15 އެޕްރީލް 2023 - 08:10
އުޅެ ބޮޑުވީ ލޯޯފަން ބައްޕައެއް ކައިރީގައި، ނިކަމެތި ހާލުގަ އެވެ. ލޮލަށް ރަނގަޅަށް ނުފެނުނަސް އެހެން މީހުންނަށް މަސައްކަތް ކޮށްދީގެން ބައްޕަ ހޯދި އާމްދަނީން ގިނަ ފަހަރަށް ދެކޮޅެއް ނުޖެހެ އެވެ. އެހެންވެ، ނަސީމާ އިބްރާހިމަށް އެހީތެރިވާން އޭނާ މާލެ ގެނެސް، ތިމާގެ މީހެއް ކައިރީގައި ބެހެއްޓިއަސް އެ ހިމާޔަތެއް ވެސް ނުލިބުނެވެ.
އެކަމުން ސަލާމަތްވާން އޭނާ އިނީ މީހަކާ އެވެ.
ނަމަވެސް، އެ ކައިވެނިތަކަކީ އޭނާއަށް ލިބުނު އުފަލެއް ނޫނެވެ. އަނިޔާތަކާ އެކު މި ރަށް، ފ. ބިލެތްދޫ ނަސީމާ، 64، ވަރިވީ އެވެ. އެކަމަކު، ދަރިން އިތުރަށް ނިކަމެތިވެގެންދާތީ އަދި ފިރިމީހާ އިސްލާހު ވެދާނެ ކަމަށް ވިސްނައި އޭނައާ ހަ ފަހަރަށް އިނެވެ.
"އެކަނިވެރި ހާލުގައި ދަރިންތަކެއް ގޮވައިގެން، އެކަނި މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން އަޅުގަނޑު އުޅުނީ ކަންތައްތައް ފުއްދުނު ގޮތަކަށް ފުއްދައިގެން." ނަސީމާ ބުންޏެވެ.
އަލަތު ކައިވެނި ކުރި އުމުރެއް ހަނދާން ނެތަސް، 2007 ގައި ވަރިވިއިރު ހަތަރު ކައިވެންޏެއް އޭނާ ކޮށްފި އެވެ. އެ ކައިވެނިތަކަށް ހަތް ދަރިން ލިބި، ވަރިވެގެން ގެއަށް ދިޔައިރު އުޅެން ޖެހުނީ ފަން ޖިފުޓިގަނޑެއްގަ އެވެ. އެ ހުރިހާ ދަރިން ގެންގުޅުނީ ކުޑަކުޑަ ކޮޓަރިއެއް ތެރޭގަ އެވެ. ދަރިން ލެއްވީ އެހެން މީހުން ލާ ބާ ވެފައި ހުރި ހެދުމެވެ.
ދަރިން ބޮޑުވެގެން މީހުންނާ އިނަސް، މި ކޮޅުގައި ދަރިންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ނަސީމާ ކަމަށް އޭނާ ބުންޏެވެ.
ރޯދަ އަށް ނަސީމާ އާއި އޭނާގެ ރަހުމަތްތެރިއަކު ހަވާދު ހަދަނީ -- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
ހަތް ދަރިން ލިބުނުއިރު، އޭގެ ތެރެއިން ތިން ދަރިން އުޅެނީ މި ރަށުގަ އެވެ. އޭގެ ތެރެއިން އެއް ދަރި، އެއްމާބަނޑު ދެ ކުދިންނަށް ބަނޑުބޮޑުވެ، އެ ތަނުން އެއް ކުއްޖަކު ވިހެއި ފަހުން 2017 ގައި މަރުވީ އެވެ. އެހެންވެ، އެ ތުއްތު ކުއްޖާގެ އިތުރުން، އޭރު ހުރި ދެ ކުދިންނާ އެކު އެ ކުދިންގެ ބެލެނިވެރިކަން ކޯޓު މެދުވެރިކޮށް ބައްޕަ ދިނީ ނަސީމާއަށެވެ.
ދެން ހުރި އެހެން ދަރިއެއްގެ ދަރިއެއް ވެސް ކޯޓު މެދުވެރިކޮށް ވަނީ ނަސީމާއާ ހަވާލުކޮށްފަ އެވެ. އެއީ 8-14 އަހަރާ ދެމެދުގެ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.
ގޭގައި ހުރި ބަދިގެ އާއި ކާގެ -- ފޮޓޯ: މިހާރު
ނަސީމާ ބުނީ އެ ކުދިން ބަލާތީ އެކަނިވެރި މައިންގެ އިނާޔަތް ވެސް އޭނާ ލިބެން ފެށީ ދެ އަހަރު ފަހުން ކަމަށެވެ. ގާނޫނީ ބެލެނިވެރިން އޮންނަ ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބޭ އިނާޔަތުގެ ގޮތުގައި 2000ރ. ލިބެ އެވެ. ބާކީ ތިބި ތިން ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކަށް 1000ރ. އާއެކު، މަހަކު 5000ރ. އެވެ.
