ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

އާސެނަލްގެ އުންމީދުތައް ފަނޑުކޮށް ސިޓީން ކޮންޓްރޯލް ނަގައިފި

ހާލަންޑް، ސިޓީ އަށް ގޯލު ޖަހައިދިނުމަށް ފަހު، އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހަން އެހީ ވެސް ވެފައި.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޭޕްރީލް 27) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް އަތުން 4-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައަށް އެރުމުގެ އަމިއްލަ ބާރު ހޯދައިފި އެވެ.

ސިޓީ އިން މެޗު ކާމިޔާބު ކުރިއަސް އަދި އެއް ވަނައިގައި އޮތީ އާސެނަލް އެވެ. އާސެނަލް އެ މަގާމުގައި އޮތީ 33 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ ދެ ވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެގެން 72 ޕޮއިންޓާ އެކު އެވެ. އާސެނަލް އާ މެޗުގެ ގޮތުން އެއްވަރުކޮށްގެން ސިޓީ އަށް މިވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދުމުގެ ފުރުސަތު ފަހިވެފަ އެވެ.

މިއާ އެކު 2003/2004 ސީޒަންގައި މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރި ފަހުން ފުރަތަމަ ފަހަރަށް ލީގު ހޯދަން މަސައްކަތް ކުރާ އާސެނަލްގެ އުންމީދުތައް މިވަނީ ފަނޑުވެފަ އެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ މިއީ ހަޖަމު ކުރަން އުނދަގޫ ބައްޔެއް ކަމަށާއި، ނަމަވެސް ކުރިއަށް ދާނީ ބާކީ މެޗުތަކުން މޮޅުވެގެން ލީގު ކާމިޔާބު ކުރެވޭނެ ކަމަށް އުއްމީދު ކޮށްގެން ކަމަށެވެ.

"އަހަރެންނަކަށް ނޭނގޭ ކޮބައިކަން [ލީގު ހޯދަން] ބޭނުންވާ ކަމަކީ. މިވަގުތު ޖެހޭނީ ކުޅުންތެރިންނަށް ހިތްވަރު ދޭން. މިއީ ހަޖަމު ކުރަން އުނދަގޫ ވަގުތުކޮޅެއް،" ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި 2016 އިން 2019 އަށް ސިޓީގައި މަސައްކަތް ކުރި އާޓެޓާ ބުންޏެވެ.

"އަހަރެމެން މި މެންޗެސްޓާ ސިޓީ ޓީމާ ވާދަ ކުރާކަމީ ވެސް ވަރަށް ހާއްސަ ކަމެއް. ބާކީ ފަސް މެޗު އޮތްއިރު ކޮންމެ ގޮތެއް ވެސް ވެދާނެ. ފާއިތުވި އަހަރުތަކުގައި ލީގުގައި ބައިވަރު ކަންކަން ހިނގާފާނެ ކަން އަހަރެން ދެކެފިން. އަހަރެމެން ގަބޫލު ކުރަން ޖެހޭ ބަލިވީ އާދައިގެ ޓީމެއް އަތުން ނޫން ކަމަށް."

ޑިބްރޭނާ ސިޓީގެ ފުރަތަމަ ލަނޑު ޖަހަނީ، އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން އެހީވެފައި. -- ފޮޓޯ: އޭއެފްޕީ

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ އާސެނަލް ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު އާލިން ބްރައުޓް ހާލަންޑްގެ ޕާހެއް ހޯދައިގެން ކުރިއަށް އަރައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކުރީ ކެވިން ޑިބްރޭނާ އެވެ. އަދި ހާފް ނިމެނިކޮށް ޑިބްރޭނާ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ދެ ވަނަ ގޯލު ޖަހައިދިނީ ޑިފެންޑަރު ޖޯން ސްޓޯންސް އެވެ. މި ހާފުގައި ހާލަންޑާއި ޑިބްރޭނާ އަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފަ އެވެ.

