އާރްޓީއެލް ފެރީ. ހުވަދު އަތޮޅުގައި ބޭނުން ކުރާ އެ ފެރީ އިން 50 މީހުންނަށް ދަތުރު ކުރެވޭނެ-- ފޮޓޯ: އެމްއޭސީއެލް
06 އެޕްރީލް 2023 - 11:58
ހުވަދު އަތޮޅުގައި ބޭނުން ކުރާ އާރުޓީއެލްގެ ފުރަތަމަ ފެރީ ބަނދެ ނިންމައިފި އެވެ.
އެމްޓީސީސީން އިއްޔެ ވަނީ ގއ އަދި ގދ ގައި ފެރީ ހިދުމަތް ދޭން ބޭނުން ކުރާ މި ފެރީގެ ސްޕީޑް ދައްކާލައިފަ އެވެ. އަލްޝާލީ މެރިން އިން ބަނދެފައިވާ މިފެރީގައި އެއްފަހަރާ 50 މީހުންނަށް ދަތުރުކުރެވޭނެ އެވެ.
މިއީ މީގެ ކުރިން އެމްޓީސީސީން ފެރީ ހިދުމަތަށް ބޭނުން ކުރި ލޯންޗު ތަކަށް ވުރެ ޖާގަ ތަނަވަސް، ބޮޑެތި ލޯންޗެކެވެ.
ހުވަދު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް މި އަހަރުގެ މެދު ތެރޭގައި ފަށާނީ މި ސައިޒުގެ ހަ ލޯންޗު ފެރީއާ އެކު އެވެ. އެ ފެރީތަކުގައި ވީލްޗެއާ އާއި ސްޓްރެޗާ ބެހެއްޓޭނެ ޖާގަ ވެސް ހުންނާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމުން އެ އަތޮޅާއި ފުވައްމުލަކާއި އައްޑުއާ ވެސް ގުޅާލާނެ ކަމަށެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހޭދަކުރާ އިރު އެ ހިދުމަތް ދެނީ އެކި ޒޯނުތަކަށް ބަހާލައިގެންނެވެ. ޖުމުލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ވަނީ ހއ، ހދ، ށ، ޅ އަތޮޅު ފެރީން ގުޅާލައިފަ އެވެ.
އެމްޓީސީސީން އަންނަނީ އިތުރު އަތޮޅުތަކުގެ ފެރީގެ ހިދުމަތަކަށް ބޭނުންވާ ލޯންޗުތައް ވެސް ބަންނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
07 April 2023
ދައުލަތަށް ނުރައްކަލަކަށްވާގޮތަކަށް އަދި އެމީހުންގެސަބަބުން މުޅިޤައުމުހުއްޓި ރައްޔިތުންގެ އަސާސީއެތައްކަމަކަށް ހުރަސްއެޅިދާނެފަދަ ބޭރުގެ އިންވެސްޓްމަންޓެއް އޮތުމަކީ ހަމަޖެހޭކަމެއްނޫން. # އެހެންކަމުން ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ ސަރަޙައްދުގައި ސީޕްލޭން އޮޕަރޭޓް ކުރާނީ މޯލްޑިވިއަން ކަމުގައި ހަމަޖައްސާ ގޭންއެއަރޕޯޓް ސީޕްލޭންބޭސް އޮޕަރޭޓް ކުރުން އަވަސްކޮށް ހުވަދޫގެ ރިސޯޓްތަކަށް ސީޕްލޭންގެ ހިދުމަތްދީ މޯލްޑިވިއަން ސީޕްލޭން ފްލީޓް ބޮޑުކުރަންޖެހޭ.