އެހެންވެ، މިހާރު ކުރިއަށް ވުރެ ހާލަތު ރަނގަޅަސް، އެ ކުދިންގެ ތެރެއިން އޯޓިސްޓިކް ކުއްޖަކު ޑޮކްޓަރަށް ދެއްކުމަށް ވަރަށް ބޮޑު ހަރަދެއް ކުރަންޖެހެ އެވެ. ދަތުރުފަތުރު ކަންކަމާއެކު އުފުލަންޖެހޭ ތަކުލީފް ބޮޑުވުމަކީ އޭނާގެ ކަންބޮޑުވުމެވެ.
ނަސީމާ، އޭނާ އުޅޭ ގެ ދައްކާލަނީ -- ފޮޓޯ: މިހާރު
އެ ކުއްޖާގެ ފަރުވާއަށް ވަރަށް ގިނައިން މާލެ ދާން ޖެހޭއިރު، މަހަކު 2000ރ. އިން ނުފުދޭ ކަމަށް ނަސީމާ ބުނެ އެވެ. އެންސްޕާގެ އެހީ ވެސް ދާއިމީ ނުވެ އެވެ. ކޮންމެ ފަހަރަކު ޑޮކްޓަރަށް ދެއްކުމަށް ހުރިހާ ލިޔުމެއް ޖެހެނީ ފޮނުވާށެވެ. ނަސީމާ ބުނި ގޮތުގައި 500ރ. އިން މެމޯ ހައްދައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަމަށް 3،500ރ. އަދި ތެރަޕީ ސެޝަނަކަށް 1،800ރ. ހަރަދުކުރަންޖެހެ އެވެ.
މިއީ، ކިރިޔާ ދެކޮޅު ނުޖެހޭ އާއިލާއަކަށް ކުރަން ބޮޑު ހޭދައެކެވެ.
"އަޅުގަނޑު ކިހިނެއްތޯ އެއިން ހަމަޖައްސާނީ؟ މިހެން އުޅެމުން ވެސް ހަފުތާއެއްގެ މައްޗަށް ފަން ބޮނޑިއެއް ވިދެވެނީ. އެ ނިމުނީ." ނަސީމާ ބުންޏެވެ.
ނަސީމާ އެ ހުރިހާ ކުދިންނާ އެކު އުޅޭ ކޮޓަރި -- ފޮޓޯ: މިހާރު
ގޭގެ ރީތިކޮށް، އެކި ފެންވަރުގައި ހަދަމުން ދިޔައިރު، ނަސީމާ، އޭނާގެ ދަރިންތައް ގޮވައިގެން އުޅުނީ ފަން ގޭގަ އެވެ. ކެއްކީ ފަން ބަދިގެއެއްގަ އެވެ. ފާހަނާ ހަދާފައި ހުރީ ފަނުންނެވެ. ކޮންމެ ތިން އަހަރަކުން ފަން ބަދަލުކުރެ އެވެ.
އެ ފަންގެއިން ނުކުމެވުނީ ބަދަލުވީ، ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މި ރަށަށް އައިސް ހަދައިދިން ދެ ކޮޓަރީންނެވެ. ދަރިއެއްގެ ފަރާތުން މިހާތަނަށް ލިބުނު ހަމައެކަނި އެހީއަކީ ވެސް އެއީ ކަމަށް ބުންޏެވެ.
މިހާރު ހަދާފައި ހުރި ދެ ކޮޓަރިން ވެސް، އެ ހުރިހާ ކުދިން ގޮވައިގެން ނުވާތީ އެ ތަނުން އެއް ކޮޓަރީގައި ޕާޓިޝަން ޖަހައިގެން އެއް ކޮޓަރި ވަނީ އިތުރުކޮށްފަ އެވެ. ނަސީމާ ނިދަނީ ތިން ދަރިންނާ އެކުގަ އެވެ. ބާކީ ހުރި ދެ ކޮޓަރީގައި ދެ ކުދިން ނިދަ އެވެ. މިހާރު، އެގޮތަށް ހަމަޖެހިފައި ހުރީ ވެސް، އެ ގޭގައި އުޅުނު އަންހެނަކު ވަރިވުމުންނެވެ. އެހެން ނޫނީ، އެ ހުރިހާ ކުދިންނާ އެކު ނިދަނީ ވަރަށް ދަތީގަ އެވެ.
ބަދިގެ އާއި ކާގެ ހުންނަނީ، ކުރިން ފަންގެ ހަދާފައި ހުރި ތަނާ ކައިރީގަ އެވެ.
