ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ޕެކެޓްތަކެއް ކަސްޓަމްސް އިން އަތުލައިގެންފައި. -- ފައިލް ފޮޓޯ
30 އެޕްރީލް 2023 - 10:26
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ޕާކިސްތާނު މީހާގެ ނަމުގައި ގެނައި ލަގެޖުން ޑްރަގް ފެނުނަސް އެއީ އޭނާގެ ލަގެޖެއް ކަމަށް އިންކާރުކޮށް، އެއާ ހަވާލުވާން ދެކޮޅު ހަދައިފި އެވެ.
މި މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި މުހައްމަދު ރަމްޒާން، 53، ބުނީ މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާގެ އެއްޗެއް ކަމަށް ބުނަނީ ކަސްޓަމްސް އޮފިސަރުން ކަމަށެވެ.
މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކޮށް އެ ތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތަށް އިންކާރުކޮށް މުހައްމަދު ބުނީ މަސްތުވާތަކެތި ހުރި ކަޅުކުލައިގެ ލަގެޖުގައި އިނީ އޭނާގެ ޓެގް ކަމަށް ކަސްޓަމަސް އިން ބުންޏަސް އެ ކުލައިގެ ދަބަހެއް އޭނާ ރާއްޖެ އަށް އައި އިރު ނުގެންނަ ކަމަށެވެ.
ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެ ދެއްކި އިރު ހުރީ ބެލްޓުން ނަގައި ދުރުގައި ބަހައްޓާފައި ކަމަށާއި އެ ލަގެޖުގައި ވެސް އޭނާއާ ގުޅޭ އެއްވެސް އެއްޗެއް ނެތް ކަމަށް މުހައްމަދު ވަނީ ކޯޓުގައި ބުނެފަ އެވެ.
މުހައްމަދު ބުނީ އެއީ އޭނާގެ ލަގެޖެއް ނޫންކަން، އޭނާ ރާއްޖެ އަށް އަންނަން ފުރި ގައުމުގެ ކަސްޓަމްސް މެދުވެރިކޮށް ވެސް ބެލޭނެ ކަމަށެވެ. އަދި ބުނީ އެ ދަބަހުން އޭނާގެ ޑީއެންއޭ ލިބޭތޯ ވެސް ބެލިދާނެ ކަމަށެވެ.
އެ މީހާގެ އަތުން ފެނުނީ ކޮން ބާވަތެއްގެ އަދި ކިހާ އަދަދެއްގެ މަސްތުވާ އެއްޗެއް ކަމެއް ކޯޓު ލިޔުންތަކަކުން ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
01 May 2023
ހާދަ ހިޔަޅު މީހެކޭ އުތަ.
އަހަނ
30 April 2023
އެހެންވިއްޔާ އޭނަ ގެނައި އެހެން ލަގެޖްވެސް އެއީ އޭނާގެ އެއްޗެއް ނޫނެއްނު. ހުސް ހައްޓާ އައި މީހަކަށްވާނީ.
ވާންޗޯސް
30 April 2023
ނަމަށާއި ގައުމަށް ބެލީމަ އެނގޭ އެފަދަ އަމަލެއް ނުކުރާނެކަން. ހުުދު ކަފަކޮޅެއް
ޕާންޗީ
30 April 2023
ދިވެހިން ހަމައެފަދަ ނަމަށާ ގައުމަށް ބެލީމަ ހަމަނުކުރާނެ ހުދު ކިރުކޮޅެއްދޯ.
ސޫރާ753
30 April 2023
ސަލާމަތް ވާނެ ކަން ޔަގީންކަށަވަރު
ލުތުފީ
30 April 2023
ތިހެން ބުނެގެން ސަލާމަތް ވާނެހެން ހީވަނީ. ދެން އިވޭނީ ފުރުވާލި އަޑު
ބޮޑުމީހާ
30 April 2023
ޑްރަގްގެ ވަބާގައިޖެހި އެތައް އާއިލާތަކެއް ހަލާކުވެ މިދަނީ. މިވަރުންވެސް އެތެރެކުރާ މީހުންނާއި މެދު އެޅޭނެ އެއްވެސް ހަރުދަނީ ފިޔަވަޅެއް ނޯވޭ. ރައްޔިތުންވެސް ބަލަނީ ކޮންމެވެސް ސިޔާސީ މީހެއްގެ މުޒާހަރާއަށް ދެވޭތޯ. އިޖްތިމާއީ ބޮޑެތި މައްސަލަތަކުގައި މުޒާހަރާއެއް ކޮށްލަން ކެރޭނެ ސިޔާސީ ޕާާޓީއެއް ރައްޔިތެއް މިގައުމުގަ ނެތް
ޢަރުތަ
01 May 2023
ބޮޑެތި ވައްކަން ކޮށްގެން ޖަލަށްލާފަ ތިބި މުޖުރިމުން މިނިވަން ނުކޮށްގެން އަބަދުވެސް މުޒާހަރާ ކުރަނީ.
ބަތޭލި
30 April 2023
ތިވައްތަރުވާން އުޅެނީ ގުޅިގެން ކުރި ކަމަކާ. ބެލްޓުން ލަގެޖް ބާލާކަށް ނުޖެހޭނެ ކަސްޓަމް އޮފިސަރުންނަށް. ލަގެޖް އައިޑެންޓިފައި ވީމަ މީހާ ދެނެގަނެވޭނެ. އެމީހަކު ބެލްޓުން ލަގޭޖް ބާލަންދެން ތިބެވިދާނެ. އެހެން ނުތިބެ މިކުޅުނު ޑްރާމާ ކަމަކު ނުދޭ.
ކެރެޓް
30 April 2023
އެނާ އެހެންް ބުންޏަސް ޓެގް އަޅުވާފައި އިންނާނީ އޭނޭގެ ފޮށީގައި އޭނާ ފްލައިޓަށް އަރަން ޗެކިންކުރާ ވަގުތު. އެކަހަލަ ޓެގް ނައްޓާފައި އެހެން ފޮއްޓެއްގައި އަޅުވައިފިއްޔާ ބަލައިލީމައި އެނގޭނެ. އެނެންނޫނަސް އޭނާގެ އަސްލުފޮށި ކޮބާ؟ ބޯ ދަމައިގެނެވޭތޯ މިހާރު އެއުޅެނީ.
އަލީހަމީދު
30 April 2023
އޭނަގެ ލަގެޖްގެ ޓެގްކޮޅު ހަމަ އޭނަގެ ބޯޑިންގ ޕާހުގަ ތަތްކޮއްފަވެސް އިންނާނެ. އެހެންވީމަ ތިކަމުން ސަލާމަތްވެވޭނެ ގޮތެއްނޫން.
ޖުއްބާ
30 April 2023
ދޮންކަލޯ، މީ ސައްތައިން ސައްތަ އިސްލާމީގައުމެއް. ސިންގަޕޫރައް ޑުރަގު އެތެރެކޮއްގެން ސަލާމާތްނުވެވުނަސް. މި ރާއްހެއައް ޑުރަގު އެތެރެކޮއްގެން ސަލާމާތްވެވޭނެ.
ކުމްޕީ
30 April 2023
ޗެކިންކުރާއިރު ކައުންޓަރުން ބަލާނެ ޗެކިންކުރި ލަގެޖުގެ ބަރުދަނާއި ކިތައް ލަގެޖް ޕީސް ޗެކިން ކުރިތޯ. އެހާ އުނދަގޫ ކަމެއްނޫން ތިކަން ބެލުމަކީ.