ރައީސްއަސްލަމް
06 April 2023
ރައީސް އަސްލަމްގެ އަތޮޅަށް ބޭނުމަކީ އަސްލަމްގެ ރަށް އެއަތޮޅުގެ ހަބަކަށް ހެދުން
އޮނަރަބްލް އަފީފު ދީދީ
06 April 2023
އެތައްސަތޭކަ މިލިޔަންރުފިޔާ ޙަރަދުކޮށް ކޮންމެ 30 މިނަޓަކުން ދެވޭހިސާބުގައި އެއަރޕޯޓްއަޅާފަ އިންތިހާއަށް ބޮޑުއަގުގައި ދިވެހިންނަށް ދަތުރުކުރަންނުޖައްސާ ރާއްޖޭގެ ކޮންމެއަތޮޅެއްގައި ޑޮމެސްޓިކް 1 އެއަރޕޯޓް (ހުވަދޫ އަތޮޅުފަދަ ބޮޑެތިއަތޮޅުތަކަށް ދޭއް އެންމެރަނގަޅު) ކޮންމެއަތޮޅެއްގެ އެތެރޭގައި "ރަށު ފެރީ" އަދި އެއް އަތޮޅުން އަނެއްއަތޮޅަށް ދިއުމަށް "އަތޮޅު ފެރީ" ހަދާފަ ރަނގަޅު ފެރީނިޒާމެއް ތައާރަފުކުރިނަމަ ހުރިހާގޮތަކުންވެސް ދިވެހިންނަށް ފައިދާ ބޮޑުވާނެ.
މާހިރު
06 April 2023
ދިވެހިރާއްޖޭގެ މީހުންނަށް ރީތި ޑިޒައިނަކަށް އެއްޗެއް ހަދަން ހަމަ ނޭނގެނީތޯއެވެ. އޮޑިގަނޑު އެހާ ހުތުރުނޫން ނަމަވެސް ގެގަނޑު ހީވަނީ ހަތަރެސްކަން ފޮއްޓެއްހެނެއްނޫންތޯއެވެ. އޮޑިއާ ގެގަނޑާ ނުވެސް ގުޅެއެވެ. ހަމައެކަނި ރަނގަޅު ޝީޓުތަކެއް ހަރުކޮށް ފޯން ޗާޖުކުރެވޭގޮތް ހެދުމަކުން ނުފުދެއެވެ. ބޮޑެތި ޚަރަދުކޮށްގެން އެއްޗިހި ހަދާއިރު މިޒަމާނުގައި އެހެންމީހުންވެސް ހަދާފައިހުންނަ އެއްޗިހި ބަލާލުން ބުއްދިވެރިއެވެ.
ވިސްނާތި
06 April 2023
ރައީސްގެއަތޮޅާއި ހުރިހާ ބޮޑުންގެ އަތޮޅު ނިންމާފަނޫނީ އެހެން ދިމާލަކަށް ނުދެވޭތަން މިފެންނަނީ. ކޮބާ ތިކަން ފެށިއިރު އައި ތަރުތީބު؟ ހއ. ހދ، ށ، ދެން ފެނުނީ ނރބ ދޫކޮށްލާފަ ރައީސްގެ އަތޮޮޅަށް ލޯންޗު ހޯދިތަން. އެއްވެސް ކަމެއް ރަނގަޅަށް ނުކުރާތި ކަލޭމެން. ދެން ކިހިނެއް ސޯލިހަށް ވޯޓުދޭނީ؟
އަހްމަދ
06 April 2023
ހއ، ހދ، ށ އަތޮޅު ނިންމާފަ ނ އަތޮޅު އަތޮޅު ދޫކޮށްފަ އެއް ލޯންޗް މަދުވަނީއޭ ކިޔާފަ ދިޔައީ ރައީސްގެ އަތޮޅު ޅ އަތޮޅަށް. އެހެން ކިޔާފަ ނ އަތޮޅު އަދިވެސް ބާއްވާފަ އަދި އެދޭތެރޭން އެތައް އަތޮޅެއއް ދޫކޮށްފަ މިހާރު މިދަނީ މިނިސްޓަރު އަސްލަމްގެ އަތޮޅަށް. މިކަހަލަ ކަންކަމުގައިވެސް ބާރާ ނުފޫޒު ނުފޯރުވާ ހަމަހަމަ ކޮށް ކުރުމެއް ނޯވޭ. ދެން ކޮންއުންމީދެއް ކުރަންވީ މިމީހުންނާ މެދު
ޖަމީލުބެ
06 April 2023
الحمد لله