ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލެ 2 ގައި ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވަނީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ: އޭނާއަށް ދަނީ ފަރުވާ ދެމުން.-- ފޮޓޯ: ސޯޝަލް މީޑިއާ

ހުޅުމާލެ 2 ގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމު ކަމަކަަށް ވާން ފަށައިފި އެވެ.

ވޭތުވެދިޔަ ދެ ރޭ ވެސް ހުޅުމާލެ 2 ގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެމްޕީއެލް ފްލެޓްތައް ކައިރީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހުނެވެ.

ހޯމަ ދުވަހުގެ ރޭ ހިޔާ ފްލެޓް ސަރަހައްދުގައި ހަތަރު ސައިކަލާއި ކާރަކާއި ޕިކަޕެއް ޖެހިގެން ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. އެ އެކްސިޑެންޓުގައި މީހަކަށް މާ ބޮޑު އަނިޔާއެއް ނުލިބުނަސް، ވެހިކަލްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.

ރޭ ވެސް ހިޔާ ފްލެޓްތައް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ބަޔަކަށް އަނިޔާވި އެވެ. އެ އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެންނެވެ.

މި މަހު ތިނެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރު ވެސް ވެފައިވެ އެވެ. އެ އެކްސިޑެންޓެއްގައި މަރުވީ އުމުރުން 59 އަހަރުގެ މީހެކެވެ.

ފުލުހުން ހާމަކުރި، މިދިޔަ ރޯދަމަހުގެ ފުރަތަމަ 15 ދުވަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މާލެ ސަރަހައްދުގައި އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. މާލެ، ހުޅުމާލެ، ހުޅުލެ އަދި ވިލިމާލެ އިން މުޅި ޖުމްލަ 151 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ބުންޏެވެ.

31 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 64%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އކސދނޓ

27 April 2023

ވާގޮތަކީ ފައިސާހުރީމަ ދަރިންނަށް ސައިކަލުގަނެދީފަ ތިބެނީ ހައްދަވައިގެން ގަވައިދެއް އިގެނީކީނޫން. ހުޅުމާލޭގަ މަދުވާނެ ގަވާއިދުފަޅިއަށް ގޯޅިއަލަންދަންއެކަކުވެސް ، ހާއްސަކޮށް އަންހެނުން . ތަނެއްދޮރެއްނޭގުނަސް ސައިކަލު މުއްގަޑަށް ފެލައިލާފަހުންނާނީ ހުސްކޮށްފަ. ހައިވޭގަވެސް އެންމެގިނައިން ހޭބަލިވެގެން ތަނެއްދޮރެއްނުބަލާ އޯވަޓޭކުކުރަމުން ދުއްވަނީ ގިނައިން އަންހެނުން. މަގުގަދަމާފަ އޮންނަ ރޮނގެއްގެ މާނަވެސް އިނގެނީކީނޫން . ސައިކަލެއްހުރިއްޔާ އަރާ

The name is already taken The name is available. Register?

ސިޓީބެއްޔާ

27 April 2023

ސިޓީ ތަކުގައި އުޅެން ދަސްވަނީ ކުޑައިރުންސުރެ ގަވާއިދުތަކާއި އަދަބު ސަދަބު ނިޒާމެއްގެ ތެރެއިން ލިބިގެންނެވެ. ޙަމަ އެކި ހިސާބުން މީހުން އެއްތަން ކުރިޔަސް ތަރައްގުޔޭ ނުކިޔޭނެ.

The name is already taken The name is available. Register?

