ދިއްގަރަށް ރައީސް ޔާމީން ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
23 ޖެނުއަރީ 2017 - 13:55
އަމިއްލަ ޕާޓީގެ ތެރެއިންނާއި އިދިކޮޅު ފަރާތްތަކުން ޖަދަލުކުރިއަސް އެމަނިކުފާނުގެ އަމާޒު ވަރަށް ސީދާ ކަމަށާއި ރާއްޖެ އަށް ތަރައްގީ ގެނައުމުގައި ހުއްޓުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މ. މުލަކުގައި ގާއިމްކުރި ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ސިޔާސީ އެއްވެސް ވާދަވެރިއަކާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރައްވައިގެން ނޫން ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރައްވަން ކަމަށާއި އެކަން ކާމިޔާބުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅަކާ އިސްވެ އަޅުގަނޑު ނެތިން މިއަދު ވެސް ޖަދަލުކުރާކަށް. އެހެން ނަމަވެސް އަޅުގަނޑު މިކުރާ މަސައްކަތުގައި، ރައްޔިތުންނަށް ހިދުމަތް ދެމުންދާ ދިއުމުގައި ސިޔާސީ ވާދަވެރިން އެއްކޮޅުންނާއި ދެކޮޅުން ވެސް ޖަދަލުކުރައްވާ ކަމަށްވަންޏާ އަޅުގަނޑުގެ މަސައްކަތް ކުރިއަށް ގެންދަން ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ގޮންޖެހުންތަކުގެ ތެރެއިން ވެސް ރައްޔިތުންނަށް ކޮށްދޭން ހުރި ބޮޑެތި މަސައްކަތްތައް ސަރުކާރުން ފުރިހަމަކޮށްދޭނެ އެވެ. ދިއްގަރާއި އެހެން ރަށްތަކަށް ވެސް ވަޑައިގަންނަވާއިރު މަޝްރޫއުތައް ނިމިފައި ހުރި މަންޒަރު ފެނިވަޑައިގަތުމުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއޮތް މެންދުރުގެ އަވި ބާރު އިރު ވެސް އަޅުގަނޑުމެންނަށް އިހްސާސްކުރެވިގެން ދަނީ ރައްޔިތުންގެ މޫނު މަތިން ހިނިތުންވުން. މިއީ ދެއްތޯ އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވާ ކަންތައްތަކަކީ. އަޅުގަނޑުމެންނަށް މިއަދަކު ޒީނަތްތެރިއެއް ނުވޭ މުޒާހަރާއެއްކޮށްގެންނެއް،" ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ ބޭރު ގައުމެއްގެ ހިމާޔަތް ހޯއްދަވައިގެން ހުންނަވައި ދިވެހި ގައުމާއި ދިވެހި ދައުލަތަކީ އަދާވާތްތެރިއެއް ކަަމަށް ސިފަކޮށް ބޭރު ގައުމުތަކުގައި ވާހަކަ ދައްކާ ދެއްކުންތައް ބަލައިނުގަނެވޭ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާނަމަ، ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ގަބޫލުކުރައްވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތްކުރައްވައި ވިދާޅުވީ އެ އިންތިހާބުގައި ދިއްގަރުން ވެސް ޕީޕީއެމަށް އަޣުލަބިއްޔަތު ހޯދައިދޭން ޖެހެ އެވެ. ތަރައްގީގެ ވިސްނުމަށް ވޯޓު ދިނުމަކީ ދިއްގަރުގެ ކުރިއެރުމަށް އެ ރަށުގެ ރައްޔިތުންނަށް ކުރެވޭނެ އެންމެ ހެޔޮކަންތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދީނި
25 January 2017
ތަރައްޤީ ގެންނަނީ ރައްޔިތުން ފެލައިގެން....ޤައުމުގެ ތަރިކަތައް ވިއްކާ ލިބޭ ލާރި ބައިއަޅަނީ ސަނާކިޔާ މީހުންނަށް...މިކަން ކުރުމުގައި ވ އަމާޒު ސީދާ...
