ނައިބް ރައީސް ފައިސަލް ނަސީމް، ޕާކިސްތާނުގެ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
09 އެޕްރީލް 2023 - 14:17
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެމަގުން އަލުން ސީދާ ދަތުރުތައް ފަށަން ދެ ގައުމުން މިއަދު މަޝްވަރާކޮށްފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ މަޝްވަރާތައް ކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީ، ނައިބު ރައީސް ފައިސަލް ނަސީމްއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
"...ރާއްޖެ އާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމާއި ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިންނާއި ތަމްރީނާއި ތައުލީމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވެވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުމުގައި، ޕާކިސްތާނަށް މިދިޔަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް ނައިބު ރައީސް އޮޅުންފިލުއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ވެސް ފާޅުކުރެއްވި އެވެ.
ޕާކިސްތާނައި ރާއްޖޭގެ ގުޅުން ދެމި އޮތީ، ދެ ގައުމުން ގެންގުޅޭ އެއް ކަހަލަ ގަބޫލުކުރުންތަކާއި އުސޫލުތަކުގެ ސަބަބުން ކަމަށް އެ ގައުމުގެ ސަފީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ސަފީރު ވެސް މަޝްވަރާކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުން އަންނަ ކަންކަމާ ގުޅޭ އެއްބަސްވުންތައް އަވަހަށް ނިންމުމަށް ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް 2017 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރާއްޖެ އާއި އެ ގައުމާ ދެމެދުގައި ވައިގެމަގުންނާއި ކަނޑުމަގުން ސީދާ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި މިދިޔަ އަހަރު ޕާކިސްތާނުގެ ގައުމީ އެއާލައިން އިން ވެސް ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް އިއުލާންކުރި އެވެ.
ޕާކިސްތާނުން ވަނީ ވަރަށް ކުރިން ރާއްޖެއަށް ވައިގެމަގުން ސީދާ ދަތުރުތައް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމެރިކާ
10 April 2023
ޕާކިސްތާނަކީ ރާއްޖޭގެ ބެސްޓްފުރެންޑެ. ޢިންޑިޔާގެ ބޭނުމަކީ ރާއްޖެ ފުނޑާލުން.
ރެޓޭ
09 April 2023
ދައުރު ނިމެން 4 މަހަށް ވާއިރުވެސް މިކިޔަނީ ފަށަނީޔޯ! ފަށަނީޔޯ!
ހަތާވަޅު
09 April 2023
ތިކަމަކީ މިހާރު މިހިނގާ ރިޔާސީ ވޯޓާ ވަރަށް ބޮޑަށް ގުޅިފައިހުރިކަމަކާ ބޮޑަށް ލަފާ ކުރެވެނީ. 2017 ގައި މަޝަރާ ކުރެވި ފަށަން ތައްޔާރުވި ދަތުރު ނުފެށި އަލުން މަޝްވަރާ ކުރުމަކީ ކޮނެފައިހުރިވަޅަކަށް ފަސް އެޅި ފޮރުވުނީމާ އަލުންވެސް އެވަޅު ކޮނުން ކަހަލަ ކަމަކަށް. ވޯޓް ލާން ވާންދެން ހަމަ ކޮނެލަ ކޮމެލާ ތިބޭނީ. ވޯޓު ނިމުނީމާ އޭރު ކޮނެވުނުވަރަށް މަސައްކަތް ކޮށްފައި އަނެއް ދައުރަށް ތައްޔާރުވާން ވަޅުކޮންނަން މަޝްވަރާ ފަށަނީ. އިންޑިޔާ ރުހެންދެންވެސް ކުރެވިދާނެ
ސައުތު
09 April 2023
މިއީ އަހަރެމެންގެ އަހުން. މިއީ ދިވެހިންދެކެ ލޯބިވާ ރައްޔިތުން ތިބި ގައުމެއް
ދަތުރުވެރި ޒުވާނާ
09 April 2023
ތިއީ ވަރަށްވެސް ސަޅިކަމެއް. ޙާއްސަކޮށް ޕާކިސްތާނުގެ އުތުރު ސަރަހައްދުތަކަކީ އަޖައިބެއްފަދަ ރީތިކަން އެކުލެވޭ ހިސާބުތަކެއް. އެހެންކަމުން ދިވެހިން އަގުހެޔޮކޮށް ޗުއްޓީ ހޭދަކުރުމަށް އިތުރު ގައުމަކަށް ވެގެންދާނެ.