"ވަރަށް ދަތިކޮށް މި އުޅެނީ." އޭނާ ބުންޏެވެ.
ނަސީމާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ. ބޮޑެތި ވަމުން އަންނަ ދަރިންތަކެއް ހުރިއިރު، އެ ކުދިންނަށް ހަމަޖެހިލައިގެން އުޅެވޭނެ ގޮތެއް ނެތުމެވެ. އެ ކަމުގެ ޝަކުވާތައް ސަރުކާރުގައި ކުރުމުން، 1000ރ. ދޭނެ ކަމަށް ބުންޏެވެ. ނަމަވެސް، ނަސީމާ ބޭނުންވަނީ އެއަށްވުރެ ލުއި ގޮތެކެވެ. މިއަށްވުރެ، އުފަލުގައި، ހިތްހަމަޖެހިލައިގެން ދަރިންނާއެކު އުޅެވޭނެ ގޮތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މ
16 April 2023
ޓެރަޕީ ތަކަށްވެސް އެހީ ލިބޭނެ އެންސްޕާ އިން ، އަދި އެންޕާގައިރަސިސްޓްރީ ވެފައިވާ ނަމަބައެއް ކުލިނިކް ތަކުން އެ ތެރަޕީތަކަށްއަހަރެމެން ލާރިދައްކާ ކަށް ނުޖެހޭ
އޮނަރަބްލް އަފީފު ދީދީ
16 April 2023
މިފަދަކަންކަމާއި ގުޅުންހުރި އާޓިކަލްތަކަށް ކޮމަންޓްކުރާ ފަރާތްތަކުން "މިފަދަ މީހުނަށް އެހީވުމަށްކަމަށް ބުނެ" ބޭންކް އެކައުންޓް ގެ ތަފުސީލަށް އެދިފައި ހުރޭ. # އިސްލާމް ދީނުގައިވެސް "އެހީ" މާނަކުރުމުގައި އެއީ ފައިސާ ކަމަކަށްނެތް. އަދި އިޤިރޭސި ހަރުބަހެއްގައި މިސާލު ޖަހާފައިވަނީ "If you give a man a fish he is hungry again in an hour. If you teach him to catch a fish you do him a good turn." މިގޮތަށް. އަހަރުމެންވެސް ތަންކޮޅެއް ހޭލުންތެރިވާންޖެހޭ.
ބުއްރާސް
15 April 2023
މިއުޅޭ ސިއާސީ މީހުން ތިއަ އާއިލާގެ ވޯޓުވެސް ހޯދާނެ ކޮންމެސް ދޮގެއް ހަދާފަ
ޑިމޮކްރަސީ
15 April 2023
ތިކަމުގެ ހުރި ދަރުމައާއި ސަވާބު ﷲ ގެ ރަޙަމަތާއެކު ލިބިގެންދާނެ އިންޝާﷲ
ސައިކްލިކް
15 April 2023
ދަރިން ރަނގަޅަށް ތަރުބިއްޔަތު ނުކުރެވުނީމަ މުސްކުޅިދުވަހު މިޖެހެނީ އެކުދިންނަށް ލިބޭ ދަރިންނާވެސް ހަވާލުވާން!
ފިޒާ
15 April 2023
ދަރިންގެ ތަރުބިއްޔަތުގެ މައްސަލައެއް ނޫން އެއީ. ދަރިއެއް މަރުވީމަ ކުދިންނާ ހަވާލުވި ވާހަކަ އިނީ...
މީމަ 1244
16 April 2023
ހަބަރު ނުކިޔާވެސް ވާނެ ކޮމެންޓު ކުރަން
ވޯލް
17 April 2023
ނޫނޭ ހަމަ އެކަނި މަރުވި ދަރީންގެ ކުދިންނެއް ނޫން، "ދެން ހުރި އެހެން ދަރިއެއްގެ ދަރިއެއް ވެސް ކޯޓު މެދުވެރިކޮށް ވަނީ ނަސީމާއާ ހަވާލުކޮށްފަ އެވެ." ކިތަންމެ ޤަބޫލު ކުރަން ބޭނުން ނުވިނަމަވެސް، ކުރީޒަމާނުގައިވެސް ގިނަ ދަރިން ލިބު އެކުދިން އެންމެ ރަގަޅު ތަރުބިއްޔާތު ނުދެވި ގޮސްފަިއވޭ. ހަޤީގަތަކީ މިއަދުވެސް ބައެއް މީހުން ގިނަ ދަރިން ހޯދާކަން، އެކަމަކު މިއަދުގެ ދުނިޔޭގައި ގިނަ ދަރިންތަކެއް އެންމެ ރަގަޅު ބެލުމަކީ ކުރެވޭނެ ކަމެއް ނޫން.
