ވިޔަފާރި / މޯލްޑިވިއަން އެއާލައިން

މޯލްޑިވިއަން އިން ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށަނީ

ދަރަވަންދޫ އެއާޕޯޓު. އަންނަ މަހު މޯލްޑިވިއަން އިން ދަރަވަންދޫއަށް އަނެއްކާ ދަތުރު ފަށަނީ

އަންނަ މަހު 15 އިން ފެށިގެން މޯލްޑިވިއަން އިން ދަރަވަންދޫއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ ޖޫން 15 އިން ފެށިގެން ކޮންމެ ދުވަހަކު ދަރަވަންދޫއަށް މޯލްޑިވިއަން އިން ދަތުރު ޝެޑިއުލްކުރާނެ ކަމަށެވެ. އަދި ފުރަތަމަ ފަށާ އިރު ދަތުރުތައް ކުރާނީ ހާއްސަ ފެއާއެއްގައި ކަމަށް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަން އިން ދަރަަވަންދޫއަށް ކުރިން ދަތުރުކުރި އެވެ. ނަމަވެސް، 2019 ވަނަ އަހަރު މަންޓާ އެއާގެ ދަތުރުތައް ފެށުމާ އެކު މޯލްޑިވިއަން އިން ދަރަވަންދޫއަށް ދަތުރުތައް ހުއްޓާލީ އެވެ.

މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ޑޮމެސްޓިކް ދަތުރުތަކަށް ކުރިއަށް ގެންދިއުމަށް އޭޓީއާރް މަރުކާގެ ތިން ބޯޓެއް ވެސް ބޭނުން ކުރަމުންނެވެ. އޭޓީއާރްގެ ބޯޓުތަކާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 އަށް އިތުރުވާނެ އެވެ.

ގައުމީ އެއާލައިން އިން އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ. މޯލްޑިވިއަން އިން ވަނީ ކުރިއާލައި ޓިކެޓް ނެގުމުން 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދޭން ވެސް ފަށައިފަ އެވެ.

8 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

08 May 2023

ޓިކެޓްގެ އަގު ހެޔޮ ނުކުރަންޏާ ކިތަންމެ ބޮޑު ޑިސްކައުންޓެއް ދިނަސް ޖީބުންދާވަރު މަދެއްނުވާނެ. ޓިކެޓްގެ އަގު ކިހާވަރެއް ވާނެބާ؟

The name is already taken The name is available. Register?

ޑޭވިޑް

08 May 2023

މޯލުޑިވިއަނުން ހޯރަފުށީ އެއާރފޯޓަށް އިތުރު ފުލައިޓް ތަކެއް ނުބާންވަންތޯ އީދަކަށް. އެހެން މިބުނީ މިއަދު ޖާގަ ހޯދަށް ގުޅީމަ ބުނީ ޖުލައި އާ ހަމަޔަށް ފުލްވެފައޭ. އަދި އީދު ކޮބާ? އެހާ އަވަހަށް ފުލުވީ.

The name is already taken The name is available. Register?

ކޮރަލް

07 May 2023

ޓިކެޓް ގެ އަގު ހެޔޮ ވާނީ ވާދަ ވެރިކަން އޮވެގެންނެވެ. އެތެރޭގެ އުދުހުންތަކަށް އިތުރު އެއަރ ލައިން ތަކަށް ހުއްދަ ދޭން ވީ އެވެ.

The name is already taken The name is available. Register?

ޓިނޭ

08 May 2023

ތީ ހީކުރެވޭގޮތް، އެކަމަކު ހުރިހާ އެއާރލައިނަކުން އެކައްޗެއް ކިޔައިގެން ރައްޔިތުން ފެލަނީ. މިހާރު އުރީދޫއެކޭ ދިރާގެކޭ އެއްވެސް ތަފާތެއްނެތް. އޮޅުވާލައިގެން ޕެކޭޖްތަކެއް ހަދާފަ ޒުވާނުން ވާވައްދައިގެން ފެލަނީ.

The name is already taken The name is available. Register?

ދަރަވަންދޫ ބޮޑުމީހާ

07 May 2023

ޓިކެޓްގެ އަގު ބޮލާހިސާބައް އަރާނެ

The name is already taken The name is available. Register?

ހަސަން2014

07 May 2023

ޱޮކްޓަރަކަށް ނޫނީ ނަރުހަކަށް ނޫނީ ލެކްޗަރަރ އަކަށް ވީމަ ތީ މައްސަލައަކަށް ނުވާނެ. ދެން ނެތް މިގައުމުގަ ތިކަން ވާނެ މަގާމުތަކެއް

The name is already taken The name is available. Register?

ދޮން

07 May 2023

މޯލްޑިވިއަންގެ ކާމިޔާބީ ފަޑުވެ. ބަގުރޫޓް ވެގެންދަނީ ޓުވިޓަރުން ލައިގެން ތަން ހިންގަަން އުޅުމުން . އެހެންނާ ފަހެ ، މިހާރު ބޮޑުބަންދުގެ ޓިކެޓް ވިއްކާ 2 މަސްކުރިން ފައިސާ ހޯދެއް އޮއްވާ .. ދަތުރު ސެޑިޔުލް ހަދާލެވެނީ އެންމެ 2 ދުވަސް ކުރިން . ރައްޔިތުން މިޖެހެނީ ޓިކެޓް ހޯދަށް ދޮރު ބުޑުގައި ސަލާންޖަހަށް . ރަގަޅު ހިންގުންތެރިން ލައިގެން ކާމިޔާބީ ލިބޭނީ ..ސަލާމް

The name is already taken The name is available. Register?

ހުސެން ކުރުސީ

07 May 2023

މިއީ ވަރަށް ރަގަޅު ވިސްނުމެއް. ޝެޑިއުލް ދަތުރުތައް ކުރާނަމަ 8 މަސް ނުވަތަ 10 މަސް ކުރިޔާލާ ޓިކެޓް ބުކްކޮށް ނެގޭނެ ގޮތް ހެދުމަކީ ވަރަށް ރަގަޅުގޮތެއް. މިހެން މި ނުހެދެނީ ޓިކެޓް ބޮޑުއަހުގައި ވިއްކުމުގެ ވިސްނުން މާބޮޑުވީމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454