އޮނަރަބްލް އަފީފު ދީދީ
09 April 2023
ތިއޮތީ ހަތަރެސްކަންހަމަވެފަ. ދެން އަޑުއިވޭނީ މުޅިންވެސް އެކޮޅަށް ދައްކާންޖެހޭ ފައިސާލިބެންދެން ކޮންމެވެސް ދިވެއްސަކު އެމީހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކުރެވިފައި ހުރިވާހަކަ. # ބަންގްލަދޭޝްގެ ޔޫއެސް ބަންގްލާ އެއަރ ލައިން ރާއްޖެއަށް ކުރާ ދަތުރުގެއިތުރަށް ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން ބަންގާޅާއި މާލެއާއި ދެމެދު ޝްޑިއުލް ދަތުރު ކުރަނީ ކޮން ބޭނުމަކުތޯ.؟ އެދަތުރު ތަކުން މޯލްޑިވިއަނަށް ލިބޭ ފައިސާކޮޅެއްގެ އިތުރުން ޤައުމަށް ލިބެނީ ކޯޗެއްތޯ.
ވީނުވީ
09 April 2023
ތިކަމާ އަނެއްކާ އިންޑިއާ މީހުން ރުޅި އައިސް ތިކަން ހުއްޓުވަން ނޫޅޭނެބާ؟ ތީ ވަރަށް ރަނގަޅު ކަމެއް. ބޭސްފަރުވާޔަށްވެސް ޕާކިސްތާނުވެސް އެކްސްޕްލޯރ ކުރަންވީ. އިންޑިޔާގެ ޑޮކްޓަރުން އެތިބެނީ ކޮންމެ ދިވެއްސަކީ ޑޮލަރު ގޯންޏެއް ކަމުގައި ދެކިގެން ތައްޔާރުގަ. ހައްދަވައިގެން ކުރަން ނުޖެހޭ އޮޕަރޭޝަން ތައްވެސް ކޮށްލަނީ. ރަނގަޅު އެތިކަލް، މޮޅު ޑޮކްޓަރުންވެސް އިންޑިޔާގައި ތިބޭ. ނަމަވެސް ޢާންމު ޓްރެންޑަކީ ކުރިން މިބުނީ. އިންޑިއާއަށް ބޭހަށް ދާ މީހުން މި ކަމާ ވިސްނުން ބުއްދިވެރި. ވަކިން ޚާއްސަކޮށް މާ އިމަރޖެންސީ ކޮށްލާފައި ސާރޖަރީ ހަދަން އުޅެގެންފިއްޔާ އަވަހަށް ސަލާމަތުން ރާއްޖެ އަތުވޭތޯ ބަލާތި! އެނގިހުރެ މި ބުނީ!
48343
09 April 2023
އަހަރެމެންގެ އަޚުންނާ ޑައެިރެކްޓުކޮށް ގުޅާލެވުމަކީ ލިބިގެންދާ ވަރަށްބޮޑު އުފަލެއް.
ޖަމީލުބެ
09 April 2023
ތިކަމާ ވަރަށް ދެކޮޅުވާނެ ދިވެއްސެއް އުޅޭނެ! ބުނެވޭ ގޮތުގައި އޭނާގެ ފިޔަ ކޮށާލާފަ ވުމުގެ ސަބަބުން މާބޮޑު ނުފޫޒެއް ނެތްކަމަށް ބުނަނީ!