ޔާމީނާއި އެމަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޖަމީލް: ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކުގެ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ފަށަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
03 މެއި 2023 - 14:02
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކުގެ އިސްތިއުނާފް އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފަށަން ހަމަޖައްސައިފި އެވެ.
ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަންގެ އިތުރުން ކްރިކް ރިޒާގެ މައްޗަށް ދައުވާކުރެ އެވެ.
އެ މައްސަލާގެ އިބްތިދާއީ މަރުހަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވި އެވެ. އެއީ ދައުލަތުގެ ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް ނިންމި ނިންމުމާއި ބައެއް ލިޔުންތައް ދިނުމާ ގުޅޭގޮތުން ނިންމި ނިންމުމެވެ.
އެހެން ނަމަވެސް ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމުން ބާތިލް ކުރަން ނުޖެހޭ ކަމަށެވެ.
އެ ހުކުމް އިސްތިއުނާފްކުރަން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަށަން އެ ކޯޓުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން އެ މައްސަލާގެ އަޑުއެހުންތައް ފަށާއިރު، ފުއްގިރި މައްސަލާގެ ހެކިބަސް ނެގުން ވެސް ކްރިމިނަލް ކޯޓުން އެދުވަހު ފަށަން މިހާރު އޮތީ ހަމަޖައްސައިފަ އެވެ.
ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުހެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމް ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އޮތީ އިސްތިއުނާފް ކުރައްވައިފަ އެވެ.
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
04 May 2023
ޕީޕީއެމް ކުދިން ބުނާ ގޮތަށް އިންސާފު ގާއިމު ކުރެވުނު ކަމަށް ވާނީ، ކުރީގެ ރައީސް ނަޝީދު އިންތިޚާބަށް ކުރިމަތި ނުލެވޭ ގޮތަށް ޖަލުހުކުމެއްގަ ބެހެއްޓިހެން، 2023ގެ އިންތިޚާބަށް ޔާމީނަށްވެސް ކުރިމަތިނުލެވޭ ގޮތަށް ޔާމީނުގެ މައްޗަށް ކޮށްފަވާ ޖަލުހުކުމް ދެމެހެއްޓިއްޔާ.
ކަރާސީނު
03 May 2023
މި މީހާއަށްވީމަ، ހުކުމް މިކުރަނީ ދަށުކޯޓުން. އިސްތިއުނާފް ކުރުމަށް ހައިކޯޓާއި ސުޕުރީމް ކޯޓަށް އެބަ ދެވޭ! އޭގެން ތަނެއްގަ، ކުރިން ކުރި ހުކުމުގެ "ފިއްޔެއް" ނުބައިވެގެން އެބަ ސަލާމަތް ވެވޭ! މިމީހާގެ ވެރިކަމުގައި، ޝަރީއަތްތައް ހިނގީ ސީދާ ސުޕުރީމް ކޯޓުގައި. މިސާލަކަށް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމްގެ ޝަރީއަތް!! އިންސާފާއި ހަމަހަމަކަން ނުދަންނަ މީހަކަށް އިންސާފުން ކަން ކުރުމެއްވެސް ނެތް!
ޖަސްޓިސް
03 May 2023
ޔާމީންއަށް ސުވާލަކީ ފުށްގިރިންހޭ ނުގިރަންހޭ.. ފުށްގިރާފިއްޔާ އަދަބުލިބޭނެ..
އެ އުޅޭ ފުޅު ބޭ
03 May 2023
މި ފެށުމާއި އެކީ 17 ގައި ހުވާފުޅު ކުރުމަށް މަގު ފަހިވެ، އަދުރޭގެ ހިސާބުފުޅު ނިމުމަކަށް ދާނެ!