ބޮޑުތަކުރުފާނު މަގުގެ ބޭރުގައި ހުންނަ ކާއެއްޗެހި ވިއްކާ ތަނެއް: މި މަހު މިހާތަނަށް 84 މީހަކަށް ކޮވިޑް ޖެހިފައިވޭ.--
13 އެޕްރީލް 2023 - 12:02
ކޮވިޑާއި އަރިދަފުސް ރޯގާ މި ދުވަސްވަރު އިތުރުވާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް އިތުރުވާން ފަށާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެންނެވެ.
މި މަހުގެ މިހާތަނަށް 84 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރެއިން 73 މީހަކަށް ބަލި ޖެހުނީ މާލެ ސަރަހައްދުންނެވެ. ކޮވިޑް ޖެހިގެން 17 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ފެބްރުއަރީ މަހު 146 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓް ކުރި ނަމަވެސް މިދިޔަ މަހުގެ އަދަދަކީ 169 އެވެ.
ރޯގާ ޖެހިގެން މިދިޔަ ފެބްރުއަރީ މަހު ރިޕޯޓްކުރީ 30،628 މީހެކެވެ. އެކަމަކު ޖެހިގެން އައި މާޗް މަހު އެ އަދަދު ވަނީ 37،969 އަށް އަރައިފަ އެވެ.
އިންފްލުއެންޒާ އަށް ވެސް 62 މީހަކު މި އަހަރުގެ މިހާތަނަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކަ އެވެ.
އެ އިދާރާ އިން ވަނީ އަރިދަފުސް ރޯގާ އާއި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކުގެ އިރުޝާދު ދީފަ އެވެ.
● ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކުރުން. ● ސައިބޯނި ލައިގެން އަތްދޮވެ، ސާފުކޮށްފައި ބެހެއްޓުން.. ● ރޯގާ ޖެހިއްޖެ ނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުން. ● މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެެއްކުމާއި އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.
● ސެނެޓައިޒާ ބޭނުުންކުރުން.
ރާއްޖެ އިން މިހާތަނަށް 185،771 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އޭގެ 311 މީހަކު ވަނީ މަރުވެފަަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބައޭ
13 April 2023
މިގައުމުން ކޮވިޑް މެނޭޖްކުރިލެއް މޮޅުކަމުން އެ ފޯމިއުލާ ހޯދަން ބޭރުގައުމުތަކުން ގުޅާވަރުން ފޯނުގެ ރިންގްގެ އަޑުނުކެޑިގެން އުނދަގޫވެގެން ނުނިދިގެން އުޅުނު މިގައުމުގެ ބަޔަކު. އެމީހުންނަކަށް ނޭނގޭބާ މިހާރު ތިހާ ގިނަ ބަލިތައް މިގައުމުގަ ފެތުރެން މި ފެށީ ކީއްވެކަމެއް؟ އާދަޔާ ހިލާފަށް އިންޑިއާގަ ކޮވިޑް މައްޗަށް އަރައިގެންދާއިރު މިގައުމަށްވެސް އެހެން އެވަނީ ހަމަ އިއްތިފާގަކުންތާ.
ކިނބޫ
13 April 2023
ކުރައިސަސް މެނެޖްމަންޓް ބޮއެގެން ހުރި ސަރުކާރެއް އެބަ އޮތެއްނު؛ ކޮން ކަމަކާ ރައްޔިތުން ހާސްވާންވީ؟
ބޯގަންވިލާ
13 April 2023
އަނެއްކާވެސް ލާރި ކޮޅެއް ހޯދަން މަންތަރެއް ޖަހަނީ ދޯ ، ކޮވިޑޭ ، ރޯގާއޭ ކިޔާފަ
ދގދސެފ×
13 April 2023
މިއަށްކިޔަނީ ރިހޭފައިމައްޗަށް ފޮއިވެއްޓުން.
ގެދާނޯމޮސް
13 April 2023
ކޮވިޑްވެކްސިން ނުޖަހާ އެތަށް ބަޔަކު ޖެހިމީހުންނަށް ވުރެން މާހިތްވަރު ގަދަކޮށް އެބައުޅެއެވެ. ޖެހިމީހުން ބުނާގޮތުން ހުޅުތަކާ ގައިގެ ވަރުބަލިކަން އިންތިހާ އަށް ބޮޑުކަމުގަ ވާއިރު މިކޮވިޑޭ ކިޔައިގެން ސިޔާސީ ކަންކަން ހާސިލް ކުރަން ރާވަމުން މިދަނީ އިންތިޚާބާ ދިމާކޮށް ވޯޓްލާން ދާމީހުންގެ ނިސްބަތް މަދުކޮށް ކަމެއްހާސިލް ކުރުމުގެ މަގުސަދު ކަމުގަ އެބަހީވެއެވެ. ކެއްސާ ލާއިރަށް ހޫނުސައި ފެން ބޯލާއިރަށް އެބުނާ ކޮވިޑް ބަލިހަނދާންނެތެވެ. މީހަމަ ސިޔާސީ ގޭމެކެވެ.