އަލީ ރަމީޒު

27 April 2023

ހުޅުމާލެ ފޭސް 2 ގެ މަގުތަށް ޔާމީނުގެ ސަރުކާރުން ހަދާފަ ހުރި ގޮތުން މި ރާއްޖޭގަ އެންމެ ގިނަ ނުރައްކާތެރި އެކުސިޑެންޓު ހިނގާނެ ކަމަށް ލަފާކުރެވޭ ތަނަކީ ތިޔަ ހުޅުމާލެ، ވީމާ ދިވެހި ރައްޔިތުންގެ ހައްގުގަ މިސަރުކާރުން ހުޅުމާލޭގެ މަގުތަށް ފުޅާކޮށް މިހާރު މަގު ހަދާފަ އޮތް ޕުލޭން ބަދަލުކޮށް މަގުތަށް ވީހާވެސް ބޮޑަކަށް ސީދާކުރަން ޖެހޭ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

27 April 2023

ފޮޓޯ ތީއަސްލު މަންޒަރެއް ވިއްޔާ ތިއީ ވަރައް ހިތާމަ ވެރި މަސްޒަރެއް! ލިޓިލު ސިންގަފޫރުގަ އެކްސިޑެންޓު ވެ މީހަކު ތިހާލުގަ އޮއްއިރު ތިހާގިނަ މީހުން ތިބެ ފުތަމަ އެހީނުދީ ފޮޓޯ ނަގަނީ! ލައިސަން އޮންނަ ކޮއްމެމީހަކީ ފުތަމަ އެހީ ކޯސް ހަދާފަ ވާމީހަކައް ވުން މަޖުބޫރު ކުރަން ޖެހޭކަމުގަ ދެކެން

The name is already taken The name is available. Register?

ނާތަހުޒީބީ ބޯޖުއާޒީ

26 April 2023

އަހަރެން ހަދާގޮތަކީ ސައިކަލުގަ ފޯނުން މެސެޖް ކުރަމުން ނުވަތަ ފޯނުން މީހަކާ ގުޅައިގެން ވާހަކަ ދައްކަމުން ދުއްވާމީހެއް ފެނިއްޖިއްޔާ ބަރުގޮނު ބަޓަނަށް ފިއްތާގޮތަށް ދޫކޮށްނުލާ އިންނަނީ. ދެން ބަރުގޮނުގެ އަޑަށް މުޅި މަގުގައި ތިބި އެންމެން ބަލަން ތިބޭ. އެހިސާބުން އެއްކަލަ ފޯނުން ޓެކްސްޓް ކުރަމުން ދުއްވި މީހާއަށް އެއްޗެއް ވިސްނޭ. އަހަރެން އިންނަނީ އޭނާއާ ދިމާލަށް ބަލަން ދެބުމަ ގޮށްޖަހައިގެން.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

26 April 2023

ރަށުން ފުންމާލިގޮތައް ހުޅުމާލެއަށް އާދެވުނީމާ މުށިމަސް އާންޏަކަށް މުޑަހެނދި އެރީމަ ވާގޮތައް މޮޔަވަނީ! ރަށުގަ ގެއާ ބަދިގެޔާ ދެމެދު ސައިކަލް ދުއްވާފަ މާލެ ފުންމާލީމާ ވާގޮތް އެއީ!

The name is already taken The name is available. Register?

ކަލީޕާ

26 April 2023

ގާނޫން ތަންފީޒް ކުރާކަށް ނުވޭތޯ؟ ފޯނުގަ ހުރެގެން ނޫނީ އެސްއެމްއެސް ކިޔަމުން، ނޫނީ ސޯޝަލް މީޑިޔާ ބަލަމުން ދުއްވާ މީހުން ގިނަ! ރޭސް ޖަހާހެން މަގުމަތީގަ ދުއްވާ މީހުން ގިނަ! ބްރިޖްގައި 100 ގައި ދުއްވާ މީހުން، (ފުލުހުން ޑިއުޓީ ނިންމާފަ ގެއަށް ދާއިރުވެސް ދުއްވަނީ ވަރަށް ބާރަށް) ގިނަ! އެޅޭނެ ފިޔަވަޅެއް ނެތް! ސިނގިރޭޓް އަދި ވޭޕް ކުރަމުން ދުއްވާ މީހުން ގިނަ! މީ ވާ ގައުމެއް! މި ގައުމުގައި ބަސް ކިޔެނީ އެލެކްސް އަހުމަދު، ޖާބިރު ކަހަލަ މީހުންނަށް!

