެރަށުން ކާއްޓާއި ރޯދައަށް ދަރާއި އަދި ބައެއް ފަހަރު ކަށިވެލި ނެގުމުގެ ބޭނުމުގައި. ނަމަވެސް މިހާރު ރާއްޖޭގައި އުފެދުނު އީޕީއެއްގެ ބަލާއާހެދި އެއްވެސް ރަށަކުން ދަރުކޮޅެއް، ދަނޑިއެއް، ކަށިވެލިކޮޅެއް ނެގޭކަށް ނެތް. އެހެންކަމުން ރައްޔިތުންނަށް އެރަށްތައް ވަރުވާއަށް ނެގުމުގެ ބޭނުމެއް ނެތް. ދެން ނުވެނުދާނެގޮތް ވަމުން މިހާރު އެދަނީ.