އިބު
24 January 2017
މިހާރުވެސް ދިއްގަރު ދާއިރާ އެމްޕީވެސް ޕީޕީއެމް، ދެން ބަހަނާނުދައކާ ތަރައްގީ ގެނެސްދީ ބަލަ
ދަގަނޑު ދަހަނާ
23 January 2017
ތިޖޫރިއަށް ވަރަށް ބޮޑަށް އަމާޒު ހިފާފައިތިބޭ ބައެއް މީހުން އުޅޭ. ހުވަފެނުންވެސް ފެންނަނީ ތިޖޫރީއޭ އެހެންމީހަކު ނުބުނާވަރެއްނުވޭ. މަނިޓަރީގެ ގޮރުނުދޯރަށް މިހެނީ އަބަދުވެސް ތިޖޫރީ ތަޅުވަޅުގައި ތަޅުދަނޑި ޖަހާފައި ބަހައްޓަން އެކިފަރާތްތަކަށް މިވެރިކަމުގައި ދޭންޖެހޭ ފައިސާ ދޫކުރަން.
ބޮޑު ހުސޭނު
23 January 2017
އަމާޒަކީ ރާއްޖޭގެހުރިހާ ރަށްތަކާ ފަޅުތައް ވިއްކާފަ ލިބޭހާ ލާރިޔެއް ދައުލަތުގެ އެކައުންޓަށް ނުވަދެ އެހެން އެކައުންޓްތަކަކަށް ވެއްދުންކަމަށް ވެއްޖެއްޔާ ތި ވިދާޅުވާ އަމާޒް ވަރަށް ސީދާ.
ދޮންދީނި
25 January 2017
ވާހ ވާހ ސަޅި ކޮމެންޓެއް...
ހަޖްމޯލާ
23 January 2017
އަމާޒު ސީދާކުރުމަށްޓަކައި ކުރިމައްޗައް އަރާއެންމެން ޖަލަށް ލައިހެން ތިއުޅުއްވަނީ
ނަސީމު
23 January 2017
ކައުންސިލްތަކަކީ މިސަރުކާރުން ބޭނުންވާ އެއްޗެއްނޫނެއްނު. ދެން ކީއްކުރަން ކައުންސިލް އިންތިޚާބޭ ކިޔަނީ. ތާއީދު ނުކުރިޔަސް މާލޭގަ މަތިމައްޗަށް ޕާކާ ބީޗް ހަދަނީ. ރަށެއްގަ ވިއްޔާ ކައުންސިލް ލިބިގެން ނޫނީ ތިމަންނަ 2018 އަށާރައިގަ ހޮވީމަ.، ދެން ތިވިދާޅުވަނީ ޕާޓީތެރެއިންނާ ޕާޓީން ބޭރުން ޖަދަލުކުރަންޏާ ތިމަންނަ ހަދަންޖެހޭ ގޮތް ހަދާނަމޭ. އެގޮތަކީ އެބަޔަކު ޖަލަށްލުން. ރައްޔިތުންގެ ގޮހޮރު ދަމައިގަނެގެން އަޅާބުރިޖަކުން ހިތްހަމަޖެހުމެއް ނުލިބޭނެ.
ދިހަރޭ ޖޯން
23 January 2017
ރައްޔިތުން ބޭނުންވާ މަންޒިލަކަށެއް ނޫން. އަމިއްލަ އެދުމާއި ދިމާލަށް. ދިވެހިން ދިވެހިންގެ ގޮތުގައި ގަމާރުކަންމަތީ އަބަދަކު ނުތިބޭނަން.
މީހާ
23 January 2017
މަނިކުފާނު ތަރައްގީގެ އަމާޒު ސީދާ ކޮށްލީމާ ގޮސް ލައްވާލީ ދައުލަތުގެ ޚަޒާނާގެ ފުލަށް!!! އިރުކޮޅެއްވީއިރު ބިލިއަނުން ގެއްލިއްޖެ!!! ވަރަށް ވެދުން
ގާގެ ޒަކީ
23 January 2017
މެންދުރު އަވިބާރުވަގުތުގައި ސްކޫލުކުދިންނަށް މަޖުބޫރުކޮށްގެން ގެންގޮސް ކޮޅައް ބެހެއްޓީމާ އެކުދިންގެ މޫނައް އިރުގެ އަލި އެޅުމުން ދެލޯކުޑަވެ, އަނގަހުޅުވޭނެ. އެތަންފެނިފަ ތިބުނީ ހުރިހާ އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމޭ. އެންމެން ހެވިފައޭ. މަނިކުފާނުވެސް އެގަޮތައް އަވިގަޑީގަ އަތްވައް ނުކުމެބަލަ. ހަމަ ހެވިފަ ދަތްޕިލަ ފެންނާނެ.
ލާހޫރޭ
23 January 2017
އަމާޒުގެ ފަހަތަށް އައިބު ކޮންމެ ސިފައެއް ލީމަ ހުންނާނީ، ރަނގަޅަށް ...