ދެ ވަނަ ހާފުގެ ފުރަތަމަ ދިހަ މިނިޓު ތެރޭ ސިޓީ އިން ވަނީ އިތުރު ލަނޑެއް ޖަހައި އާސެނަލްގެ ކެތްތެރި ސަޕޯޓަރުން މާޔޫސް ކޮށްލައިފަ އެވެ. މި ލަނޑު ވެސް ޑި ބްރޭނާ އޭނާ ޖެހީ ހާލަންޑްގެ އެހީތެރިކަމާ އެކު އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ލިއަންޑްރޯ ޓްރޮސާޑް ހުރަސް ކޮށްލި ބޯޅައަކުން ޑިފެންޑަރު ރޮބް ހޯލްޑިން، އާސެނަލް އަށް ލަނޑެއް ޖަހައިދިން ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި ހާލަންޑް ވަނީ ފިލް ފޮޑެން ދިން ޕާހެއް ކޮންޓްރޯލް ކޮށްލާފައި ގޯލު ތެރެއަށް ފޮނުވާލައިގެން ސިޓީގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

މިއީ މި ސީޒަނުގައި ސިޓީއަށް ބަދަލުވި ހާލަންޑް އެޓީމަށް ކާމިޔާބު ކޮށްދިން 50 ވަނަ ގޯލެވެ. އޭނާ ވަނީ ސިޓީއަށް މިހާތަނަށް 44 މެޗު ކުޅެދީފަ އެވެ. ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޭނާ އޮތީ 30 މެޗުން 34 ގޯލު ޖަހައިގެންނެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިހާރު އަމިއްލަ ބާރު ލިބިފައި އޮއްވައި ކުރިއަށް އޮތް މެޗުތަކަށް ނުކުންނައިރު ފޯކަސް ގެއްލުވާލައިގެން ނުވާނެ ކަމަށެވެ.

"ކުޅުންތެރިންނަށް އެނގޭ އަދި ލީގު ލިބުނީ ނޫންކަން އެކަމަކު ކާމިޔާބާ ވަރަށް ގާތް ވެއްޖެކަން. އެހެންވެ މޮޅުވެގެން ރޭހުގައި ދެމިތިބުމަކީ މުހިއްމު ކަމެއް،" ގާޑިއޯލާ ބުންޏެވެ.

"ކުޅުމުގައި އެންމެ މުހިއްމު ކަމަކީ މޮޅުވުން ނޫން އިތުރު ގޮތަކަށް ވިސްނުން ނުގެންގުޅުން. ކޮންމެ މެޗެއް ވެސް ކުޅެނީ މޮޅުވާން ބޭނުން ވެގެން ކަން ކުޅުންތެރިން ދައްކައިދީފި."

ލިވަޕޫލުން ނަތީޖާ އެއްވަރު ކުރުމަށް ފަހު ޓީމު ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ލިވަޕޫލުން ވަނީ ފަހަތުން އަރައި 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި ލޫކަސް ޕަކޭޓާ އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ހަ މިނިޓު ފަހުން ލިވަޕޫލަށް އެއްވަރު ކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. އަދި މޮޅުވި ގޯލު ފަހު ހާފުގައި މެޗުގެ 67 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު ޖޮއެލް މަޓިޕް އެވެ.

ހަމަ އެއާ އެކު ނޮޓިންހަމް ފޮރެސްޓުން ވަނީ ލީގުގެ އަށްވަނައިގައި އޮތް ބްރައިޓަން އާ ވާދަކޮށް ފަހަތުން އަރައި 3-1 އިން މެޗު ކާމިޔާބު ކޮށްގެން ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލައިފަ އެވެ. ފޮރެސްޓް މިވަގުތު އޮތީ 33 މެޗުން 30 ޕޮއިންޓް ހަމަކޯށްގެން ލީގުގެ 17 ވަނައިގަ އެވެ.

އަންގާރަ ދުވަހުގެ ރޭ ލީޑްސް ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވި ލެސްޓާ ސިޓީ އޮތީ 29 ޕޮއިންޓާ އެކު 18 ވަނައިގަ އެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭ ވުލްވްސް ވަނީ 2-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. އަދި އެސްޓަން ވިލާ ވަނީ 1-0 އިން ފުލަމް ބަލިކޮށް ލީގުގެ ފަސް ވަނައަށް ޖެހިލައިފަ އެވެ.

އެސްޓަން ވިލާ ފަސް ވަނައިގައި އޮތީ 33 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި ލިވަޕޫލް އޮތްއިރު ހަތް ވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ލިވަޕޫލާއި ޓޮޓެންހަމް ވެސް ވަނީ 32 މެޗުން 53 ޕޮއިންޓް ހޯދައިފަ އެވެ.

7 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކަލޯ

27 April 2023

އަޅުގަނޑަކީ ހިސާބު ރަގަޅަށް އެނގޭ މީހެއް ނޫން އެހެންވެ މި އަހާލަނީ 72 + 3 + 3 އަކީ 78 ތަ! ޢަދި 75 - 78 އަކީ 3 ތަ ނޫނީ 4 ތަ ؟

The name is already taken The name is available. Register?

