ބްރިޖު ހަދަން ގެންގުޅޭ ބާޖެއް ރޭ ވިލިިމާލެ ފަރު ކައިރީގައި.
02 މެއި 2023 - 09:28
ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ބާޖެއް ރޭ ދަންވަރު ވިލިމާލެ ފަރަށް އެރި ކަމަށް ބުނެ ފޮޓޯތަކެއް އާންމުވިޔަސް ފަރަށް ނާރާ ކަމަށް އެފްކޮންސް އިން މިއަދު ބުނެފި އެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވިލިމާލެ އުތުރު ފަރާތު ފަރު ކައިރީގައި އޮތީ، އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބްރިޖު ހަދަން ގެންގުޅޭ ބާޖެކެވެ. އެއީ ވިލިމާލޭގައި ވޯޓާ ސްޕޯޓްސް އަށް ބޭނުންކުރާ ބީޗު ސަރަހައްދުގެ ފަރު ކައިރި އެވެ.
އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ތިލަމާލެ ބްރިޖް ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، އެ ބާޖު ވިލިމާލެ ފަރަށް ނާރާކަން ޔަގީން ކަމަށެވެ.
"އަޅުގަނޑުމެން ބަލައިފިން. ފަރަކަށް ނާރާ. ބާޖުގެ އެއްފަރާތުގެ ނަގިލި ކަހާލައިގެން ފަރާ ވަރަށް ވަރަށް ކައިރި އަށް ދިޔައީ. ވަގުތުން ފަރާ ދުރަށް އެ ޖެއްސި،" ޖިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ބާޖުން ފަރުގައި ޖެހިފައި ހުރިތޯ ބަލަން މިހާރު ވެސް އެފްކޮންސްގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
"އެއްވެސް ގެއްލުމެއް ވެފައި ވޭތޯ އަޅުގަނޑުމެން ބަލާނަން. މިހާރު ވެސް އެކަން ފަށައިފިން،" ޖިނާން ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ސައިޓް ގުޅިފަޅާ ދިމާލުން ވިލިމާލެ ކައިރީގައި އެފްކޮންސްގެ ގިނަ އުޅަނދުތައް ބާއްވާފައި ހުރެ އެވެ. ގުޅިފަޅުގެ މަސައްކަތާ ގުޅޭ އެކި ކަންކަމަށް ބޭނުންކުރާ ގުޅިފަޅު ޖެޓީ ހަދާފައި ވަނީ އެ ފަރާތުގަ އެވެ.
ބްރިޖު ހަދަން ގެންގުޅޭ ބާޖެއް ރޭ ވިލިިމާލެ ފަރު ކައިރީގައި.
ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޮސްޓް މަހު ވިލިމާލޭގެ ދެކުނު ފަރާތު ފަރަށް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ސަބަބުން ވިލިމާލޭ ފަރަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބުނެވެ.
ލިބުނު ގެއްލުންތައް އީޕީއޭ އިން ބެލުމަށް ފަހު އެ ފަހަރު އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި އެވެ. އެ ފައިސާ އަދިވެސް ނުދައްކަ އެވެ. އެ ޖޫރިމަނާ އިސްތިއުނާފުކުރަން އެފްކޮންސް އިން ހުށަހެޅިޔަސް، ތިމާއްޓާ ބެހޭ މިނިސްޓްރީން ދާދި ފަހުން ބުނެފައި ވަނީ ޖޫރިމަނާ މާފުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
02 May 2023
ތިޔަބާޖު ފަރައް ކީއްކުރަން އެއްގަމައް އެރިޔަސް މިސަރުކާރައް ހަމައެއްކަމެއްނުކުރެވޭނެ.
ކައުންސެލަރު
02 May 2023
ތެދެއް! އެއެއްޗެއް ފަރަކަށްނާރާ. ކާކު ދައްކާ ވާހަކައެއް. ކުރިން ވިލިމާލޭ ފަރުގައި ހުރީ ބުރުމާއިން ތޮރުފާފަ ހުރި ލޯވަޅުތަކެއް. ބާޖެއް ގެންގުޅޭތަ އެމީހުން. ގެންގުޅޭނަމަތާ ފަރަށް އަރާނީ. އަދި ފަރަށް އެރިނަމަ ޖޫރިމަނާވެސް ދެއްކީހެއްނު؟!
ނުވޭ
02 May 2023
ފަރަށް އެރި ފަހަރުވެސް އަރައިގެން ގެއްލުމެއް ނުވާ ކަމަށް ހަދަން އުޅޭ ބަޔަކު އެހެން އެއްޗެކޭ ބުނާނެތަ..
ބޮޑުމީހާ
02 May 2023
ފަރަށް އަރުވަނީވެސް އަހަރުމެން، ފަރަށް އެރިތޯ ބަލާނީވެސް އަހަރުމެން، ފަރަށް ގެއްލުންވެފަ ހުރިތޯ ބަލާނީވެސް އަހަރުމެން، ރިޕޯޓް ލިޔާނީވެސް އަހަރުމެން، ޖޫރިމަނާކުރާނީވެސް އަހަރުމެން، ޖޫރިމަނާ ދައްކާނީވެސް އަހަރުމެން، ދިވެހި ސަރުކާރަކަށް މިއިން އެއްވެސް ކަމަކާއި ނުބެހެވޭނެ، ބެހުނަސް 'މޭޒުމަތީގަ ޕާކްކޮށްފަ ބާއްވާފަ އޮންނަންޖެހޭނީ'
އުދުހޭ
02 May 2023
ބްރިޖް ފަރަކަށް ނާރާ. އަދި ނާރާ.
ސަސ
02 May 2023
ތިޔަ ބުރިޖާ ބެހޭގޮތުން އެފްކޮންއިން ބުނާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރަން.
الحمدلله
02 May 2023
"ރައްކާވެ ތިބިއްޔާ ދަތުރެވެ."
ރެޓޭ
02 May 2023
ނައީމްބެ ކައިރީ ބުނެބަލަ ޝައުނާގެ މޭޒުމަތީގައޮތް ތިމާވެށިގެ މައްސަލަ ހުޅުވާލަ ދޭށޭ އިތުރު މައްސަލައެއް ނާންނަނީސް!
ރަދީފްއޮފިޝަލް
02 May 2023
''ނަގިލި ކަހާލައިގެން ފަރާ ވަރަށް ވަރަށް ކައިރި އަށް ދިޔައީ. ވަގުތުން ފަރާ ދުރަށް އެ ޖެއްސި،" ހަމަ އިސްތަށްޓެއްގެ ދުރުމިން ހުރީ ދޯ؟؟ ލަދު ކޮބާ؟؟/ ވ.ވެދުން
ދޮން
02 May 2023
ކުރިއަށް އޮތީ ޖޫން ،ޖުލައި ބޮޑެތި ނަގިލިތަކެއް ހޯދުން ބުއްދިވެރި ، ނޫނީ ކުރިން ދިވެހި މަސްވެރިން ހަދާހެން ހުރިހާ ބާޖެއް އެހެލާފަ ހަރުގެޔަށް ލައްވާ. ހުޅަގު ނިމުނީމަ ބާލާނީ ނޫނީ ބުރިޖް ހަދަށް އޮތް 600 މިލިޔަން ދާނީ އީ.ޕީ އެއް ދައްކާ ތޯއްޗެ..