The name is already taken The name is available. Register?

އެކޮއި

26 April 2023

އަބަދު ތަކުރާރު ކޮށް އެއްތަނެއްގައި އެއްމަގެއްގައި އެކްސި ޑެންޓު ހިނގާނަމަ ޕޮލިހުންވެސް މިކަމުގެ ޒިންމާ އުފުލަންޖެހޭ އާބަން ކޮއި ވިއްޔާ އާބަން ކޮޔަށް, ނޫންނަމަ އެހެން ކޮޔަކަށް ވިއްޔާ އެކޮޔަކަށް އަންގަން އެބަ ޖެހޭ ނޫން ތޯ. މިހާ ބޜު ސްޕީޑުގައި ދުއްވާ މަގުތަކުގަ މަގުބައްތި ނުހުރޭ. ޓްރެފިކް ޕޮލިހުން ނުތިބޭ. ޓްރެފިކް ލައިޓެއްވެސް ނުހުރޭ. ފޭސް 2 ށް މީހުން އަޅާލާފަ މަރުވަންޏާ މަރުވެދާނެ ނޫންހޭ ކިޔާފަ ބޮޑު ރައްޔަތެއް ހަނާ ހުލިވާން ދޫކޮށްލާފަ މިއޮތީ. ސަރުކާރު ހޭބޯނާރާ އުޅެނީ ފަނިފަކުސާތަކާއި ދަތްކޮށްޓާ އިލޮއްޓާއި ބާޒާރު ކޮތަޅާއިގެން. މީ ތަންކޮޅެއް ބޮޑުވަރު.

The name is already taken The name is available. Register?

ކުރުސީ އަސްލު އެކައުންޓް ހިންގާމީހާ

26 April 2023

އާބަންކޯއިން މެޑަލް ޖަހަން މޮޅެތި ވާހަކަ ދައްކަނީ. މަގުތަކުގެ އެއްލޭނުގައި އެހުންނަނީ ކާރުތަކާއި ވޭންތައް ޕާކުކޮށްފައި. ދުނިޔޭގެ އެހެން ކޮން ގައުމެއްގަތަ އެގޮތަށް އެއްލޭނުގެ ބޮޑުބައި ނަގައިގެން ދާއިމީކޮށް ޕާކުކޮށްފަ ބެހެއްޓެނީ؟ ދެން ޖެހެނީ އަނެއް ލޭނާއި ކައިރިއަށް އަރަން. ގިނަ މަގުތަކުގައި އަލިކަމެއް ނުހުރޭ. ހިގާމީހުންނަށް ދުވާރެއް ހަދާފައި ނެތް. އަސާސީ ކަންތައް ނުކޮށް އަދިވެސް މުޅި ދިވެހިރާއްޖެއަށް ހިދުމަތްދޭން ރީބްރޭންޑް ކުރީޔޯ

The name is already taken The name is available. Register?

އަރުބަން ކޮއިގެ އަލިކޮއި

26 April 2023

ހުރިހާވެސް މައްސަލައަކި އަރބަން ކޮއިގެ މައްސަލަ ކަނު މަގު ބައްތިތައް ނުދިއްލި ކަނުއަނދިރީގަ ހުރި މަގުތަކުގަ މީހުން ހިނގަން ޖެހިފަވުމާ ދުވާރުނެތުމުން މަގުމަތީ ދުއްވަން އޮތްތަނުގަ ހިނގަން ޖެހމުން މީސްމީހުންގެ ގައިން ނައްޓަން ހަދައިގެން މައްސަލަ ދިމާވަމުންދާ ކަމީ ފޭސ2ގަ ދުނިޔެ ދައްކަމުންދާ ޙަގީގަތެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454