ޢެކަލޯ ބަފާ

28 April 2023

ސިޓީ އަށް 73 ޕޮއިންޓް މިހާރު 2 މެޗުން މޮޅުވީމަ 4 ޕޮއިންޓްގެ ލީޑެއް ލިބޭނެ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

27 April 2023

މަރުހަބާ ސިޓީ.އާސެނަލް އެންމެ ފަހުން ކުޅުން 3 މެޗުގަ ހޯދި ނަތީޖާ އެއީ ސިޓީއަށް ލިބުނު އެހީތެރިކަމުގެ އަތެއް.ބާކީ ހުރި މެޗްތަކުން ސިޓީން ޕޮއިންޓް ގެއްލުވާލާނެކަމަށް އުއްމީދުކުރަން.ނަމަވެސް ރަނގަޅު ރިދަމެއްގަ މިވަގުތު އޮތް ސިޓީ ބަލިކުރުން އެއީ ފަސޭހަކަމަކަށް ވެސް ނުވާނެ.ވ.ވެދުން

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

27 April 2023

ބަލިވީމަ ކޮންއެހީތެރިކަމުގެ އަތެކޭތިކިޔަނީ. ބަލަގަރަދީފާ އާސެނަލްއަކީ ހުރިހާގޮތަކަށް ބެލިޔަސް ސިޓީއާ އެއްފެންވަރެއްގެ ޓީމެއްނޫނޭ. ވެންގާއަށް ދަރިއެކު ލިބުމުގެކުރިން ހޯދުނު ހައެކަތަށި ދައްކައިގެން ރަދީފުމެންގެ ބޯކާލިޔަސް މަމެންނަށް އިގޭ ސިޓީއާ ވާދަކުރެވޭނެ ފެންވަރު ނެތްކަން. ސިޓީއަކީ ހުރިހާގޮތަކަށްވެސް އާސެނަލްއަށްވުރެއް މޮޅު އަދި ބޮޑުކުލަބެއް. 5 އަހަރުފަހުން ޗެމްޕިއަންސްލީގު ކުޅެލަން ލިބޭތީ ރަދީފަށް ވަރަށްބޮޑަށް މަރުހަބާ.

The name is already taken The name is available. Register?

ހޯލްޑިން

27 April 2023

ކޮބާ ރަދީފޫ...ސިޓީއާ ކުޅެންޖެހުނީމަ ޓީމުގަނޑު ހީވަނީ ބަލި ފިޔޮކެއްހެން... ހަތަރެއްފައި މުގުރާލާފަ ތިއޮތީ.... ފަޅޯގަސް ބިންދާލާ ނީލަގެރި ވައްޓާލީމި.... 20 އަހަރުގެ އުންމީދުތައް ފަނުފުލުންދަނީ... ދެންވެސް ފޮނިނުކަނޑާ ހުރެވޭތޯބަލާ... މިމެޗްގެ ރީޕްލޭ 5 ފަހަރު ބަލާލާތި

The name is already taken The name is available. Register?

ރަދީފްގެބޭބެ

27 April 2023

ބޮޑާ ބަސް ބުނާކަށް ނުވާނެ. ކާމިޔާބީގައި ހިތްތިރިކުރަން ދަސްކުރަންވާނެ، މާތް ސިފަތައް ނެތިދާ މިކަހަލަ ދަނޑިވަޅެއްގައި މިކަހަލަ ކަމެއްގައިވެސް ރީތި ސިފައެއް ދައްކާލިއްޔާ ކީއްތޯ؟ ކުޅިވަރުގައި ކޮންމެވެސް އެއްބަޔަކު މޮޅުވާނެ. ސިޓީ މޮޅު، އެކަމަކު ސަޕޯޓަރުންގެވެސް ހުންނަންޖެހޭނެ ސިޓީގެ ކުޅުމުގައި ހުންނަ ކޮލިޓީ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

27 April 2023

އާސެނަލް ބަލިވީ ވަރަށް ފުރިހަމަ ޓީމަކާއި ދެކޮޅަށް ކުޅެ.އެހެންވީމަ އަހަރުމެން މިތިބީ އިސްއުފުލާލައިގެން.ނަތީޖާ ކިތަންމެހާވެސް ހިތާމަވެރި.ނަމަވެސް މިއީ އަދި ހުރިހާ ކަމެއް ނިމުނީއެއް ނޫން ދޯ.ބަލަން ތިބެމާ ދޯ ވާގޮތެއް.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454