ފައިސާތަކެއް ގުނަނީ. މިދިޔަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ވަނީ އިތުރުވެފައި--ފޮޓޯ:ނިޝާން އަލީ/ މިހާރު
28 އެޕްރީލް 2023 - 10:59
މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ޖުމުލަ ރުފިޔާ އަދަދު 55.4 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދުގައި ޖުމުލަ ފައިސާ ނުވަތަ ބްރޯޑް މަނީ ވަނީ ހަ ޕަސެންޓަށް މިދިޔަ އަހަރު އިތުރުވެފަ އެވެ.
މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 65 ޕަސެންޓް އިތުރު އަދަދެކެވެ. އިގްތިސާދުގައި ދައުރުވާ ފައިސާގެ ގޮތުގައި 2019 ވަނަ އަހަރު ރެކޯޑް ކުރެވިފައި ވަނީ 36 ބިލިއަން ރުފިޔާ އެވެ. އެ އަދަދު 2020 ގައި ހުރީ 41 ބިލިއަން ރުފިޔާގަ އެވެ. ދައުރުވާ ފައިސާ 2021 ގައި ވަނީ 52 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެހެންވެ، ވޭތުވެދިޔަ ހަތަރު އަހަރު ވެސް ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ފައިސާ ވަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވެފަ އެވެ.
އެމްއެމްއޭ އިން ބުނީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެފައި ވަނީ ނެޓް ފޮރިން އެސެޓް އިތުރުވުމުގެ ސަބަބުން ކަމަށެވެ. ނެޓް ފޮރިން އެސެޓް އިތުރުވީ ބޭރު ފައިސާ ޑިޕޮސިޓް ކުރި ވަރު އިތުރުވުމުންނެވެ. މިދިޔަ އަހަރު ވަނީ ނެޓް ޑޮމެސްޓިކް އަދަދު 16 ޕަސެންޓަށް ދަށްވެފަ އެވެ. ނެޓް ޑޮމެސްޓިކް އެސެޓް ދަށްވީ ކޮމާޝަލް ބޭންކްތަކުން އެމްއެމްއޭ އަށް ޖަމާކުރާ ފައިސާ ދަށްވުމުންނެވެ.
ކޮމާޝަލް ބޭންކްތަކުން މިދިޔަ އަހަރު އާންމުންނަށް ދޫކުރި ލޯނުގެ އަދަދު ވަނީ 1.2 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެއީ ވެސް ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވި އެއް ސަބަބެވެ.
އިގްތިސާދުގައި ދައުރުވި ފައިސާ އިތުރުވި އިރު، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލައިފ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
30 April 2023
އަދިވެސް ދައުރުވަނީ، އަންޒަމާކުކަރަޔަށް ވައިއެރި އަހަރު ކަން ހިނގި ގޮތަށް، ނޫޓާއި ނަގުދު ފައިސާފޮތިތަ؟ އެފްޓުޕޮސް އާއި ހިސާބަށް ކަލޭމެން އަދި ނުދަނީ ދޯ؟
1206
28 April 2023
އުފައްދަންވީ ސުވާލަކީ ތިޔަ ފައިސާގެ ތެރެއިން ކިހާވަރެއްތޯ މާނަހުރި އިގްތިސާދީ ހަރަކާތެއްގެ ތެރެއިން އުފަންވީ؟ އަދި މާނަވީ އެއްވެސް އިގްތިސާދީ ހަރަކާތެއް ނެތި، ޗާޕު ޖެހުމުން އުފަންވެ އައީ ކިހާ ފައިސާއެއްތޯ؟ ޗާފު މެޝެނުގައި ދެއްޔާއި ކަރުދާސް ހުރީ ހުރީ ވިއްޔާ، 1 ގުނަ ނޫން 1000 ގުނަ ވެސް، ފައިސާ އިތުރަށް ދައުރުކުރެވިދާނެ. ނަމަވެސް ހަގީގީ މާނަހުރި އިގްތިސާދީ ނަފައެއް އެއިން ތަރުޖަމާވެގެން ނުއެއް އަންނާނެ. ނަމަވެސް ފައިސާގެ އަގު އިންތިހާއަށް ވެއްޓޭނެ.