ޣަޅި
22 April 2023
ކިޔާލާ ރަނގަޅަށް
ރަބަތު
15 April 2023
ދުއާ އަކީ ކައިރީގައި ތިތިބި ދަރިން ބޮޑެތިވެގެން ނަސީމާވާ ގުރުބާނީ ގެ އަގު އެކުދިންނަށް ވީ އެންމެ ރަނގަޅަކަށް ކޮށްދިނުން.
ލަދުހި
15 April 2023
ގެސްޓުން ގިނައިން އަންނަ ވާހަހަކަޔާ ޑޮލަރު ގިނައިން ވަންނަ ވާހަކަ ކިޔާއިރު އެ ވަންނަނީ ކޮން ތާކަށްބާ؟
ޖުލައި
15 April 2023
ކޮބާ އަންހެނުންގެ ހައްގުގަ ކަރުން ހަތް ނާރު ނަގާފައި ހަޅޭއްލަވާ އީވާ މެން މާރިޔާމެން ޖީހާންމެން. ކޮބާ ސުއިޓުސްމީ ހޭސްޓެގު ޓްވިޓަރގަ ޖަހައިގެން އަޑު އުފުލި ގުރޫޕް. މި އީ އަންހެނަކަށް ނުވަނީބާ؟
އެފް
15 April 2023
މިހާރުން މިގެސްދެނީ ހާދަ މުހިއްމު މައުލޫމާތުތަކަކޭ. އެކިިފަރާތްތަކާ ކަންކަމަށް އެހީތެރިކަންލިބޭ ދައުލަތުގެ ނިޒާމެއް އޮތަސް އެކި ހާލަތުތަކާ ގުޅިފައިވާ ފަރުދުންނަށް އިތުރު އަޅާލުމާ އެހީތެރިކަމުގެ އެހެން ގޮތްތަކެއްވެސް ހުންނަން ހަމަ އެބެޖެހޭކަން އެނގެއެވެ.
މޮކް
15 April 2023
ދާއިރާ ތަކުގެ ރައްޔިތުންގެ ހާލު ބަލާ އެމީހުންނަށް ބޭނުންވާ އެހީތެރިކަން ހޯދަން ޖެހޭ ހުރިހާ ކަމެއް ކުރަން ހޯވާފަ ތިބޭ މެންބަރުންގެ ޒިންމާ އަކީ ކޮބާތަ؟ ރައްޔިތުންގެ ހާލު ގާތުން ބަލަންށޭ ބުނޭ ވޯޓު ހޯދަންވީމަ.
1206
15 April 2023
އެ މެންބަރުންގެ ޒިންމާއަކީ އެ އެހީތެރިކަން މާލީ ގޮތުން އޭނާ ސީދާ ހޯދައި ދިނުމެއް ނޫން. ނަމަވެސް، އެފަދަ އެހީ ލިބެންޖެހޭ ހުރިހާ ރައްޔިތުންނަށް ވެސް، ނިޒާމީ ގޮތެއްގައި އެކަށައެޅޭ ސިޔާސަތުތަކެއް މައްޗަށް ޤާނޫނު ލިޔެވި ޤާނޫނީ ގޮތުން ދެވޭ އެހީތެރިކަމެއްގެ ގޮތުގައި އެކަން ހަމަޖެހެންވީ. ވަކި މީހަކުގެ މުއްފަތުން ކަންކަން ވާ ގޮތް ދިމާވީމާ، ކޮރަޕްޝަންގެ ނުބައި އޮށަށް ފެން ލިބި، ދިރި، ހެދިގެން އެ އަންނާނީ.
ވައިސް
15 April 2023
މޯ ކޮސް ނުގޮވަބަލަ. މަޖްލިސް މެންބަރުންގެ ބޭނުން ނޭގޭ ބައިގަނޑު ވޯޓްދޭ އިރުވެސް ނޭނގޭ މިވަނީ ކީއްކަމެއް
1206
16 April 2023
ކުޑަ ސިޓީގެ ޒަމާން ނިމުނު ފަހުން އައި ތީމުގޭ ސިޓީގެ ޒަމާން ނިމި، ސަލާމާ ހިނގުން ގޯސްވެ އެ ނިންމަން އައި ސޮރު އުފެއްދީ ސަބު‐ސިޓީ. އެ ދޭން ފެށިފަހުން ދަރަނި ފަތަށް އޮބިނޯވެގެން މިހާރު ބޮލުގެ ފުއްކިބައިން ދަރަނި ފަތް ނެއްޓި އާސްމާނަށް އަރައި ހިކިއްޖެ. ދެން އަންނަ ހުށީ ލޭންދޭނުދާރުންގެ ދަރަނި ސިޓީތައް.