ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފުލުހުން
29 އެޕްރީލް 2023 - 21:51
ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ދަށުން ފުލުހުންނާއި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އެންމެ މުހިއްމު ކަމަކީ ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ. އެ މަސައްކަތުގެ ދަށުން ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ހެޔޮ ބަދަލެއް ގެނެސްދެވިފައިވާ ކަމަށާއި އަންނަ މަހުން ފެށިގެން ސިއްހީ ދާއިރެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ތަފްސީލު މާދަމާ އިއުލާނުކުރާނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން އެކަމުގެ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.
އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮ ބަދަލުތަކެއް ގެންނާނަން. އެކަމާ ބެހޭ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު އެއަންނަނީ ކުރަމުން: ރައީސް
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމޭއިރު ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތްކުރައްވައި، ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަ އެބަ އޮތް ކަމަށެވެ. ރަށުން ބޭރުގައި ނުވަތަ އާއިލާއާ ދުރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާ ފުލުހުންނަށް އެކަމުގެ ދަތިކަން އިހުސާސްކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިން ސްކީމް"ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ހަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯކޭމޭން
02 May 2023
ސައިކޮލޮޖިސްޓުން ގިނަކުރޭ. މާލޭގެ މުޖްތަމައުގެ މައްސަލަތައް ދެނެގަތުން ވަރަށް މުހިންމެވެ
ފިނރުޓޭ
01 May 2023
ގަދަ! ރައީސަށް ހަމަ މަރުހަބާ!
ފަނޑިޔާރު
30 April 2023
މި ރާއްޖެއަށް ޤާނޫނާއި ޤަވާިެދާ ހިލާފު އެއްޗެހި އެތެރެވުން ހުއްޓުމަށްޓަކާއި ކަސްޓަމްސް އާއި އިމިގްރޭޝަން ސްޓާފުން ކުރާ ބުރަމަސައްކަތް މިސަރުކާރުން ބަލާ ނުގަންނަކަން 5 އަހަރު ނިމިގެންދާ އިރު އިނގެވެ. އެ އިދާރާތަކުން ޤައުމގެ ސަލާމަތާއި ރަްކާތެރިކަމަށް އެކުރަމުން ގެނަދަވީ ހާދަހާ ބުރަމަސައް ކަތެކެވެ.
ބޮޑުމީހާ
30 April 2023
ސެޓްފިކެޓެއް ނޯންނަ ހެލްތް ވޯކަރަށް 21000ރ 24 ގަޑިއިރު ޑިއުޓީގަ ހުންނަންޖެހޭ ފުލުހަށް 13000ރ. ސީނިއަރ ނަރުހަކަށް 41000ރ ޕްރިންސިޕަލަކަށް 30000ރ މުސާރަތައް ބޮޑުމިކުރަނީ ކޯއްޗެއް ދިރާސާކޮށްފައިބާ؟
ލެއްގިކޮމިޝަނަރ
30 April 2023
ތީހަމަ އިންތިޚާބާ ދިމާކޮށްބުނެލި މޮޅުއެެއްޗެއް. ކޮންމެވެސްމީހަކު ލިޔެލާފަ ދިންއެއްޗެއް ވެރިމީހާއަރާ ކިޔާލީ. ތީގަނެތް އިހުލާސްތެރިކަމުގެ އެއްވެސް ނިޔަތެއް. އެހެނީ ތިބުނާ މުސާރައަށް ހެޔޮބަދަލު އަންނާނެ ތާރީހަކާއި، ބޮޑުވާނެވަރަކާއި، އެކަންކުރާނެގޮތެއް ނުބުނޭ. ބުނިހާވެސް އެއްޗަކީ ޕެކޮމިޝަނުން އެކަން ކުރަމުންދާވާހަކަ. ތިބުނާ ކޮމިޝަނެއް ހަދައިގެން ތިކަން ކުރަމުންދާތާ މިހާރު 7 އަހަރުވެއްޖެ. ވީކަމެއް ހަރާމުންހަރާން. ވޯޓްހޯދަން އިބުރާހިމާ ނާންނާތި
އައްޑޫ ނަސީމް
30 April 2023
ބޮޑު ކުރިޔަސް ފައިދާ އެއް ނެތް! ސޮރީ
ޞޮޑޭ
30 April 2023
ޙެޔޮ ބަދަލު އަނޮނާަނީ ވެރިންގެ މުސާރަޔަށް އެކަނި
ލަފަންގޭ
30 April 2023
ކޮންމެ ގެއެއްގައިވެސް ފުލުހުންގެ މީހެއ ނުވަތަ ސިފައިންގެ މީހެއް ދިރިއުޅޭ ވީމަ ހަޔާތް ނުގޮވާ
ސައިޚް
30 April 2023
ލަސްވެއްޖެ، ގައުމު ހަލާކުގެ ތެރެއަށް ގެންދާބަޔަކީ ތިމީހުން، ގައުމު ރަނގަޅުކުރަން ތިބީވެސް ތިމީހުން، ދެރަވަނީ ގައުމުގެ ހާލަތު ރަނގަޅުކުރަން މަސައްކަތް ނުކުރެވި، އަމިއްލަ ފައިދާއަށް މަސައްކަތްކުރެވޭތީ، މިކުޑަ މާލޭގެ މަގުމަތި ނުބެލެހެއްޓޭ، މައްސަލަތަކުގެ ކުރިއެއް، މެދެއް، ފަހަތެއް ނުހޯދޭ، މަގުމަތީގަވެސް އެމީހަކާ އެމީހެއް، ގާނޫނެއް ނުހިނގާ، ތަންފީޒެއް ނުކުރެވޭ، ބަލަހައްޓާން މީހަކު ނުހުރޭ، މުސާރަ ބޮޑުކުރަން އަވަސްކުރޭ،
ހުވައި
30 April 2023
މިނާއަށް ސިވިލްގެ އާދައިގެ މުވައްޒަފުން ވޯޓް ދޭނީ ގަޅިކަމުން . ބައެއް ސިވިލް އިދާރާތަކުގެ މުސާރަ ބޮޑު ކުރަނީޔޯ %35 އެއީ މިހާރުގެ %60 އިދާރާއަށް ލިބެމުން އަންނަ އެލަވަންސް އެއް. އެދިނަސް އެހެން ދާއިރާ ތަކާއި އަޅާ ބަލާއިރު ސިވިލް ގެ މުސާރަ ބޮދު ފަރަޤަކުން ދަށް. މިކަމުގެ ސަބަބުން ތަކެތި އަގު ބޮޑުވީމާ ގެއްލުން ވަނީ ކުޑަ މުސާރަ ލިބޭ މިހާގެ. ތަނެއް ދޮރެއް ނުބަލާ ވެރިކަމަށް ބޫތް ހިފާފަ މުސާރަތަްއް ބޮޑު ނުކުރެވިގެން. ނުކުންނާނެ ނޭދެވޭ އަސަރަށް ނުވިސްނާ