ކޮރަލް
28 April 2023
މިމީހުން ދަރަނީގެ ވާހަކަ އެއް ނުދައްކާނެ އެވެ. 100 ބިލިއަނުން މަތީގަ އެވެ.
ަސކަޖސ
28 April 2023
އިގްތިސާދުގައި ދައުރުވި ފައިސާ އިތުރުވި އިރު، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލައިފ އެވެ. ؟ ދެން ކިއްވެޔޯ ގީއެސްޓީ ބޮދުކުރީ؟
ދަރަނި ބޯ
28 April 2023
އިގުތިސޯދު ރަނގަޅުވީމަތޯ ގައުމުގެ ދަރަނި އަތުފަތުނުޖެހިގެން މިއުޅެނީ ، ކޮންމެ މަހަކުވެސް މުސާރަދެނީ އިތުރަށް ފައިސާ ޗާޕް ކޮށްގެން ތަނަކަށް ލޯ މޮހޮރެއް ވެސް ޖަހާލެވެނީ އިންޑިޔާ އިން ދަރަނި ނަގައިގެން ، ރިސޯޓް އޯނަރުން ޓެކުސް ނުދެއްކިޔަސް ސޯލިބޭ އަށް އޯކޭ އޭނަޔަށް ތާއީދު ކުރަނިކޮށް
ނިކަމެތިން ނިކަމެތިކަންމަތީ އަބަދަށް!
28 April 2023
ފައިސާ ޗާޕުކުރުމާބެހޭ ޤާނޫނުތަށް ސަސްޕެންޑުކޮށްފައި ބޭނުންވަރަކަށް ފައިސާ ޗާޕުކޮށްގެން، ދިވެހި ފައިސާ ފޮޓޯކޮޕީ ކަރުދާހުގެ އަގަށް ވައްޓާލާފައި ތިޔަ ގަންނަ ގަނޑުތަކުން ދެރަ ނިކަމެތިވާނީ އާދައިގެ ރައްޔިތުންކަން ނޭގެނގޭ ކަމަށް ހަދައިގެން ތިޔަ ކުރަނީ ހާދަ ދަށުދަރަޖައިގެ ކަންކަމެވެ! އާނ، ވެރިކަމުގައި ތިބި މީހުން އެތިބީ ބޭރުން ގެދޮރުގަނެ، ނުވިތާކަށް ގައުމަށް ލިބުނު ބޭރު ފައިސާކޮޅުގެ ވެސް ބޮޑުބައި ޢާއިލާ މީހުންގެ ނަމުގައި ބޭރުގެ ބޭންކުތަކަށް އަޅައިގެން ވިއްޔާ! މާދަމާ ވެރިކަން ގެއްލުނަސް ނައްޓާލީމާ ވީނުން! ދެން މަހުޖަނުންނަށް ލިބޭ ބޭރުފައިސާ ވެސް ބަހައްޓާފައި ހުންނަނީ ބޭރުގެ އެކައުންޓުތަކުގައިވިއްޔާ! ގައުމެއްވާ ނެތް!
ޖުމައިމާ
28 April 2023
ކޮމެފެއަރ ކުރާނީ މި ދިޔަ އަހަރަކާ ނޫން. ކޮވިޑް ކުރިން ހުރިވަރާ. އޭރުން ވާއެއް ނުވާއެއް އެގޭނީ
ކަހެރުވައް
28 April 2023
"އެމްއެމްއޭ އިން ބުނީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެފައި ވަނީ ނެޓް ފޮރިން އެސެޓް އިތުރުވުމުގެ ސަބަބުން ކަމަށެވެ. ނެޓް ފޮރިން އެސެޓް އިތުރުވީ ބޭރު ފައިސާ ޑިޕޮސިޓް ކުރި ވަރު އިތުރުވުމުންނެވެ".. އެތައް ފަހަރަކު ފައިސާ އިތުރަށް ޗާޕްކޮށްގެނެއް ނޫންް؟؟